ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ކަނބުލޮ(8)


ތުނޑިޔާ އަރާ ހަމަވުމާއެކީ ހުރިހާ އެންމެންނަށް އެއްފަހަރާ ހުއްޓެވިއްޖެއެވެ. އެމީހުންނަށް ފެނުނީ ގަބޫލުކުރަން ދަތި މަންޒަރެކެވެ. ތުނޑިމަތީގައި ނަނު ހިފައިގެން މަސްބާނަން އެހުރީ އަސްލަމެވެ. އަސްލަމް ނާންނާނަމޭ ބުނެ މަޑުކުރީއެވެ. އެކަމަކު މިހާރު އެހުރީ ތުނޑިމަތީ މަސްބާނާށެވެ. އޭނާ އެތަނަށް އެހާ އަވަހަށް އައީ ކިހިނެއް ހެއްޔެވެ؟ އެންމެ އަވަހަށް އާދެވޭ މަގުން އަހަރެމެން މިއައީއެވެ. އެނޫން ގޮތަކަށް އެހާ އަވަހަށް ފަސޭހަކަމާއެކީ އެތާކަށް ނާދެވޭނެއެވެ. އެންމެންގެ ހިތުގައިވެސް މިކަހަލަ ތަފާތު ސުވާލުތަކާއި ހިޔާލުތަށް އުފެދެންފެށިއެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އަސްލަމްކަމަށް ނިންމާފައި އެމީހުން އެދިމާއަށް ހިނގައިގަތެވެ. އެއާއެކީ އެހިސާބުގައި ގޮވަމުންދިޔަ ދޫނިތަކުގެ ގޮވުން ބާރުވެގެންދިޔައެވެ. ދޫނިތަކުގެ ގޮވުމާއެކީ ޒަމީރުގެ ހިނގުން މަޑުކޮށްލިއެވެ. ފަހަތް ފަހަތަށް ޖެހެން ފެށިއެވެ. އޭނާއަށް ކޮންމެވެސް އެއްޗެއް ވިސްނުނީ ކަންނޭގެއެވެ.

"އޭ! މަޑުކޮށްބަލަ. އޭނަޔާ ކައިރި ނުވާތި. މިކޮޅަށް އާދޭ." ޒަމީރު އެމީހުންނަށް ގޮވާ މަޑުކުރަން ބުންޏެވެ. " ހޫނ. އެއްކަލަ ޒަމީރުދޯ! ތީ ދެން ކޮން ކަމެއްތަ؟ އެއީ އަސްލަމޭ. ތިހާ ބިރުން އުޅޭކަށްނުވާނެ. އާދެބަލަ." މިހެން ބުނެފައި އެމީހުން އަނެއްކާވެސް ހިނގަންފެށިއެވެ. ނަމަވެސް ޒަމީރު އެހުރިގޮތަށް ހުއްޓެވެ.

"އޭތް! އޭތް! ޒަމީރު، ޝިފާން، ނިހާން، އަޒްމީ...." އެމީހުންނަށް ކުއްލި ހައިރާންކަމެއް ލިބުނީ ކޮންމެވެސް މީހަކު ގޮވަންފެށުމުންނެވެ. އެމީހުން އެއަޑާ ދޭތެރޭ ވިސްނާލިއެވެ. އަޑު އައީ އެއްގަމުންނެވެ. ހަމަ ޔަގީނުންވެސް އެއީ އަސްލަމްގެ އަޑެވެ. އެމީހުން އަޑުއައި ދިމާއަށް އެނބުރުނެވެ. އެއްގަމުގައިވެސް ހުރީ އަސްލަމެވެ. ތުނޑިމަތީ މަސްބާނަންވެސް ހުރީ އަސްލަމެވެ.

"ވާއު! މިވީ ކިހިނެއް؟ އަހަރެން ހިޔެއްނުކުރަން އަސްލަމްގެ ޓްވިންސެއް ހުންނަކަމަކަށް." ޝިފާނަށް އެކަންވީ މަޖަލަކަށެވެ. " އަދިވެސް ސަކަރާތް ޖަހަނީތަ؟ ނިކަން ސިރިޔަސްވެބަލަ. އަދިވެސް މި ވެގެން އުޅޭ ގޮތެއް ޝިފާނަކަށް ނޭގޭ ދޯ؟ ތުނޑިމަތީ އެހުރީ އިންސާނެއް ނޫން. އެއީ އަސްލަމްގެ ސިފަޔަށް ބަދަލުވެގެންހުރި ޖިންނިއެއް. އަހަރެމެންގެ ދުވަސް ދެން މިދިޔައީ. މިވަރު ވާއިރުވެސް ކަލޭމެން ތިބަލަނީ ސަކަރާތް ޖެހޭތޯދޯ!" ކަންތައް ވެގެން އުޅޭގޮތް ޒަމީރު އެމީހުންނަށް ކިޔައިދިނެވެ. " ދެން ކިހިނެއް ހަދާނީ؟" ވަރަށް ހާސްވެފައި ނިހާން ސުވާލު ކުރިއެވެ. "ދެންވެސް ހަދަންވީ ގޮތަކީ އެމީހަކަށް ކިޔުނު ހެޔޮއެއްޗެއް ކިޔަމުން އެއްގަމަށް އަރައިގެންގޮސް ގެއަށް ވަންނަންވީ. ނަމަ ނަމަ އެއްވެސް މީހަކު ފަހަތް ނުބަލާތި. ނުދުވާތި. އަޒްމީ، ތި އެންކޮތަޅު މިތާ ބަހައްޓާ!" އަޒްމީއަތުގައި އޮތް އެންކޮތަޅަށް އިޝާރާތްކުރަމުން ޒަމީރު ބުނެލިއެވެ. މިހެން ބުނުމުން އެންމެން މަޑު ހިނގުމެއްގައި ހިނގާފައި ގޮސް އެއްގަމަށް އަރައިފިއެވެ. އަސްލަމްވެސް އޭނާ ހުރިހިސާބަށް އެމީހުން އައުމާ އެކީ އެމީހުންނާ އެކީ ހިނގައިގަތެވެ.

އެމީހުންނަށް ގެއާހަމައަށް ދެވުނުއިރު އެއްބަޔަކު ބިރުންގޮސް ހަލާކުވަނީއެވެ. އަނެއްބަޔަކު ވަނީ ބިރުންގޮސް ހުންއަންނަވަރުވެފައެވެ. " މިހުރިހާކަމެއްވެސް މިވީ އަސްލަމާ ހެދި." ޝިފާން ރުޅިއައިސްގެން ހުރެ އަސްލަމާ ދިމާއަށް އެއްޗެހި ކިޔަން ފެށިއެވެ. " އަ..އަހަރެން ކީއްކުރީ؟" އަސްލަމް ހައިރާން ވެފައި ސުވާލު ކުރިއެވެ. " ކަލޭ އަހަރެމެންނާ އެކީ މަސްބާނަން ތުނޑިއަށް ނުދިޔައީމަ.އެނގިއްޖެތަ؟" ޝިފާން މިފަހަރު ވާހަކަ ދެއްކީ ކުރިއަށް ވުރެވެސް ރުޅިވެރިކަމާ އެކީއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އަސްލަމާ ދިމާއަށް ޝިފާން ވާހަކަ ދެއްކި ގޮތެއްނޫނެވެ. އެހެންވެ އެކަމާ އަސްލަމް ވަރަށް ދެރަވިއެވެ. " އަދިވެސް ޒުވާބުތަ ކުރަނީ؟ ދެންވެސް ތިޔަ ޒުވާބުގަނޑު ހުއްޓާލާފަ އެންމެން އެއްބައިވެބަލަ. އޭރުން އަހަރެމެންނަށް މިކަމުން ސަލާމަތް ވެވެން އޮތީ." އަސްލަމާއި ޝިފާންގެ ޒުވާބު ފެނިފައި ޒަމީރު ވާހަކަ ދައްކަން ފެށިއެވެ. " އަހަރެން ނޫޅެން މިތާހުންނާކަށް. އަހަރެން މިދަނީ." މިހެން ބުނެފައި ޝިފާން އޭނާގެ ބިޓުގޮވައިގެން އެގެއިން ބޭރަށް ނިކުތުމަށް ހިނގައިގަތެވެ. ނުދާށޭ ބުނެ ބުނެ އޮށްވައެވެ. އެމީހުންގެ އަޑެއް ޝިފާން މެން ނޭހިއެވެ. އިތުރު މައްސަލައެއް ނިކުމެދާނެތީ ޝިފާންމެން ހިފާއްޓާކަށް އަދި އެމީހުންގެ ފަހަތުން ދާކަށް އެއްވެސް މީހަކަށް ނުކެރުނެވެ.

އޭގެ ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ފަހެވެ. މުޅިގޭތެރެއަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ގޭތެރޭގެ އެކި ހިސާބުގައި އެކި މީހުން އިށިނދެގެން ތިއްބެވެ. އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. ހީވަނީ ދައްކާނެ ވާހަކަ ހުސްވީހެންނެވެ. ގޭތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫވައްޓާލީ ފުރާޅުމައްޗައް ކޮންމެވެސް އެއްޗެއް ވެއްޓުނުއަޑަށެވެ. އެއާއެކީ ސިއްސައިގެން ގޮސްފައި އެންމެން އެކަކު އަނެކަކުގެ މޫނަށް ބަލަން ފެށިއެވެ. "އެވާނީ ޝިފާންމެން ކަމަށް. އެމީހުން އެއުޅެނީ އަހަރެމެން ބިރުގަންނުވަން. ހުރެބަލަ މިފަހަރު ލަނޑެއްދޭނަން" މިހެން ކިޔާފައި އަޒްމީ ދޮރު ހުޅުވާފައި ބޭރަށް ނިކުތެވެ. މިމަންޒަރު ބަލަން ގޭތެރޭގައި ތިބި އެހެން މީހުން ތިއްބެވެ. އެމީހުންވެސް ހީކުރީ ހަމައަސްލުގައިވެސް ޝިފާންމެން ސަކަރާތް ޖަހަނީކަމަށެވެ. އެހެން ނަމަވެސް ކަންތައްވީ އެމީހުން ހީކުރިގޮތަކަށް ނޫނެވެ. އެއާ މުޅިން ހިލާފަށެވެ.
=ނުނިމޭ=
ލިޔުނީ: ޑީބީ
ކުރީގެ ބައިތައް: 1 2 3 4 5 6 7

ޕޯސްޓް ކުރީ dhi-burunu ތާރީޚް Saturday, April 10, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ކަނބުލޮ(8)"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive