ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ހަލާކުވެ ދިޔަ ބައެއް އުންމަތް ތަކާއި އެބައިމީހުން ހަލާކުވެދިޔަ ސަބަބު.

ﷲ ތަޢާލާގެ އޯގާ ވަންތަ ކަމުން އެކަލާނގެ އަޅުތަކުންގެ ގާތަށް ރަސޫލުން ފޮނުއްވިއެވެ. އަދި އެބައިމީހުން އުޅެންވީމަގު އެބޭކަލުން އެބައިމީހުންނަށް ދެއްކެވިއެވެ. ނަމަވެސް އޭގެ ތެރެއިން އީމާންވީ މަދު ބައެކެވެ. ކާފަރުވެ ﷲ ގެ އާޔަތްތަކަށް މަލާމާތްކޮށް ފުރައްސާރަކުރި މީހުންނަށް އެކަލާނގެ ގަދަފަދަވެގެން ވާ އަޛާބު ފޮނުއްވިއެވެ. އެފަދަ އުންމަތް ތަކުގެ ވާހަކަ ކީރިތި ގުރުއާނުގައި ވަނީ ބަޔާން ކޮށްދެއްވާފައެވެ. އެއީ އެވާހަކަ ތަކުން އަހަރެމެން އިބުރަތް ހާސިލް ކުރުމަށްޓަކައެވެ.



މިގޮތުން ހަލާކުވެ ގޮސްފައިވާ އުންމަތްތަކުގެ ތެރޭގައި އާދު ބާގައިގެ މީހުންނާއި، ނޫހުގެ ފާނުގެ ގައުމުގެ މީހުންނާއި، ޘަމޫދު ބާގައިގެ މީހުންނާއި، ސަމޫދު ގެ އަހުލު ވެރިންނާއި، މަދުޔަނުގެ މީހުންނާއި، ކަލަކު ކަމުގައި ދަޢުވާ ކުރި މިސްރުގެ ފިރުއައުނާއި، އަދި މިނޫންވެސް އެތަށް ބަޔަކު ހިމެނެއެވެ.

= ނޫހުގެ ފާނުގެ ގައުމުގެ މީހުން ހަލާކުވެ ދިޔުން:
ސަލާމްލެއްވި ނޫހުގެ ފާނު އެކަލޭގެ ފާނުގެ ގައުމުގެ މީހުންނަށް 950 އަހަރު ވަންދެން ﷲ ގެ މަގަށް ގޮވާލެއްވިއެވެ. ނަމަވެސް އެބައި މީހުން އެކަލޭގެ ފާނު ދޮގު ކުރިއެވެ. އަދި ﷲ ގެ ދީނަށް ފުރަށްސާރަކޮށް ގޮންޖަހައި ހެދިއެވެ. އެހިނދު އެބައި މީހުންނާއި މެދު ކަންތައް ވެގެން ދިޔަ ގޮތުގެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައި ވަނީ މިފަދައިންނެވެ. " އެބައި މީހުން ދެންނެވިއެވެ. އޭ ނޫހުގެ ފާނެވެ. ކަލޭގެ ފާނު ތިޔަ ކުރައްވާ ކަންތައް ( އެބަހީ: ދީނުގެ ވާހަކަ ދެއްކެވުން) ހުއްޓަ ނުލެއްވިނަމަ ގަލުންތަޅާ މެރޭ މީހުންގެ ތެރެއިން ވެދާނެއެވެ. ނޫހުގެ ފާނު ވިދާޅުވިއެވެ. އޭއަހުރެން ހައްދަވާ ބޮޑުކުރެއވި ރަސްކަލާކޯއެވެ. ތިމަންކަލޭގެފާނުގެ ގައުމުގެ މީހުން ތިމަން ކަލޭފާނު ދޮގުކޮށްފޫއެވެ. ތިމަން ކަލޭގެފާނާއި އެބައި މީހުންނާ ދެމެދު ހުކުމެއްކުރައްވައި ތިމަންކަލޭގެފާނާއި ، ތިމަންކަލޭގެ ފާނުގެ އަރިހުގައިވާ މުއުމިނުން ސަލާމަތް ކުރައްވާ ފާނދޭވެ. ދެން ފަހެ ތިމަން ރަސްކަލާނގެ އެކަލޭގެފާނާއި އެކަލޭގެ ފާނުގެ އަރިހުގައިވާ މީހުން ސަލާމަތް ކުރެއްވީމެވެ. ދެން އެއަށްފަހުގައި ތިބި އެންމެން ތޫފާނުގައި ޣަރަޤު ކުރެއްވީމެވެ."

= ޢާދު ބާގައިގެ މީހުން ހަލާކުވެދިޔުން:
ޢާދުބާގައިގެ މީހުން ﷲ އަށް އުރެދި އެކަލާނގެ ނޫން އެހެން ފަރާތްތަކަށް އަޅުކަން ކުރުމުގައި ޣާފިލުވުމުން މާތް ﷲ އެބައިމީހުންގެ ގާތަށް އެބައި މީހުންގެ ގައުމުގެ ބޭކަލެއް ކަމުގައިވާ ސަލާމްލެއްވި ހޫދުގެފާނު ރަސޫލު ކަމައިގެން ފޮނުއްވެވިއެވެ. ނަމަވެސް އެބައިމީހުން އެކަލޭގެފާނުގެ ބަސް ގަބޫލުނުކޮށް އެކަލޭގެ ފާނާއި ދެކޮޅުވެރިވިއެވެ. ދެން އެބައި މީހުންނާ މެދު ކަންތައް ވެގެން ދިޔަ ގޮތުގެ ވާހަކަ ޤުރުއާނުގައި މާތް ﷲ ބަޔާން ކޮށްދެއްވާފައިވަނި މިފަދައިންނެވެ. " ތިމަން ﷲ ގެ އަމުރުފުޅު އައި ހިނދު ހޫދު އަލައިހިއްސަލާމް އާއި އަރިހުގައި އީމާން ވެގެން ތިބި މީހުން ތިމަން ﷲ ގެ ރަހުމަތާއި އެކު ސަލާމަތް ކުރައްވާ، އަދި ގަދަފަދަ ވެގެންވާ ޢަޛާބުން ތިމަން ﷲ އެބައިމީހުން ސަލާމަތް ކުރެއްވީމެވެ. އެއީ ( އެބަހީ: ކާފިރުވި މީހުންނަކީ) ޢާދު ބާގައިގެ މީހުންނެވެ. އަދި އެބައި މީހުން އެބައިމީހުންގެ ވެރި ﷲ ގެ އާޔަތްތަކަށް އިންކާރުކޮށް ދެކޮޅުހެދިއެވެ. އަދި އެކަލާނގެ ފޮނުއްވި ރަސޫލުންނަށް އުރެދުނެވެ. އަދި އަނިޔާވެރި (ބާރުގަދަ) ކޮންމެ ޖައްބާރެއްގެ ބަހަށް ތަބަޢަވިއެވެ. މިދުނިޔޭގައިވެސް، އަދި ޤިޔާމަތް ދުވަހުންވެސް އެބައިމީހުންނަށް ލަޢުނަތް ލެއްވުނެވެ. ދަންނާށެވެ! ހަމަކަށަވަރުން ޢާދުބާގައިގެ މީހުން އެބައިމީހުންގެ ވެރި ރަސްކަލާނގެ ކިބައަށް ކާފިރުވިއެވެ. ދަންނާށެވެ! ޢާދުބާގައިގެ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. އެއީ ހޫދުގެ ފާނުގެ ގައުމުގެ މީހުންނެވެ." ( ހޫދު 58-60 ގެ މާނަ)

= ސަމޫދުގެ މީހުން ހަލާކުވެދިޔުން:
ސަމޫދަކީ ލޫތުގެ ފާނުގެ ގައުމެވެ. ސަމުދުގެ މީހުންނަކީ އެއްޖިންސުގެ ގުޅުން ހިންގި މީހުންނެވެ. އެބައިމީހުންގެ ކުރިން އެއްވެސް ބަޔަކު އެފަދަ ފާހިޝް ޢަމަލެއް ހިންގާފައެއްނުވެއެވެ. އެބައިމީހުންގެ ގާތަށް ލޫތުގެ ފާނު ރަސޫލު ކަމައިގެން ފޮނުއްވުނެވެ. އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައެވެ. ނަމަވެސް އެބައިމީހުން ﷲ ގެ ރަސޫލާ ލޫތުގެ ފާނަށް އުރެދުނެވެ. އަދި އެބައި މީހުން އުރެދުމުގައި ހައްދުފަހަނަ އަޅާ ދިޔައެވެ. އެހިނދު ﷲ ގަދަފަދަ ވެގެންވާ ހިއްޕެވުމަކުން އެބައިމީހުން ހިއްޕެވިއެވެ. ކީރިތި ގުރުއާނުގައި މިވާހަކަ ބަޔާން ކުރައްވަނީ މިފަދައިންނެވެ. " ދެން ފަހެ ތިމަން ﷲ ގެ އަމުރުފުޅުއައި ހިނދު އެބައިމީހުން އުޅޭ ރަށުގެ މައްޗަށް އޮތްފުށް ދަށަށް ތިމަން ﷲ ލެއްވީމެވެ. އަދި ކެކި ކެކި ހުރި އަދި އެކަމަށް ތައްޔާރުވެގެންވާ މަށި ހިލައިން ވާރޭ ފޮނުއްވީމެވެ. ކަލޭގެ ފާނުގެ ވެރިރަސްކަލާނގެ ހަޟުރަތުގައި ފާހަގަ ވެގެންވާ ގޮތުގައެވެ. އަނިޔާވެރިންގެ ކިބައިން ދުރުގައިވާ ކަމެއްކަމުގައި އެކަންތައް ނުވެއެވެ."

= މަދްޔަނުގެ މީހުން ހަލާކުވެދިޔުން:
މަދްޔަނަކީ ޝުޢައިބްގެ ފާނުގެ ޤައުމެވެ. އެބައި މީހުންނަކީ ވިޔަފާރީގައި މަކަރުހަދައި އޮޅުވާލާ އުޅުނު ބައެކެވެ. އެބައި މީހުންނަށް ތެދުމަގު ދެއްކެވުމަށް ﷲ ގެ ރަސޫލާ ފޮނުއްވުނެވެ. ނަމަވެސް އެބައި މީހުން އެކަލޭގެ ފާނަށް އުރެދުނެވެ. ދެން ކަންތަށް ވެގެންދިޔައީ ކުރީގެ އުންމަތްތަކުގެ މީހުންނާއި މެދު ކަންތައްވެގެން ދިޔަ ގޮތުގެ މަތިންނެވެ. އެމީހުންނާއި ބެހޭގޮތުން ކީރިތި ޤުރުއާނުގައި މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވަނީ މިފަދައިންނެވެ. " ތިމަން ﷲ ގެ އަމުރުފުޅުއައި ހިނދު ޝުޢައިބު އަލައިހިއްސަލާމާއި އޭކަލޭގެ ފާނުގެ އަރިހުގައި އީމާންވެގެން ތިބިމީހުން ތިމަން ﷲ ގެ ހަޟުރަތުން (ލެއްވި) ރަހުމަތާއި އެކު ތިމަން ﷲ ސަލާމަތް ކުރެއްވީމެވެ. އަދި (ބިރުވެރި ) ގޮވާލެއްވުމުގެ އަޑުއައިސް އަނިޔާވެރި މީހުން ގެންދިޔައެވެ. ދެން އެބައިމީހުންގެ ގޯތި ގެދޮރުގައި އެދުވަހު ހެނދުނު ވީއިރު އެބައި މީހުން ތިބީ ކަކޫ މައްޗަށްތިރިވެ ( މަރުވެ) ފައެވެ. އެބައިމީހުން އެތާ އުޅެފައި ނުވާ ކަހަލައެވެ. ދަންނާށެވެ! މަދުޔަނުގެ މީހުންނަށް ހަލާކާއި ގެއްލުން ހުއްޓެވެ. ޘަމޫދުގެ މީހުން ހަލާކުވެ ނެތި ދިޔަ ފަދައިންނެވެ."

އިސްވެ މި ބަޔާން ކުރެވުނީ ކުރީގެ އުންމަތް ތަކުގެ ތެރެއިން ބައެއް އުންމަތްތަށް ހަލާކުވެ ނެތިދިޔުމަށް މެދުވެރިވި ސަބަބު ތެކެވެ. އެމީހުންގެ އެފަދަ އަމަލުތައް އަހަރެމެންގެ މި މުޖުތަމަޢުންވެސް ފެންނަމުން ދާކަމީ ހިތާމަ ހުރި ކަމެކެވެ. އެއްޖިންސުން ގުޅުން ހިންގުމާއި ވިޔަފާރީގައި މަކަރު ހެދުން ފަދަ ކިތަންމެ ކަމެއް އަހަރެމެންގެ ތެރެއިން ފެންނަމުން އެބަދެއެވެ. މީގެ އިތުރުންވެސް ޒިނޭ ކުރުމާއި ފޭރުމާއި ވައްކަމާއި މާރާމާރީ ފަދަ، އަމަލު ތަކަކީ މާތް ﷲ ގެ ކޯފާއަށް ހުށައެޅިގަތުމަށް މެދުވެރި ވެދާނޭ ސަބަބު ތަކެވެ. އޭރު އެމީހުންގެ މައްޗަށް ޢަޛާބު ފޮނުވުނު ގޮތަށް މިއަދު އަހަރެމެންގެ މައްޗަށްވެސް ޢަޛާބު ފޮނުއްވުމަށް އެކަލާނގެ ކުޅަދުން ވަންތައެވެ. މާތްﷲ އީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އަހަރެމެންގެ މި ކުޑަ ކުޑަ ދިވެހިރާއްޖެއަކީ އެންމެހާ ފާހިޝް އަމަލުތަކުން ދުރުވެގެންވާ ތަނެއްކަމުގައި ލައްވާށި! އާމީން.

ރެފަރެންސް: އައްޝައިޚް މުހައްމަދު ޝަހީމް އަލީސަޢީދު ލިއުއްވާފައިވާ "ދީނާއި ދުނިޔެ"

ޕޯސްޓް ކުރީ dhi-burunu ތާރީޚް Sunday, March 28, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

1 ޚިޔާލު ލިބިފައިވޭ. "ހަލާކުވެ ދިޔަ ބައެއް އުންމަތް ތަކާއި އެބައިމީހުން ހަލާކުވެދިޔަ ސަބަބު."

  1. މިއީ ވިސްނާނުލާ ދޫކޮށްލާވަރަށް ވުރެން ބޮޑެތި ކަންތަކެވެ. ވަގުތު ފާއިތުވެ މީހާ ހަލާކުގެތެރެއަށް ވެއްޓި ހުރިހާކަމެއް ނިމޭފަހުން ހޭވެރިކަން އައިސްގެން ބަލާލާއިރު ކަމަކުދާކަށް ނެތެވެ. ހަތަރުފަރާތުން ނުރައްކަލެވެ. ބިރުވެރިކަމެވެ. ނާމާންކަމެވެ. ސަހަނރޯއެވެ. މިކަމުން ސަލާމަތްވުމަށް ބޭނުންވާ ހުރިހާ ހަތިޔާރެއްގެ ތެރޭގައި އުޅެފައި އައިމީހާ މިހިރީ އެއްވެސް ހަތިޔާރަކާ ނުލާ ހުސްއަތާއައިހެވެ. އަދި އެންމެ ބޮޑަށް ހިތާމަހުރި ކަމަކީ ހަތިޔާރުއަޅަން އަނބުރާ ދެވޭނެ ގޮތެއްވެސް ނެތްކަމެވެ. އެހެންވީމާ މިދުނިޔެއިން ވަކިވުމުގެ ކުރިން "ހިތަޔާރުއަޅާ" ތައްޔާރުވުމަށް މަސައްކަތް ކުރަމާތޯއެވެ. އޭރުން އުފަލާއި އަރާމާއި ހިތްހަމަޖެހުން ލިބޭނެއެވެ. އެއްވެސް ކަހަލަ ހިތާމައެއް ހާސްކަމެއް ނުރައްކަލެއް ނޯންނާނެއެވެ. ބޭނުންކޮންމެ ކަމެއް ހާޞިލް ކުރެވޭނެއެވެ. މިފަދަ ނަޞީބަކުން މަޙުރޫމު ވެގަތުމަކީ ހަމަބުއްދީގެ އަހުލުވެރިއަކު ކުރުމަށްވުރެ ނުކުރުން ގާތް ކަމެކެވެ. ވީމާ މިކަމާއިމެދު ތަންކޮޅެއް ފުން ނަޒަރަކުން ބަލާލަމާތޯއެވެ.

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive