ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ކަނބުލޮ (6)

ފަހަތުގައި ހުރި އަންހެންކުއްޖާ އަސްލަމާ ދިމާއަށް އަންނަންފެށިއެވެ. ކައިރިއަށް އައިވަރަކަށް އެކުއްޖާގެ ސިފަ ދިޔައީ ބަދަލު ވަމުންނެވެ. ބިރުވެރި ސިފައަކަށެވެ. އެކުއްޖާގެ ދެއަތް ދިގުކޮށްލާ އަސްލަމްގެ ކަރުގާ ހިފިއެވެ. އަސްލަމް ވަރަށް ބާރަށް ހަޅެއްލަވައިގަތެވެ.


ކުއްލިއަކަށް އަސްލަމަށް ހޭލެވުނީ ނޭވާ ހާސްވާން ފެށުމުންނެވެ. އޭރު މުޅިމީހާ އޮތީ ބިރުން ތުރު ތުރު އަޅައެވެ. މީހާ ވަނި ދާހިއްލާ ފޯވެފައެވެ. އަސްލަމް ހަމަޖެހިލިމުގެ ނޭވާއެއްލަމުން ފާރުގާ ހުރި ގަޑިއަށް ބަލާލިއެވެ. ގަޑިން ފަތިހު ހަތަރުގަޑިބައިވަނީއެވެ. ފެނުނު ހުވަފެނާ ދޭތެރޭގައި އަސްލަމް ވިސްނާލިއެވެ. ޒަމީރު މަރުވެގެން އުޅޭތަނެވެ. ކަނބުލޮއެކެވެ. ބެއްޔާއެކެވެ. ރަށަށް ބޮޑުރާޅުއަރާ އެންމެން މަރުވުމެވެ. ބިރުވެރި މީހެކެވެ. މިއީ އަނެއްކާ ކޮންފަދަ ހުވަފެނެއްބާއެވެ؟ އަސްލަމް ހިތާ ހިތާ ސުވާލު ކޮށްލިއެވެ. އަނެއްކާ މި ހުވަފެނާ ރޭގައި އެފެނުނު މީހާ އާއި އެއްވެސް ގުޅުމެއް ވޭބާއޭ އަސްލަމްގެ ހިތަށްއެރިއެވެ. މިފަދަ ހިޔާލުތަކެއްގައި އިންދާ އިވުނީ ފަތިސްނަމާދަށް ބަންގި ގޮވިއަޑެވެ.
އަސްލަމް އަވަސް އަވަހަށް ފާހާނައަށްވަދެ ތައްޔާރު ވެލައިގެން މިސްރާބުޖެހީ މިސްކިތާ ދިމާއަށެވެ. ނަމާދު ކުރުމަކީ ހިތްތަކަށް ހަމަޖެހުން ލިބޭ ކަމެއްކަމުން އޭނާގެ ހިތަށްވެސް ހަމަޖެހުން ލިބި އެ ބިރުވެރިކަން ފިލައިގެން ދާނެ ކަމުގެ އުންމީދުގައެވެ. އަސްލަމް ބޭރަށް ނިކުތްއިރު އޭނާގެ ބޮޑުބޭބެ ވެސް މިސްކިތާ ދިމާއަށް ހިނގައި ގަންނަނީއެވެ. ދެމީހުން އެކީގައި މިސްކިތާ ހަމައަށް ދެވެންދެން ކޮންމެވެސް ވާހަކަތަކެއް ދައްކަމުން ދިޔައެވެ.

އަސްލަމާއި އޭނާގެ ރައްޓެހިން ތިބީ އަތިރި މަތީގައި ހުރި ހޮޅުއަށްޓެއްގައި އިށީނދެ ލައިގެން ތަފާތު އެކި ވާހަކަތައް ދައްކާ މާޖާކުރާށެވެ. އެގޮތަށް އަތިރި މަތީގައި ތިބެ ސަކަރާތް ޖެހުމުގައި ވަގުތުތަށް ދުއްވާލުމަކީ އެމީހުންގެ އާދައެކެވެ. މި ވާހަކަތަކުގެ ތެރޭގައި އަސްލަމްވެސް އޭނާއަށް ރޭގައި އިރުމަތީކޮޅުން ފުނަގަސްތަކާ ދިމާއިން މީހަކު ފެނުނު ވާހަކައާއި އޭނާއަށް ފެނުނު ހުވަފެނުގެ ވާހަކަ މިމީހުންނާ ހިއްސާކޮށްލިއެވެ.
" އަހަރެމެންވެސް އަޑުއަހަން އެ ފުނަ ގަސްތަކާ ދިމާއިން މީހަކު ފެނޭ ކިޔާ އަޑު، އެކަމު ދުވަހަކުވެސް އަހަރެމެންނަށް ނުފެނޭ. ދޯ އަޒްމީ!" ޝިފާނު އަޒްމީއަށް ދޯދެމުން ބުނެލިއެވެ.

" އާނ! އަހަރެން ވަރަށް ދަންވާފަހުންވެސް އެމަގުން ހިނގަން، އެކަމު އެކަހަލަ ކަމެއް ދިމައެއް ނުވޭ" އަޒްމީ އޭނާގެ ހިޔާލު ފާޅު ކުރިއެވެ.
" ތިވާނީ އަސްލަމާ އަޅައިގަނެގެން އުޅެ ކުއްޖަކަށް. ހެހެ" ހޭން ފަށަމުން ނިހާން ބުނެލިއެވެ. ނިހާން އެހެން ބުނުމުން އަސްލަމް ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައެވެ. "އެމީހުން އެވާހަކަ ގަބޫލު ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ އެމީހުން މިހާ ދުވަހު މިރަށުގަ އުޅުނު އިރުވެސް އެމީހުންނަށް ނުފެނި އަހަރެންނަށް އެ ކުއްޖާ ފެނުނީ ކީއްވެގެން ހެއްޔެވެ؟" އަސްލަމް ހިތާ ހިތާ މިކަހަލަ ސުވާލުތަކެއް ކޮށްލިއެވެ.
" އޭ! ދެން ތިވާހަކަ ހުއްޓާލަ ބަލަ. މީހުން ބުނޭނު ހުވަފެނަކީ ބިލާހެކޭ. އެއީ އެއްވެސް ހަގީގަތެއް ވާއެއްޗެއްނޫން. އަސްލަމް ދެން އެކަމާ ނުވިސްނާ." އަސްލަމް ހިތްހަމަ ނުޖެހިފައި އިންތަންފެނިފައި ޒަމީރު ބުނެލިއެވެ.

"ހިނގާބަލަ މާދަމާ ދަތުރުދާން. އޯވަ ނައިޓަކަށް ދާނީ. ކައިރީ މިއޮށް ފަޅުރަށް ވަރަށް މަޖާވާނެ." ވާހަކަ ބަދަލު ކޮށްލަމުން އަޒްމީ ހިޔާލެއްދިނެވެ.
"ތީ ރަނގަޅު ހިޔާލެއް. ވަރަށް މަޖާވާނެ ބިޓުން ތިބި މީހުން ބިޓުންވެސް ގޮވައިގެން ދޯ ދާނީ؟" އަޒްމީއާ އެއްބައި ވެލަމުން ޝިފާން ބުނެލިއެވެ. އެންމެ ފަހުން މާދަމާ ދަތުރު ދާގޮތަށް އެންމެންވެސް އެއްބަސްވެއްޖެއެވެ. ފުރާގަޑިއަކަށް ހަމަ ޖެހުނި ފަތިހު ފަސްގަޑި ބައެވެ.

އެންމެންވެސް މަސްޢޫލު ވެގެން އުޅެނީ ދަތުރަށް ބޭނުންވާނޭ ތަކެތި ހޯދާ އެއްކުރުމުގައެވެ. ހުރިހާއެއްޗެއްވެސް ޖަމާ ކުރީ ޝިފާންމެން ގެއަށެވެ. އެއީ އެގެ ހުންނަނީ ބަނދަރާއި ކައިރީ ގާ ކަމުން ދޯންޏަށް އެއްޗިހިއަރުވަން ފަސޭހަ ވާނެތީއެވެ. ހުރިހާ ތައްޔާރީއެއް ނިމުނު އިރު ގަޑިން ރޭގަނޑު 11 ގަޑި ބައި ވަނީއެވެ. ހުރިހާ ކަމެއް ނިމުމުން އެންމެންވެސް ގެއަށް ދިޔައީ ފަތިހު އަވަހަށް ހޭލަން ޖެހޭތީ ނިދާލުމުގެ ބޭނުމުގައެވެ. އަދި އެކަކު އަނެކަކަށް ފަތިހު ގޮވަން އަންނާނޭ ކަމަށް ބުނަމުންނެވެ.
ނިދާފައި އޮތް އަސްލަމަށް ހޭލެވުނީ ގޭ ދޮރުގައި މީހަކު ތަޅަން ފެށުމުންނެވެ. ޔަގީން އެވާނީ އެމީހުންކަމަށް. އަސްލަމް ހިތަށް އެރިއެވެ. " އޭ! މަ ހޭލައިފިމޭ. ދެން ތިވަރަށް ދޮރުގަ ނުތަޅަ ބަލަ، ގޭ އެހެން މީހުން ހޭލަފާނެ، ދެން ދަތުރު ދާން އުޅުނަސް ބޮޑުވަރެއްނު." މިފަދަ ހާސަރު ތަކެއް ދަމަމުން އައިސް އަސްލަމް ގޭ ދޮރު ހުޅުވާލިއެވެ. އަސްލަމަށް ލިބުނީ ހައިރާން ކަމެކެވެ. އެއްވެސް މީހަކު ފެންނާކަށްނެތެވެ. މުޅިމީހާ ބިރުން ގޮސް ތުރުތުރު އަޅަން ފަށައިފިއެވެ. އަވަސް އަވަހަށް ދޮރު ޖަހާފައި އެތެރެއަށް ވަދެ ގަޑި ބަލާލިއެވެ. އޭރު އަދި ކިރިޔާ ގަޑިން މެންދަމު އަލިވެ ދެއެއް ޖެހީއެވެ.

ގަޑިން ފަތިހު ފަސްގަޑި ބައިވެއްޖެއެވެ. ފުރާގަޑި ޖެހުނު އިރުވެސް އަސްލަމެއް ބަނދަރަކަށް ނުނިކުމެއެވެ. ގުޅާ ގުޅާވެސް ފޯނެއްވެސް ނުނަގައެވެ. އެންމެން އިންތިޒާރު ކުރަމުން ދިޔައީ އަސްލަމް އަންނާނެ އިރަކަށެވެ. އެންމެން ވެސް ކުރަމުން ދިޔައީ އެއްސުވާލެކެވެ. އަނެއްކާ އަސްލަމަށް ކިހިނެއްވީ ބާވައެވެ؟ މިސުވާލެވެ.
=ނުނިމޭ=
ލިޔުނީ:ޑި.ބީ
ކުރީގެ ބައިތައް
ފަސްވަނަބައި

ޕޯސްޓް ކުރީ dhi-burunu ތާރީޚް Saturday, March 27, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ކަނބުލޮ (6)"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive