ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ކަނބުލޮ(9)


ކަންތައްވީ އެމީހުން ހީކުރި ގޮތާ މުޅިން ހިލާފަށެވެ. އަޒްމީއަށް ބޭރަށް ނިކުމެވުނު ކަމެއް ނޭނގެއެވެ. ބޮޑު އަލި ގުޅައެއް އައިސް އަޒްމީގެ ގައިތެރެއަށް ވަދެއްޖެއެވެ. އެއާ އެކީ އަޒްމީއަށްވެސް އަދި އެހެން މީހުންނަށްވެސް ހަޅޭއް ލަވައިގަނެވުނެވެ. އަލިގަނޑު އަޒްމީގެ ގައިތެރެއަށް ވަތްތާ މާ ގިނަ އިރުތަކެއްނުވެއެވެ. ދެން ފެނުނީ އަޒްމީގެ އަނގައިން ހޯސްލާފައި ލޭއައި ތަނެވެ. އެއާ އެކީ އޭނާ ވެއްޓިއްޖެއެވެ. އަދި އަލި ގުޅަ އަޒްމީގެ ހަށިގަނޑުން ނިކުމެގެން ހިނގައްޖެއެވެ.

ހުރިހާ ކަމެއް ވެގެން ދިޔަ އިރުވެސް ގޭތެރޭގައި ތިބި މީހުންނަށް ތިބެވުނީ ކުރާނެކަމެއް ނޭނގިފައެވެ. ހަދާނެ ގޮތެއް ނޭނގިފައެވެ. ކުރިއަށްވުރެ ބޮޑަށް އެމީހުން ވަނީ ބިރުގަނެފައެވެ. ހަދާނެ ގޮތަކާ ދޭތެރޭގައި އަސްލަމް ވިސްނަމުން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ އޭނާއަށް ފެނުނު ހުވަފެނެވެ. އަނެއްކާ އެ ހުވަފެނާ މިކަންތަކާ ހުރީ ކޮން ގުޅުމެއްބާވައެވެ؟ އަސްލަމް ގެހިތައް އަރަމުން ދިޔައެވެ.
"އަހަރެން ބޭނުމެއް ނޫން މިރަށުގަ ހުންނާކަށް، އަހަރެން މިދަނީ ރަށަށް ދާން." އަސްލަމް ސިއްސައިގެން ދިޔައީ ނިހާން ވާހަކަ ދައްކަން ފެށިއަޑަށެވެ. " ނޫން ނިހާން. މިގަޑީގަ ބޭރަށް ނުނިކުތުން ރަނގަޅުވާނީ. އެހެން ނޫނަސް ކިހިނެއް ރަށަށްދާނީ. ދޯންޏެއްވެސްނެތެއްނު." އަސްލަމް މަސައްކަތް ކުރީ ނިހާނަށް ވިސްނާ ދެވޭތޯއެވެ. އެހެން ނަމަވެސް އޭނާގެ މަސައްކަތް ކާމިޔާބެއް ނުވިއެވެ. " އެފަރާތުގަ އެބައޮތް ކަނދުފައްޗެއް. އެއަށް އަރައިގެން ދެވިދާނެ. ކަލޭމެން ނުދަންޏާ ތިބޭ. އަހަރެން މިދަނީ." މިހެން ކިޔާފައި ނިހާން އޭނާގެ ބިޓު ގޮވައިގެން ބޭރަށް ނުކުތެވެ.

މިހާރު އެގޭގައި ތިބީ އަސްލަމާއި ޒަމީރުއާ ދެމީހުން އެކަންޏެވެ. ރޭގަނޑުގެ ވަގުތުތައް ފާއިތުވަމުން ދެއެވެ. ޝިފާންމެންގެ ހަބަރެއް، ނިހާން މެންގެ ހަބަރެއް ނުވެއެވެ. އަސްލަމްމެން ވިސްނަމުން ދިޔައީ އެމީހުންނަށް ވީގޮތަކާ ދޭތެރޭގައެވެ. އަނެއްކާ އެމީހުންވެސް މަރާލީބާވައެވެ. ނޫނީ ސަލާމަތުން ރަށަށް ދެވުނު ބާވައެވެ. މިފަދަ ހިޔާލުތަކެއްގައި އިންދާ އިވުނީ ދޫނި ސޫފާ ސޫފީގެ ގޮވުމުގެ އަޑެވެ. މިއަޑު އިވުމުން ފަތިސްވީކަން އަސްލަމްމެންނަށް ޔަގީން ވިއެވެ. އެހެންވެ ދޮރި ހުޅުވާލާފައި އެމީހުން ބޭރަށް ނިކުތެވެ. އޭރުވެސް އަޒްމީގެ ފުރާނަ ނެއް މަސްގަނޑު ދޮރުމަތިގައި އޮތެވެ.
އަސްލަމް މެން މިސްރާބު ޖެހީ އަތިރިމައްޗަށެވެ. އެމީހުންވެސް ބޭނުންވީ ކޮންމެވެސް ގޮތަކުން އެރަށުން ފައިބާށެވެ. ދޯނީގެ ކެޕްޓަނަށް ގުޅަން އެމީހުން މަސައްކަތް ކުރިއެވެ. ނަމަވެސް ގުޅޭ ގޮތެއް ނުވިއެވެ. ފޯނުގެ ބެޓެރި ގޮސްގެން ފޯނު ވަނީ ނިވިފައެވެ. ދެން ހަދާނެ ގޮތަކާ މެދު އެމީހުން ވިސްނަން ފެށިއެވެ. ކުއްލިއަކަށް ހަނދާންވީ ނިހާން ބުނި ކަނދުފަތީގެ މަތިންނެވެ. އެމީހުން އެދިމާއަށް ހިގައިގަތެވެ. މާގިނަ އިރެއްނުވަނީސް އެމީހުންނަށް އެހިސާބަށް ދެވިއްޖެއެވެ. އެމީހުންނަށް ފެނުނީ ގަބޫލު ކުރަން ދަތި މަންޒަރެކެވެ. މަރުވެފައި އެއޮތީ އެމީހުންގެ ރައްޓެހިންނެވެ. ޝިފާނުއާއި ނިހާނުއާއި އެމީހުންގެ ބިޓުންނެވެ. މި މަންޒަރު ފެނިފައި އަސްލަމް މެން ވަރަށް ދެރަވިއެވެ.

" ކިހިނެއް އެމީހުންގެ ގަބުރުތަކަށް ހަދާނީ؟" ޒަމީރު ސުވާލު ކުރިއެވެ. " އަހަރެމެން ރަށަށް ގޮސް މި ހަބަރު ދޭނީ، ދެން ދޯންޏެއް ހިފައިގެން ފަހުން އަންނާނީ." ޖަވާބުގައި އަސްލަމް ބުނެލިއެވެ. މިގޮތަށް ކަންތައް ކުރުމަށް ނިންމާފައި އެމީހުން ކަނދުފައްޗައް އަރައިގެން ރަށާ ދިމާއަށް ކަނބަން ފެށިއެވެ. އެގޮތަށް ކަނބާތާ ގާތް ގަނޑަކަށް ތިރީހަކަށް މިނެޓް ފަހުން އެމީހުންގެ ރަށާ ދާދި ކައިރިއަށް އާދެވިއްޖެއެވެ. އޭރު މުޅި ގޮޑުދަށަށް މީހުން އެއްވެފައި އޮތެވެ. ރަށުގެ މީހުން ހީކުރީ ހާލުގައި ޖެހިގެންއުޅޭ ބައެއް ކަމަށެވެ. އެހެންވެ އެތަން ބަލާލުމަށް ރަށުގެ ގޮޑުދަށަށް މީހުން އެއްވެފައި އޮތީއެވެ. ނަމަވެސް އަސްލަމްމެން ފެނުމުން އެއީ އެރަށު ކުދިންތަކެއްކަން އެނގުނެވެ. އަދި އަސްލަމްމެން ކަންތައް ވީގޮތް ރަށުމީހުންނަށް ކިޔައިދިނެވެ. މާގިނަ އިރު ތަކެއްނުވެ ރަށުން ބަޔަކު ގޮސް މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ރަށަށް ގެނެސް ވަޅުލައިފިއެވެ.

އޭގެ ގާތްގަނޑަކަށް އެއްހަފްތާ ފަހެވެ. އަސްލަމް ތައްޔާރުވަމުން ދަނީ އެނބުރި އިންޑިޔާއަށް ދިޔުމަށެވެ. މި ދިމާވި ކަންތައްތަކުގެ ސަބަބުން އަސްލަމަށް ވަނީ ހިތްދަތިކަން އިހުސާސްކުރަން ޖެހިފައެވެ. އެހެންވެ އަސްލަމް ބޭނުންވަނީ ވީ އެންމެ އަވަސް ގޮތަކަށް އިންޑިޔާއަށް ދާށެވެ.
"ކޮއްކޮ ދެން ހަމަ ދަނީތަ؟ މިހާރު މިއޮތީ ބޮޑު އީދު އަންނަންވެސް ވަރަށް ކައިރިވެފަ. އަޅެ އީދު ނިންމާފަ ދާން މަޑު ކޮށްލަންވީނު." އަސްލަމް އެހާ އަވަހަށް ދާން އުޅޭތީ އޭނާގެ ބޮޑުބޭބެ ޝަކުވާ ކުރިއެވެ. " ބޮޑުބޭބެމެން ތިހާ ވަރަށް ކިޔަންޏާ ދެން ޖެހޭނީ މަޑު ކުރަންތާ، އަދި ޗުއްޓީގަވެސް ދުވަސްކޮޅެއް އެބައޮތްވިއްޔަ." އެންމެ ފަހުން އަސްލަމްވެސް މަޑު ކުރާ ގޮތަށް ނިންމިއެވެ. އޭނާ އެގޮތަށް ނިންމީ ބޮޑުބޭބެގެ އެދުމުގެ މަތިންނެވެ. ނަމަވެސް އޭނާ އަބަދުވެސް އެ ދަތުރާއި އެ ހުވަފެނުގެ މަތިން ހަނދާން ވެއެވެ. އަދި އެކަންކަމާ ވިސްނެއެވެ. ދެން ދިމާ ވާނީ ކޮން ފަދަ ކަމެއްބާވައެވެ؟ މިއީ އޭނާގެ ހިތަށް އަބަދުވެސް އަރަމުންދާ ސުވާލެކެވެ.
ނުނިމޭ
ލިޔުނީ:ޑީބީ

ކުރީގެ ބައިތައް: 1 2 3 4 5 6 7 8

ޕޯސްޓް ކުރީ dhi-burunu ތާރީޚް Saturday, April 17, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ކަނބުލޮ(9)"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive