“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ
“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެވެ.
އެޖަމްޢިއްޔާގެ ރައީސް އިބުރާހިމް ފައުޒީ ވިދާޅުވީ “ނޮވެންބަރ މަހުގެ 5 ވަނަ ދުވަހު އަރޓިފިޝަލް ބީޗްގައި ފިތުނައިގެ ހުޅުގަނޑު މިމަޢުލޫއަށް ދަރުސްދެއްވާނީ އައްޝައިޚް މުޙައްމަދު މޫސާ” ކަމަށެވެ. އަދި މިދަރުސް ‘އެމް.އެން.ބީ.ސީ ވަން’ އިން ލައިވް ކުރަން ހަމަޖެހިފައިވާކަމަށް އެޖަމިއްޔާއިން ހާމަކުރައްވައެވެ.
މިހާރު އެޖަމްޢިއްޔާއިން ދަނީ މިދަރުސް އިސްތިހާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
