ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

އިސްލާމް ދީނަށް ފުރަށްސާރަ ކުރާ މީހުނަށް.


މާތް ﷲ ކީރިތި ޤުރުއާނުގައި ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ މިފަދައިންނެވެ. " ހަމަކަށަވަރުން ﷲގެ ހަޟުރަތުގައި ދީނަކީ އިސްލާމް ދީނެވެ." މި ބަސްފުޅުން އަހަރެމެންނަށް އެނގިގެން ދަނީ މާތް ﷲގެ ހަޟުރަތުގައި ގަބޫލު ކުރެއްވޭނެ

ދީނަކީ ހަމައެކަނި އިސްލާމް ދީން ކަމެވެ. އެހެން ދީން ތަކެއް އެކަލާނގެ ގަބޫލު ނުކުރައްވާނެ ކަމެވެ.


ކަން މިހެން އޮތް ނަމަވެސް އަހަރެމެންގެ މި ކުޑަ ކުޑަ ދިވެހި މުޖުތަމައަށް ނަޒަރު ހިންގާލުމުން ފެނިގެން ދަނީ ވަރަށް ހިތާމަ ކުރަން ޖެހޭ ކަހަލަ މަންޒަރުތަކެކެވެ. މި ދިވެހި ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމެކޭ ބުނާއިރު ފެނިގެން ނުވާނޭ މަންޒަރުތަކެކެވެ. އިސްލާމް ދީނަށް ފުރަށްސާރަކޮށް އެ ދީނަށް މަލާމަތްކުރާ މީހުން އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. އަދި ހަމަ އެއާއެކު އެފަދަ ފަރާތް ތަކާ މެދު އަޅަންވާވަރަށް ފިޔަވަޅު ނޭޅޭ ކަމީވެސް ހިތާމަ ކުރަން ޖެހޭ ކަމެކެވެ.
އިސްލާމް ދީނަށް ފުރަށްސާރަކޮށް މަލާމާތް ކުރާ ފަރާތް ތަކުން ތަފާތު ގޮތްތޮތަށް ދަނީ މިފަދަ އަމަލު ތައް ކުރަމުންނެވެ. ތަފާތު ވެބްސައިޓްތަކާއި ބްލޮގް ތައް ހަދައިގެން މިފަދަ ފަރާތް ތަކުން ދަނީ އިސްލާމް ދީނަށް ފުރަށްސާރަ ކުރަމުންނެވެ. މިހާ ހިސާބުން އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ މިހާ ފާޅުކަން ބޮޑުގޮތެއްގައި އިސްލާމްދީނަށް ފުރަށްސާރަ ކުރަމުން ދާއިރު އަޅުގަނޑުމެންގެ ސަރުކާރުން މިފަދަ ކަންކަމާ އަޅާ ނުލަނީ ކީއްވެގެން ބާވައެވެ؟ އެބޭފުޅުންނަކީ ދިވެހި ގައުމާ އިސްލާމްދީން ދިފާއު ކުރެއްވުމަށް ހުވާ ކުރައްވައިގެން ތިއްބެވި ބޭފުޅުންނަށް ވީހިނދު އެފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަމެވެ.
ގާނޫނު އަސާސީގައި ދިވެހިންގެ ދީނަކީ އިސްލާމް ދީންކަން ބަޔާންކޮށްފައި ވާއިރު، އިސްލާމް ދީން ފިޔަވާ އެހެން ދީންތައް ފަތުރާ އަދި އިސްލާމް ދީނަށް ފުރަށްސާރަކުރާ ފަރާތް ތަކާމެދު ފިޔަވަޅު ނޭޅެންވީ އެއްވެސް ސަބަބެއް އޮތްކަމަކަށް އަޅުގަނޑު ނުދެކެމެވެ.
އިސްލާމްދީނަށް ފުރަށްސާރަކޮށް އުޅޭ ފަރާތްތަކަށް އަޅުގަނޑު ބުނެލަން ބޭނުން ވަނީ އެމީހުންނަށް މިއަދު އެކަން ކުރވިދާނެ އޭ އެވެ. ނަމަވެސް އަދި އަންނާނޭ ދުވަހެއް އެބައޮތެވެ. އެދުވަހުން ސަލާމަތެއް ނުވެވޭނެއެވެ. އަވަހަށް އިސްލާހުވެ ތައުބާ ވާށެވެ. އެހެން ނޫން ނަމަ މާތް ﷲ ގެ ކޯފާޔާ ކުރިމަތި ލާން ޖެހުމަކީ ދުރުގައިވާ ކަމެއްނޫނެވެ.

ދި-ބުރުނު

ޕޯސްޓް ކުރީ dhi-burunu ތާރީޚް Saturday, March 06, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "އިސްލާމް ދީނަށް ފުރަށްސާރަ ކުރާ މީހުނަށް."

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive