ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ކާމިޔާބު ލިބޭނީ އޭރުންނެވެ.

އޭ އެންމެހާ ލޮބިވެތި މުސްލިމް އަޚުންނާއި އުޚުތުންނޭވެ. ތިޔަބައިމީހުން މި ދުނިޔެއަށް ފޮނުއްވުނީ ކީއްކުރަން ކަމާމެދު ތިޔަބައިމީހުން އެންމެ ފަހަރަކު ނަމަވެސް ވިސްނާލީމުހެއްޔެވެ؟ ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާ ދޭތެރޭ އެންމެ ފަހަރަކުވެސް އަޅެ ވިސްނާ ފިކުރުކޮށްލިންހެއްޔެވެ؟
ނޫނެކެވެ. މިއިން އެއްވެސް ކަމަކާ ތިޔަބައިމީހުން ވިސްނައެއްނުލައެވެ. ތިމާމެން މަޝްޢޫލު ވެގެން އުޅެނީ ދުނިޔަވީ ކަންކަމުގައެވެ. ކުޅިވަރާއި މަޖަލުގައެވެ. ފޭސްބުކުން ގޭމް ކުޅުމުގައެވެ. މެސްއެސް އެން އިން ޗެޓްކުރުމުގައެވެ. މިގް 33 އިން މީހުން ހައްދާ ގޯސްވާހަކަތައް ދެއްކުމުގައެވެ. އަޅުގަނޑު ދަންނަވަން މިއުޅެނީ މިއީ ހަރާމް ކަންކަމޭ ނޫނެވެ. ނަމަވެސް ގޯސްގޮތުގައި ބޭނުން ކުރާނަމަ އެކަންކަންވެސް ހަރާމް ވާނެއެވެ. މިފަދަ ގޮތްގޮތަށް ދުނިޔޭގެ ދަޅައަށް ހެއްލިގެން އުޅޭ މީހުންނާ ބެހޭ ގޮތުން މާތްﷲ ވަހީ ކުރައްވަނީ މިފަދައިންނެވެ.
" ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުންވާކަން ކަށަވަރީ ކުޅިވަރެއްކަމުގައެވެ. އަދި މަޖަލެއްކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ވެއެވެ. އަދި މުދާތަކާއި ދަރިންތަކާމެދު އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއްކަމުގައެވެ. ވާރޭ ފެނެއްގެ މިސާލުގައެވެ. އެފެނުން ފެންލިބިގެން ފެޅިގަސްތަކެއް ދަނޑުވެރިން ޢަޖައިބު ކޮށްފައިވެއެވެ. ދެން އެގަސްތައް ހިކިދެއެވެ. ދެން އެގަހުގެ ފަތްތަށް ރީނދޫ ވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެހިކި ހުއިތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައިވަނީ ގަދަފަދަ ވެގެންވާ ޢަޛާބެވެ. އަދި ﷲގެ ހަޟުރަތުންލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއްކަމުގައިމެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ."

އޭ އެންމެހާ އަޚުންނާއި އުޚުތުންނޭވެ! ހަމަ އެކަނި ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔާލުމަކުން އަދި އިސްލާމަކަށް ނުވެވޭނެއެވެ. މީގެ އިތުރުންވެސް ކުރަންޖެހޭ ބައިވަރު ކަންތައްތަކެއް ހުރެއެވެ.މިގޮތުން ޝަހާދަތަށްފަހު ދެވަނައަށް އެމްނެ މުހިންމު ކަމަކީ ފަސްވަގުތު ބަރާބަރަށް ނަމާދުކުރުމެވެ. ނަމާދަކީ އިސްލާމް ދީނުގެ ތަނބެވެ. އަދި ނަމާދަކީ މުއުމިނުންގެ މައްޗަށް ވަގުތު ކަނޑައެޅިގެންވާ އަޅުކަމެކެވެ. މާތް ﷲ ގެ ވަހީ ބަސްފުޅުގެ މާނައިގައި ވަނީ މިފަދައިންނެވެ. " ހަމަކަށަވަރުން ނަމާދަކީ މުއުމިނުތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެންއޮތް އަޅުކަމެއްކަމުގައިވެއެވެ." ނަމާދު ގާއިމްނުކުރާ މީހުންނަށް ގަދަފަދަ ޢަޒާބު އެކަލާނގެ ތައްޔާރު ކުރައްވާފައިވެއެވެ. އެހެންކަމުން ވަގުތުން ވަގުތަށް ނަމާދު ކުރުމަށް ސަމާލުކަމެއް ދޭންޖެހެއެވެ. މާތް ﷲ ވަހީ ކުރައްވާފއި ވަނީ މިފަދައިންނެވެ. " ނަމާދު ކުރުންމަތީ ދެމިތިބުމަށް ތިޔަބައިމީހުން ފަރުވާތެރިވާށެވެ. އަދި ނަމާދު ކުރުމާމެދު ތިޔަބައި މީހުން ފަރުވާކުޑަނުކުރާށެވެ."

ތިންވަނަ ކަމަކީ ރަމަޟާންމަހުގެ ރޯދަހިފުމެވެ. މާތް ﷲ ވަހީ ކުރައްވަނީ " އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗައް ފަރުޟު ކުރެވުނު ފަދައިން ތިޔަބައިމީހުންގެ މައްޗައްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ." ރޯދައިން އަހަރެމެންނަށް އެތަށް ފިލާވަޅުތަކެއްލިބިދެއެވެ. ކެތްތެރިކަމުގެ ރީތި ނަމޫނާ ރޯދައިން އަހަރެމެންނަށް ލިބިދެއެވެ. ދޮގުހެދުމާ މަކަރު ހެދުމާ، ޣީބަ ބުނުން ފަދަ ކަންތައްތަކުން ދުރުހެލިވެގެން ނޫނީ ފުރިހަމަ ރޯދައެއް ނުހިފޭނެއެވެ. އަދިވެސް އެހެން ގޯސްކަންތައްތަކުން ދުރުހެލިވާން ޖެހޭނެއެވެ. އެހެން ކަމުން ރޯދައކީ ރައްކާތެރިކަމެއްގެ ގޮތުގައި ސިފަކުރެވިދާނެއެވެ. ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމަގެ ހަދީސް ބަސްފުޅުގައިވެސް ވަނީ މިފަދައިންނެވެ. " ރޯދައަކީ ރައްކާތެރިކަމެކެވެ."

ހަތަރުވަނަކަމަކީ ޒަކާތް ދިނުމެވެ. ޒަކާތަކީ ވިސްނާ ފިކުރު ކުރާބަޔަކަށް އޭގައި ގިނަ ހިކުމަތްތަކެއް އެކުލެވިގެންވާ ކަމެކެވެ. މިގޮތުން ޒަކާތުގެ އެންމެ މުހިންމު ކަމަކީ މުއްސަނދިންނާއި ފަގީރުން ހަމަހަމަ ކުރުމެވެ. މިއީ އިސްލާމް ދީނުގައި ތަފާތު ކުރުން ނެތްކަން ފެނިގެންދާ ރިވެތި ޢަމަލެކެވެ. އަދި ޒަކާތް ދިނުމުގެ ސަބަބުން މުދަލުގައި ބަރަކާތްލައްވައެވެ. މާތްﷲ ގެ ބަސްފުޅެއްގައި ވަނީ މިފަދައިންނެވެ. " އަދި ބާތިލް މަގުން އެއްކިބާވެ، ﷲ އަށް އަޅުކަން ޚާލިސް ކުރާ ހާލު ﷲއަށް އަޅުކަން ކުރުމަށާއި، ނަމާދު ޤާއިމް ކުރުމަށާއި، ޒަކާތް ދިނުމަށްމެނުވީ އެއުރެންނަށް އަމުރު ކުރައްވާފައެއް ނުވެއެވެ. އަދި ސީދާ ވެގެންވާ ދީނަކީ އެއީއެވެ."

ފަސްވަނަކަމަކީ ކުޅަދާނަ ވެގެންވާ މީހާ މާތް ﷲ ގެ ގެކޮޅަށްގޮސް ހައްޖުވުމެވެ. ހައްޖަކީވެސް އޭގައި އެތަށް ފިލާވަޅުތަކެއް އެކުލެވިގެންވާ އަޅުކަމެކެވެ. ޒަކާތެކޭ އެއްގޮތަށް ހަމަހަކަން ހައްޖުންވެސް ފެނިގެން ދެއެވެ. އެއްކުލައެއްގެ އެއްވައްތަރެއްގެ ހެދުމެއްއަޅައިގެން ތިބޭއިރު އެމީހުންނަކީ އެއްފަރާތަކަށް އީމާންވާ އެއްބައެއްވަންތަ ބައެއްކަން ދޭހަވެއެވެ. އަނެއްކޮޅުން ބަލާއިރު ހައްޖުވާން ދާމީހާ ދަނީ އޭނާގެ އަނބި ދަރިންނާއި ގެދޮރާ މުދާ ދޫކޮށްލައްފައެވެ. މީގެންވެސް ދޭހަވަނީ ދުނިޔޭގެ ދިރިއުޅުމަކީ އެއްވެސް އެއްޗެއްނޫންކަމެވެ.

މިބަޔާންކޮށްލެއްވުނީ އިސްލާމް ދީނުގައި ޝަހާދަތަށްފަހު އެންމެ މުހިންމު ކަންތައްތަކެވެ. މީގެ އިތުރުންވެސް ހެޔޮ ޢަމަލުގެ ގޮތުގައި ކުރެވިދާނެ އެހެނިހެން ކަންތައްތައްވެސް ހިމެނެއެވެ. މިސާލަކަށް ބުނާނަމަ ސަދަގާތް ދިނުމާއި ސުންނަތް ރޯދަ ހިފުމާއި ގިނަގިނައިން ގުރުއާން ކިޔެވުން ހިމެނެއެވެ.
އޭ އެންމެހާ އަޚުންނާއި އުޚުތުންނޭވެ! އަވަހަށް ﷲ ގެ މަގަށް ރުޖޫޢަވާށެވެ. ތިޔަބައިމީހުން ދުނިޔެއަށްފޮނުއްވުނީ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. މާތްﷲ ގެ ވަހީ ބަސްފުޅުގައި ވަނީ މިފަދައިންނެވެ. " ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށްމެނުވީ ތިމަންރަސްކަލާނގެ ޖިންނިންނާއި އިންސީން ނެއް ނަހައްދަވަމެވެ." އެހެން ކަމުން ކާމިޔާބު އޮތީ އެކަލާނގެ މަގަށް ރުޖޫޢަވެގެންކަން ކަށަވަރެވެ. އަވަހަށް ފުރިހަމަވެގެންވާ ތައުބާވުމަކުން ތައުބާވާށެވެ.
= ލިޔުނި: އަލް އިސްލާހް=

ޕޯސްޓް ކުރީ dhi-burunu ތާރީޚް Wednesday, March 31, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ކާމިޔާބު ލިބޭނީ އޭރުންނެވެ."

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive