ނޮކިޔާ ސީ3
މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެން އެންމެ ފުރަތަމަ ނެރުނު ފޯނެވެ. މިފޯނު ބޮޑަށްވައްތަރީ ނޮކިޔާ އީ5 ކާއެވެ. ނަމަވެސް އީ5 އަށްވުރެ މިފޯނުގެ އަގުހެވެ. އަދި ހިމަނާފައި ވަނީ އެސް 40 އޮފަރޭޓިން ސިސްޓަމެކެވެ. މި ފޯނުގައި ހިމެނޭ މުހިންމު ބައެއް ފީޗާތަކަށް ބަލާލާ އިރު އެންމެ ފާހަގަ ކުރެވެނީ މަލްޓިޕަލް އީމެއިލް އެކައުންޓް ސަޕޯޓް ކުރާކަމެވެ. މިގޮތުން ޔާހޫ، ވިންޑޯޒް ލައިވް އަދި ޖީމެއިލްފާހަގަ ކޮށްލެވެއެވެ.
މިފޯނުގެ ޑިސްޕްލޭގައި ހުންނަނީ 2.4 އިންޗިއެވެ. ބަރުދަނަކީ 114 ގްރާމެވެ. އަދި މީގެ އިތުރުން ވައިފައި އާއި ބްލޫޓޫތް، އެފްއެމް ރޭޑިޔޯ ވެސް ހިމެނެއެވެ. މެމޮރީއަށް ބަލާލާއިރު މައިކްރޯއެސްޑީ ބޭނުންކުރެވެއެވެ. އަދި 8 ޖީބީއަށް މެމޮރީ މަތިކުރެވެއެވެ. މީގެ އިތުރުން ފޯނުގައި ހިމެނެނި 55 އެމްބީ އިންޓާނަލް މެމޮރީއެވެ.
ފޯނުގައި ހިމަނާފައިވާ ކެމެރާއަށް ބަލާލާއިރު 2 މެގަޕިކްސެލް ގެ ކެމެރާއެއް ހިމަނާފައިވެއެވެ. ފޯނުގެ ބެޓެރީ ސްޓޭންޑް ބައިގައި 20 ދުވަސް އަދި ވާހަކަ ދައްކާ ވަގުތުތަކުގައި 7 ގަޑިއިރު ޗާޖް ހިފަހައްޓައެވެ.
ނޮކިޔާ ސީ3 އެއް ގަންނަން ލިބޭ އަގަކީ 120 އެމެރިކާ ޑޮލަރެވެ. މިފޯނަކީ ތިޔަ ބޭފުޅުންނަށް ކަމުދާނެ ފޯނަކަށް ވާނެކަމަށް އުންމީދު ކުރެވެއެވެ.

ޕޯސްޓް ކުރީ dhi-burunu
ތާރީޚް Wednesday, April 14, 2010. މިލިޔުން ހިމެމެނޭނީ
ޓެކްނޮލޮޖީ
.
ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..