ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ފޭސްބުކު: ދުނިޔޭގެ އެންމެ މަޝްހޫރު ސޯޝިއަލް ނެޓްވޯކް.

ދުނިޔޭގެ އެންމެ މަޝްހޫރު ސޯޝިއަލް ނެޓްވޯކަކީ ކޮބާހޭ އަހަލައިފިނަމަ ޖަވާބުގައި ބުނާނީ ފޭސްބުކްއެވެ. ޝައްކެއްވެސް ނެތެވެ. ފޭސްބުކަކީ ދުނިޔޭގެ އެންމެ މަޝްހޫރު ސޯޝިއަލް ނެޓްވޯކެވެ. ދުނިޔޭގެ އެތަށް ބަޔަކު ދަނީ ފޭސްބުކުގައި ރަޖިސްޓްރީކޮށް ފޭސްބުކުގެ ބޭނުން ކުރަމުންނެވެ. މިހާތަނަށް އައި އިރު ފޭސްބުކުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ އަދަދު 400 މިލިޔަނަށް ވުރެ ގިނައެވެ.

ފޭސްބުކު އާންމުންގެ ތެރޭގައި މިހާ މަޝްހޫރު ވެފާ ވަނީ އެ ސައިޓްގައި ހިމަނާފައިވާ ތަފާތު ގިނަ ކަންތައްތަކުގެ ސަބަބުންނެވެ. މިގޮތުން ބަލާ އިރު މީގެ ތެރެއިން ފާހަގަ ކޮށްލެވޭ އެންމެ މުހިންމު އެއްކަމަކީ ސައިޓްގައި ހިމަނާފައިވާ ގޭމްތަކެވެ. ދަނޑު ހެއްދުމާއި،ކެފޭ ހިންގުމާއި،މަސްގެންގުޅުމާއި އަދި މާފިޔާ ފަދަ ގޭމްތަކަކީ އެތަށް ބަޔަކު އެއަށް ދެވި ހިފާފައިވާ ގޭމް ތަކެކެވެ. އެއްބަޔަކު ދުވަހުގެ ބޮޑުބައި ފޭސްބުކުގައި ދަނޑު ހެއްދުމުގައި ހޭދަކުރާއިރު އަނެއްބަޔަކު އޮފީހުގެ ގިނަ ވަގުތުތަށް ހޭދަކުރަނީ ފޭސްބުކުގައި ކެފޭ ހިންގުމުގައެވެ. މިއީ އާންމުންގެ މެދުގައި ފޭސްބުކު މަޝްހޫރު ވެފައި ވާކަން ދޭހަވާ ކަންކަމެވެ. ފޭސްބުކުގައި ހިމެނޭ އެހެން ފީޗާތަކަށް ބަލާއިރު ފޮޓޯ އަލްބަމްހެދުން، ތަފާތުނަން ނަމުގައި ގްރޫޕްތަށް ހެދުން، ފޭން ޕޭޖްތަށް ހެދުން އަދި މީގެ އިތުރުންވެސް އެތަށް އެތަށް ކަންތަށްތަކެއް ހިމެނެއެވެ.

މިހިސާބުން މިހިމަނާލަނީ ފޭސްބުކުގެ ބައެއް ތަފާސް ހިސާބުތަކެވެ.
ފޭސްބުކުބޭނުންކުރާމީހުންގެ 50 ޕަސެންޓް މީހުން ކޮންމެދުވަހަކުވެސް ފޭސްބުކަށްވަދެއެވެ.
ފޭސްބުކު ބޭނުންކުރާމީހުންގެ ތެރެއިން 35 މިލިޔަން މީހުން ކޮންމެ ދުވަހަކު އެމީހުންގެ ސްޓޭޓަސް އަޕްޑޭޓް ކުރެއެވެ.
މަހެއްގެމައްޗަށް 3 ބިލިޔަނަށްވުރެ ގިނަ ފޮޓޯ ފޭސްބުކަށް އަޕްލޯޑް ކުރެއެވެ.
މަހެއްގެ މައްޗަށް 3.5 މިލިޔަން އިވެންޓް ފޭސްބުކުގައި އުފައްދައެވެ.
3 މިލިޔަނަށްވުރެ ގިނަ ފޭން ޕޭޖް ފޭސްބުކުގައި އެކްޓިވް ކުރެވިފައިވެއެވެ.
ފޭސްބުކު ބޭނުންކުރާ މީހުންގެ ތެރެއިން އެވަރެޖްކޮށް ކޮންމެ މީހެއްގެ 130 ރަހުމަތްތެރިން ގެންގުޅެއެވެ.
އެވަރެޖްކޮށް މަހެއްގެ މައްޗަށް ފޭސްބުކު ބޭނުންކުރާމީހުން 25 ކޮމެންޓް ކުރެއެވެ.
70 އަށްވުރެގިނަ ބަހަށް ފޭސްބުކު ޓްރާންސްލޭޓް ކުރެވެއެވެ.
ފޭސްބުކު ބޭނުން ކުރާމީހުންގެ 70 ޕަސެންޓް މީހުންނަކީ އެމެރިކާއިން ބޭރު މީހުންނެވެ.
މިހިމަނާލެވުނީ ފޭސްބުކުގެ ބައެއް ތަފާސް ހިސާބުތަކެވެ. މިނޫން އެހެން ހިސާބުތަށްވެސް ފާހަގަ ކުރެވިފައި ހުރެދާނެއެވެ. މިލިޔުމުގައި މި ހިމަނާލީ އޭގެތެރެއިން ބައެއް މުހިންމު ހިސާބުތަކެވެ.
މިހިސާބުތަކަށް ބަލާއިރު ފޭސްބުކަކީ އެންމެ މަޝްހޫރު ސޯޝިއަލް ނެޓްވޯކޭ ނުދެންނެވޭނެ ސަބަބެއްނެތެވެ.

މަޝްހޫރު ސޯޝިއަލް ނެޓްވޯކް ފޭސްބުކު އެންމެ ފުރަތަމަ ދުނިޔެއަށް "އުފަންވެފައި" ވަނީ 2004 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ފޭސްބުކުގެ ފައުންޑަރ އަދި ސީ.އީ.އޯ އަކީ މާރކް ޒެކަރބާގް އެވެ. ފޭސްބުކާއިބެހޭގޮތުން ހޮލީވުޑްގައި ފިލްމެއް ހަދަން އުޅޭ ކަމުގެ ހަބަރުވެސް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ފެތުރިފައެވެ. އަޅުގަނޑު އުންމީދު ކުރަނީ ކުރިއަށް އޮތްތާގައިވެސް ފޭސްބުކަށް ކާމިޔާބީތަކެއް ލިބިގެން ދާނެކަމަށެވެ.

ޕޯސްޓް ކުރީ dhi-burunu ތާރީޚް Tuesday, March 30, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ފޭސްބުކު: ދުނިޔޭގެ އެންމެ މަޝްހޫރު ސޯޝިއަލް ނެޓްވޯކް."

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive