އެންމެ ފަހުގެ

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ


“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެވެ.
 އެޖަމްޢިއްޔާގެ ރައީސް އިބުރާހިމް ފައުޒީ ވިދާޅުވީ “ނޮވެންބަރ މަހުގެ 5 ވަނަ ދުވަހު އަރޓިފިޝަލް ބީޗްގައި ފިތުނައިގެ ހުޅުގަނޑު މިމަޢުލޫއަށް ދަރުސްދެއްވާނީ އައްޝައިޚް މުޙައްމަދު މޫސާ” ކަމަށެވެ. އަދި މިދަރުސް ‘އެމް.އެން.ބީ.ސީ ވަން’ އިން ލައިވް ކުރަން ހަމަޖެހިފައިވާކަމަށް އެޖަމިއްޔާއިން ހާމަކުރައްވައެވެ.
މިހާރު އެޖަމްޢިއްޔާއިން ދަނީ މިދަރުސް އިސްތިހާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Tuesday, October 26, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.


ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެބްސައިޓްގައި އިސްލާމްދީނާ ޚިލާފް ވީޑިޔޯތައް އާންމު ކުރަމުން ދާތީ ކަމަށް ޕާކިސްތާނުގެ އޮފިޝަލުން ހާމަކުރައްވައެވެ. ޕާކިސްތާނުގެ މި އަމަލުގެ ސަބަބުން ޔޫޓިޔުބުން އަދި ވަކި އެއްޗެއް ބުނެފައިވާކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.

Friday, May 21, 2010 | Posted in , | އިތުރަށް ވިދާޅުވޭ »

ކުއްލި ޚަބަރު: ޑރ ޒާކިރު ނައިކްގެ ދަރުސް ބާއްވާން ސްޓޭޑިއަމްދިނުމަށްފަހު ނުލިބޭނެކަމަށް އަންގައިފި


ލިޔުނީ: އަލީ އަހްސަން

ޑރ ޒާކިރު ނައިކްގެ ދަރުސް ބާއްވާން ސްޓޭޑިމްދިނުމަށްފަހު ނުލިބޭނެކަމަށް އަންގައިފިކަމަށް ވަރަށް މުއުތަބަރު ފަރާތަކުން ދިއިސްލާމްއަށް ހަބަރު ދީފިއެވެ.

‘ޑރ ޒާކިރުނައިކްގެ ދަރުސް ބޭއްވުމަށް އެކުވެނީ އައުޓްޑޯ ސްޓޭޑިއަމް ދިނުމަށްފަހު ނުދެވޭނެކަމަށް ޔޫތު މިނިސްޓްރީ އިން އިސްލާމިކް އެފެއާރޒްއަށް އަންގާފައިވާކަމަށް’ ދިއިސްލާމްއަށް ވަނީ ހަބަރުލިބިފައެވެ. ޔޫތު މިނިސްޓްރީއިން އިސްލާމިކް އެފެއާރޒްއަށް އެކުވެނި ސްޓޭޑިއަމް ދީފައި އަނެއްކާ ‘އަތުލާފައި’ވަނީ ކީއްވެކަމެއް އަދި ވަނީ މައުޟޫމާތު ލިބޭގޮތް ނުވެފައެވެ.

Thursday, May 13, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ޢަދާލަތު ޕާޓީގެ އިނގިރޭސި ވެބްސައިޓް ރަސްމީކޮށް ލޯންޗްކޮށްފި.


ޢަދާލަތު ޕާޓީގެ އިނގިރޭސި ވެބްސައިޓް މިއަދު ރަސްމީކޮށް ލޯންޗުކޮށްފިއެވެ. އަދިހަމަ މިސައިޓާއިއެކު ޢަދާލަތު ޕާޓީގެ ވީޑިއޯ ވެބްސައިޓްވެސް މިއަދު ވަނީ ލޯންޗްކޮށްފައެވެ. މިދެވެބްސައިޓަކީ ޢަދާލަތު ޕާޓީގެ މައިވެބްސައިޓް ގައި ލިންކް ކުރެވިފައިވާ ދެސައިޓެވެ. މިދެސައިޓްގެ ސަބަބުން ޢަދާލަތު ޕާޓީގެ މަޢުލޫމާތު ފެތުރުމުގެ ކަންކަމުގައި އިތުރު ކުރިއެރުން ތަކެއް ލިބިގެން ދާނޭކަމަށް އުންމީދު ކުރެވެއެވެ.

Monday, May 10, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ޖިބުއެ ބްލޮގް ހެކްކޮށްފި.


ސިޔާސީ ވާހަކަތަކާއި ހަބަރުތައް ގެނެސްދިނުމުގައި މަޝްހޫރުކަމެއް ހޯދަމުން އަންނަ ޖިބުއެބްލޮގް މިއަދުގެ ވަގުތެއްގައި ހެކްކޮށްފިއެވެ. މިހާރު ޖިބުއެ ބްލޮގަށް ވަނުމުން ފެންނަން ހުންނަނީ މަތީގައިވާ ފޮޓޯއިން އެފެންނަ ދިވެހި ނިޝާނާއި އެ ލިޔުންކޮޅެވެ. ޖިބުއެ ބްލޮގަކީ މި ފަހަކަށް އައިސް ސަރުކާރުގެ އެތެރޭގައި ހިނގާ ތަފާތު ކަންތައްތަކުގެ މައުލޫމާތު އެންމެ ތާޒާކޮށް ގެނެސްދޭ އެއްބްލޮގެވެ. އެހެންކަމަށް ވުމާއެކީ ވަރަށް ގިނަ ފަރާތްތަކެއްގެ ފާޑުކިޔުންތަކާއި ނުރުހުމުގެ ލޯތައް ޖިބުއެ ބްލޮގަށް އަމާޒުވެގެން ގޮސްފައިވެއެވެ.

Tuesday, April 13, 2010 | Posted in | އިތުރަށް ވިދާޅުވޭ »

އޭކަންގެ ކޮންސެޓު ހުއްޓުވުމަށް މަސައްކަތްކުރާނޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި


އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން އަންނަ މަހުގައި ރާއްޖޭގައި ކޮންސަޓެއް ބާއްވަން ހަމަޖެހިފައިވާއިރު، އެއީ އިސްލާމިކް މިނިސްޓްރީން ތަރުހީބު ދޭނޭކަމެއް ނޫންކަމަށާއި އެ އިވެންޓު ދުރަށް ނުދެއްކުމަށް އިސްލާމިކް މިނިސްޓްރީން ގޮވާލައިފިއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ސްޓޭޓް މިނިސްޓަރ ޝޭޚް ޝަހީމް ވިދާޅުވީ އެކަމަކީ ގައުމުގައި ހުޅުވިގެންދާ ނުބައި ދޮރެއްކަމަށާއި، އެކަން ހުއްޓުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނޭކަމަށެވެ.

Monday, April 12, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ޑރ ޒާކިރް ނައިކް މިމަހު 28 ގައި ރާއްޖެ ވަޑައިގަންނަވަނީ


ޑރ ޒާކިރް ނައިކް މިމަހު 28 ގައި ރާއްޖެ ވަޑައިގަތުމަށްހަމަޖެހިފައިވާކަމަށް އިސްލާމިކް އެފެއާރޒުން ހާމަކުރައްވައިފިއެވެ.

އިންޑިއާގެ މަޝްހޫރު ދާޢީ އަދި ދިވެހިންގެ މަޤްބޫލުކަން ޒަމާނުންފެށިގެން ލިބިފައިވާ ޝެއިހް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށެވެ. ޑރ ޒާކިރްގެ ޒިޔާރަތުގައި އެމަނިކުފާނުގެ އާއިލާވެސް ވަޑައިގަންނަވާނެކަމަށްވެއެވެ.

Tuesday, April 06, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ދީނީ މައްސަލައެއްގެ ސަބަބުން ‘އޭކޮން’ގެ ކޮންސެޓް ލަންކާގައި ނުބޭއްވިގެން ކޮންސެޓް ރާއްޖޭގައި ބާއްވަނީ

ލިޔުނީ: އަލީ އަހްސަން

ދީނީ މައްސަލައެއްގެ ސަބަބުން ‘އޭކޮން’ގެ ކޮންސެޓް ލަންކާގައި ނުބޭއްވިގެން ކޮންސެޓް ރާއްޖޭގައި ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށް ދުނިޔޭގެ މީޑިއާތަކުން ހާމަކުރަމުން އެބަދެއެވެ.

Thursday, April 01, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ބިލްގޭޓްސް އަށް ގެއްލިއްޖެ.

މީގެ ދުވަސްތަކެއް ކުރިން ދުނިޔޭގެ އެންމެ މުއްސަނދި ފިރެހެނާގެ މަގާމު ހިފަހައްޓަމުންއައި ބިލްގޭޓްސްއަށް އޭނަގެ މަގާމު ގެއްލިއްޖެއެވެ. މިއާއެކީ މި މަގާމު ލިބެނީ މެކްސިކަން ޓެލެކޮމް ޓައިކޫންގެ އެންމެ އިސްވެރިޔާ ކާލޯސް ސްލިމް އަށެވެ. އޭނާއަށް މި މަގާމު ލިބެނީ އޭނާގެ މާލިއްޔަތުގައި 53.5 ބިލިޔަން ޑޮލަރު  ހުރުމުންނެވެ.

Thursday, March 11, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ޝައިޚުލް އަޒްހަރު އަވަހާރަ ވެއްޖެ.

ޝައިޚުލްއަޒްހަރު މުހައްމަދު ސައްޔިދު ތަންތާވީ އަވަހާރަ ވެއްޖެއެވެ. އެމަނިކުފާނު އަވަހާރަ ވެފައިވަނީ ސައޫދި އަރަބިޔާގައި ހުންނަވަނިކޮންނެވެ.
ހަބަރު ލިބޭގޮތުގާ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީގެ އެންމެ އިސްވެރިޔާ ކަމަށްވާ ތަންތާވީ އަވަހާރަވީ ހާޓް އެޓެކެއްޖެހިގެންނެވެ.

Wednesday, March 10, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ޢަރަބިއްޔާ ސްކޫލް ބަންދު ކުރުމާއި ގުޅިގެން ޖަމްޢިއްޔަތުއް ސަލަފުން ކުއްލި ނޫސްބަޔާނެއް ނެރެފި.


މަދަރުސަތުލްޢަރަބިއްޔާއަށް ގިނަޒަމާންތަކެއްވެ ބާވުމުގެ ސަބަބުން އެ ޢިމާރާތުގެ ބައެއްތަންތަން ފައިބަމުންދާތީ ވަކިމުއްދަތެއް ނެތި އެތަން ބަންދުކުރުމުން ޖަމްޢިއްޔަތުއްސަލަފުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ކުއްލި ނޫސްބަޔާނެއް ނެރެފިއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ނޫސް ބަޔާނުގައި ޢަރަބިއްޔާ ސްކޫލު ހެޔޮ ގޮތުގައި ހިންގުމުގެ ޤާބިލްކަން ސަރުކާރުގައި ނެތްނަމަ ހެޔޮއެދޭ ފަރާތްތަކުން އެކަމުގައި ވެދެއްވެން އޮތް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ރާއްޖޭގެ ހުރިހައި ރައްޔިތުންނަށް އިލްތިމާސްކޮށް ގޮވާލާފައިވެއެވެ.

Wednesday, March 03, 2010 | Posted in | އިތުރަށް ވިދާޅުވޭ »

މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުމަށް ހުއްދަ ނުދިނުމަށް ސަރުކާރުން ނިންމަވައިފި

 


އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙުމަދު އިނާޒް ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަނުދޭގޮތަށް ނިންމެވީ އިސްލާމިކް އެފެއާރޒް މިނިސްޓްރީ އާއި ސަރަުކާރުގެ ކަމާބެހޭ އެހެން ވުޒާރާތަކާއެކު ކުރި މަޝްވަރާތަކަކަށް ފަހުކަމަށެވެ. ނަމަވެސް ރަލުގެ ޤަވާއިދަށް އެހެން އިސްލާޙް ތަކެއް ގެނެސް އެއަށްފަހު އެ ޤަވާއިދަށް ޢަމަލުކުރައްވާނެކަމަށް އިނާޒް ވިދާޅުވިއެވެ.

Sunday, February 28, 2010 | Posted in , | އިތުރަށް ވިދާޅުވޭ »

އައްޝައިޚް އިލްޔާސް ޙުސެއިންގެ ދަރުސެއް

ވިލިމާލެ ޒުވާނުން އިސްނަގައިގެން 18 ފެބްރުއަރީ 2010 ވާ ބުރާސްފަތި ދުވަހުގެރޭ އެއަވަށުގައި ދަރުސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. "މިޢްރާޖްގެ ހަދިޔާ" މި މައުޟޫއަށް ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޙް އިލްޔާސް ހުސެއިން އެވެ.

Monday, February 15, 2010 | Posted in | އިތުރަށް ވިދާޅުވޭ »

މާލޭގެބައެއް ބުކްޝޮޕްތަކުގައި ބުދުދީނުގެ ފޮތްތައް ވިއްކަނީ.!


"ސުދާމާ އާއި ކްރިޝްނާ ބައްދަލުވީ، މުޤައްދަސް ސަންދީޕުގެ އަޅުވެތިކަމާއި ޒުހުދުވެރިކަމުގެ ދުވަސްވަރުގައެވެ. ހައިނާއަށް ސިހުރު ހަދަން ކްރިޝްނާއަށް ދަސްކޮށްދިން މީހަކީ ސުދާމާއެވެ....."


މި ވާހަކައަކީ ސުދާމާ އާއި ކްރިޝްނާ އެ ދެމީހުންގެ ވާހަކަ "ބަގުވަތު ޕުރާނާ" ގައި ކިޔާދެވިފައިވާ ފަދައިން، އެދެމީހުންގެ މެދުގައި އޮތް ތެދުވެރި ރަޙްމަތްތެރިކަމުގެ ވާހަކައެވެ.....

Wednesday, January 13, 2010 | Posted in | އިތުރަށް ވިދާޅުވޭ »

އެންމެ ކަމުދަނީ ކޮން ބްރައުޒާއެއްތޯ ބެލުމަށް ނެގުނު ވޯޓުގެ ނަތީޖާ!




ދި-ބުރުނު
މިއީ މި ބްލޮގަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި، އެންމެ ކަމުދާ ބްރައުޒާއެއް ހޯދުމަށް ނެގުނު ވޯޓުގެ ނަތީޖާއެވެ. މި ވޯޓުގެ ނަތީޖާ ދައްކާ ގޮތުން އެންމެ ގިނަ ވޯޓު ލިބިގެން އެންމެ ކުރީގައި އުޅެނީ ފަޔާ ފޮކްސް އެވެ. އެއީ ވޯޓުގެ 50 ޕަސެންޓް ލިބިގެންނެވެ. 25 ޕަސެންޓް ވޯޓާ އެކު ދެވަނައިގައި އުޅެނީ އޯޕެރާ އެވެ.

Thursday, January 07, 2010 | Posted in , | އިތުރަށް ވިދާޅުވޭ »

ނިމްބަޒް ގެ ބްލެކްބެރީއަށް ހާއްސަ އެޕްލިކޭޝަން ރިލީސް ކޮއްފި.

ދި-ބުރުނު

ނިމްބަޒް ގެ ބްލެކްބެރީއަށް ހާއްސަ އެޕްލިކޭޝަން ރިލީސް ކޮއްފިއެވެ. މި އެޕްލިކޭޝަނުގެ ސަބަބުން ބްލެކް ބެރީ ބޭނުންކުރާ ފަރާތްތަކަށް ސޯސިއަލް ނެޓްވޯކްތަކާއި ގުޅާލުމަށް ފަސޭހަވެގެން ދާނެއެވެ. މި ގޮތުން ސްކައިޕް، އެމް އެސް އެން، ފޭސްބުކް، މައި ސްޕޭސް، ޔާހޫ އަދި ގޫގުލް ޓޯކް ބެނުން ކުރުމުގައި ފަސޭހަތަކެއް ވާނެ ކަމަށް މައުލޫމާތު ލިބިއެވެ.

Friday, December 04, 2009 | Posted in , | އިތުރަށް ވިދާޅުވޭ »

ސާފް ޗެމްޕިއަންޝިޕް މިއަދު ޑާކާގައި


ދެކުނު އޭޝިއާގެ ޤައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް "ސާފް ޗެމްޕިއަންޝިޕް" މިއަދު ބަންގްލަދޭޝަގެ ވެރިރަށް ޑާކާގައި ފެށޭނެއެވެ. އަށް ގައުމަކުން
ވާދަކުރާ މިމުބާރާތުގައި ފުރަތަމަ ބައްދަލުކުރާނީ، ސްރީލަންކާއާއި، ޕާކިސްތާނެވެ. ސްރީލަންކާއަކީ ކުރިން މި މުބާރާތް ކާމިޔާބުކޮށްފައިވާ ޤައުމަކަށްވާއިރު އަނެއްކޮޅުން ބައްދަލްކުރާ ޕާކިސްތާނަށް މިމުބާރާތުން ލިބިފައިވާ އެންމެ މަތީވަނަޔަކީ ތިންވަނައެވެ. މިމުބާރާތް ބޭއްވޭ ބަންގްބަންދު ސްޓޭޑިއަމްގައި މިހާރު ފަހުގެ ތައްޔާރީތަށްކުރިއަށް އެބަދެއެވެ.

Friday, December 04, 2009 | Posted in | އިތުރަށް ވިދާޅުވޭ »

ސައޫދި އަރަބިޔާއަށް ވިއްސާރަ ކުރަމުން އެބަދޭ!


ސައުދި އަރަބިޔާގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުންދާކަމަށް ހަބަރުތައް ލިބެމުން އެބަދެއެވެ. ވެހެމުންދާ ވާރޭގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައްވަނީހިނގާފައެވެ.

އަދި ހަބަރު ލިބިފައިވާ ގޮތުގައި 90 މިލިމީޓަރަށް ވާރޭވެހިފައިވެއެވެ. އަދި މަދުވެގެން 48 މީހުން މަރުވެފައި ވާކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް މީގެ ތެރޭގައި އެއްވެސް ހައްޖުވެރިއަކު ނުހިމެނޭ ކަމަށް ސައޫދީގެ އޮފިސަލުން ހާމަކުރައްވައެވެ.

Thursday, November 26, 2009 | Posted in | އިތުރަށް ވިދާޅުވޭ »

ދިވެހި ޙައްޖުވެރިން ޢަރަފާތް ބިމުގައި

އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އައިސްތިބި ދިވެހި ޙައްޖާޖީން ޢަރަފާތް ބިމަށް އަތުވެއްޖެއެވެ. ރޭ ދަންވަރުގެ ވަގުތެއްގައި މިނާގެ ޓެންޓުތަކުން ޢަރަފާތަށް ދިޔުމަށް ފުރި ހުރިހާ ގުރޫޕްތައް މިހާރުވަނީ ޢަރަފާތްބިމުގައެވެ.

Thursday, November 26, 2009 | Posted in , | އިތުރަށް ވިދާޅުވޭ »

އޮޕެރާ 10.10 ގެ ފައިނަލް ރިލީސް ކޮއްފި.




އޮޕެރާ 10.10 ގެ ފައިނަލް، ރިލީސް ކޮށް އަދި އާއްމު ޑައުންލޯޑަށް ދޫކޮއްލައިފިއެވެ. އޮޕެރާ 10.10 ގެ ފައިނަލް މި ރިލީސްކުރީ ގިނަ ދުވަސްތަކެއްވަންދެން ބީޓާ ޓެސްޓްކުރުމަށްފަހުއެވެ. އޮޕެރާކުންފުނިން ހާމަކުރާގޮތުގައި މިއީ މިހާތަނަށް ނެރެވުނު އޮޕެރާގެ އެންމެ ފުރިހަމަ އަދަދެވެ.

Monday, November 23, 2009 | Posted in , | އިތުރަށް ވިދާޅުވޭ »

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް