ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ޢަރަފާތް ދުވަހުގެ މާތްކަން


الحمد لله وحده، والصلاة والسلام على من لا نبي بعده، وبعد
ޢަރަފާތް ދުވަހަކީ މާތްވެގެންވާ ދުވަހެކެވެ.

އެދުވަހަކީ ދުޢާ އިޖާބަކުރައްވާ ދުވަހެކެވެ. އަދި މަލާއިކަތުންގެ އަރިހުގައި ﷲ ސުބުޙާނަހޫވަތަޢާލާ ފަޚުރުވެވޮޑިގަންނަވާ ދުވަހެވެ. އެހެން ދުވަސްތަކުގެ މައްޗަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެދުވަސް ވަނީ މާތްކުރައްވާފައެވެ. އެދުވަހަކީ އިސްލާމް ދީން ފުރިހަމަ ކުރެއްވި ދުވަހެވެ. އަދި އެކަލާނގެ އަޅުތަކުންނަށްޓަކައި އެކަލާނގެ ނިޢްމަތް ފުރިހަމަ ކުރެއްވި ދުވަހެވެ. ނަރަކައިން މުއްތިކުރައްވައި ފާފަ ފުއްސެވުމުގެ ދުވަހެވެ.

އެދުވަހުގެ މާތްކަމާއި މަތިވެރިކަން އެއީ ހަމައެކަނި ޙައްޖުގެ އަހުލުވެރީންނަށް ހުރިކަމެއް ނޫނެވެ. ޙައްޖުވެރީން ނޫން މީހުންނަށްވެސް އެދުވަހުގެ ހެޔޮކަމުގައި ބައިވެރިވެވޭނޭ މަގުވަނީ ތަނަވަސްކުރައްވާފައެވެ.
އެދުވަހުގެ މާތްކަމުގެ ތެރޭގައި؛
1- އެދުވަހަކީ އިސްލާމް ދީން ފުރިހަމަ ކުރެއްވި ދުވަހެވެ. އައްޞަޙީޞައިނީގައި މަތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލް ޚައްޠާބުގެ އަރިހުން ރިވާވެގެންވެއެވެ. ޔަހޫދީންގެ ތެރެއިން މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. އޭ އަމީރުލް މުއުމިނީންނޭވެ! ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތެރެއިން ތިޔަބައިމީހުން ކިޔަވައި އުޅޭ އާޔަތެއްވެއެވެ. އެއާޔަތް އަހަރުމެން ޔަހޫދީންގެ މައްޗަށް ބާވައިލެއްވުނު ނަމަ، އެއާޔަތް ބާވައިލެއްވުނު ދުވަހަކީ ޢީދު ދުވަހެއް ކަމުގައި ހެދީމުހެވެ. ޢުމަރުގެ ފާނު ވިދާޅުވިއެވެ. އެއީ ކޮން އާޔަތެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އެއާޔަތަކީ "الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإسْلامَ دِينًا" (المائدة: 3) މި އާޔަތެވެ. މާނައީ: "މިއަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ދީން ފުރިހަމަ ކޮށްދެއްވައި ތިމަރަސްކަލާނގެ ނިޢްމަތް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީނަކީ ތިޔަބައިމީހުން ދިރިއުޅުމަށް ތިމަންރަސްކަލާނގެ ރުއްސަވާ ދީންކަމުގައި ލައްވައިފީމެވެ." ޢުމަރުގެފާނު ވިދާޅުވިއެވެ. ތިމަންމެނަށް އެއާޔަތް ބާވައިލެއްވުނު ދުވަހާއި ތަން އެނގެއެވެ. އެދުވަހަކީ ހުކުރު ދުވަހެކެވެ. އެ އާޔަތް ބާވައިލެއްވުނީ ސަލަމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ޢަރަފާތުގެ ބިމުގައި ހުންނަވަނިކޮށެވެ.
-އެދުވަހުގެ މާތްކަމާއި މެދު މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާފައިއެވެ. "يوم عرفة ويوم النحر وأيام التشريق عيدنا أهل الإسلام وهي أيام أكل وشرب" (رواه أهل السّنن) މާނައީ: "ޢަރަފާތް ދުވަހާއި النحر ގެ ދުވަހާއި أيام التشريق ގެ ދުސްތަކަކީ އަހަރުމެން އިސްލާމުންގެ އީދެވެ. އެދުވަސްތަކަކީ ކެއުމާއި ބުއިމުގެ ދުވަސްތަކެކެވެ."
(ނޯޓް: - النحر ގެ ދުވަހަކީ އަޟްޙާ ޢީދު ދުވަހެވެ. އެއީ ޙައްޖުމަހުގެ 10 ވަނަ ދުވަހެވެ. އެދުވަހަށް النحر ގެ ދުވަހޭ ނަންދެވިފައިވަނީ، އެދުވަހަކީ އުޟުޙިޔާ ކަތިލާ ދުވަހަށްވާތީއެވެ. އެހެނީ النحر ގެ މާނައަކީ ޤުރުބާން ކުރެވޭ ޖަނަވާރު ކަތިލުމެވެ. - أيام التشريق ގެ ދުވަސްތަކަކީ ޙައްޖު މަހުގެ 11 ވަނަ ދުވަހައާއި 12 ވަނަ ދުވަހާއި 13 ވަނަ ދުވަހެވެ.)
2-އެދުވަހުގެ މާތް ކަމަށްޓަކައި ﷲ ސުބުޙާނަހޫވަތަޢާލާ ވަނީ އެދުވަސް ގަންދެއްވައި ހުވާކުރައްވާފައެވެ. އެހެނީ މަތިވެރިވެގެންވާ އެއްޗަކުން މެނުވީ މަތިވެރިވެގެންވާ އިލާހު ގައްދެއްވައި ހުވާ ވަޙީނުކުރައްވާނެތެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "وَشَاهِدٍ وَمَشْهُودٍ" (البروج: 3) މާނައީ: "އަދި ހެކި ދޭފަރާތާއި ހެކިދެވޭ ފަރާތް ގަންދެއްވަމެވެ."
މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. "اليوم الموعود : يوم القيامة، واليوم المشهود : يوم عرفة، والشاهد: يوم الجمعة.." (رواه الترمذي وحسنه الألباني) މާނައީ: " اليوم الموعود އަކީ ޤިޔާމަތް ދުވަހެވެ. އަދި اليوم المشهود އަކީ ޢަރަފާތް ދުވަހެވެ. އަދި الشاهد އަކީ ހުކުރު ދުވަހެވެ." اليوم المشهود ގެ މާނައަކީ ހެކިވެވިގެންވާ ދުވަހެވެ. ޢަރަފާތްދުވަހަށް މިނަން ދެވުނީ އެދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާ މަލާއިކަތުންނަށް އެކަލާނގެ އަޅުތަކުންނާމެދު ފަޚުރުވެވޮޑިގެން އެކަމަށް އެމަލާއިކަތުން ހެކިކުރައްވާ ދުވަހަށް ވާތީއެވެ. والله أعلم
3- އެދުވަހުގެ ރޯދައަކީ ދެ އަހަރު ދުވަހުގެ ކައްފާރާއެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ޤަތާދާގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ގެ އަރިހުގައި ޢަރަފާތް ދުވަހުގެ ރޯދައާއި ބެހޭގޮތުން ސުވާލު ކުރުވުމުން، ޙަދީޘްކުރެއްވިއެވެ. "يكفر السنة الماضية والسنة القابلة" (رواه مسلم) މާނައީ: "ފާއިތުވެ ދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކައްފާރާއެއްކަމުގައި އެރޯދަ ވެއެވެ."
ޢަރަފާތް ދުވަހުގެ ރޯދަ ހިފުން ސުންނަތްވެގެންވަނީ ޙައްޖުވެރީން ނޫން މީހުންނަށެވެ. އެހެނީ މާތް ނަބިއްޔާ ޞައްލައްﷲ ޢަލައިހިވަސައްލަމް ކުރެއްވި ހަމައެކަނި ޙައްޖު ދަތުރުފުޅުގައި، ޢަރަފާތް ދުވަހު އެކަލޭގެފާނު ރޯދަހިއްޕަވާފައެއް ނުވެއެވެ.
4-އެދުވަހަކީ ފާފަ ފުއްސެވުމާއި ނަރަކައިން މުއްތިކުރެއްވުމުގެ ދުވަހެވެ. އަދި ޢަރަފާތުގެ އަހުލުވެރިންނާމެދު ފަޚުރުވެރިވެ ވޮޑިގަންނަވާދުވަހެވެ.

ޞަޙީޙު މުސްލިމުގައި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔައް ﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ما من يوم أكثر من أن يعتق الله فيه عبدأ من النار من يوم عرفة، وإنه ليدنو ثم يباهي بهم الملائكة فيقول: ما أراد هؤلاء؟" މާނައީ: "ޢަރަފާތްދުވަހަށްވުރެ ގިނައިން އަޅުތަކުން ނަރަކައިން މުއްތިކުރައްވާ ދުވަހެއް ދުވަސްތަކުގެ ތެރޭގައި ނުވެއެވެ. އެދުވަހުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ކުއްތަންވެވޮޑިގެން އެކަލާނގެ މަލާއިކަތުންނަށް ޢަރަފާތުގެ އަހުލުވެރިނާމެދު އެކަލާނގެ ފަޚުރުވެވޮޑިގަންނަވާނެތެވެ. އަދި ވަޙީކުރައްވާނެތެވެ. އެމީހުން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟"

އަދިވެސް އިބްނު ޢުމަރު ރަޟިޔައް ﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބައްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. "إن الله تعالى يباهي ملائكته عشية عرفة بأهل عرفة، فيقول: انظروا إلى عبادي، أتوني شعثا غبراً" رواه أحمد وصححه الألباني".މާނައީ: "ޢަރަފާތް ދުވަހުގެ ހަވީރުގެ ވަގުތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ މަލާއިކަތުންނަށް ޢަރަފާތުގެ އަހުލުވެރިންނާމެދު ފަޚުރުވެވޮޑިގަންނަވާނެތެވެ. އަދި ވަޙީކުރައްވާނެތެވެ. ތިމަންރަސްކަލާނގެ އަޅުތަކުންނަށް ބައްލަވާށެވެ. އެބައިމީހުން ތިމަން ރަސްކަލާނގެ ޙަޟުރަތަށް އައިސްފައި އެވަނީ ބޯހޭވި ހިރަފުސްވެފައިވާ ޙާލުގައެވެ."

ވީމާ އަޅުގަނޑުގެ ދުޢާއަކީ ޙައްޖުވެރީންނާއި، ޙައްޖުވެރީން ނޫން މީހުންވެސް އެދުވަހުގައި ކުރާ ހެޔޮ ޢަމަލުތަކާއި ދުޢާތައް ﷲ ސުބުޙަނަހޫ ވަތަޢާލާގެ ހަޟުރަތުގައި ޤަބޫލުވެވިގޮތުގައި ލެއްވުމެވެ. والحمد لله رب العالمين


ލިއުއްވީ: އައްޝައިޚް ޙަސަން މޫސާ ފިކުރީ
raajjeislam.com

ޕޯސްޓް ކުރީ dhi-burunu ތާރީޚް Wednesday, November 25, 2009. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ޢަރަފާތް ދުވަހުގެ މާތްކަން"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive