ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ނަމާދުގެ މާތްކަމާއި އެއިން ލިބޭ ފައިދާ

1. ނަމާދަކީ ޝަހާދަތުގެ ދެކަލިމައަށް ފަހު އެންމެ މާތް ހެޔޮޢަމަލެވެ. ﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނި މަސްޢޫދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހުން ރިވާ ކުރައްވާފައިވެއެވެ : { قال : سألت رسول الله صلى الله عليه وسلم : أي العمل أفضل ؟ قال : " الصلاة لوقتها " قلت : ثم أي ؟ قال : " بر الوالدين " قال : قلت : ثم أي ؟ قال : " الجهاد في سبيل الله " } :

މާނައީ : " އިބުނު މަސްޢުދު ވިދާޅުވިއެވެ : ތިމަން ކީތިރި ރަސޫލާގެ އަރިހުގައި ދެންނެވީމެވެ. އެންމެ މާތް ހެޔޮ ޢަމަލަކީ ކޮބައިތޯއެވެ ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. " ނަމާދު އޭގެ ވަގުތުގައި ކުރުމެވެ. " އިބުނު މަސްޢޫދު ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. ދެންކޮންކަމެއްތޯއެވެ ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. " މައިންބަފައިންނަށް ހެޔޮކޮން ހިތުމެވެ. " އިބުނު މަސްޢޫދު ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. ދެންކޮންކަމެއްތޯއެވެ ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. " މާތް ﷲ ގެ މަގުގައި ޖިހާދުކުރުމެވެ."

2. ނަމާދެއް ނާޅައި ، ވަގުތުން ވަގުތަށް ނަމާދު އަދާކުރާ މީހާއަށް ﷲގެ ރަޙްމަތާއި މަދަދާއި ރައްކާތެރިކަން ލިބިލިބި ހުންނާނެއެވެ.

3. ނަމާދު އަޅައި ، ނަމާދާއިމެދު ފަރުވާކުޑަކުރާމީހާއާއެކު ޝައިޠާނަކު ލެއްވިގެން ވެއެވެ. ޒުޚްރުފު ސޫރަތުގެ 36 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ: وَمَنْ يَعْشُ عَنْ ذِكْرِ الرَّحْمَنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ މާނައީ :" ރަޙްމާންވަންތަ އިލާހު މަތިން ހަނދާންކުރުމަށް ދެކޮޅުހަދާމީހާއީ އެމީހާއަށް ޝައިޠާނެއް މެދުވެރި ކުރައްވާނޭ މީހެކެވެ. ފަހެ އެމީހާ ވާހުށީ އެޝައިޠާނާއާ ވަކި ނުވެ އެކުގައި އަބަދު ވާނޭ މީހެކެވެ. "

4. ނަމާދު ބޮޑެތި ، ފާފަތަކާއި މުންކަރާތްތަކުން މުސްލިމު އިންސާނާ ދުރުކޮށްދެއެވެ. އަލްޢަންކަބޫތު ސޫރަތުގެ 45 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ : مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَلَذِكْرُ اللَّهِ أَكْبَرُ وَاللَّهُ يَعْلَمُ مَا تَصْنَعُونَ މާނައީ : " ކަލޭގެފާނަށް ﷲ ބާވާލެއްވި ޤުރްއާން ކިޔަވާ ވިދާޅުވާށެވެ. އަދި ނަމާދު ޤާއިމު ކުރާށެވެ. ހަމަކަށަވަރުން ނަމާދަކީ ފާހިޝްކަންތައްތަކާއި ، މުންކަރާތްތަކުން ދުރުކޮށްދޭ އެއްޗެކެވެ. ﷲ ހަނދާންކުރުމަކީ ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައިމީހުން ކުރާ ކަންތައްތައް ﷲ ދެނެވޮޑީގެންވެއެވެ. "

5. ނަމާދަކީ ފާފަތައް ފުހެދޭ އެއްޗެކެވެ. ފަސްނަމާދު ކުރުންމަތީ ދެމިހުންނަމީހާއަކީ މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މިސާލު ޖައްސަވާފައިވާ ފަދައިން ، ކޮންމެ ދުވަހަކު ފަސްފަހަރު ފެންގަނޑަކުން ފެންވަރާމީހާގެ މިސާލެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް ކަހަލަ މިލައެއް ހުންނާނެ ހެއްޔެވެ؟ ނުހުންނާނެކަން ކަށަވަރެވެ.

6. ނަމާދަކީ ނޫރެކެވެ. މިކަން ބަޔާން ކުރައްވަމުން މާތް ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

{ من حافظ عليها كانت له نورا و برهانا و نجاة يوم القيامة ، و من لم يحافظ عليها لم يكن له نور ، و لا برهان و لا نجاة ، و كان يوم القيامة مع قارون وفرعون ، و هامان ، و أبي بن خلف } މާނައީ : ނަމާދާމެދު ރައްކާތެރިވެއްޖެމީހާއަށް ޤިޔާމަތްދުވަހުން އެއީ ނޫރެއްކަމުގައިވާނެއެވެ ، އަދި އެއީ އޭނާއަށް ބުރުހާނެއްކަމުގައި ވާނެއެވެ. އަދި އެއީ ނަރަކައިން މިންޖުކޮށްދެވޭނެކަމަކަށް ވާނެއެވެ. އެއާމެދު ރައްކާތެރިނުވި މީކަށް ނޫރެއްނެތެވެ. ބުރުހާނެއްވެސް ނެތެވެ. ސަލާމަތްކަމެއްވެސް ނެތެވެ. އެމީހާ ވާހުށީ ، ޤަރޫނާއި ، ފިރުޢައުނާއި ، ހާމާނާއި ، އުބައްޔު ބުނި ޚަލަފާއެކުގައެވެ.

7. ނަމާދަކީ ﷲ ގެ ޙަޟްރަތުގައި މުސްލިމު އިންސާނާގެ ދަރަޖަ މަތިވެރިކޮށްދޭ ކަމެކެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަޞްޙާބު ބޭކަލުންގެ ތެރެއިން ބޭކަލަކާ މުޚާޠަބު ކުރައްވައި ޙަދީޘް ކުރެއްވިއެވެ. "" ގިނަގިނައިން ތިބާ ސަޖިދަ ކުރާށެވެ. އެބަހީ ނަމާދުކުރާށެވެ. ތިބާ ކުރާ ކޮންމެ ސަޖިދައަކުން ﷲ ތިބާގެ ދަރަޖަ މަތިވެރި ކުރައްވައި ފާފައެއް ފުއްސަވައެވެ. ""

މިހެންކަމުން ކޮންމެ މުސްލިމެއްގެ ޢަޒުމަކަށް ވާނީ މިމަތިވެރި އަޅުކަންމަތީގައި ދެމިހުރެވޭތޯއެވެ. އޭރުން ދެދުނިޔޭގައި އެމީހަކަށް ފަލާޙާއި ކާމިޔާބު ލިބޭނެކަންކަސަވަރެވެ.

ޝައީޠާނާގެ ވަސްވާސްތަކާއި، މަގުފުރެއްދުންތަކުން ރައްކާތެރިވެ ހުރެވޭނީ ނަމާދު އަދާކުރަން އަންގަވާފައިވާ ގޮތަށް އަދާކުރުންމަތީ ދެމިހުރެވިގެންނެވެ. މުޖުތަމަޢުގައި ހިނގާ ނޭދެވޭ ގިނަކަންތައްކުރަނީ ނަމާދުކުރަންވާ ގޮތަށް ނުކުރާ މީހުންނެވެ. ދީނުގެ ކަންކަމަށް ދޭންވާ ސަމާލުކަން ނުދޭ މީހުންނެވެ.



މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަންކުރުމާއިޚިޔާނާތްތެރި ވުމާއި ރިޝްވަތު ކެއުމާއި ރިޝްވަތު ދިނުމާއި މީހުންނަށް އަނިޔާކުރުމާއި މީހުންގެ ޙައްޤުތަކަށް އަރައިގަތުމާއި ކަންކަމުގައި ޢަދުލުވެރި ނުވުމާއި މިފަދަ ބޮޑެތި ޖަރީމާތަށް ކުރުމުގެ އެންމެ އިސް ސަބަބަކީ ނަމާދު ނުކުރެމެވެ. އަޅާއާއި އޭނާގެ ވެރި ﷲ އާއި މެދު އޮންނަންވީ ރޫޙާނީ ގުޅުން ބަދަހިކޮށް ދަމަހައްޓަންވީ ގޮތައް ނުބެހެއްޓުމެވެ.

ލިއުއްވީ: އައްޝައިޚް މުހައްމަދު ޝަހީމް ޢަލީ ސަޢިދު 

ޕޯސްޓް ކުރީ dhi-burunu ތާރީޚް Sunday, March 14, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ނަމާދުގެ މާތްކަމާއި އެއިން ލިބޭ ފައިދާ"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive