އެންމެ ފަހުގެ

|

މިކަންކަމާ ވިސްނާލީމުހެއްޔެވެ؟


ދުނިޔޭގެ އެކި ހިސާބުތަކަށް ނަޒަރު ހިންގާލައިފިނަމަ ފެންނާނީ ގުދުރަތީ އެކި މުސީބާތްތަށް ކުރިމަތިވެފައިވާތަނެވެ. ބިންހެލުމާއި ފެންބޮޑުވުމެވެ. ތޫފާންތަކެވެ. ވާރޭނުވެހި ހަނަފަސްކަން ތަހައްމަލު ކުރަންޖެހޭ ގައުމުތައްވެސް މަދެއްނޫނެވެ. މިއީ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަން ބާވައެވެ؟ ނޫނީ މިއީ އަހަރެމެން އިންސާނުންގެ އުޅުން ހުރިގޮތުގެ ސަބަބުން ﷲ ސުބުހާނަހޫ ވަތަޢާލާ ފޮނުއްވާ ކޯފާ ބާވައެވެ؟ މިއީ ހަމަ ކޮންމެ ހެންވެސް ވިސްނާލަންވެއްޖެ ކަންކަމެވެ.

ފަހަކަށްއައިސް ދުނިޔެއަށް ކުރިމަތިވާ މިފަދަ ކާރިސާތައް މިދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. ހަމައެކަނި މި 2010 ވަނަ އަހަރު ހިނގާފައިވާ މިފަދަ ކަންކަމަށް ބަލައިލިޔަސް މިފަދަ ކަންކަން އާދަޔާ ހިލާފަށް އިތުރުވެފައިވާކަން ފާހަގަ ކުރެވޭނެއެވެ. މިއަހަރުގެ މިހާތަނަށް އައިއިރު އެތަށް ބިންހެލުންތަކެއް ދުނިޔެއަށް ވަނީ ކުރިމަތިވެފައެވެ. މި ބިންހެލުންތަކުގެ ސަބަބުން އެއްތަށްބަޔަކު މަރުވެ، އެތައްބަޔަކު ހާލުގާޖެހި ގެދޮރު ގެއްލިފައިވެއެވެ.

ހެއިޓީއަށް އައި ބިންހެލުމަކީ މިއަހަރުގެ ބިންހެލުމުގެ ސިލްސިލާގެ ފެށުމޭ ދެންނެވިދާނެއެވެ. 7.3 ގެ ބާރުމިނުގައި އައި މިބިންހެލުމުގައި ސަތޭކަ ހާހަށްވުރެ ގިނަމީހުން މަރުވެފައި ވާކަމަށް ރިޕޯޓްތަށް ބުނެއެވެ. އަދި އެތަށްބަޔަކު ހާލުގައި ޖެހުނުކަމަށް ހަބަރުތައް ބުނެއެވެ. ހެއިޓީއަކީ ފާހިޝް އަމަލުތަކުގައި ހައްދު ފަހަނަ އަޅާފައިވާގައުމެކެވެ. އެއްޖިންސުން ގުޅުންހިންގުމާއި އަދި އެއިޑްސްބަލި ފަދަ ބަލިތަކަކީ ހެއިޓީއޭ ބުނުމުން ހިތަށް އަންނާނޭކަންކަމެވެ. ދެން އޮތީ ޗިލީގެ ވާހަކައެވެ. ހެއިޓީގެ ބިންހެލުމުން ސަލާމަތް ނުވެވި އުޅެނިކޮށް 8.8 ގެ ބާރުމިނުގައި ބިންހެލުމެއް އައެވެ. މި ބިންހެލުމުގައި ގާތްގަނޑަކަށް 486 މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެތަށްބައެއްގެ ގެދޮރުގެއްލި ހާލުގައި ޖެހުނެވެ. ޗިލީގެ ބިންހެލުން ހަމައަކަށް ނޭޅި އުޅެނިކޮށް ދެން އިވިގެން ދިޔައީ ކެލިފޯނިޔާއަށް 7.2ގެ ބާރުމިނުގައި ބިންހެލުމެއް އައި ވާހަކައެވެ. މި ބިންހެލުމުގެ އަސަރު 20 މިލިޔަން މީހުންނަށް ކޮށްފައިވެއެވެ. ނަމަވެސް ހެއިޓީއާއި ޗިލީގެ ބިންހެލުމުގައި ލިބުނުފަދަ ގެއްލުންތަކެއް ލިބިފައެއް ނުވެއެވެ. ކެލިފޯނިޔާއަށް މި ބިންހެލުން އައިސްފައިވަނީ ހަފްތާ ބަންދުގައި އެމީހުން އުފާފާޅު ކުރަމުން ދަނިކޮށެވެ. އަނެއްކާ އިހަށްދުވަހު މިއިވުނީ ޗައިނާއަށް ބިންހެލުމެއް އައިވާހަކައެވެ. 6.9 ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި މިހާތަނަށް ރެކޯޑް ކުރެވިފައިވާގޮތުން 400 މީހުން ވަނީ މަރުވެފައެވެ. އަދި 8000 އަށްވުރެ ގިނަ މީހުންނަށް ހާއްނީއްކަ ވެފައިވާއިރު އެތަށްބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. ރެސްކިޔު ޓީމުތަކުން މިހާރުވެސް ދަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޗައިނާގެ ބިންހެލުމަށް ހަފްތާއެއް ނުވެ އުޅެނިކޮށް މި އިވުނީ އިންޑިޔާއަށް ތޫފާނެއް އަރާ ސަތޭކައަށްވުރެ ގިނަ މީހުން މަރުވި ހަބަރެވެ. މި ހާދިސާގައިވެސް އެތަށްބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.

މިދަންނަވާލެވުނީ މިއަހަރުގެ މިހާތަނަށް އައި އިރު ހިނގާފައިވާ ފާހަގަކޮށްލެވޭ ބައެއް ގުދުރަތީ ކާރިސާ ތަކެވެ. އޭ އެންމެހާ ލޮބުވެތި މުސްލިމުންނޭވެ! މިކަންކަމާއި ނިކަން ފުންކޮށް ވިސްނާލަ ބަލާށެވެ. މި ފަދަ ކަންކަން ކުރިމަތިވެފައި މިވަނީ މާތް ﷲ އަށް އުރެދި އެކަލާނގެ ނަހީ ކުރައްވާފައިވާ ކަންތައްތައް ކޮށްއުޅޭ ގައުމުތަކަށެވެ. އަދި ފާހިޝް އަމަލުތައް ކުރުމުގައި ހައްދު ފަހަނަ އަޅާފައިވާ ގައުމުތަކަށެވެ. މިއީ އަހަރެމެން ވިސްނާލަން ޖެހޭ ކަންކަމެވެ. އަހަރެމެންގެ ގައުމު މިހާރު މިއޮތް ހާލަތަށް ބަލާއިރު މިފަދަ ކަމެއް ކުރިމަތި ވުމަކީ ގާތުގާ ވާކަމެކެވެ. ވައްކަންކުރުމާއި މަގުފޭރުމާއި ޒިނޭކުރުންފަދަ ކަންކަން އަހަރެމެންގެ ތެރެގައި މިވަނި އާއްމުވެފައެވެ. ބަނގުރަލާއި އޫރުމަހާއި މަސްތުވާތަކެތި ބޭނުންކުރާމީހުން އަހަރެމެންގެ ތެރޭގައި ނެތެކޭ ނުދެންނެވޭނެއެވެ. އެއްޖިންސުން ގުޅުން ހިންގަން ބޭނުންވާމީހުން އެމީހުންގެ ސައިޓް ތަކާއި ބްލޮގް ތަކުގައި އެވާހަކަ އެދަނީ ގޮވަމުންނެވެ. ކުށްކުރާމީހުންގެ މައްޗަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހުކުމް ތަންފީޒެއް ނުކުރެވެއެވެ. އަނެއް ބަޔަކު ތައްޔާރު ވަމުން ދަނީ ފާޑެއްގެ އޭކަނެއްތޯ ދެލޯކަނެއްގެ ނާޗަރަންގީގަނޑު ބާއްވާށެވެ. މިކަންވެސް އެއްބަޔަކު މަނާކުރަން އުޅޭ އިރު އަނެއްބަޔަކު މަރުހަބާ ކިޔަނީއެވެ. މިއީ ދިވެހި ގައުމުގެ ހާލަތެވެ. މި ދިވެހި ގައުމު މިހާލަތުގައި ވަނީކަމަށް ވަންޏާ އަހަރެމެންގެ މައްޗައް ﷲ ގެ ކޯފާއެއް އަތުވެދާނެއެވެ. ކޮންމެ ފަހަރަކު ސުނާމީއެއް ނާރާނެއެވެ. ކޮންމެ ފަހަރަކު ބިންހެލުމެއްވެސް ނައިސް ހިނގައިދާނެއެވެ. ނިކަން މިކަމާ ވިސްނާލަމާތޯއެވެ.

ލިޔުނީ: އަލް އިސްލާހް

ޕޯސްޓް ކުރީ dhi-burunu ތާރީޚް Thursday, April 15, 2010. މިލިޔުން ހިމެމެނޭނީ , . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

1 ޚިޔާލު ލިބިފައިވޭ. "މިކަންކަމާ ވިސްނާލީމުހެއްޔެވެ؟"

  1. http://minivanonline.blogspot.com/
    http://minivanonline.blogspot.com/
    plx visit and add this blog to ur blog list,and ur blog is there in my blog list

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް