އާތު އަވާރގައި ބައިވެރި ވަމާތޯއެވެ؟
އާތު އަވާގައި ބައިވެރިވެ ލައްވާ!
ތިމާވެށި ހިމާޔަތް ކުރައްވާ!
އާތު އަވާ އަކީ ވޯލްޑް ވައިލްޑް ލައިފް ފަންޑުން އިންތިޒާމް ކޮށްގެން 2007 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ހަރަކާތެކެވެ. މި ހަރަކާތުގެ ބޭނުމަކީ ތިމާވެއްޓަށް ލިބޭ ގެއްލުންތަށް ކުޑަކުރުމަށް ބާރުއެޅުމެވެ. މިގޮތުން މިހަރަކާތުގެ އެންމެ ބޮޑު މަޤުސަދަކީ އެއްގަޑިއިރު ( 60 މިނެޓް) އަށް ބޭނުން ނުކުރާ ކަރަންޓް ސާމާނު ނިއްވާލާފައި ބެހެއްޓުމަށް ބާރުއެޅުމެވެ.
މިއަހަރުގެ އާތު އަވާ ބާއްވަން ހަމޖެހިފައިވަނީ 27 މާރޗް 2010 ވަނަދުވަހުގެ ރޭގަނޑު 8:30 ހުން 9:30 އަށެވެ. މިހަރަކާތުގައި މިފަހަރު ދުނިޔޭގެ އެކި ހިސާބުތަކުން އެތަށް ބަޔަކު ބައިވެރިވާނޭކަމަށް ވެއެވެ. އަހަރެމެންވެސް އަހަރެމެންގެ ފެންވަރުން މި ހަރަކާތުގައި ބައި ވެރިވެ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރަމާތޯއެވެ.
