ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...


ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދުނިޔެ އުފެދުމާއި، ދުނިޔޭގައި ހިނގަމުންމިދާ މިލިޔަނުން މިލިޔަނުން ގުނައިލެވޭ ތަފާތު ކަންތައްތަކާއި ނިޒާމުތައް އިންތިޒާމުވެ، ހަމަޖެހި، ހިނގަމުންމިދާ ދިއުމަކީ ހަމަ އިއްތިފާޤެވެ. އެއްވެސް ބާރުގަދަ ޚާލިޤަކުގެ ބާރެއް ނޫނެވެ. ޝައްކެއްނެތެވެ! މިބާވަތުގެ މީހުންނަށް އަޅުގަނޑުމެން ކިޔައި އުޅެނީ އެއްވެސް ދީނެއް ޤަބޫލު ނުކުރާ މީހުންނެވެ. ނުވަތަ އިލްޙާދުގެ އަހުލުވެރިންނެވެ. ތަންކޮޅެއް ފޮނިގޮތަކަށް މިބާވަތުގެ މީހުންގެ ނަންވެސް ލިޔެލާނަމެވެ އާދޭހެވެ! ޒުވާނުންނަށް ދެނެގަތުން ފަސޭހަ ކުރުމަށްޓަކައެވެ. އެގޮތަކީ:-


Atheist މިގޮތެވެ.

އިސްވެ ތަޢާރަފުގައި މިދެންނެވި ފިކުރަކީ ފަހަކަށްއައިސް ދިވެހީންގެތެރެއިންވެސް ބަޔަކުމީހުން މާ ގަޔާވާ ފިކުރެކެވެ. މިފިކުރަކީ ގަޔާވާން މާ އެކަށީގެންވާ ނުވަތަ އޭގެ ޒާތުގައި ބުރަދަނެއް ހުރި ފިކުރެއްތޯ ޢިލްމީ ހަމަޔަކުން ބަލައިލާމާ ހިންގަވާށެވެ!!!

ގަޑިއަކު 1000 މޭލު ބާރުމިނުގައި ދުނިޔެ އޭގެ ޚިޔާލީ ނާރެހުގައި އެނބުރޭކަމުގައި ބަލަމާ ހިންގަވާށެވެ. މި ބާރުމިން ގަޑިއަކު ސަތޭކަމޭލަށް ލަސްވެއްޖެނަމަ ރެއާއި ދުވާލު ދިހަ ގުނަޔަށް ދިގުވެގެންދާނޭކަމަށް ވެއެވެ. ނަތީޖާއެއްގެ ގޮތުން ދުވާލުގެ ހޫނާއި ރޭގަނޑުގެ ފިނި އެތައް ގުނަޔަކަށް އިތުރުވެގެންދާނެއެވެ. ދުވާލުގެ އިރުގެ ހޫނުކަންގަދަވެ ގަސްގަހާގެހި އަންދާލާނޭކަމުގައި ބުނެވެއެވެ. ދިރުންހުރި އެންމެހައި ތަކެއްޗެއް މިހޫނުގެ ސަބަބުން މަރުވެ ނެތި ފަނާވެދާނެއެވެ. ހަމަ މިބީދައިން ބާކީ ހުރި އެއްޗެއް ރޭގަނޑުގެ ގަދަ ފިނީގެ ސަބަބުން ހަލާކުވެ ނެތިދާނެއެވެ.

އިރުގެ ޞަތަޙައިގެ ހޫނުމިނަކީ، ގާތްގަނޑަކަށް 9900 ޑިގުރީ ފެރަންހެއިޓެވެ. އިރާއި ބިމާއި ދެމެދު މިހާރު ހުރި ދިގުމިނަކީ 700, 935, 92 މޭލެވެ. ނުވަތަ 8.5 މިނިޓުން އައްޔަށް ދަތުރުކުރެވޭ ދުރުމިނެވެ. މިދުރުމިނަކީ، އިރުގެ ގަދަ ހޫނު ބިމަށް ފޯރިޔަސް ބިން އަނދައި ހުލި ނުވާހާ ދުރުމިނެވެ. އިރުން ބިމަށް ލިބޭ ހޫނު ދެބައިކުޅަ އެއްބަޔަށް މަޑުވެއްޖެނަމަ، ފިނިވެގެންގޮސް އަޅުގަނޑުމެން އެންމެން މަރުވެއްޖައީހެވެ. އަދި އިރުގެ ހޫނު ދެގުނަޔަށް ގަދަވެއްޖެނަމަ އެހޫނުގެ ސަބަބުން އަޅުގަނޑުމެން އެންމެން އަނދައި ހުލިވެއްޖެއީހެވެ.

