ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.
ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެބްސައިޓްގައި އިސްލާމްދީނާ ޚިލާފް ވީޑިޔޯތައް އާންމު ކުރަމުން ދާތީ ކަމަށް ޕާކިސްތާނުގެ އޮފިޝަލުން ހާމަކުރައްވައެވެ. ޕާކިސްތާނުގެ މި އަމަލުގެ ސަބަބުން ޔޫޓިޔުބުން އަދި ވަކި އެއްޗެއް ބުނެފައިވާކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.
ޔޫޓިޔުބުގެ އިތުރުން މަޢުލޫމާތު ހޯދުމަށް ދުނިޔެއަށް މަޝްހޫރު ވިކިޕީޑިޔާގެ ބައެއް ޕޭޖްތައްވެސް ޕާކިސްތާނުގައި ބްލޮކް ކޮށްފައިވާކަމަށް އެގައުމުގެ ބައެއް ފަރާތް ތަކުން ދަނީ ބުނަމުންނެވެ. އަދި މީގެ އިތުރުން މިހާރު އެންމެ މަޝްހޫރު ސޯޝިއަލް ނެޓްވާކް ފޭސްބުކް ވެސް ބްލޮކް ކުރުމަށް ކޯޓް އަމުރެއް ނެރެފައިވާކަމަށް ޕާކިސްތާނުގެ އިސްފަރާތް ތަކުން ހާމަ ކުރައްވައެވެ.
ކަންތައްތައް މިހެން ހުރުމުގެ ސަބަބުން ބައެއްފަރާތްތަކުން ދެކޭ ގޮތުގައި ދެން އެންމެ އަވަހަށް ޕާކިސްތާނުގައި ބްލޮކް ކުރާނޭ ކަމަށް ބެލެވެނީ ޓްވީޓާއެވެ.
