ޝައިޚުލް އަޒްހަރުކަން ކުރައްވާފައިވާ ބައެއްބޭފުޅުން.
މިސްރުގެ އަޒްހަރު ޔުނިވާސިޓީ އަކީ ދުނިޔޭގައި އެންމެ ގިނަ ދުވަސްވީ ޔުނިވާސިޓީ ތަކުގެތެރޭގައި ހިމެނޭ ތަނެކެވެ. މި ލިޔުމުގައި އަޅުގަނޑު މި ބަލާލަނީ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީގައި ޝެއިޚުލް އަޒަހަރުކަން ކުރައްވާފައިވާ ބައެއް ބޭބޭފުޅުންނަށެވެ. އެންމެ ފަހުން ޝެއިޚުލް އަޒްހަރު ކަމުގައި ހުންނެވި ބޭފުޅާ
އަވަހާރަވީ ހަބަރު ލިބުނީ އިއްޔެ ( 10 މާޗް 2010 ) ގައެވެ. މިއަދާ ހަމައަށް އައި އިރު 49 ބޭފުޅަކު ޝެއިޚުލް އަޒްހަރުކަން ކުރައްވާފައިވާކަން އެނގެއެވެ.
އަވަހާރަވީ ހަބަރު ލިބުނީ އިއްޔެ ( 10 މާޗް 2010 ) ގައެވެ. މިއަދާ ހަމައަށް އައި އިރު 49 ބޭފުޅަކު ޝެއިޚުލް އަޒްހަރުކަން ކުރައްވާފައިވާކަން އެނގެއެވެ.
1- ޝައިޚް މުހައްމަދު އަލް ޚަރަޝީ:
މިއީ އެންމެ ފުރަތަމަ ޝެއިޚުލް އަޒްހަރުކަން ކުރެއްވި ބޭފުޅާއެވެ. އެމަނިކުފާނު އެ މަގާމާ ހަވާލުވެވަޑައިގެން ތާރީހެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. ނަމަވެސް 1690 ވަނަ އަހަރާ ހަމައަށް އެ މަގާމުގައި ހުންނެވިއެވެ.
2- ޝައިޚް މުހައްމަދު ޚިދުރް ހުސައިން:
މިއީ 41 ވަނަ ޝައިޚުލް އަޒްހަރެވެ. އަދި މިއީ އެންމެ ފުރަތަމަ އެމަގާމު ފުރުއްވި ބޭރުގައުމެއްގެ ބޭފުޅާއެވެ. އެމަގާމުގައި 1952 ވަނައަހަރުން 1954ވަނަ އަހަރާ ހަމައަށް ހުންނެވިއެވެ. އެމަނިކުފާނަކީ އިސްލާމީ އުންމަތަށް ވަރަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެމަނިކުފާނު އަވަހާރަ ވީ 1958 ގައެވެ.
3- ޝައިޚް މުހައްމަދު މުހައްމަދު ފައްހާމް:
މިއީ 45 ވަނަ ޝައިޚުލް އަޒްހަރެވެ. އެމަގާމުގައި ހުންނެވީ 1969 އިން 1973 ވަނަ އަހަރާއި ހަމައަށެވެ. އެމަނިކުފާނަކީވެސް އިސްލާމް ދީނަށާއި އަޒްހަރުގެ ކުރިމަގަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެމަނިކުފާނު އަވަހާރަވީ 1978 ވަނައަހަރުއެވެ.
4- ޝައިޚް ޢަބްދުލް ހަލީމް މަހްމޫދު:
މިއީ 46ވަނަ ޝައިޚުލް އަޒްހަރެވެ. އެމަގާމުގައި ހުންނެވީ 1973 އިން 1978 ވަނަ އަހަރާއި ހަމައަށެވެ. އެމަނިކުފާނަކީ އިސްލާމީ ޝަރީއާއަށާއި އިސްލާމީ ދައުވާ އަށް ތަފާތު ހިދުމަތްތައް ކޮށްދެއްވި ބޭފުޅެކެވެ. އަދި މީގެ އިތުރުން ތަފާތު ފޮތްތަށް ލިޔުއްވެވިއެވެ. އެމަނިކުފާނު އަވަހާރަވީ 1978 ވަނައަހަރެވެ.
5- : ޝައިޚް ޖާދުލް ހައްޤު އަލީ ޖާދުލް ހައްޤު
މިއީ 48 ވަނަ ޝައިޚުލް އަޒްހަރެވެ. އެމަގާމުގައި ހުންނެވީ 1982 އިން 1996 ވަނައަހަރާއި ހަމައަށެވެ. މީގެ އިތުރުން އެމަނިކުފާނު އަދާ ކުރެއްވި ބައެއް ވަޒީފާގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސް ކަމާއި ޝަރީއާ ކޯޓްތަކުގެ ޖަޖްކަން ހިމެނެއެވެ. އެމަނިކުފާނު އަވަހާރަވީ 1996ވަނަ އަހަރެވެ.
މިއީ 48 ވަނަ ޝައިޚުލް އަޒްހަރެވެ. އެމަގާމުގައި ހުންނެވީ 1982 އިން 1996 ވަނައަހަރާއި ހަމައަށެވެ. މީގެ އިތުރުން އެމަނިކުފާނު އަދާ ކުރެއްވި ބައެއް ވަޒީފާގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސް ކަމާއި ޝަރީއާ ކޯޓްތަކުގެ ޖަޖްކަން ހިމެނެއެވެ. އެމަނިކުފާނު އަވަހާރަވީ 1996ވަނަ އަހަރެވެ.
6- ޝައިޚް މުހައްމަދު ސައްޔިދު ތަންތާވީ:
މިއީ މިއަދާ ޖެހެންދެން ޝައިޚުލް އަޒްހަރުކަން ކުރައްވަމުން އައި ބޭފުޅާއެވެ. އެމަނިކުފާނު މަގާމާއި ހަވާލުވީ 1996 ވަނައަހަރުއެވެ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭފަދައިން އެމަނިކުފާނަކީ އިސްލާމްދީނަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެމަނިކުފާނު އަވަހާރަވީ ހާޓްއެޓޭކެއް ޖެހިވަޑައިގެންނެވެ. އަވަހާރަވީއިރު އުމުރު ފުޅަކީ 81 އަހަރެވެ.
މަޢުލޫމާތު: http://www.sunnah.org
ޕޯސްޓް ކުރީ dhi-burunu
ތާރީޚް Thursday, March 11, 2010. މިލިޔުން ހިމެމެނޭނީ
އެހެނިހެން
.
ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..