ދުނިޔޭގެ ޖައްވު ނުވަތަ އެޓްމޮސްފިއާއޭ މިކިޔާ ތަން މިހާރު މިއޮތްވަރަށްވުރެ ތުނިވެއްޖެނަމަ ދުނިޔޭގެ ފަޒާގެ ތެރެއަށް ވަނުމުން އަނދައިގެންދާ ކޮސްމިކް އޮބްޖެކްޓުތައް ހަލާކުނުވެ ބިމުގެ އެތަންމިތަނަށް ވެއްޓި ބިމުގައި ހުޅުރޯވެ އިސާހިތަކު ބިން އަނދައި ހުލިވެއްޖެއީހެވެ. ޝައްކެއްނެތެވެ! ދުނިޔޭގެ ޖައްވު މިވަނީ އެއަށްވުރެ މާ ފުރިހަމަޔަށެވެ.

ކިޔުންތެރީންނެވެ! އަޅުގަނޑު މިބަޔާންކޮށްލީ ސައިންސްގެ އަލީގައި ހެކިދައްކައިގެ ދުނިޔޭގެ ނިޒާމާއިބެހޭ އެންމެ ތިން ކަމެވެ. މިފަދަ ކިތަންމެ ވާހަކައެވެސް ދެއްކިދާނެއެވެ. ޚުދު ތިޔަބޭފުޅުންވެސް މިބާވަތުގެ މަޢުލޫމާތުތައް ދެނެވަޑައިގަންނަވާނޫއެވެ. ވުމާއިއެކު ހުރިހާ ވާހަކައެއް ލިޔުމުގެ މާނައެއްނެތެވެ.

މަތީގައި އަޅުގަނޑު ބަޔާންކޮށްފައިވާ ކަންތައްތަކާއި ތިޔަބޭފުޅުންގެ މަޢުލޫމާތުގެ ޙަޒާނާގައި ރައްކާކުރެވިފައިވާ މިބާވަތުގެ ޞައްޙަ މަޢުލޫމާތުތަކާއި، "ދުނިޔެ އުފެދި ހިނގަމުންމިދަނީ އިއްތިފާޤަކުންނޭ" ބުނާ ބުނުމާއި އަޅާކިޔުމުގެ ނަޒަރަކުން ބައްލަވާލައްވާށެވެ! އަޅުގަނޑު ބެލި ބެލުމުން "ދުނިޔެ އުފެދި ދުނިޔޭގެ މިހިނގާ ކަންތައްތަކަކީ އިއްތިފާޤުން ހިނގާކަމެއް" ކަމަށް ބުނާބުނުމުގައި އޮށްޓަރެއް ނެތެވެ. ފިކުރާވާފަދަ ޖާދުވީ އަސަރެއްވެސް ނެތެވެ. ޖަޒުބާތީ ރޫހެއް އުފެދި އެމަށްޗަށް ހިތް ލެނބޭފަދަ ޖުމުލަޔަކަށްވެސް "ދުނިޔެ އުފެދުނީ އިއްތިފާޤަކުން" މި ޖުމުލަ ނުވިއެވެ. އަޅުގަނޑުގެ ނަފުސު އަޅުގަނޑަށް ނަސޭހަތްތެރިވަނީ ބުއްދި އިސްކުރުމަށެވެ. ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ޤައުމުގެ ޒުވާނުންނޭވެ! އެންމެ ފަހަރަކު އަޅުގަނޑު މިދަންނަވާ ޢަމަލީ ތަޖުރިބާ ކޮށްލައްވާށެވެ!

ހ. ދިހަ ކަރުދާސްކޮޅު އެއް ސައިޒަކަށް އެއް ބައްޓަމަކަށް ކަފާލައްވާށެވެ. މި ހުރިހާ ކަރުދާސްކޮޅުތަކެއް ހުންނަންވާނީ މުޅީން އެއްގޮތަކަށެވެ.

ށ. ކަފާފައިވާ ކަރުދާސްކޮޅުތަކުގައި ހިސާބު އަނކުރު އެކަކުން ފެށިގެން ދިހަޔަކަށް ކޮންމެ ކަރުދާސް ކޮޅެއްގައި އެއް ޢަދަދު ޖައްސަވާލައްވާށެވެ.

ނ. ހިސާބު ޢަދަދު ޖެއްސެވި ދިހަ ކަރުދާސްކޮޅު އެތެރެ ނުފެންނަ އެއްޗެއްގެތެރެއަށް، ނުވަތަ ޖީބައް ލައްވާށެވެ.

ރ. ދެން އެއަށްފަހު އެކަރުދާސްކޮޅުތަކުގެ ތެރެއިން ފަހަރަކު ކަރުދާސްކޮޅެއް ނަންގަވަމުން ގެންދަވާށެވެ. މިގޮތަށް ނަންގަވާއިރު ކަރުދާސްކޮޅުތައް އަޅާފައިވާއެތީގެތެރެއަށް ނުބައްލަވާށެވެ. ކޮންމެ ކަރުދާސްކޮޅެއްވެސް ނެންގެވުމަށްފަހު އެކަރުދާސްކޮޅެއްގައިވާ ޢަދަދު އެ ނެގުނު ތަރުތީބަކުން އެހެން ކަރުދާސް ގަނޑެއްގައި ޖައްސަވަމުން ގެންދަވާށެވެ.

ބ. މިގޮތަށް ސަތޭކަ ފަހަރު، ނުވަތަ ތިބާ އެދޭ މިންވަރަކަށް މި ޢަމަލު ތަކުރާރު ކުރައްވާށެވެ.

ޅ. ދެން އެކަކުން ދިހަޔަކަށް ތަރުތީބުން އެއްވެސް އޮޅުމެއް، ފުށުއެރުމެއްނެތި ކަރުދާސްކޮޅުތައް ނެގުނީ ކިތައް ފަހަރުތޯ ބައްލަވާށެވެ.

އާދޭހެވެ! ސަތޭކަޔަކުން އެއްފަހަރު ނުވަތަ ދެފަހަރު ނަމްބަރުތައް ތަރުތީބުން ނެގުމަކީ ވެދާނޭ ކަމެކެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު އެކަކުން ދިހަޔަކަށް ތަރުތީބުން ނަމްބަރުތައް ދިމާވުމަކީ މުސްތަޙީއްލު ކަމެކެވެ. އެހެން އެގޮތަށް ދިމާވާން އެދޭނަމަ ކޮންމެވެސް ހީލަތެއް ނުވަތަ ނަގާ ކަރުދާސްކޮޅުގައިވާ ޢަދަދު އެނގޭނޭ ކޮންމެވެސް ގޮތެއް ޖެހޭނީ ރާވާށެވެ. މިފަހަރު އެއްކަލަ 'އިއްތިފާޤު' ކޮަބައިބާވައެވެ؟ 'އިއްތިފާޤަކުން' މި ނަމްބަރުތައް ތަރުތީބުން ދިމާނުވީ ކީއްވެބާވައެވެ؟ އެކުވެރީންނޭވެ! ދުނިޔެ އުފެދުމާއި ދުނިޔޭގައި ހިންގަމުންމިދާ އެންމެހައި ކަންތައް އެއްވެސް ފުށުއެރުމެއްނެތި ހަމަޖެހޭ އިންތިޒާމެއްގެދަށުން ހިންގަމުންމިދާ ދިއުމާއި، ދުނިޔެ ދެމިއޮތުމަކީ ހަމަ އިއްތިފާޤެކޭ ބުނުމަށް އަޅުގަނޑުމެންގެ ސަލާމަތް ބުއްދި އަޅުގަނޑުމެންނަށް ފުރުސަތު ދޭތޯއެވެ؟؟ އަޅުގަނޑަކަށް މި ޚިިޔާލީ ތާކުންތާކު ނުޖެހޭ ފިކުރު އާދެ އިލްޙާދުގެ ފިކުރު ޤަބޫލެއް ނުކުރެވުނެވެ. މާޢާފުކުރައްވާށެވެ! އަޅުގަނޑު މޮޔައެއްކަމުގައި ވެގަތުމަށް އަޅުގަނޑުގެ ޒަމީރު ޤަބޫލެއް ނޫނެވެ. ތިބާ ކިތަންމެ އާދޭހެއް ކުރިޔަސް ކުރާނޭ ކަމެއް ނެތެވެ. އަޅުގަނޑަށް ޤަބޫލުކުރެވެނީ މިދުނިޔެ ހިނގަމުން މިދަނީ ބާރުވެރި އިލާހެއްގެ ނިޔާއާއި މިންވަރުފުޅާއި އެއްގޮތަށް ކަމަށެވެ. އެކަލާންގެ ޤާނޫނު ނިޔާކުރާ ގޮތުގެ މަތީންކަމަށެވެ.

ޕޯސްޓް ކުރީ dhiburunu.. ތާރީޚް Friday, May 21, 2010. މިލިޔުން ހިމެމެނޭނީ , . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

1 ޚިޔާލު ލިބިފައިވޭ. "ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން..."

  1. މިފަދަ ސިކުނޑިއަށް ފަސޭހައިން ނަގައިގަނެވޭ ކަހަލަ މިސާލުތަކުން ޒުވާނުންނަށް ވިސްނުމަށް ފުރުޞަތު ލިބިގެން ދިއުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މިފަދަ ގިނަލިއުންތަކެއް ފެނިގެން ދިއުމަކީ އޭގެ ހެޔޮ އަސަރު މުޅި ގައުމުން ފެނިގެންދާނެ ކަމެއްކަމަށް ނިކަމެތި އަޅާ ދެކެމެވެ. ވީމާ ރަގަޅު ޚިޔާލުތައް ކަރުދާހަށް ގެންނަވާ ގިނަ ބަޔަކަށް ކިޔޭނެގޮތް ހައްދަވާދެއްވުމަށް ރާއްޖޭގައި ތިބި ބުއްދީގެ އަހުލުވެރިންނަށް ގޮވާލަމެވެ. އަލްއަޚް ޙަސަން ޒާހިރުއަށް ޝުކުރިއްޔާ.

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive