އެންމެ ފަހުގެ

|

އޮޕެރާ 10.10 ގެ ފައިނަލް ރިލީސް ކޮއްފި.




އޮޕެރާ 10.10 ގެ ފައިނަލް، ރިލީސް ކޮށް އަދި އާއްމު ޑައުންލޯޑަށް ދޫކޮއްލައިފިއެވެ. އޮޕެރާ 10.10 ގެ ފައިނަލް މި ރިލީސްކުރީ ގިނަ ދުވަސްތަކެއްވަންދެން ބީޓާ ޓެސްޓްކުރުމަށްފަހުއެވެ. އޮޕެރާކުންފުނިން ހާމަކުރާގޮތުގައި މިއީ މިހާތަނަށް ނެރެވުނު އޮޕެރާގެ އެންމެ ފުރިހަމަ އަދަދެވެ.


މި އަދަދުގައި ބޭނުންކުރާމީހުންނަށް ކަމުދާނެ ވަރަށްގިނަ ފީޗާސް ތަކެއް ހިމަނާފައިވާނެކަމަށް އެކުންފުނިން ހާމަ ކުރެއެވެ. މިގޮތުން ފައިލް ޝެއާރ ކުރުން، ފޮޓޯ ހޮސްޓްކުރުން، މީޑިޔާ ސްޓްރީމިންގ،ފައިލް ސިންކްރޮނައިޒިން އަދި ޗެޓް ކުރުންފަދަ އެތައް ކަމެއްހިމެނެއެވެ.
އޮޕެރާ ކުންފުނިން ހާމަ ކުރާ ގޮތުގައި އޮޕެރާ 10.10 ގެ ބީޓާ ބޭނުން ކުރާ ފަރާތްތަކަށް، އޮޕެރާގެ ފައިނަލްއަށް އަޕްގްރޭޑްކުރުމުން މާބޮޑު ތަފާތެއް ނުފެންނާނެއެވެ. ނަމަވެސް ކުރީގެ އަދަދުތައް ބޭނުންކުރާ ފަރާތްތަކަށް މި ތަފާތު ފާހަގަ ކުރެވޭނެއެވެ.

ނޯޓް: ފޮޓޯތައް ސާފުކޮއްބެއްލެވުމަށް ފޮޓޯއަށް ކްލިކް ކޮއްލައްވާ!

ޕޯސްޓް ކުރީ dhi-burunu ތާރީޚް Monday, November 23, 2009. މިލިޔުން ހިމެމެނޭނީ , . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "އޮޕެރާ 10.10 ގެ ފައިނަލް ރިލީސް ކޮއްފި."

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް