ނަރަކަ އެދިގޮވަނީ އެމީހުންނަށް!؟!؟
ލިޔުނީ: އަލީ އަހްސަން އިހްސާން
ރައީސް ނަޝީދު ރާއްޖޭގެ ރައްޔިތުންނާއި މުހާތަބުކޮށް ކޮންމެ ހުކުރު ދުވަހަކު ދެމުންދާ ހިތާބުތަކުގެ ތެރެއިން އެންމެ ފަހުގެ ހިތާބު ވެގެން ދިޔައީ ގިނަ ބައެއްގެ މެދުގައި ރައީސް ނަޝީދުއާއި މެދު ހިތްހަމަ ނުޖެހުން އިތުރުވެގެން ދިޔަ ސަބަބަކަށެވެ.
މީގެ ކުރިން ނަރަކައިގެ ވާހަކަ އާއި ނަރަކައަށް ދާނެކަމަށް ހަދީސްތަކުން ސާބިތުވާ މީހުންގެ ސިފަތަށް ކިޔައިދިނުން އޮންނަނީ ސާކިއުލާއަކުން މަނާކޮށްފައެވެ. ޤިޔާމަތުގެ ވާހަކައަކީ މީހުންނަށް ނަފްސާނީ ގެއްލުން ލިބިދޭކަމަކަށް އޮންނަނީ ވެފައެވެ. އެހެނަސް ރައީސް ނަޝީދު ވެރިކަމަށް އިސްކުރެވުނު ހިނދު ‘ތިމަންނާ ދީނީ ކަންކަމާއި ބެހުމުގެ ބަދަލުގައި އެކަން ހަވާލުކުރާނީ ދީނީ ދަންނަ ބޭކަލުންނާއޭ’ ވިދާޅުވެފައިވެއެވެ. އެހެނަސް މިހާރު މަންޒަރު މިދަނީ މަޑުމަޑުން ބަދަލުވަމުންނެވެ. ދީނީ ކަންކަމަށް ފަތުވާ ދިނުމުގެ ބަދަލުގައި ލާދީނީ ފަތުވާތައް މިދަނީ އާންމުކުރުމަށް ބާރުއަޅަމުންނެވެ. ހަދީސްތަށް ކިޔުމުން މީހުންގެ ‘ހައްޤު’ތައް ގެއްލޭކަމަށް މިއަދު މިވަނީ ވެފައެވެ. ނަރަކައާއި ސުވަރުގޭގެ ވާހަކަތަކުން ޒިކުރު ކުރުމުގައި މިއަދު މިވަނީ ޢިލްމުވެރިން ‘ދެވަނަ ވިސްނުކަމުން’ ވިސްނާން ޖެހިފައެވެ.
ރައީސް ނަޝީދު ވިދާޅުވަނީ ‘އަންހެން ބޭފުޅުންނާ ގުޅޭގޮތުން އެ ދެކެވޭހާ ވާހަކަތައް އެއީ، އެބޭފުޅުން ހިތްހަމަޖެހޭ ކަމެއް ނޫނޭ.’ އެވެ. ހިތާމައަކީ ބަޔަކު ހަމަ ޝަކުވާ ކުރާއިރަށް ރައީސްވެސް އެކަން ޤަބޫލުކުރިކަމެކެވެ. އަދި ޤައުމާއި މުހާތަބުކޮށް ރައީސް ދެކޭގޮތް ހާމަކުރިކަމެކެވެ. ރައީސް ނަޝީދުއަށާއި ރައީސް ކައިރީ ‘ކުޓުވި’ އަންހެން ކުދިންނާއި ފިރިހެން ކުދިންކައިރީ ބުނެލަން އޮތީ ނަރަކަ ވަށައިގެން ވަނީ ހިތްހަމަޖެހޭ ކަންކަމުން ޒީނަތްތެރިކުރެވިގެންނެވެ. އޭގެ ޒީނަތުގައި ޖެހި ނަރަކައަށް ވަޑައިނުގަންނަވާށެވެ.
ރަސޫލާ ހަދީސް ކުރެއްވިއެވެ، صِنْفَانِ مِنْ أَهْل النَّار لَمْ أَرَهُمَا : قَوْم مَعَهُمْ سِيَاط كَأَذْنَابِ الْبَقَر يَضْرِبُونَ بِهَا النَّاس , وَنِسَاء كَاسِيَات عَارِيَات مُمِيلَات مَائِلَات رُءُوسهنَّ كَأَسْنِمَةِ الْبُخْت الْمَائِلَة لَا يَدْخُلْنَ الْجَنَّة وَلَا يَجِدْنَ رِيحهَا , وَإِنَّ رِيحهَا تُوجَد مِنْ مَسِيرَة كَذَا وَكَذَا ) رواه مسلم. ނަރަކައިގެ އަހުލުވެރިންގެ ތެރެއިންގެ ތެރެއިން ދެބާވަތެއްގެ ބަޔަކުވެއެވެ. ތިމަންކަލޭގެފާނު އެދެބައިމީހުން ދެކެވަޑައިނުގަންނަވަމެވެ. އެއީ ގެރީގެ ނިގޫފަދަ ހަންމުށިފަދަ ޗާބޫކުތަކަކުން މީސްތަކުންގެ ގައިގައި ނުޙައްޤުން ތަޅާހަދާ އަދަބުދޭ ބަޔަކާއި، ހެދުންތުރުކުރައްވައިގެން އޮރިޔާމުން އުޅޭ އަންހެނުންތަކެކެވެ. އެކަނބަލުންތަކަކީ އިތްފަތްތެރިކަމުގެ ސީދާމަގުން އެއްކިބާވެ ލެބިފައިތިބޭ އަދި އެހެންމީހުން ސީދާމަގުން އެއްކިބާކޮށް ލަންބުވާ ބައެކެވެ. އެކަނބަލުންގެ އިސްތަށިގަނޑު ވައްތަރުވާނީ ޖަމަލުގެ ގޮންގަނޑު ހެންނެވެ. އެކަބަލުންނަކަށް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ. އަދި އެތާގެ ވަސް އެވެނި މިވެނި ދުރުމިނަކަށް ފޯރައެވެ.”
ނަރަކަ އަށާއި ސުވަރުގެ އެދިގޮވަނީ ކޮންބަޔަކަށް ހެއްޔެވެ؟ ނަރަކަ އާއި ސުވަރުގޭގެ ވާހަކަތައް ދަރުސްތަކުގައި ދެއްކުމުގެ ތެރޭގައި ނުބައި ނުލަފާ އަންހެނުންގެ ވާހަކަ ދެއްކުމުން އެކަމާއި ހާސްވެގެން ‘ހެޔޮލަފާ’ އަންހެންވެރިން ނޫޅޭނެކަން ސައްވީސް ގަޑިއިރު ހަމަހޭގައި ހުންނަ އެއްވެސް މީހަކު ދެކޮޅެއް ނަހަދާނެއެވެ. އެހެނަސް ރޯދަ ނުހިފާ، ނަމާދު ނުކޮށް، އެއްޖިންސުންގެ ގުޅުންހިންގާ، ޤުރުއާން ޤަބޫލުނުކުރާ، ހަދީސް ޤަބޫލު ނުކުރާ، ލެއްވިހައި ނުބައި އަމަލެއް ކުރާ، ނަމުން މުސްލިމު އަންހެނުން އެކަމާ ވަރަށް ހާސް ވާނެކަން ޔަގީނެވެ. އެހެނީ ދަރުސްތަކުގައި އިންޒާރު އެކުރަނީ އެފަދަ ‘އަންހެނުން’ގެ ވާހަކައެވެ. އެއްވެސް ހާލެއްގައި ‘ބަސްއަހާ’ އަންހެން ބޭކަބަލުންގެ ވާހަކައެއް ނޫނެވެ.
ޕޯސްޓް ކުރީ dhi-burunu
ތާރީޚް Tuesday, March 30, 2010. މިލިޔުން ހިމެމެނޭނީ
ދީން
.
ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..
Assalaam Alaikum, varah rangalhu liyumen Masha Allah, Jazak Allah Khairan! Haqeeqathuga mi ee varah dhera kameh. Kureegai bunevemun aee kudakudhinah "nafsaanee gothun" gellun vanee ey narakaige vaahaka dhikr kurevuneema mihaaru haqqu adu ahan beynun nuvaa anhenunah "nafsaanee gothun" gellun vany thoa ehcheh. Mihen vaahaka dhakkaa iru raees Nasheed visnaalan jehey kanneynge tv in dhakka lava programme thakaa enoon ves faahish amalauthah dhakkuvess zaai zaaithuge film thakaa programme thakuge sababun mujuthamauge ethah bayakah hageegathugai nafsaanee gothun asaru kuraa kan. Mi faaduge kanthah huttuvan evves baareh naalhanee keevetho varah hithah araa. Raees ah bunelan othy thi kanthah thiya gothah kuran noolheyshey, Allah ekalaange dheen rakkaatheri kurahvaane ey. Thiyahen ulhen ulhenyaa anekkaaves ehen veriaku hovan jehi dhaane ey.
ހީވާގޮތުން ދިވެހިންގެ ތެރެއިން ބައެއް މީހުން ހޯދަން މިއުޅޭ މިނިވަންކަމަކީ މާތް ﷲ ގެ އަޅުވެތިކަމުން މިންޖުވާ މިނިވަންކަމެވެ. އެ މިނިވަންކަން ބޭނުންވެގެން އުޅެވޭއިރު ތިމާމެނަށް މިއުޅެވެނީ ﷲ ގެ ބިމުގައެވެ. މިތަނުން ބޭރުވެގެން ދެވޭނެ އެހެން ތަނެއް ނެތެވެ. ތިމާމެން ކަނީ ﷲ ގެ ރިޒުގެވެ. އެހެން އެއްވެސް ފަރާތަކުން ލިބޭނެ އެއްޗެއް ނޫނެވެ. އެބުރިދާން މިސުރާބު ޖަހާފައި ވަނީ ﷲ ގެ ޙަޟުރަތަށެވެ. ދެވޭނެ އެހެން އެއްވެސް ދިމާލެއް ނެތެވެ. ހަޔާތުގެ ނަވުގެ ސަމުގާއަކީ ދެވަނަ މިސުރާބެއް އިންނަ އެއްޗެއް ނޫނެވެ. މީހާ އުފަންވުމާއިއެކު މިސުރާބު ޖަހަނީ މަރާދިމާލަށެވެ. ދެން އެއްކަށްވަޅުގެ އަނދިރިކަމާއި ނާމާންކަމެވެ. ދެން މަޙުޝަރު ދުވަހުގެ ބިރުވެރިކަމެވެ. ތިމާގެ ފަތް ފުރަގަހުން ލިބިއްޖެނަމަ ތިމާވަންނަންޖެހޭ ނަރަކައިގެ ވޭންދެނިވި އަޒާބެވެ. މިކަން މިހެން އޮތްއިރު ﷲ އަށް އަޅުވެތިކަން އަދާންކުރުން ނޫން އެހެން ގޮތެއް އެބައޮތްހެއްޔެވެ