ޝައިޚުލް އަޒްހަރު އަވަހާރަ ވެއްޖެ.
ޝައިޚުލްއަޒްހަރު މުހައްމަދު ސައްޔިދު ތަންތާވީ އަވަހާރަ ވެއްޖެއެވެ. އެމަނިކުފާނު އަވަހާރަ ވެފައިވަނީ ސައޫދި އަރަބިޔާގައި ހުންނަވަނިކޮންނެވެ.
ހަބަރު ލިބޭގޮތުގާ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީގެ އެންމެ އިސްވެރިޔާ ކަމަށްވާ ތަންތާވީ އަވަހާރަވީ ހާޓް އެޓެކެއްޖެހިގެންނެވެ.
ޝައިޚް އަވަހާރަވީ އިރު އުމުރުފުޅަކީ 81 އަހަރެވެ. ޝައިޚްގެ ތަރުޖަމާނު ބުނެފައިވަނީ ޝައިޚްގެ ކުއްލިމަރުގެ ކުރިން އެއްވެސް އާލާސްކަންފުޅެއް ފެނިފައި ނުވާކަމަށެވެ.
ޝައިޚުލް އަޒްހަރުކަމުގެ މަގާމަށް ތަންތާވީ އައްޔަނު ކުރެވުނީ 1996 ވަނަ އަހަރުއެވެ.
