
އަދާލަތުޕާޓީގެ ނޫސްބަޔާން
بسم الله الرحمن الرحيم ޢަދާލަތު ޕާޓީ މާލެ، ދިވެހި ރާއްޖެ ނޫސް ބަޔާން އަވަސް ސަމާލުކަމަކަށް އެދެން: މިއަދު، ހުކުރު ދުވަހުގެ ރޭ، މާފަންނު ސްޓ...
“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...
26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...
26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...
30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...
27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...
21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »ދަނޑުފޯރި (11). އާބައިތައް.
ދަނޑުފޯރި (10). އާބައިތައް.
ދަނޑުފޯރި (9). އާބައިތައް.
ދަނޑުފޯރި (8). އާބައިތައް.
ދަނޑުފޯރި (7). އާބައިތައް.
ދަނޑުފޯރި (6). އާބައިތައް.
ދަނޑުފޯރި (5). އާބައިތައް.
ދަނޑުފޯރި (4). އާބައިތައް.
ދަނޑުފޯރި (3). އާބައިތައް.
ދަނޑުފޯރި (2). އާބައިތައް.
އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...
09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....
16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...
09 May 2010 / 2 ހިޔާލު / އިތުރަށް »މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...
29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...
18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...
16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...
21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...
08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...
26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...
14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »
ހ.ކޮޔާ
އަބަދަށްއުފާ މަގު
ދިވެހިރާއްޖޭގެ އެންމެހާ މީޑިޔާތަކަށް
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި 7 މާރޗް 2010 ގައި " ބަނގުރަލާއި ، އޫރުމަހާއި އޫރުމަހުން އުފައްދާތަކެތި ދިވެހިރާއްޖެއަށް ގެނައުމާއި، ދިވެހިރާއްޖޭގައި ގެންގުޅުމުގެ ޤަވާޢިދު" ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ފުރަތަ ބާބުގެ 10 ގެ ހ އަދި ށ އާއި ތަޢާރުޞުވާތީ އެ ޤަވާޢިދު ބާތިލްކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށައެޅީމެވެ. 21 މާރޗްގައި ސްޕްރީމް ކޯޓުން ޖަވާބުދެއްވާފައިވަނީ މިފަދަ ދުސްތުރީ މައްސަލައެއް ފުރަތަ މަރްޙަލާގައި ބަލަންޖެހޭނީ ހައިކޯޓުން ކަމަށެވެ. ވުމާއިއެކު މި މައްސަލަ އަލުން 11 އެފްރީލް 2010 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ވަނީ ލެވިފައެވެ. އަދި ހައިކޯޓުން ވަނީ މިމައްސަލަ ރަސްމީކޮށް ބަލައިގަނެފައެވެ.
ދަންނަވަމެވެ. ބަނގުރަލަކީ މަަސްތުވާއެއްޗަކަށް ވީހިނދު އަދި މަސްތުވާތަކެތި ހުއްޓުވުމަކީ މިއަދުގެ ސަރުކާރުން ވެފައިވާ ރިޔާސީ ވަޢްދުތަކުގައި ހިމެނިފައިވާ ކަމެއްކަމަށްވުމާއި ، ދިވެހި ޖުމްހޫރިއްޔާގެ ރައީސް އަލްފާޞިލް މުޙަމްމަދު ނަޝީދު 26 ފެބްރުއަރީ 2010 ވަނަ ދުވަހު ދިވެހި ރާޢްޖޭގެ އެންމެހާ ރައްޔިތުންނާއި މުޚާތަބް ކުރައްވާ ދެއްވި ރޭޑިޔޯ ޚިތާބުގައި މާލެއާއި އަދި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގައިފައިވާ ހުރިހާ މާރާމާރީ އަކީ ބަނގުރާ ބޮއިގެން މަސްތުވެގެން ހިންގާފައިވާ ކަމެއްކަން ސާފު ޢިބާރާތުން ދޭހަވާގޮތަށް ރައީސުލް ޖުމްހޫރިއްޔާ ފާހަގަކޮށް އެކަން ޢާއްމު ކޮށް ޢިޢްލާން ކޮށްފައިވާތީއާއި ، ބަނގުރަލުގެ މައްސަލައަކީ ޤައުމުގައި މިއަދު ވަރަށް ނާޒުކު ކަމަކަށްވެފައިވާ ދަނޑިވަޅެއްގައި ، ހަނދާން ހުންނާނޭފަދައިން ބަނގުރާވިއްކުމަކީ ދެކޮޅުހަދާ ނުރުހޭ ކަމެެއްކަން ދިވެހި އެންމެހާ ރައްޔިތުން ނިކުމެ މުޒާހިރާކޮށްގެން ދައްކާފައިވާއިރު މިފަދަ ހައްސާސް މައްސަލައެއްގައި ތިޔަ އެންމެހާ މީޑިޔާ ތަކުން މި މައްސަލަ އިތުރަށް ތަޙްޤީޤްކޮށް މިކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާ މިކަން ހިނގަމުންދާގޮތް ދިވެހި އެންމެހާ ރައްޔިތުންނަށް އެންގުމަކީ ތިޔަ މީޑިޔާ ތަކުގެ ޤައުމީ ޒިންމާއެއް ކަމުގައި ދެކެމެވެ.
ދަންނަވަމެވެ. މިފަދަ ދީނީ އަދި ޤައުމީ މައްސަލައެއްގައި އެހީތެރިކަން ހީދުމުގެ ގޮތުން އަޅުގަނޑު ބަނގުރަލުގެ ޝަރުޢީ ހުކުމް ހޯދުމަށް ފަސްފަރާތަކަށް ސިޓީ ހުށައެޅީމެވެ. އެއީ އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ފިޤްހް އެކަޑަމީއާއި އަދާލަތު ޕާޓީ އާއި އިސްލާމިކް ފައުންޑޭޝަން އޮފްދަ މޯލްޑިވްސް އާއި ޖަމްޢިއްޔަތުއްސަލަފް އެވެ. އިސްލާމިކް މިނިސްޓްރީންނާއި ޖަމްޢިއްޔަތުއްސަލަފުން ތަފްސީލީ ޖަވާބު ދެއްވައިފާ ވާކަން ފާހަގަ ކުރަމެވެ. މިކަމުގައި އަދާލަތު ޕާޓީން ޕާޓީގެ ރައީސް އައްޝައިޚް ހުސެންރަޝީދު އަހްމަދު ފޯނުން ވިދާޅުވެފައިވަނީ މިނިސްޓްރީންވެސް ޖަވާބުދެއްވަން ތިއްބަވާނީ އެއްބަޔެއްކަމާއި އަދާލަތު ޕާޓީން މިކަމުގައި ޖަވާބު ދެވޭނީ އަނގަބަހުން ކަމުގައެވެ.
ހަމަ މިއާއި އެކު އިސްލާމިކް ފައުންޑޭޝަން އޮފްދަމޯލްޑިވްސްއިން ވަނީ މިކަމުގައި ތަކުރާރުކޮށް މަސައްކަަތް ކުރުމުންވެސް އެއްވެސް އެއްބާރުލުމެއް ނުދީފައެވެ. އަޅުގަނޑު މި މައްސަލައިގާ އިސްލާމިކް ފައުންޑޭޝަނަށް އެދުނީ ކީރިތި ޤްރުއާނާއި ރަސޫލާގެ ޙަދީޡުން ބަނގުރަލާއި ބެހޭގޮތުން އައިސްފައިވާ ހުރިހާ ހުކުމްތައް ލިޔުމަކުންނާއި ދިވެހި ތަރުޖަމާ ދިނުމަށެވެ. ނަމަވެސް އައްޝައިޙް ފަރީދު އަހްމަދު ކައިރީގައި ބައިންދަވައިގެން އެހެންމީހަކު ފޯނުން ގުޅާ ވިދާޅުވެފައިވަނީ ތި މައްސަލައިގާ އިސްލާމިކް ފައުންޑޭޝަނުން އެއްވެސް ލިޔެކިޔުމެއް ނުދޭނެކަމާއި ތިކަމުގައި ޖަވާބެއް ދެވޭނީ ހަމައެކަނި އަނގަބަހުން ކަމަށެވެ. މިއީ އަޅުގަނޑު ނުހަނު ހިތާމަ ކުރިކަމެއްކަމުގައި ދަންނަވަމެވެ.
މިސިޓީއާއިއެކު ބަނގުރާވިއްކުން ހުއްޓުވައި މި ޤަވާޢިދު ބާތިލް ކުރުމަށް އަޅުގަނޑު ލިޔެފައިވާ ޑޮކިއުމެންޓްތަކުގެ ކޮޕީ ތިޔަފަރާތުގެ މަޢްލޫމާތައްޓަކައި ފޮނުވީމެވެ.
އިޙްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.
19 އެޕްރިލް 2010
ޚާދިމްކުމް
އިބްރާހިމް ޝަމީމް/ ހ.ކޮޔާ
A letter posted by Ibrahim shameem /H.Koya 7776475