ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ކަނބުލޮ (4)

މީގެ ފަނަރަ އަހަރު ކުރިން މިރަށުގައި ބެއްޔާކިޔާ މީހަކު އުޅުނެވެ.
ބެއްޔާއަކީ އޭރު މުޅިރާއްޖޭގައިވެސް ހުރި އެންމެ ކުޅަދާނަ ފަންޑިތަ ހަދާމީހާއެވެ. އެފަދަ ފަންޑިތަ ހަދާ މީހަކު ރާއްޖޭގައި ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެހެންކަމުން މީނާ ދެކެ ރާއްޖޭގެ ހުރިހާ ހިސާބެއްގެމީހުން ވަރަށް ބިރުގަނެއެވެ. ނަތީޖާއަކަށްވީ މުސްކުޅި އުމުރަށް އެޅުނު އިރުވެސް ބެއްޔާއަށް އިންނާނޭ މީހަކު ނުވުމެވެ.

ބެއްޔާދެކެ ކިތަންމެ ބިރުގެންނަމަވެސް ބެއްޔާގެ ފަންޑިތައަކީ ގިނަ މީހުން ވަރަށް އިތުބާރު ކުރާއެއްޗެކެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ބެއްޔާގެ ގާތަށް ތަފާތު ކަންކަމުގައި ފަންޑިތަ ހެދުމަށް މީހުން އައިސް އުޅެއެވެ.

އެއްފަހަރަކު ބެއްޔާގެ ގާތަށް ފަންޑިތަ ހެދުމަށް އަހުމަދު ކިޔާ މީހަކު އައެވެ. މީނާ އައީ މީނާގެ އަންހެން ދަރިފުޅު ގެ ބައްޔަކަށް ފަރުވާ ހޯދާށެވެ. އަހުމަދަކީ މާލޭގެ މުއްސަންޖެއްކަމުން ތަފާތު އެތަށް ޑަކްޓަރުންނަށް ދައްކައިގެން ވެސް އެމީހުންގެ އެދަރިފުޅުގެ ބައްޔަށް ޝިފާއެއް ނުހޯދުނެވެ. ބޭރު ގައުމު ތަކުގެ އެތަށް ޑަކްޓަރުންނަކަށް ދެއްކިއެވެ.

އެންމެ ފަހުން އެމީހުން ނިންމީ އެކަމަށް ފަންޑިތަ ހަދާށެވެ. އެހެންވެ އަހުމަދާއި އޭނާގެ އަންހެނުން އެމީހުންގެ ދަރިފުޅު ގޮވައިގެން ބެއްޔާގެ ރަށަށް ދިޔައެވެ.

"އައްސަލާމް އަލައިކުމް" އަހުމަދު ސަލާމް ގޮވާލިއަޑަށް ބެއްޔާ ދިޔައީ ސިއްސައިގެންނެވެ. "ވައަލައިކުމް ސަލާމް" ބެއްޔާ ޖަވާބު ދިނެވެ. އަދި އެމީހުންނަށް އެތެރެއަށް ވަނުމަށް އެދުނެވެ.

" އަހަރެން މީ އަހުމަދު. ދެން މީ އަހަރެންގެ އަންހެނުން ވަފިއްޔާ. ދެން އަހަރެމެންގެ ހުރި ހަމަ އެކަނި ދަރި ފުޅު ޝަފާ. ލޯބިން އަހަރެމެން ކިޔަނީ "ކަނބުލޮ"". އަހުމަދު އޭނާގެ އާއިލާ ތައާރަފް ކޮށްދިނެވެ. އަދި އެއަށްފަހު އެމީހުން އައި ބޭނުން ބުންޏެވެ. ވެގެން އުޅޭ ހުރިހާ ގޮތެއް އެމީހުން ކިޔައިދިނެވެ. ކިތައްމެ ބޮޑުހަރަދެއް ކޮށްގެންވެސް އެމީހުންގެ އެދަރި ފުޅު ރަނގަޅު ކުރަން ބޭނުންވާކަމުގައި ބުންޏެވެ. އެމީހުންގެ އެވާހަކަ ތައް ބެއްޔާ ވަރަށް ޝައުގުވެރިކަމާ އެކީ އަޑުއެހިއެވެ.

"އިރާދަ ކުރެއްވިއްޔާ އަހަރެން ތިކަން ކޮށްދޭނަން." މިފަހަރު ވާހަކަ ދެއްކީ ބެއްޔާއެވެ. އަދި މާދާއިން ފެށިގެން މަސައްކަތް ފަށަންވީކަމުގައިވެސް ބުންޏެވެ. ބެއްޔާ މިހެން ބުނުމުން އަހުމަދު މެންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ.
އެރޭ ނިދަން އޮވެގެން ބެއްޔާ ވިސްނަމުން ދިޔައީ އަހުމަދުމެންގެ ވާހަކަ ތަކާ ދޭތެރޭގައެވެ. ކުއްލިއަކަށް ބެއްޔާގެ ސިކުނޑިއަށް ނުބައި ހިޔާލުތައް ޖަމާވާން ފަށައިފިއެވެ. ފައިސާގެ ދަހިވެތިކަން ބެއްޔާގެ ސިކުނޑިގައި ވަކިހިއްޕާލައިފިއެވެ. އެންމެ ފަހުން ބެއްޔާ ނިންމީ އެމީހުން މަރާލާ އެމީހުންގެ މުދާލާއި ފައިސާއަށް ވެރިވާށެވެ. އެމީހުންގެ އެމުއްސަނދި ކަމަކީ ބެއްޔާގެ އަމިއްލަ އެއްޗަކަށް ހަދާށެވެ.

އަހުމަދުމެން އެރަށުގައި ހުންނަނީ ބެއްޔާގެ ގޭގައެވެ. ކައިބޮއެ ހަދަނީ އެގެއިންނެވެ. އެހެންވެ ބެއްޔާއަށް އޭނާގެ މަސައްކަތް ކާމިޔާބު ކުރުމަށް މާބޮޑު މަސައްކަތެއް ކުރާކަށް ނުޖެހުނެވެ. ދެތިން ދުވަސް ފަހުން ބެއްޔާގެ މަސައްކަތް ކާމިޔާބު ވާކަމުގެ އަލާމާތްތަށް ފެންނަން ފަށައިފިއެވެ. އަހުމަދާއި އޭނާގެ އަންހެނުން ކުއަލިއަކަށް ވަރަށް ބޮޑަށް ބަލި ވެއްޖެއެވެ. އަދި އެމީހުންގެ ދަރިފުޅު ކަނބުލޮގެ ހާލު ވަކިން ބޮޑެވެ. ވާނުވާއެއް ނޭނގޭ ހާލު ބެއްޔާ ބުނިހާ ކަމެއްކޮށްގެން ބެއްޔާ ދިންހާ އެއްޗެއްކައިގެން އެމީހުން ތިބެނީ އެކަމުން ސަލާމަތްވާނެ އިރެއްގެ އިންތިޒާރުގައެވެ.

"ބެއްޔާ! މީ ކޮންކަމެއްތަ؟" އަހުމަދު އެންމެ ފަހުން ކެތްނުވެގެން ސުވާލު ކުރިއެވެ.
"ތިވާނީ މި އުޅޭ ރޯގާ ގަނޑު ކަމަށް" ބެއްޔާ ޖަވާބު ދިނީ ވަރަށް ފަރުވާކުޑަގޮތަކަށެވެ. ވާނީވެސް އެހެންތާއެވެ. ބެއްޔާ ގަސްތުގައި އެހެދީ ދޮގެކެވެ.
އެއްދުވަހެއްގެ އިރު އޮށްސުނު ވަގުތެވެ. އަހުމަދުމެން ބޭރުގައި އުޅެފައި ގެއަށް އައިސް ވަތްއިރު ބެއްޔާ ކޮންމެވެސް މީހަކާ ވާހަކަދައްކަނީއެވެ. އެކިޔާ އެއްޗެއް އަޑުއަހާލުމުގެ ބޭނުމުގައި މަޑުމަޑުން ބެއްޔާގެ ކޮޓަރިޔާ ކައިރި ވެލިއެވެ. އަހުމަދަށް ހިވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. ބެއްޔާ ދައްކަމުން ދިޔައީ އަހުމަދުގެ އާއިލާ މަރާލާ ވާހަކައެވެ. އަހުމަދު އަވަސް އަވަހަށް ބޭރަށް ނިކުންނަން ދުއްވައިގަތެވެ. ނަމަވެސް އަހުމަދަށް ގެއިން ބޭރަށް ނުނިކުމެވި އުޅެނިކޮށް އޭނާގެ ބޮލުގައި ބެއްޔާ އެއްޗަކުން ޖެހިއެވެ. މި މަންޒަރު ފެނުމުން އަހުމަދުގެ އަންހެނުން ވަފިއްޔާ އާއި ދަރިފުޅު ހަޅޭއް ލަވައިގަތެވެ. މިއަޑަށް ރަށުގެ ގިނަ މީހުން ބެއްޔާގެ ގޭދަށް އެއްވިއެވެ. ނަމަވެސް ބެއްޔާދެކެ ގަންނަ ބިރެއްގެ ސަބަބުން އެއްވެސް މީހަކަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.

"ކޮން ހަޅޭކެއް ލަވާކަށް؟" ބެއްޔާގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. މިހެން ބުނެފައި ގޭގެ ދޮރު ތަޅުލިއެވެ. އަދި ބޮޑު ވަޅިއެއް ހިފައިގެން އައިސް ވަފިއްޔާގެ ގައިގެ އެކި ތަންތަނަށް ހަރަން ފެށިއެވެ. އެއާއި އެކީ އޭނާގެ ފުރާނަ މި ދުނިޔެއާއި ވަކިވެގެން ދިޔައެވެ. މިތަން ފެނިފައި އެމީހުންގެ ދަރިފުޅު، ކަނބުލޮއަކަށް ކެތެއް ނުކުރެވުނެވެ. ގޭތެރޭގައި ހުރި ކުޑަވަރެއްގެ ގޮނޑިއަކުން ބެއްޔާގެ ބޮލުގައި ޖެހިއެވެ. ނަމަވެސް ބެއްޔާއަށް ކަމެއް ވީހެނެއް ހިޔެއް ނުވެއެވެ. ސަލާމަތް ވުމަށް ކުރެވެން ހުރި ކަމެއް ކަނބުލޮ ކުރިއެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ކާމިޔާބެއް ނުވިއެވެ. އެންމެ ފަހުން ކަނބުލޮވެސް މަރާލީއެވެ. ކަނބުލޮގެ އިއްފަތް ތެރިކަން ނަގާލާ، ބެއްޔާ ހިތްހަމަ ޖެހެންދެން ޖިންސީ އެދުން ފުއްދުމަށް ފަހުގައެވެ.
ރޭގަގަނޑުގެ އަނދިރިކަން މުޅި ރަށުތެރެއަށް ވެރިވެއްޖެއެވެ. އެއާއެކީ ބެއްޔާގެ ގޭދޮށަށް އެއްވެފައި ތިބި މީހުންތައްވެސް ގޭގެއަށްގޮސް ނިމިއްޖެއެވެ. މި ތަންވަޅަށް އިންތިޒާރުކޮށްގެން ހުރި ބެއްޔާ، އޭނާ މަރާލި ތިން މީހުންގެ ގަބުރު އެކި ގުނަވަން ކޮށާ ގޯނިތަކަކަށް އަޅައިގެން އެ ހިނގައިގަތީ އިރުމަތީކޮޅު ފުނަވަލާ ދިމާއަށެވެ. އެތާގައި ބޮޑުވަޅެއްކޮނެ އެވަޅަށް އެ ގަބުރު ތަކުގެ މަސްތައް އަޅާލިއެވެ. އަދި އެވަރުން ހިތްހަމަ ނުޖެހިގެން އޭގައި ހުޅުޖެހިއެވެ. އަލިފާން ރޯކޮށްލިއެވެ. އެއަށްފަހު އެވަޅަށް ފަސްލާފައި ބެއްޔާ ގެއަށް އައީ ވަރަށް ހިތްހަމަ ޖެހިލައިގެންނެވެ. ނަމަވެސް ބެއްޔާގެ ކަންފަތުގައި ހަރުލާފައި ވަނީ ކަނބުލޮގެ އެންމެ ފަހު ނޭވާލަމުން ކީ ބަސްތަކެވެ. " އަހަރެން މަރާލިޔަސް އަދި އެނބުރި އަންނާނަން. ކޮންމެވެސް ދުވަހަކުން އަންނާނަން. މިކަމުގެ ބަދަލު ހިފާނަން."

އެންމެ އަވަހަށް ރަށުން މާލެދާން ފުރި ދޯނިން ބެއްޔާ މާލެ ފުރިއެވެ. އަހުމަދުމެންގެ ފައިސާތަކާއި ގޯތި ބެއްޔާގެ މިލްކަކަށް ހެދުމުގެ ބޭނުމުގައެވެ. ބެއްޔާ މާލޭ މީހަކަށް ވިއެވެ. އާއެކެވެ! މުއްސަނި މަހުޖަނަކަށް ވީއެވެ. ދަތުރުގެ ވަކި ހިސާބަކުން ވިއްސާރަވެ ކަނޑު ގަދަވެ ދޯނި ބަންޑުން ޖަހާލައިފިއެވެ. ދޯނިން ދަތުރު ކުރި ބައެއްމީހުން ކަނޑުވެގެން މަރުވިއެވެ. އަނެއްބައިމީހުން ސަލާމަތް ވިއެވެ. ނަމަވެސް ބެއްޔާއަށް ވީގޮތެއް އަދި އަދަށް ދާނދެންވެސް ނޭނގެއެވެ. އެތަށް ދުވަހަކު ހޯދަ ހޯދާ ވެސް ނުފެނުނެވެ. އެހެންވެ އެންމެ ފަހުން ބެއްޔާ މަރުވި ކަމަށް ނިންމިއެވެ...................

މިހާރު ބޮޑެތި ފުނަ ގަސްތައް ހެދިފައިވާ ސަރަހައްދަކީ އެއީ އެވެ. އަދި އަސްލަމަށް ކުރިން ފެނުނު މީހަކީ ބެއްޔާގެ ރަހުމު ކުޑައަތުން މަރާލި އަހުމަދުމެންގެ ދަރިފުޅު ކަނބުލޮގެ ރޫހެވެ.
"އޭނާ ބޭނުން ވަނީ ރަށުގެ އެންމެން މަރާލަން." މުދިންބެ ބުނެލިއެވެ. "ކީއްވެ؟ ކޮބާ އަހަރެމެންގެ މައްސަލައަކީ؟" އަސްލަމް ކުރީ ސުވާލެކެވެ. "އެދުވަހު އެކަންކުރިކަން ރަށުގެ އެންމެނަށްއެނގި، އެއްވެސް މީހަކު އެކަން ހުއްޓުވަން މަސައްކަތް ނުކުރީމަ." މުދިންބެ ޖަވާބުދިނެވެ.

އަސްލަމް މެންނަށް ކުއްލި ހައިރާން ކަމެއް ލިބުނީ ރަށަށް ބޮޑުރާޅު އަރައިފިޔޭ ކިޔާ ބަޔަކު ހަޅޭއް ލަވަން ފެށުމުންނެވެ.

ލިޔުނީ: ޑީބީ

ޕޯސްޓް ކުރީ dhi-burunu ތާރީޚް Monday, March 15, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

1 ޚިޔާލު ލިބިފައިވޭ. "ކަނބުލޮ (4)"

  1. masha Allah v.sali vaahaka ea.
    niyaz. mi vaahakaigai 15+ noonee 18+ jahan v nu adhi -65 jehun rangalhu. a e mikhala vaahaka thae kiyaafa kuda udhin biruganefaanethee adhi muskulhinnaeves gothea vedhaane theeve. hehe. hama khiyaale.

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive