ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

މަގޭ މަގުމަތީ އިންޞާފު


ލިޔުނީ: އަހްމަދު އަޖްމަލް ހާމިދު
އަހަންނަށް އަނިޔާ ވެވިއްޖެއެވެ. އަހަރެން މިހުރީ ރުޅި އައިސްފައެވެ. އަހަރެންގެ މުދަލަށް އެމީހުން އަރައިގެންފިއެވެ. އަހަރެންގެ ފޯނު ވަގަށް ޖަހައިގެންފިއެވެ. އަހަރެންގެ ގޭގައި ހުރި އަގު ބޮޑެތި މުދާ ރޭގަނޑުގެ އަނދިރީގައި ވަގަށް ނަގައިފިއެވެ. އަހަރެންގެ އަބުރާ އެމީހުން ބެހެފިއެވެ. އަހަރެން ދެރަވާފަދަ ނަންނަމުން އަހަންނާ މުޚާޠަބު ކޮށްފިއެވެ.


އަހަރެންގެ އެކުވެރިންނާއި ގާތްތިމާގެ މީހުން ހިތުގައި ޖެހޭފަދަ ވާހަކަ އެމީހުންނާ ދިމާލަށް ގޮވައިފިއެވެ. އަހަރެންގެ އަބުރާ ބެހެފިއެވެ. އަހަރެންގެ އަންހެން ކޮއްކޮއާ ބެހެފިއެވެ. އަހަރެންގެ މަންމައާ ފޮށެފިއެވެ. ދައްތައަށް މަގުމަތީގައި ހިނގުން ދަތިކޮށްފިއެވެ. އަހަރެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން ކުއްޖާއަށް މައްލަވަކޮށްފިއެވެ. އަހަރެން މިހިރީ ވަރަށް ރުޅި އައިސްފައެވެ!

އެމީހުން ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ؟ އެމީހުން ވަރުގެ ބަޔަކު ނެތިގެން އެއުޅެނީ މަމީވެސް ހަތަރު ކަށިމަތި މާލޭ މީހެކެވެ. އަހަރެންގެ ޢާއިލާ ބޮޑެވެ. މީސް ގިނައެވެ. އަހަންނާވެސް މާލޭގެ ބާރުވެރި މީހުންނާ ގުޅުން އޮވެއެވެ. އަހަރެންގެ "ފަތްބޮއެގެން" އަރުވާލާފައިހުރި ބޮޑުބެއަކީ އަދިވެސް ބާރުގަދަ ޖަމާޢަތެއްގެ ގަދަރުވެރި މީހެކެވެ. އަހަރެންގެ އަންހެން ކޮއްކޮ ރައްޓެހިވެގެން އުޅެނީ އެފަދަ ޖަމާޢަތެއްގެ ބޮޑަކާއެވެ. އަހަރެންގެ ދައްތަ އިނދެގެން އުޅެނީ އެފަދަ ޖަމާޢަތެއްގެ ހަރަކާތްތެރި މެމްބަރެއްގެ ދެބެންގެ ދެދަރި މީހަކާއެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ އެއްބަނޑު އެއްބަފާ ބޭބެއަކީ އެފަދަ ޖަމާޢަތަކަށް މާލީ އެހީދޭ ފަރާތެކެވެ.

އަހަރެންގެ ފޯނު ޖީބުން ނެގީ އެފަދަ މީހަކަށް ގުޅައި އަހަރެންގެ މުހުތާދާމެދު ހުށިޔާރު ކޮށްލުމަށެވެ. ނަމަވެސް ފޯނު ނަގަން ހަރަކާތްކުރެވިކުރެވި އޮތް އަތް މައިތިރިކުރީ ހިތުތެރޭ ގުގުމައިގެންދިޔަ ނިދާއެކެވެ. "އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިމަންރަސްކަލާނގެ އަމިއްލަ ޒާތުފުޅަށް އަނިޔާވެރިވުން ޙަރާމްކުރައްވައިފީމެވެ. އަދި އެއީ ތިޔަބައިމީހުންގެ މެދުގައިވެސް ޙަރާމް ކަމެއްކަމުގައި ކަނޑައަޅުއްވައިފީމެވެ! ފަހެ ތިޔަބައިމީހުން އެކަކު އަނެކަކަށް އަނިޔާވެރިނުވާށެވެ!"

އަހަރެންގެ ޙާލަތާމެދު ވިސްނައިލެވުނެވެ. މިއީ އަނިޔާއަކަށް ވެދާނެ ހެއްޔެވެ؟ އަހަރެން ބޭނުންވަނީ އިންޞާފެވެ. އެމީހުން އެކުރަމުން ގެންދާ ނޭއްގާނީ ޢަމަލުތަކުގެ ސަޒާ އެމީހުންނަށް ލިބުމެވެ. އެމީހުންނަށް އެކަމުގެ ރަހަ ބެލުމަށް މަޖްބޫރު ކުރުވުމެވެ. އެމީހުންނަކީ "މާ ބާރުގަދަ، މާ މާތް މީހުންނަށް" ވީތީއެވެ. އަހަރެން ބޭނުންވަނީ އެމީހުންގެ ކިބައިން އިންޞާފު ލިބިގަތުމެވެ. ކަމާ ބެހޭ ފަރާތްތަކަށް މިކަން ހުށަހަޅައިގެން ރީތި ގޮތުގައި މިކަން ކޮށްގެން އަހަރެންގެ ހިތުގައި އަނދަމުން މިދާ އަލާ ނުކެނޑޭނެކަން ކަށަވަރެވެ. އަހަރެން ބޭނުންވަނީ އަހަރެންގެ އިންޞާފު އެމީހުންގެ މައްޗަށް ހިންގައިލާ އެމީސްމީހުން ބިންމަތި ކޮށްލާށެވެ. ދެން އެއަތުން އިތުރު އެއްޗެއް ވަގަށް ނުނެގޭ ވަރަށް އެއަތް ބަޅު ކޮށްލާށެވެ. ދެން އެލޮލުން އެހެން އަންހެނެއްގެ ރީތިކަމުން މީރުކަން ނުހޯދޭހެން އެލޯ ކަނުކޮށްލާށެވެ. ދެން އެދުލުން އަންހެނަކަށް މައްލަވަ ނުކުރެވޭނޭ ފަދައިން އެދޫ ބުރިކޮށްލާށެވެ. ދެން އެ ހަތަރެސްފައިން ގޯހެއް ނުހެދޭނެހެން އެހަތަރުފަސް ބިނދައިލާށެވެ. ނޫނެކެވެ. އަހަރެން ބޭނުންވަނީ އެމީހުންގެ ލެޔެވެ. އަހަރެން ބޭނުންވަނީ އެމީހުންގެ ވަސް ފޮހެލާށެވެ. ޙައްޤުވަނީ އަހަންނާ އެކުގައި ނޫން ހެއްޔެވެ؟ އަހަރެންގެ އިންޞާފު އެމީހުންގެ މައްޗަށް ހިންގައިލާނަމެވެ.

އަހަރެން އަލުން ޖީބުން ފޯނު ނަގަން ދިމާކުރީ ހިތުތެރޭގައި އަންދަމުންދާ އަލިފާން ކެކި އަރައަރާ ހުއްޓައެވެ. އަހަރެން ފޯން ބުކް އެއިން މީހެއްގެ ނަންބަރު ހޯދާލުމަށް ސްކޮރޯލް ކޮށްލީމެވެ. ނަމަވެސް ވަކި ހިސާބަކަށް ދިޔަތަނާ ރަތް ފޯނަށް ފިއްތައިލާ ފޯންބުކުން ނުކުމެއްޖައިމެވެ. އެއަލިފާން ކަނިވެ ނިވިއްޖެއެވެ. ރުޅިވެރި ކަމުގެ އިޙްސާސް މޮޅިވެރިކަމަށް ބަދަލުވެގެން ހިންގައްޖެއެވެ. ހިތުތެރޭގައި ހިންގައިގެންދިޔަ ޝުޢޫރެއްގެ ސަބަބުންނެވެ. އަހަރެންގެ އަމިއްލަ ނަފްސު އަހަންނަށް މަލާމަތް ކުރިއެވެ. އަހަރެން ޣީރަތްތެރިކަމާއެކު އަހަންނަކީ މުސްލިމެކޭ ބުނެ އަޑު ވީއްލާއިރު އިމާންކަމުގެ އަސާސީ ބަހާއަކާ އަހަންނާ ތަޢާރުޟް ވެވިއްޖެއެވެ. އަހަރެންގެ ވިސްނުން މިދުނިޔޭގެ ވަޤުތީ ހަޔާތަށްވުރެއް ދުރަށް ދަތުރު ނުކުރަނީ ކީއްވެ ހެއްޔެވެ؟

ފަހަރެއްގައި މިދުނިޔެއިން އަހަންނަށް އެކަށޭނަ އިންޞާފެއް ނުލިބިދާނެއެވެ. އަހަރެން އަނިޔާ ލިބިފައިވާ މީހެއްގެ ގޮތުގައި މިދުނިޔެ އަޅައިދާން ޖެހިދާނެއެވެ. ނަމެވެސް ކުރިޔަށް އެންމެ ޢަދުލުވެރި ދަރުބާރުގައި އެންމެ އިންޞާފުވެރި ފަރާތުގެ ނިޔާ އިއްވެވުން އޮތީ ނޫންހެއްޔެވެ؟ އަދި އެހެން ނޫނަސް އަހަންނަށް ލިބިފައިވާ އަނިޔާގެ ބަދަލުގައި އަހަރެން އަނިޔާވެރިވުމުން އެވީ ކޯއްޗަކަށް ހެއްޔެވެ؟ އަހަރެން އެމީހުންނަށްވުރެއް ރަނގަޅުވޭ ހެއްޔެވެ؟ އަހަރެން މިހިފާ ބަދަލަކީ އެލިބުނު އަނިޔާއާ އެކަށޭނަ ބަދަލެއް ހެއްޔެވެ؟ ނުވަތަ އަހަންނަށްވެސް މިވެވެނީ އަނިޔާ ނޫން ހެއްޔެވެ؟ ޙައްޤުނޫން މަގަކުން ޙައްޤެއް ހޯދިދާނެ ހެއްޔެވެ؟ އިންޞާފުވެރި ނޫން މަގަކުން އިންޞާފު ލިބިދާނެ ހެއްޔެވެ؟ އަހަރެން ހަތިޔާރު ރުކުރަވާލާ ހަމަލާދޭއިރު އަހަރެންގެ އަތުގައި އޮތް އެންމެ ބާރުގަދަ ހަތިޔާރު އެމީހުންނަށް ތަބަކެއްގައި މަޚުމާ ފޮތިކޮޅަކަށް ލާފައި ދެވޭކަން އަހަންނަށް ނުވަތަ އެމީހުންނަށްވެސް ރޭކާލާ ހެއްޔެވެ؟ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ތެދުވެރި ދޫފުޅުން "އަނިޔާ ލިބިފައިވާ މީހާގެ ދުޢާއަށް ބިރުވެތިވާށެވެ! ފަހެ ހަމަކަށަވަރުން މާތް ﷲއާ އެދުޢާ ދެމެދު ފަރުދާއެއް ނުވެއެވެ." ޙަދީޘް ނުކުރައްވާ ހެއްޔެވެ؟

އާނއެކެވެ. ޢިންޞާފުގެ މަގުން ކަސިޔާރުނުވެހުރެ އިންޞާފު ހޯދުމުގައި އަހަރެން ކެތްކުރާނަމެވެ. އެކަމުގައި ކެތްތެރި ވާނަމެވެ. އަދި އެކަލާނގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދަންނަވާނަމެވެ. އަދި މަދަދަށް އެދޭނަމެވެ. އެކަލާނގެ ފިޔަވައި މަދަދުދެއްވާ، ޙައްޤުގޮތުގައި ޙަޤީޤީ ދާއިމީ ނަޞްރެއް ދެއްވާ ފަރާތެއް ނުވެއެވެ.

الحديث الرابع و العشرون من الأحاديث الأربعين النووية – رواه مسلم
جامع الترمذى - باب ما جاء في كراهية أخذ خيار المال في الصدقة. حديث رقم: 625

މިލިޔުން އެޑިޓްކޮށްދެއްވާ އިތުރަށް ފުރިހަމަ ކޮށްދެއްވި އަލްއަޚް އަޙްމަދު ޝަމީން ދޮންމަނިކަށް ފަށްފަށުން ޝުކުރުދަންނަވަމެވެ.

ޕޯސްޓް ކުރީ dhi-burunu ތާރީޚް Wednesday, January 13, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

1 ޚިޔާލު ލިބިފައިވޭ. "މަގޭ މަގުމަތީ އިންޞާފު"

  1. ރަނގަޅު ލިޔުމެއް

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive