ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ކަނބުލޮ (2)



އެމީހުންނަށް އެހިސާބަށް ނުދެވި އުޅެނިކޮށް އެއަޑު ކެނޑިއްޖެއެވެ. ދެން އިވުނީ ބާރު އަޑުފަށްގަނޑެކެވެ. ވަރަށްބާރަށް އެއްޗެއްވެއްޓި ބިން މަތީގައި ޖެހުމުން އިވޭކަހަލަ އަޑެކެވެ. އެއީ އާދައިގެ އަޑެއްނޫންކަން އެމީހުންނަށް އެނގެއެވެ. އެންމެންގެ ހިތުގައިވެސް މިހާރު އުފެދިފައި ވަނީ ބިރުވެރިކަމެވެ. "ހިނގާ އަވަހަށް މިތަނުން ނިކުމެވޭތޯ އުޅެމާ" އަސްލަމް އޭނާގެ ހިޔާލު ފާޅު ކުރިއެވެ. އަސްލަމްގެ މި ބަހަށް އެންމެންވެސް އެއްބަސްވެ ވަލު ތެރެއިން ނިކުންނަން ހިނގައިގަތެވެ.
އެމީހުން ހިނގަމުން ދިޔަ މަގުގެ އެއްފަރާތުގައި އެއޮތީ ޒަމީރުއެވެ. ޒަމީރުގެ ފުރާނަ ނެތް މަސްގަނޑެވެ. ބަލާ ބެލުމަށް ހީވަނީ އެނާ ވަނީ ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި ހެންނެވެ.

މާ ގިނަ އިރުތަކެއްނުވެ ޒަމީރުގެ ފުރާނަ ނެތް މަސްގަނޑު ހޮސްޕިޓަލަށް ގެންދެވުނެވެ. ޑަކްޓަރުން ބެލި ބެލުމުން އެނގުނު ގޮތުގާ ޒަމީރު ވަނީ ކޮންމެވެސް މީހަކު މަރާލާފައެވެ.
ފުލުހުންވެސް ވަރަށް ބޮޑެތި ތަހުގީގު ތަކެއް ކުރިއެވެ. އެމީހުންގެ ތަހުގީގުންވެސް ނިކުތީ ހަމަ އެއް ނަތީޖާއެކެވެ. ޒަމީރު ވަނީ ކޮންމެވެސް މީހަކު ނުވަތަ ބަޔަކު މަރާލާފައި ކަމެވެ. އެއްބަޔަކު ބުނަމުން ދިޔައީ އެއީ އެރަށުގައި އަރުވާލާފައި ތިބޭ މީހުންގެ ކަމެއް ކަމަށެވެ. އެހެންވެ އެމީހުންނަށް ޝައްކު ކުރެވޭތީ ފުލުހުން އެމީހުން ހަށްޔަރުކޮށް ތަހުގީގު ކުރަން ފުލުހުންގެ މައި މަރުކަޒު ހުންނަ ރަށް ގެންދެވުނެވެ. އަނެއް ބަޔަކު ބުނަމުން ދިޔައީ އެއީ އިންސާނެއްގެ އަމަލެއް ނޫން ކަމަށެވެ. އެއީ ޖިންނިއެއްގެ ކަމެއް ކަމަށެވެ.
ޒަމީރު ވަޅުލާ ނިމުނު އިރު އިރުއޮށްސިއްޖެއެވެ. އިރު އޮށްސުމާއެކީ ހުރިހާ ގެއެއްގެ ދޮރުތައްލައްޕައިފިއެވެ. މިއީ މީގެ ކުރިން މިރަށުގައި ކަންތައްތައް ހުންނަގޮތެއްނޫނެވެ. ނަމަވެސް މި ހާދިސާއަށް ފަހު މުޅި ރަށުތެރެއަށް ވަނީ ނާމާންކަމާ ބިރުވެރިކަން ވެރިވެފައެވެ. ރަށުތެރެއިން ފެންނަނީ ހަމަ ހިމޭން ކަމެވެ. ގޭގެއިން ޖަހަމުންދާ ގުރުއާނުގެ އަޑު ފިޔަވާ އިތުރު އަޑެއް ނީވެއެވެ. މަގެއްގެ މަތިން މިހަކުވެސް ފެންނަނީ ވަރަށް މަދުންނެވެ. ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގާ ނޫނީ މީހަކު ބޭރަށް ނިކުމެ ނޫޅެއެވެ.
ރޭގަނޑުގެ ކެއުމަށްފަހު އަސްލަމް، ގޭ ދޮރުމަތީގާ ހުރި ޖޯލި ފަތީގައި އޮށޯވެލައިގެން އޮތެވެ. އޭނާ ވިސްނަމުން ދިޔައީ ޒަމީރުގެ މަރާ ދޭތެރޭގައެވެ. އެހެން އޮވެފައި އަސްލަމް ތެދުވެ ބޭރަށް ނިކުމެ ހިނގައި ގަތެވެ. ހީވަނީ ކޮންމެވެސް ކަމެއް ހަނދާން ވީހެންނެވެ. އޭނާ އެދިޔަ ބާރުމިނުގައި ގޮސްވަނީ އެރަށު މުދިންބެމެން ގެއަށެވެ. މުދިންބެއަކީ މިހާރު އެރަށުގައި ހުރި ފަންޑިތަ ހެދުމަށް އެންމެ މޮޅުމީހާއެވެ. އަސްލަމް ދިޔައިރު މުދިންބެ އިނީ ގޭ ބޮޑުއަށި މަތީ ފޮތެއް ހިފައިގެން ކޮންމެވެސް އެއްޗެއް ކިޔާށެވެ.
"އައްސަލާމް އަލައިކުމް" އަސްލަމް ސަލާމް ގޮވާލިއެވެ. " ވައަލައިކުމް ސަލާމް. އަހަނ. އަސްލަމް! ވަދޭ ވަދޭ އިށީނދޭ" މުދިންބެ ސަލާމްގެ ޖަވާބު ދެމުން އަސްލަމަށް ބުނެލިއެވެ. އަސްލަމް ގޭތެރެއަށް ވަދެ މުދިންބެގެ ގަތުގާ އިށިނދެލިއެވެ. އަދި އޭނާ އަށް ކުރިން ރޭފެނުނު މީހާގެ ވާހަކަ މުދިންބެއަށް ކިޔައިދިނެވެ. " އަހަންނަށް އިނގޭ އަސްލަމް ތިއައީ އެވާހަކައިގެންކަން. ބުނަން އަސްލަމް! މިހާރު މިރަށް މިއޮތީ ވަރަށްބޮޑު ނުރަށްކަލެއްގެ ތެރޭގަ. މިރަށުން އެއްވެސް މީހަކު ދެން ސަލާމަތެއް ނުވާނެ. އެކަމަކު އަހަރެން މިދަނީ އަހަރެންނަށް ކުރެވުނު މަސައްކަތެއް ކުރަމުން. މިރޭވެސް ކޮންމެވެސް މީހަކު ކޮންމެވެސް ގޮތަކަށް މަރާލާނެ. އެއީ ކޮން ވަގުތަކު، ކާކުކަމެއް އަދި ކިހިނެއްކަމެއް ބުނެދޭކަށް ނޭގެ. އެނގޭ ހާވެސް އެއްޗަކީ މިރަށުން ދެން ކޮންމެ ރެއަކު މީހަކު މަރާލާނެ ކަން." ކަންތައްތައް ހިނގަމުންދާގޮތް މުދިންބެ އަސްލަމަށް ކިޔައި ދިނެވެ. " މަރާލާނޭ؟ ކާކު؟ ކާކުތަ މަރާލަނީ؟" އަސްލަމް ކުރީ ސުވާލު ތަކެކެވެ. އަސްލަމްގެ ސުވާލުތަކަކަށް މުދިންބެ ޖަވާބެއް ނުދިނެވެ. ފަހުން އެ ސުވާލުތަކަށް ޖަވާބު ދޭނެ ކަމަށް ބުނެ ދެން އެރޭ ގެއަށް ދިޔުމަށް އަސްލަމް ގާތު މުދިންބެ އެދުނެވެ.

= ނުނިމޭ=
ލިޔުނީ: ޑީ.ބީ

ޕޯސްޓް ކުރީ dhi-burunu ތާރީޚް Saturday, February 27, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ކަނބުލޮ (2)"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive