ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ކަނބުލޮ (5)

އަސްލަމާއި އޭނާގެ އެކުވެރިން މިއަޑު އިވުމާއި އެކީ ދުވެފައި ބޭރަށް ނިކުތެވެ. އެމީހުންނަށް މަގުމައްޗަށް ނިކުމެވުނީ ހަމަ ކިރިޔާއެވެ. އޭރު އެހިސާބަށް ރާޅު އަރާ ހަމަވަނީއެވެ. އެއާއެކުއެކީ އެމީހުންވެސް ރާޅާއި އެކީ ދަމައިގަނެފިއެވެ. ކޮންމެ މީހަކުވެސް ސަލާމަތްވުމަށް އަތުގައި ޖެހުނުއެއްޗެއްގައިވިއްޔާ ހިފިއެވެ. ނަމަވެސް ރާޅުގެ ބާރުގަދަކަމުން އެއްޗެއްގައި ހިފިޔަސް ހަރުލާވަރެއް ނުވެއެވެ.

ކުއްލިއަކަށް އަސްލަމަށް ފެނުނީ ކުޑަކުއްޖަކު ވެއްޓެމުންދިޔަ ފާރެއްގެ ދަށުވާތަނެވެ. އަސްލަމް އެކުއްޖާ ސަލާމަތް ކުރުމަށް އެދިމާއަށް ދާން މަސައްކަތް ކުރިއެވެ. އޭނާ އެކުއްޖާގެ އަތުގައި ހިފާ އެތަނުން ނިކުތުމަށް ހިނގައިގަތެވެ. ނަމަވެސް އަސްލަމަށް އެތަނުން ނިކުމެވޭ ވަރެއް ނުވިއެވެ. ވެއްޓެމުން ދިޔަ ފާރުގެ ބައެއް އައިސް އަސްލަމްގެ ބޯމައްޗަށް ވެއްޓުނެވެ. އަސްލަމަށް ހަޅޭއްލަވައިގަނެވުނެވެ.

އަސްލަމަށް ހޭވެރިކަންވީއިރު އޮތީ ހޮސްޕިޓަލްގައެވެ. އޭނާ ވަށައިގެން ވާ މާހައުލަށް ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަސްލަމް ތެދުވެ ހިނގައިގަންނަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އޭނާގެ އަތާއި ފައި އޮތީ ބަނދެފައި ކަމުން ތެދުވެވޭ ގޮތެއް ނުވިއެވެ.
އަސްލަމް ވަރަށް ބާރަށް ހަޅެއްލަވަން ފެށިއެވެ. އެއަޑަށް އެތަނަށް ނަރުސް ކުއްޖަކުއައެވެ.
"އަހަރެން މީ ކާކު؟ މީ ކޮންތަނެއް؟ ކިހިނެއް އަހަރެން މިތަނަށް އައީ؟ ކީއްވެ އަހަރެން ބަނދެފަ މިއޮތީ؟ އެކުއްޖާ ފެނުމާ އެކީ އަސްލަމް އޭނާގެ ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ. އެކުއްޖާ އެއްވެސް އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުރީއެވެ.
"އަހަރެން މި އަހަނީ އަހަރެން މީ ކާކުހޭ؟" އެކުއްޖާ އެއްޗެކޭ ނުބުނުމުން އަސްލަމް ތަންކޮޅެއް ބާރަށް ބުންޏެވެ.

ހިނގާ ދިޔަ ކާރިޡާ ގައި ވެއްޓެމުން ދިޔަ ފާރު އަސްލަމް ގެ ބޮލަށް ވެއްޓުމުގެ ސަބަބުން އަސްލަމްގެ ސިކުނޑިއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. އެ ގެއްލުމުގެ ނަތީޖާއެއްގެ ގޮތުން، މީގެ ކުރިން ހިނގާފައިވާ ހުރިހާ ކަމެއް ވަނީ އަސްލަމްގެ ހަނދާނުން ފޮހެވިފައެވެ. އެންމެ ކުޑަމިނުން އޭނާގެ ނަންވެސް އޭނާ ހަނދާނެއް ނެތެވެ. މިހާރު އޭނާއެކޭ މޮޔައެކޭ ތަފާތެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ޑަކްޓަރުން ހެދި ޓެސްޓް ތަކުން އެނގުނީ އަސްލަމް ރަނގަޅު ކުރަން ވަރަށް އުނދަގޫވާނެކަމެވެ. ވަރަށް ބޮޑަށް ފަރުވާ ކުރެވިއްޖެ ނަމަ ނުވަތަ އަނެއްކާވެސް އެފަދަ ޝޮކެއް ސިކުނޑިއަށް ލިބިއްޖެ ނަމަ ފަހަރެއްގައި ރަނގަޅު ވެދާނެ ކަމަށް ޑަކްޓަރުން ބުންޏެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. އެގޮތުން މިއަދަކީ އަސްލަމް ހޮސްޕިޓަލްގައި އޮންނަތާ މަހެއް ވީދުވަހެވެ. އަޅާލާނެ މީހަކު ނެތުމުން އޭނާ ބަހައްޓަފައި ހުންނަނީ ހޮސްޕިޓަލްގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންގެ ބައިގައެވެ. އަސްލަމްގެ ބައްޕަ ވެސް މިހާރުވީ އަސްލަމްގެ މަންމަ މަރާލި ކަމުގެ ކުށުގައި އިންޑިޔާގެ ޖަލެއްގައި ހައްޔަރު ކޮށްފައެވެ. އަސްލަމްގެ މަންމައާއި ބައްޕަ ފިޔަވާ ދެން އާއިލާގެ މީހަކަށް ހުންނަނީ ބޮޑުބޭބެއެވެ. ބޮޑުބޭބެ ވަނީ ރަށަށް އެރި ބޮޑު ރާޅުގައި މަރުވެފައެވެ. ކުޑަ އާބާދީއެއްއޮންނަ އެރަށުން އަސްލަމް ފިޔަވާ އެއްވެސް މީހަކު އެ ކާރިޘާގައި ސަލާމަތެއް ނުވެއެވެ.

އަސްލަމްގެ ހާލު މިހާރު އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ ރަނގަޅުވަމުންނެވެ. އަސްލަމް ބެލްކަނީގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އިނީ އޮއްސެމުންދާ އިރުގެ ރީތި މަންޒަރަށް ބަލަހައްޓައިގެންނެވެ. އެ ރީތި މަންޒަރުތައް ފެނުމުން އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭ ކަހަލައެވެ. އަސްލަމް ސިއްސައިގެން ދިޔައީ ކޮންމެވެސް މީހަކު ގޮވާލުމުންނެވެ. އޭނާ އެނބުރި ފަހަތަށް ބަލާލިއެވެ. ފަހަތުގާ ހުރީ އަންހެން ކުއްޖެކެވެ.

-ނުނިމޭ-
=ކުރީގެ ބައިތައް=

ލިޔުނީ: ޑީބީ

ޕޯސްޓް ކުރީ dhi-burunu ތާރީޚް Tuesday, March 23, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ކަނބުލޮ (5)"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive