ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ލެޕްޓޮޕްގެ ބެޓެރީ ގިނަދުވަހު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންތައް.

ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކީ މީހުންގެ ވިސްނުންވެސް މިއަދު މިވަނީ ބަދުވެފައެވެ. މިގޮތުން ޓެކްނޮލޮޖީއަށް ބަލާއިރު އިންސާނުންގެ ވިސްނުން ބަދަލު ވެފައިމިވަނީ މީގެ ކުރިން ހީވެސް ނުކުރާހާ ބޮޑަށެވެ. އެންމެ ފުރަތަމަ ގެންގުޅުނު ބޮޑެތި ފޮށިގަނޑުލީ ކޮމްޕިޔުޓަރުތައް ފްލެޓް ސްކްރީނަށް ބަދަލުވެ އެންމެ ފަހުން މިއަދު މިވަނީ ކުޑަކުޑަ ލެޕްޓޮޕަކަށް ބަދަލުވެފައެވެ. ގިނަމީހުން ލެޕްޓޮޕް ބޭނުން ކުރަނީ ކުޑަވެފައި ގެންގުޅެން ފަސޭހަވީމައެވެ. ބޭނުންތާކަށް ހިފައިގެން ދާން ވީއެވެ. ބޮޑެތި ކޮމްޕިޔުޓަރުން ކުރެވޭ ބޭނުންތައްއެއިން ކުރެވެއެވެ.

ކަން މިހެން ހުރިނަމަވެސް ލެޕްޓޮޕް ފަދަ އަގުބޮޑު އެއްޗެއް ގެންގުޅޭއިރު އޭގެ ރައްކާތެރިކަމަށްވެސް ކޮންމެވެސް ވަރަކަށް ބަލާލަން ޖެހެއެވެ. ހާއްސަކޮށް ލެޕްޓޮޕްގެ ބެޓެރިއަކީ ވަރަށް އަވަހަށް މައްސަލަ ދިމާ ވާ އެއްޗެކެވެ. މިލިޔުމުގައި މި އަލި އަޅުވާލަނީ ލެޕްޓޮޕްގެ ބެޓެރި ސަލާމަތް ކުރުމަށް ކުރެވިދާނެ ބައެއްކަންތައްތަކުގެ މައްޗަށެވެ.
1- ބޭރުން ގުޅާފައިވާ ޑިވައިސްތައް ކަނޑާލުން:
ޔޫއެސްބީ ފަދަ ތަކެއްޗަކީ ގިނަ އަދަދަކަށް ބެޓެރީ ބޭނުންކުރާ ތަކެތިކަމުން އެފަދައެއްޗެއް ލެޕްޓޮޕާއި ގުޅާފައިވާނަމަ، އެ އެއްޗަކީ ބޭނުން ނުކުރާއެއްޗެއްނަމަ ރިމޫވް ކޮށްލާށެވެ. މިސާލަކަށް އެކްސްޓާނަލް މައުސް، ޕީސީކާޑު، ވައިފައި، އެކްސްޓާނަލް ސްޕީކާރ އަދި ބްލޫޓޫތް ފަދަ ތަކެތި ބޭނުން ނުކުރާނަމަ ކަނޑާލާފައި ބެހެއްޓުމުން ބޭކާރުވާ ބެޓެރީގެ އަދަދު އެތައްގުނައެއް މަދުކުރެވިދާނެއެވެ.
2- ސީޑީ ނުވަތަ ޑީވީޑީ ޑްރައިވް ހުސްކޮށް ބެހެއްޓުން:
ސީޑީ ނުވަތަ ޑީވީޑީ ޑްރައިވް ބޭނުން ނުކުރާނަމަ ހުސްކޮށް ބެހެއްޓުމަށް ސަމާލުވާށެވެ. ޑްރައިވްއަށް ސީޑީއެއް ނުވަތަ ޑީވީޑީއެއް ލާފައިވާނަމަ ބޭނުން ކުރާ ބެޓެރީގެ އަދަދު އެތަށް ގުނައެއް އިތުރުވެއެވެ. ވީމާ މިކަމަށް ސަމާލު ވާށެވެ.
3- އަލިމަޑުކުރުން:
އެލްސީޑީ ސްކްރީންތަކަކީ ލެޕްޓޮޕްގެ ބެޓެރި ލައްކަ ކާލާއެއްޗެކެވެ. އެހެންކަމުން ސްކްރީންގެ އަލި ވީހާވެސް މަޑުން ބަހައްޓައިގެން ބޭނުން ކުރުމަކީ ލެޕްޓޮޕްގެ ބެޓެރި ސަލާމަތް ކުރުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ.
4- ސްކްރީންސޭވާ ބޭނުން ނުކުރުން:
ސްކްރީންސޭވާ ބޭނުން ކުރާނަމަ ލެޕްޓޮޕް ގެ ބެޓެރި ވަރަށް އަވަހަށް ދުއްވާލައެވެ. ފޯނު ތަކުގައިވެސް ހަމަ މިފަދައެވެ. އެހެން ކަމުން ސްކްރީން ސޭވާރ އޮފް ކޮށްފައި ބަހައްޓަވާށެވެ.
5- ބޮޑެތި ގްރެފިކްސްތައް ބޭނުން ނުކުރުން:
ފަހުގެ އޮޕަރޭޓިން ސިސްޓަމްތަކަކީ ބޮޑެތި ގްރެފިކްސްތައް ހިމަނައިގެން ތައްޔާރު ކުރެވިފައިވާ އެއްޗެކެވެ. މިގޮތުން "އެރިއޯ ގްލާސް" އަކީ މިފަދަ ފީޗާއެކެވެ. މިފަދަ ގްރެފިކްސް އެއް ބޭނުން ކުރުމުގެ ބަދަލުގައި "ކްލެސިކް" އެޕިއަރެންސް އެއް ބޭނުން ކުރުމަކީ ލެޕްޓޮޕްގެ ބެޓެރި ގިނަދުވަހަށް ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ.
6- ސްލީޕްގެ ބަދަލުގައި ހައިބަނޭޓް މާރަނގަޅު:
ސްޓޭންޑް ބައި ނުވަތަ ސްލީޕް މޯޑުގައި ލެޕްޓޮޕްގެ ހާޑް ޑްރައިވާއި ޑިސްޕްލޭ ނިވެއެވެ. ނަމަވެސް މެމޮރީ ބަރާބަރަށް މަސައްކަތްކުރެއެވެ. މިހެން ވުމުގެ ސަބަބުން ބެޓެރި ބޭނުން ކުރެއެވެ. އެހެންވީމާ ސްލީޕް މޯޑުގެ ބަދަލުގައި ހައިބަނޭޓަށް ލާފައި ބެހެއްޓުމަށް ސަމާލުކަން ދެއްވާށެވެ.
7- ގިނަ ޕްރޮގްރާމް ތަކެއް ނުހުޅުވުން:
ގިނަ ޕްރޮގްރާމްތަކެއް އެއްފަހަރާ ހުޅުވާފައި ހުރެއްޖެނަމަ ހަމގައިމުވެސް ބޭނުން ކުރާ ބެޓެރި ގިނަވާނެކަމީ ޝައްކެތް އޮތްކަމެއްނޫނެވެ. އެހެންކަމުން ކޮންމެހެން ބޭނުންވާ ޕްރޮގުރާމްތައް ހުޅުމަށް އިސްކަމެއްދެއްވާށެވެ. އަދި މީގެ އިތުރުން ގޭމްފަދަ ތަކެތި ކުޅުމަކީ ބެޓެރި ހުލިކޮށްލާކަމެކެވެ.
8- ސާފުތާހިރުކަން:
އަހަރެމެންގެ ދިރިއުޅުމުގައިވެސް ސާފް ތާހިރުކަމަކީ މުހިންމު ކަމަކަށް ވީ ފަދައިން މިފަދަ ތަކެތި ގެންގުޅުމުގައިވެސް އެތަކެތީގެ ސާފުތާހިރު ކަމަކީ ވަރަށް މުހިންމު ކަމެކެވެ. ހިރަފުސްފަދަ ތަކެތީގެ ސަބަބުން ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހުމަކީ ދުރުކަމެއްނޫނެވެ. އެހެންކަމުން ސާފްކޮށް ބެލެހެއްޓުމަށް ސަމާލުކަމެއް ދެއްވާށެވެ.

މިހިމަނާލެވުނީ ލެޕްޓޮޕްގެ ބެޓެރި ގިނަދުވަހު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ. މީގެއިތުރުންވެސް ވަރަށް ގިނަ ކަންތައް ހުންނާނެ ކަމީ ޝައްކެތް އޮތްކަމެއްނޫނެވެ. މި ހުށައަޅާލެވުނު މަޢުލޫމާތު ކޮޅަކީ ފައިދާ ކުރަނިވި މަޢުލޫމާތުކޮޅަކަށް ވާނެކަމަށް އުންމީދު ކުރަމެވެ.
ޝުކުރިއްޔާ!

ޕޯސްޓް ކުރީ dhi-burunu ތާރީޚް Thursday, March 25, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ލެޕްޓޮޕްގެ ބެޓެރީ ގިނަދުވަހު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންތައް."

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive