ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

މާލޭގެބައެއް ބުކްޝޮޕްތަކުގައި ބުދުދީނުގެ ފޮތްތައް ވިއްކަނީ.!


"ސުދާމާ އާއި ކްރިޝްނާ ބައްދަލުވީ، މުޤައްދަސް ސަންދީޕުގެ އަޅުވެތިކަމާއި ޒުހުދުވެރިކަމުގެ ދުވަސްވަރުގައެވެ. ހައިނާއަށް ސިހުރު ހަދަން ކްރިޝްނާއަށް ދަސްކޮށްދިން މީހަކީ ސުދާމާއެވެ....."


މި ވާހަކައަކީ ސުދާމާ އާއި ކްރިޝްނާ އެ ދެމީހުންގެ ވާހަކަ "ބަގުވަތު ޕުރާނާ" ގައި ކިޔާދެވިފައިވާ ފަދައިން، އެދެމީހުންގެ މެދުގައި އޮތް ތެދުވެރި ރަޙްމަތްތެރިކަމުގެ ވާހަކައެވެ.....

މިއީ މާލޭގެ ބައެއް ފޮތްފިހާރަތަކުގައި ވިއްކަމުންގެންދާ ބުދުދީނުގެ ވާހަކަ ފޮތްތަކުގެ ތެރެއިން ފޮތެއްގެ ތަޢާރަފްގައި ލިޔެފައިވާ ޢިބާރާތްކޮޅެކެވެ. ޢިބާރާތް ކޮޅުގައިވާ ބަގުވަތު ޕުރާނާއަކީ މުސްލިމުންނަށް ކީރިތި ޤުރްއާނު ފަދައިން އަދި ނަޞާރާއިންނަށް އިންޖީލުފަދައިން، ހިންދޫންގެ މުޤައްދަސް އެއްފޮތެވެ. އަދި އެފޮތުގެ މައިގަނޑު ކެރެކްޓާ ކަމުގައިވާ ކްރިޝްނާއަކީ ހިންދޫންގެ ބޮޑު ކަލާނގެއެކެވެ.

ކުޑަކުދިންގެ ވާހަކަފޮތްތަކުގެ ނަމުގައި ހިންދޫންގެ ދީނީ ވާހަކަފޮތްތައް ވިއްކަމުންމިދަނީ ކޮން މިނިސްޓްރީއެއްގެ ހުއްދައެއްގެ ދަށުންކަމެއް ނޭނގެއެވެ. ރާއްޖޭގައި އެހެންދީންތަކުގެ ފޮތްތަކާއި އެހެންދީންތަކުގެ ޝިޢާރު ފާޅުކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. މިކަން އަދި އެއްކިބައިގާ ބާއްވާށެވެ. ސައްތައިންސައްތަ މުސްލިމުންކަމަށް ދަޢުވާކުރަމުންދާ ދިވެހިންގެ ވިޔަފާރި ތަކުގައި މިފަދަ އެއްޗެއް ވިއްކާއިރު، ތިމާމެންނީ ޤިޔާމަތްދުވަހުން ﷲގެ ޙަޟްރަތުގައި ސުވާލުވެވޭނޭ ބައެއްކަން ހަނދާންކުރަން އެބަޖެހެއެވެ. ތިމާމެންގެ ވިޔަފާރިތައް ޝިރުކުގެ އެއްޗެހިން ނަޖިސްކޮށް ތިމާމެންނަށް ﷲދެއްވާފައިވާ ރިޒުޤު، ޙަރާމެއް ޙަލާލެއް ބެލުމެއްނެތި މިފަދަ ދަށުދަރަޖައިގައި ބޭނުން ކުރަން ހެޔޮވާނެތޯއެވެ؟ ދިވެހި ރާއްޖޭގެ އަހުލުވެރީން މިކަމަށް ހޭލުންތެރިވާންޖެހިފައިވާ މިންވަރު ވަރަށް ބޮޑެވެ. އެހެނީ، ތިމާ ފިހާރައަކުން އެއްޗެއް ގަންނަހިނދުގައި، އެއީ ކޮންކަހަލަ އެއްޗެއްތޯބަލައި، ތިމާގެ އަނބިދަރީން ބޭނުން ކުރުމަށް ހޯދައިދެވޭ ތަކެއްޗަކީ ޙަލާލު ތަކެތިކަން ޔަޤީންކުރަން ޖެހޭނެއެވެ.

އިސްލާމް ދީނާ ޚިލާފު ފޮތްތަކާއި، އެހެންދީންތަކުގެ ޝިޢާރުތައް އެކިސިފަ ސިފައިގައި ފަތުރަމުންދާ ފަރާތްތަކާމެދު ފާރަވެރިވެ، އެކަންތައްތައް ހުއްޓުވުމަށް ހަރުދަނާ ފިޔަޅުވަތަކެއް އެޅުމަކީ ސަރުކާރު ހިންގުމާ ޙަވާލުވެގެން ތިބި ފަރާތްތަކުން މިއަދުން މިއަދަށްވެސް ކުރަންޖެހިފައިވާ ކަމެކެވެ.

އަޅުގަނޑުމެންގެ ދުޢާއަކީ ޝިރުކާއި ޝިރުކުގެ އަހުލުވެރީންގެ ތުރާތަކުން އަޅުގަނޑުމެން އެންމެން ސަލާމަތް ކޮށްދެއްވުމެވެ. އާމީން!

ޕޯސްޓް ކުރީ dhi-burunu ތާރީޚް Wednesday, January 13, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "މާލޭގެބައެއް ބުކްޝޮޕްތަކުގައި ބުދުދީނުގެ ފޮތްތައް ވިއްކަނީ.!"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive