ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ކަނޑުމަތިން ފެނުނު ހަގީގަތަކަށްވި ހުވަފެން.


އެއީ މީގެގާތްގަނޑަކަށް 30 އަހަރު ކުރީގެ ހާދިސާއެކެވެ. ކުރިނބީ ހާޖީގެ ދޯނީގައި އެދަތުރު މާލޭން ފުރައިގެން ހަސަން ޒާހިރުމެން ފުރަތަމަ ދިޔައީ ނޮޅިވަރަންފަރަށެވެ. މަންޒިލަކަށްވީ މަކުނުދުއެވެ. އަރުވާލި މީހުން އެދޯނީގައި ވަރަށް ގިނައެވެ. ޒާހިރަކީވެސް އޭގެތެރޭގައި ހިމެނޭ މީހެކެވެ.

ޒާހިރަކީ އާދައިގެ ގޮތެއްގައި ކަނޑުމަތީގައި ނިދާ އުޅޭމީހެއްނޫނެވެ. ނަމަވެސް އިރުއޮއްސެން ދާދި ކައިރިވެފާ ވަނިކޮށް، ވަރަށްބޮޑަށް ފޫހިވެގެން ދޯނީގެ ފެންފިލާމަތީގައި އޮށޯވެލިއެވެ. މޯޅިއަށް ދެމިލާ ސިނގިރެޓެއް ބޮއިލާހަދާލަން ކަމަށެވެ. ނަމަވެސް ކުޑައިރުކޮޅަކުން ނިދިއަންނަގޮތް ވިއެވެ.
އޭނާއަށް ނިދުނުތާ މާގިނައިރެއްނުވެ ފެނުނީ ހުވަފެނެކެވެ. "އަވަހަށް ތިޔަ ދޯނި އަނބުރާލާ! ތިޔަދިމާ ކަނޑުތެރޭގައި މީހަކު ވެއްޖެ." ފެނުނު ހުވަފެނާ ބެހޭގޮތުން އޭނާ ކިޔައިދިނެވެ.
ހަސަން ޒާހިރަކީ ދިވެހިރާއްޖޭގެ އަޑުގެ ޑިއުޓީ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. އޭނާ ނިޔާވުމުގެ ކުރިން މިވާހަކަ ސޯދުބެއަށް ވަނީ ކިޔާދީފައެވެ. ބައެއްމީހުން ބުނާގޮތުގައި ހުވަފެނަކީ ބިލާހެކެވެ. އެކަމަކު މިއީ ހަޤީގަތެކެވެ. އެ ހުވަފެންވީ ހަޤީގަތަކަށްކަން އޭނާއާއި އެކު އެދޯނީގައި ތިބި އެހެން މީހުންވެސް ދަންނާނެއެވެ. މިވާހަކަ މި ލިޔަނީ އޭނާ ސޯދުބެއަށް މިވާހަކަ ކިޔައިދީފައިވާ ގޮތަށެވެ.
މި ހުވަފެން ފެނުމާއި އެކު ސިއްސައިގެން ގޮސްފައި އޭނާއަށް ހޭލެވުނެވެ. ހަމައެއާއި އެކު ދޯނި ދުއްވަން ހުރި މީހާޔަށް ޒާހިރު ބުންޏެވެ. އަވަހަށް ދޯނި އަނބުރާލާށެވެ. މިދިމާ ކަނޑުތެރޭގައި މީހަކ ވެއްޖެއެވެ. އެވަގުތު ހުންގާނުގައި ހުރި މީހާ ހީގެންފައި ބުންޏެވެ. ކަލޭ ތިހުރީ މޮޔަވެފައިތާއެވެ. މިއާއި އެކު ދޯނީގައި ތިބި އެހެންމީހުންވެސް ހޭންފެށިއެވެ. ނަމަވެސް ޒާހިރު ހުރީ ވަރަށް ކަންބޮޑުވެފައެވެ.
އިރުކޮޅަކުން މީހަކު ހަޅޭއްލަވައިގެން އަޑު އިވުންހެން ހީވިއެވެ. ޒާހިރު އެމީހުންނާ ދިމާލަށް ބުންޏެވެ. އެއިވެނީ އެމީހާގެ އަޑެއް ނޫންހެއްޔެވެ؟ އަވަހަށް އަނބުރާލާށެވެ. ނަމަވެސް ހިތާމަޔަކީ އެއަޑު އެހެން މީހަކަށް ނީވޭކަމެވެ. އެމީހުން ބުންޏެވެ. މިހާ ވައި ދަތިއިރު، އިރުއޮއްސި އަނދިރިވާއިރު އެހެން އޮޑި އަނބުރާލެވިދާނެ ހެއްޔެވެ؟ މީނާ އަވަހަށް ބަންނާށެވެ.
ހަމަ ކުއްލިއަކަށް އަނެއްކާވެސް މީހެއްގެ ހަޅޭކުގެ އަޑު އިވިއްޖެއެވެ. އެއަޑުގައި އެކުލެވިގެންވަނީ ވޭނާއި ހިތާމައަށް ގެނބިފައިވާ ކަހަލަ އަސަރެކެވެ. އެވަގުތު ޒާހިރު ބުނަމުން ދިޔައެވެ. ކަލޭމެންވެސް ނިކަން އަޑުއަހާލަ ބަލާށެވެ. އިރު އިރުކޮޅުން އޭނާ ހަޅޭއްލަވާއަޑު އެއިވެނީ ނޫންހެއްޔެވެ؟
ދެން ވަރަށް ގިނަމީހުން ފިލާގަނޑުމައްޗައް ހިނގައްޖެއެވެ. ގޮސް ކަނުލާއަހަންތިއްބެވެ. އެފަހަރު އެ އެންމެންނަށްވެސް މީހަކު ހަޅޭއްލަވައިގެން އަޑުއިވިއްޖެއެވެ. އެވަގުތު އެންމެންނަށް އެއްފަހަރާ ބުނެލެވުނެވެ. "އާނ! އަހަރެމެންނަށްވެސް އަޑުއިވިއްޖެއެވެ. އަވަހަށް ދޯނި އަނބުރާލާށެވެ."
އޮޑި އަނބުރާލައިފިއެވެ. އޭރު ދުނިޔެމަތި މުޅިންހެން ވަނީ އަނދިރިވެފައެވެ. ދެން އެމީހަކަށް ލިބުނު އަލިކަމެއްހިފައިގެން އެމީހަކު އިންދިމާއަކުން ތެދުވެ އަލިކުރަން ފަށައިފިއެވެ. މީގެ ތެރޭގައި ފަސްބުރި ބެޓެރީގެ ޗޯޓުވެސް ހުއްޓެވެ. މިގޮތައް ހޯދަ ހޯދާ ތިއްބާ ދޯނީގެ ކުރިން އަނދިރިގަނޑެއްކަހަލައެއްޗެއް ރާޅާއެކު މަޑުމަޑުން ދޯންޏާ މަޑުމަޑުން ކައިރިވާތީ ފެނިއްޖެއެވެ. ދޯނި މަޑުކޮއްލާފައި ބަލާލިއިރު އެއީ ހަމަ، މީހެކެވެ. ރަނގަޅު އިންސާނެކެވެ.
އަހަރެމެން އޭނާ ދޯންޏަށް ނެގީމެވެ. އޭނާގެ އަނގައިން ބޭރުވީ އެންމެ އަޑެކެވެ. އެއާއި އެކު ހޭނެތިއްޖެއެވެ. އޭނާގެ ކިހިލިފަތްދޮށުންފެށިގެން އުނަގަނޑުން ތިރިއަށްދާންދެން އެންމެ ހަންފަށެއްވެސް ނެތެވެ. އަވަސް އަވަހަށް ހުރިހާމީހުންގެ ލަފާގެ މަތިން ފަނިގިރައިގެން އޭނާގެ ބޮލަށާއި ފަނި އެޅީއެވެ. ފަނި އަޅާތެންމާލީއެވެ.
ގާތްގަނޑަކަށް ދެގަޑިއިރެއްހާ އިރުތެރޭގައި އޭނާ ހޭއަރައިފިއެވެ. ބަލި ބަލި އަޑަކުން އޭނާ ބުނެދިންގޮތުގައި އޭނާޔާ އަދި އެހެން މީހަކާއި އެކު ގޮއިދޫން ފަތިހު ވަދާ ނުކުމެ އުޅެނިކޮށް، ދޯނި ބަންޑުންޖަހާލީއެވެ. އަނެކަކަށް ވީގޮތެއް އޭނާއަކަށް ނޭގެއެވެ. އޭނާގެ އަތުގައި ޖެހުނު މަޅުގަނޑެއްގައި ހިފައިގެން އޭގެ އެހީގައި ފެންމަތީގައި އޮތީއެވެ. އެހެން އޮންނަތާ އެއީ ހަތަރުވަނަ ދުވަސްކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ދުވާލުވެސް ދޯނިފަހަރު އޭނާ އާއި ދާދި ކައިރިންވެސް ދެއެވެ. ނަމަވެސް ގޮވާ ގޮވާވެސް އެއްވެސް ބަޔަކަށް އެއަޑެއްނީވެނީއެވެ. ﷲ ގެ އިރާދަ ފުޅުން މި ދޯންޏާ ދިމާވެ ސަލާމަތްވާގޮތް ވީއެވެ. އެރެއަކީ މުޅިން އުންމީދު ކެނޑި އިރު އަރަންދެންވެސް ނޯވެވޭނެ ރޭކަމަށް އޭނާ ބުންޏެވެ. އެއީ ހަކަތަ ދެރަ ކަމުންނެވެ. ނަމަވެސް ސަލާމަތް ކުރައްވާނެއަޅަކު އެކަލާނގެ ސަލާމަތް ކުރައްވާނެކަން މިކަމުންވެސް އެނގެއެވެ.
އޭނާގެ ވާހަކަ މިހާ ހިސާބަށް ދިޔުމުން، ވާހަކަ ނުދައްކާ މަޑުން އޮވެ އަރާމު ކުރުމަށް ދޯނީގެ މީހުން އޭނާ ގާތު އެދުނެވެ. އޭނާ ގެންދިޔައީ އެމީހުންނާއި އެކު މަކުނުދުއަށެވެ.

http://dhiburunu.blogspot.com



ޕޯސްޓް ކުރީ dhi-burunu ތާރީޚް Tuesday, November 24, 2009. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ކަނޑުމަތިން ފެނުނު ހަގީގަތަކަށްވި ހުވަފެން."

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive