އެންމެ ފަހުގެ

|

ޢަދާލަތު ޕާޓީގެ އިނގިރޭސި ވެބްސައިޓް ރަސްމީކޮށް ލޯންޗްކޮށްފި.


ޢަދާލަތު ޕާޓީގެ އިނގިރޭސި ވެބްސައިޓް މިއަދު ރަސްމީކޮށް ލޯންޗުކޮށްފިއެވެ. އަދިހަމަ މިސައިޓާއިއެކު ޢަދާލަތު ޕާޓީގެ ވީޑިއޯ ވެބްސައިޓްވެސް މިއަދު ވަނީ ލޯންޗްކޮށްފައެވެ. މިދެވެބްސައިޓަކީ ޢަދާލަތު ޕާޓީގެ މައިވެބްސައިޓް ގައި ލިންކް ކުރެވިފައިވާ ދެސައިޓެވެ. މިދެސައިޓްގެ ސަބަބުން ޢަދާލަތު ޕާޓީގެ މަޢުލޫމާތު ފެތުރުމުގެ ކަންކަމުގައި އިތުރު ކުރިއެރުން ތަކެއް ލިބިގެން ދާނޭކަމަށް އުންމީދު ކުރެވެއެވެ.

ޢަދާލަތު ޕާޓީގެ އިނގިރޭސި ވެބް ސައިޓަކީ ޢަދާލަތު ޕާޓީ ބޭރުދުނިޔެއަށް ހުޅުވާލުމުގެ މަޤްސަދުގައި ތަޢާރަފް ކުރެވުނު ވެބްސައިޓެއް ކަމަށް އެޕާޓިން ހާމަ ކުރެއެވެ.  އަދި ޢަދާލަތު ޕާޓީގެ އިނގިރޭސި ވެބްސައިޓަކީ ބިދޭސީންނަށް ޕާޓީއާއިބެހޭ މަޢުލޫމާތާއި ޚަބަރުތައް ފޯރުކޮށްދިނުމަށްޓަކައި ޤާއިމްކުރެވުނު ވެބްސައިޓެއްކަމަށް އެފަރާތުން މަޢުލޫމާތު ދެއްވައެވެ. ދިވެހި ވެބްސައިޓެކޭ އެއްފަދައިން ޕާޓީއާއި ބެހޭ މަޢުލޫމާތާއި ޚަބަރާއި، ޚިޔާލުފާޅުކުރުންފަދަ ޚިދުމަތްތައް މިސައިޓުންވެސް ލިބެން ހުންނާނެއެވެ. އަދި ވީޑިއޯ ވެބްސައިޓަކީ ޢަދާލަތު ޕާޓީގެ ޖަލްސާތަކާއި ދަރުސްތަކާއި ނޫސްކޮންފަރެންސްތަކުގެ އިތުރުން އެފަދަ އެހެނިހެން ވީޑިއޯތައް ޢާއްމު މެންބަރުންނަށް  ފަސޭހަ ކަމާއެކީ ފޯރުކޮށްދިނުމަށްޓަކައި ޝާއިޢުކުރެވުނު ސައިޓެއްމަކަށް އެފަރާތުން ވަނީ ހާމަ ކުރައްވާފައެވެ.

ޕޯސްޓް ކުރީ dhiburunu.. ތާރީޚް Monday, May 10, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ޢަދާލަތު ޕާޓީގެ އިނގިރޭސި ވެބްސައިޓް ރަސްމީކޮށް ލޯންޗްކޮށްފި."

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް