އެންމެ ފަހުގެ

|

ކުއްލި ޚަބަރު: ޑރ ޒާކިރު ނައިކްގެ ދަރުސް ބާއްވާން ސްޓޭޑިއަމްދިނުމަށްފަހު ނުލިބޭނެކަމަށް އަންގައިފި


ލިޔުނީ: އަލީ އަހްސަން

ޑރ ޒާކިރު ނައިކްގެ ދަރުސް ބާއްވާން ސްޓޭޑިމްދިނުމަށްފަހު ނުލިބޭނެކަމަށް އަންގައިފިކަމަށް ވަރަށް މުއުތަބަރު ފަރާތަކުން ދިއިސްލާމްއަށް ހަބަރު ދީފިއެވެ.

‘ޑރ ޒާކިރުނައިކްގެ ދަރުސް ބޭއްވުމަށް އެކުވެނީ އައުޓްޑޯ ސްޓޭޑިއަމް ދިނުމަށްފަހު ނުދެވޭނެކަމަށް ޔޫތު މިނިސްޓްރީ އިން އިސްލާމިކް އެފެއާރޒްއަށް އަންގާފައިވާކަމަށް’ ދިއިސްލާމްއަށް ވަނީ ހަބަރުލިބިފައެވެ. ޔޫތު މިނިސްޓްރީއިން އިސްލާމިކް އެފެއާރޒްއަށް އެކުވެނި ސްޓޭޑިއަމް ދީފައި އަނެއްކާ ‘އަތުލާފައި’ވަނީ ކީއްވެކަމެއް އަދި ވަނީ މައުޟޫމާތު ލިބޭގޮތް ނުވެފައެވެ.

ދިއިސްލާމްއިން ބެލިބެލުމުން އެނގިފައިވާގޮތުގައި ސްޓޭޑިއަމްގައި ސްޓޭޖް އެޅުމަށް ގެޒެޓްގައި އިއުލާން ކުރެވި ބިޑު ބަޔަކު ކާމިޔާބުކޮށް އެމަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރަން އޮތް ދުވަހަކީ މިއަދެވެ. އެހެނަސް ސްޓޭޖް ހަދަންޖެހޭތަން ސަރުކާރުގެ މުއައްސަސާއަކުން ކެންސަލްކުރުމާއި ގުޅިގެން އެއެއްބަސްވުމުގައި މިއަދު ސޮއިކުރުން ވަނީ ފަސްކޮށްފައެވެ.

ޑރ ޒާކިރު ނައިކް ގެނައުމުގެ މަސައްކަތުގައި އިސްލާމިކް އެފެއާރޒްއަށް މިހާތަނަށް ވަރަށް ގިނަ ފިއްތުންތަކާއި ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ސަރުކާރުގެ އެތެރެއިންނާއި ސަރުކާރުގެ ބޭރުން ސީދާގޮތުންނާއި ނުސީދާކޮށްދަނީ ފުރައްސާރަކުރަމުންނެވެ.

ޑރ ޒާކިރު ނައިކްގެ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާތަން ދިނުމަށްފަހު އަތުލާފައިވާއިރު ޖަމިއްޔަތުއް ސަލަފްއިން ޑރ ބިލާލް ޕިލިޕްސް ގެނައުމަށްފަހު ދަރުސްތައް ދިނުމަށް މާލޭގައި ބޮޑެތި ހުރިހާ ބިންތައް ހޯދުމަށް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ހުށައެޅުމުން ކާނިވާ ސްޓޭޖްފިޔަވާ އެއްވެސް ތަނެއް ލިބޭގޮތްވަނީ ނުވެފައެވެ. ރާއްޖޭގައި ބާއްވާ ތަފާތު މިއުޒިކް ޝޯ ތަކަށް މާލޭގެ ބޮޑެތި ބިންތައް އެއްވެސް ދަތިކަމަކާއި ނުލައި ލިބޭކަން ފާހަގަކުރެވެއެވެ.

ޕޯސްޓް ކުރީ dhiburunu.. ތާރީޚް Thursday, May 13, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ކުއްލި ޚަބަރު: ޑރ ޒާކިރު ނައިކްގެ ދަރުސް ބާއްވާން ސްޓޭޑިއަމްދިނުމަށްފަހު ނުލިބޭނެކަމަށް އަންގައިފި"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް