ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

އަދުލް އިންސާފް ކޮބައިތޯއެވެ؟


މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބައިތޯއެވެ. އަދުލު އިންސާފޭ މިކިޔާއެތި އޮތީ ނިދާފައިތޯއެވެ؟ ނުވަތަ މަރުވީތޯއެވެ؟ ނިކަން މިސުވާލުތަކަށް ކެރިގެން ޖަވާބު ދެއްވަބައްލަވާށެވެ.
ބޮޑެތި ޖަރީމާތަކުން އޮހޮރެމުންދާ ލެއިން މުޅިގައުމު މިވަނީ ރަތްވެފައެވެ. ބޮޑެތި ކުށްތައްކުރާ މީހުން އަދުލުއިންސާފުގެ ކުރިމައްޗަށް ގެނެވޭތަނެއް ނުފެނެއެވެ. މިއާ ހިލާފަށް އަބަދުވެސް މިފެންނަނީ ކުށްވެރިން ގޭބަންދައް ދޫކުރާތަނެވެ. އެމީހުން ހައްޔަރުކޮށް އެމީހުން އަދުލުއިންސާފުގެ ކުރިމައްޗަށް ނުގެނެވެންޏާ މިގައުމުގައި ހަމަޖެހުމެއް ނޯންނާނެއެވެ. މިއީ އެއްވެސްމީހަކު ދެބަސްވާނެ ކަމެއްނޫނެވެ. ހަގީގަތަށް ބަލަންޏާ މި ދިވެހިރާއްޖޭގެ އަދުލުއިންސާފުގެ ނިޒާމްއޮތީ ފޭލްވެފައެވެ. މިނިޒާމުގައި ބޮޑެތި ބާގަޑުތަކެއް އެބަހުރިކަމަށް ގިނަފަރާތް ތަކަކުން ބުނަމުންދާއިރު އެބާގަޑުތައް ބައްދަން ގާނޫނުތައް މަޖިލީހުންނަހަދަނީ ކީވެގެންތޯއެވެ؟ އާގާނޫނު އަސާސީއެއްއޮތް ކަމުގައިވިޔަސް އަދުލުއިންސާފުގެ ނިޒާމް އަދިވެސް އޮތީ ކުރިން ހަމައޮތް ގޮތަށެވެ. ޖިނާއީ އިޖުރާތުގެ ބިލް އޮތްގޮތަށް އޮތީއެވެ. އަމަލު ކުރަމުންދަނީ މީގެ 42 އަހަރުކުރިން ހަދާފައިވާ ގާނޫނުލް އުގޫބާތަށެވެ. ހެއްކާ ބެހޭ ގާނޫނެއް ނެތް އިރު ހެކިބަސްދޭ މީހުންގެ ހިމާޔަތެއްނެތެވެ.
ގާނޫނުލް އުގޫބާތާއި،ހެއްކާބެހޭގާނޫނާއި،ޖިނާއި އިޖުރާތުގެގާނޫނާ ތިނެތި ނިކުމެގެންނޫނީ(ޖިނާއީ އަދއަދުލުގެ ނިޒާމް)ނުހިންގޭނެ ކަމަށް ކުރީގެ ބަންޑާރަނައިބު ވަނީވިދާޅުވެފައެވެ .އެކަމަކު އެގާނޫނުތައް ނެތަސް ފުލުހުންގެ ގާނޫނުން ލިބިދޭބާރުތަކާ އެކު މައްސަލަތައް މިހާރަށްވުރެ ކުޑަ ކުރެވޭނެ ކަމަށް އޭނާ ދެކިލައްވައެވެ.

ކުށްކުރާމީހުން ހައްޔަރު ކުރުމުގާއެންމެ އިސްރޯލެއް އަދާކުރަނީ ފުލުހުންނެވެ. ކުށްކުރާމީހުން ހިފާ ހައްޔަރުކުރުމަށް ފުލުހުންނަށް ވަރަށް ބޮޑެތި ބާރުތަކެއް ލިބިދީފައި ވާކަން އެމީހުން ވެސް ގަބޫލު ކުރެއެވެ. ނަމަވެސް ސްޕްރިޑެންޓް އޮފް ޕޮލިސް ދެކެވަޑައި ގަންނަވާ ގޮތުގައި މުޅި ނިޒާމު އިސްލާހު ނުވަނީސް އެބާރު ތަކެއްގެ ފައިދާއެއް ނުފެންނާނެއެވެ.

ޖަލަށް ހުކުމް ކޮށްފައި ތިބި އެތަށް ކުއްވެރިންނެއް ގޭބަންދަށް ދޫލޮށްފައި ވުމީ އަދުލު އިންސާފްގެ ނިޒާމް ބަރާބަރަށް މަސައްކަތް ނުކުރާ ކަމުގެ ހެއްކެކެވެ. ސަރުކާރުން މިކަންކަމާމެދު ފިޔަވަޅެއް އަޅާފައި ނުވުމުން މިއިން ދޭހަވަނީ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ސަރުކާރު ނުކުޅެދިފައިވާ މިންވަރެވެ.

މުޖުތަމައުގައި ކުށްކުރާ މީހުން އިތުރުވެ ކުރާކުށްތަށް ހައްދުން ނެއްޓުމަކީ ގައުމީ ބޮޑު މައްސަލައެކެވެ. މި މައްސަލަ ހައްލު ކުރެވެން އޮތީ އެންމެން އެއްގަލަކަށް އަރާ އަދުލު އިންސާފްގެ ނިޒާމް ހަރުދަނާ ކޮށްގެންނެވެ. އެއްބަޔަކު އަނެއްބަޔަކު ކުއްވެރި ކުރުމަށް ނަގާލާ ކޮންމެ ވަގުތަކީ ކުށުގެ ޗޭނަށް އެމުނޭނެ އިތުރު ބޮޅެކެވެ. ރައްޔިތުންނަށް އިހްސާސް ކުރަން ޖެހޭނީ އިތުރު ބިރުވެރި ކަމެކެވެ.

ލިޔުނީ: އަލް އިސްލާޙް

ޕޯސްޓް ކުރީ dhi-burunu ތާރީޚް Monday, March 29, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "އަދުލް އިންސާފް ކޮބައިތޯއެވެ؟"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive