ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

އުދުހިފައި އައި ދޫންޏަށް ވާން މަސައްކަތް ކުރާށެވެ!


ރައްފުށުގެ އަވަށެއްގައި ޒުވާނަކު އުޅުނެވެ. ދީނި ތަޢުލީމު އުގެނުމުގައި މަޝްޣޫލުވެއުޅުނު އެޒުވާނާގެ ރަށައް ތަދުމަޑުކަން އަތުވެއްޖެއެވެ. މި ޒުވާނާގެ އަހުލުންގެ އަތްމަތި ވެސް ދަތިވެއްޖެއެވެ. އެހެންވެ އޭނާވެސް މަސައްކަތަށް ނިކުތުމަށް އެމީހުން އެދުނެވެ. ނަމަވެސް ރަށުގައި އާމްދަނީ ލިބޭނެ އެއްވެސް މަސައްކަތެއް ނެތެވެ. އެހެންވެ އޭނާގެ އަހުލުން ބާރު އެޅީ ޖެހިގެން އޮތް ރަށަށްގޮސް މަސައްކަތެއް ހޯދުމަށެވެ.

އެންމެ ފަހުން ޒުވާނާ އޭނާގެ ޝޭޚަށް މިވާހަކަތައް ދަންނަވާފިއެވެ. ޝޭޚު އެކަމަށް ހިއްވަރު ދެއްވިއެވެ. އަދި އެއީ އަޅުކަމައެއްކަމަށްވެސް ދެންނެވިއެވެ. އާއެކެވެ. ޙަރާމް ކުރެއްވި ކަމަކުން ދުރުހެލިވުމަށްޓަކައި ކުރެވޭ ކަމެއެއްކަމުގައި ވާނަމައެވެ. ޝޭޚުގެ ވާހަކަތައް އަޑުއަހައި އޭގެ އަނެއް ދުވަހު އެ ޒުވާނާ ޖެހިގެން އޮތް ރަށަށް ދިއުމަށްޓަކައި ނިކުތެވެ. ގެއިން ނިކުމެ ހިގައިގަތް މަގުމަތީ ވަރަށް އަޖައިބު ކުރަނިވި މަންޒަރެއް ފެނުނެވެ.

ބިންމަތިގައި އެއޮތީ ވަރަ ބިނދިފައި އޮތް ދުންޏެކެވެ. ވަރަށް ހައިރާންވިއެވެ. ހިތާހިތުން ބުނެލިއެވެ. ކާއެއްޗެއް ފެނެއް ނެތި މިދޫނި މަރުނުވެ މިއޮތީ ކޮންމެވެސް ކަމެއް މިއާއެކު ވާތިއެވެ. އެހެންވެ ތަންކޮޅެއްދުރުގައި ފިލާ ހުއްޓެވެ. އެ ދޫނި ހަދާގޮތެއް ބަންށެވެ. އިސާހިތަކު މަތީން އުދުހިފައި އައި ދޫންޏެއް، ވަރަ ބިނދިފައި އޮތް ދޫންޏާއި ކާރިއަށް ތިރިކޮށްފިއެވެ. އުދުހިފައި އައި ދޫނީގެ އަގައިގައި ހުރި ކާއެއްޗިހި ވަރަ ބިނދިފައި އޮތް ދޫނީގެ އަގައަށް އަޅައިފިއެވެ. އެމަންޒަރު ބަލަން ހުރެފައި އެޒުވާނާ ބުޏެވެ. އެއްވެސް ޙަރަކާތެއްނެތި ޙާލުގައި ޖެހިފައި އޮތް ދޫންޏަށް ރިޒުޤު ދެއްވި ގަދަ ކީރިތި ވަންތަ ﷲ ތަޢާލާގެ ހުސްޠާހިރު ވަންތަކަމާއެވެ!

އެއްޔަށްފަހު އެޒުވާނާ ނިންމީ އޭނާގެ ރަށަށް އެބުރި ދިއުމަށެވެ. އަދި އޭގެ އަނެއް ދުވަހު ޝޭޚުގެ މަޖިލިހަށް ޙާޞިރުވެ ހުއްޓެވެ. ދަރުސް ނިމުމުން ޝޭޚު ޒުވާނާއަށް އިޝާރާތް ކޮށްލެއްވިއެވެ. ދެން އެޒުވާނާ ކަން ހިގައިދިޔަގޮތް ކިޔައިދިނެވެ. އެހިނދު ޝޭޚު އެޒުވާނާއަށް އަސަރުން ފުރިގެންވާ ސުވާލެއް ކުރެއްވިއެވެ. ވަރަބިނދިފައިވާ ދޫންޏަކަށް ވާން ޤަޞްދު ކުރީކީއްވެހެއްޔެއެވެ؟ މަތިން އުދުހިފައި އައި ދޫންޏަށް ނުވީ ކީއްވެ؟

ތެދެންމެއެވެ. އެހެންމީހުންގެ ފަރާތުން އެހީއަށް އެދުމަކީ ވަރަށް ފަސޭހަކަމެކެވެ. އެކަމަކު ދަންނާންވީ އަނެކުންނަށް އެހީ ފޯރުކޮށްދޭ މީހާއަށް ވުމީ ވެސް ދުރުގައިވާކަމެއް ނޫންކަމެވެ. އުދުހިފައި އައި ދޫންޏަށް ވާން މަސައްކަތް ކުރާށެވެ. ވަރަ ބިނދިފައި އޮތް ދޫންޏަށް ވާން މަސައްކަތް ނުކުރާށެވެ.

މުރާސިލް މައުހަދީގެ ލިޔުމެއް...

ޕޯސްޓް ކުރީ dhi-burunu ތާރީޚް Sunday, April 11, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "އުދުހިފައި އައި ދޫންޏަށް ވާން މަސައްކަތް ކުރާށެވެ!"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive