ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ޑރ. ޒާކިރު ނައިކް އަށް މަރުޙަބާ.


ޑރ. ޒާކިރު ނައިކް އަކީ މިހާރު ދުނިޔޭގައި ތިއްބެވި އެންމެ ފުސްނާބުއުސް ޢިލްމުވެރިންގެ ތެރެއިން ބޭފުޅެއް ކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. މެޑިކަލް ދާއިރާއިން ތަޢުލީމު ހާސިލް ކުރެއްވުމަށްފަހު، ޝެއިޚް އަޙްމަދު ދީދާތުގެ އަރިހުން ދަރިވަރުވެ ދީނީ ތަޢުލީމު އުގެނިވަޑައިގެން، ދީނަށްޓަކައި ނުކުތް ޑރ. ޒާކިރު ވަނީ އިސްލާމު ދީނަށްޓަކައި މިޒަމާނުގައި އެހެން ފަރާތަކުން ނުކުރާފަދަ ފާހަގަ ކޮއްލެވޭ ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައެވެ. އިސްލާމިކް ރިސާޗް ފައުންޑޭޝަނާއި، އިސްލާމިކް ޗެނަލް ޕީސްޓީވީއާއި އަދި އިންޓަނޭޝަނަލް އިސްލާމިކް ސްކޫލް އެކަނިވެސް މިކަމަށް ހެކިދެއެވެ.


އެހެންކަމުން އަންނަމަހު 31 އިން ޖޫން 6 އަށް ޑރ ޒާކިރު ނައިކް ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވާކަން ރަސްމީކޮށް ހާމަކުރުމާއި އެކު ވަރަށް ގިނަބަޔަކު ވަނީ އެކަމަށް މަރުހަބާ ކިޔައި އެކަމާ އުފާކޮށްފައެވެ. އަނެއްކޮޅުން ދީނުގެ އަދާވާތްތެރިންނަށް މިކަން ވެގެން ދިޔައީ އެމީހުންގެ ހިތަށް ހެރުނު ތޫނު ތީރެއް ކަމުގައެވެ. ހަމައެއާއިއެކު ތަނެއް ދޮރެއް ނުދަނެތިބެ، ތެދެއް ދޮގެއް ބެލުމެއް ނެތި، ސިޔާސީ ބޭނުމަކަށްޓަކައި ކަމުގެ ޙަޤީގަތް އޮޅުވާލައި ފިތަނަފަސާދަ އުފެއްދުމަށް ލިޔާލިޔުންތެރިންވެސް އުޅޭކަން ފާހަނގަކޮށްލަން ޖެހެނީ ހިތާމައާއި އެކުގައެވެ.

އެގޮތުން ރާއްޖޭގައި އިސްލާމު ދީން ކުރިއަރުވަން މަސައްކަތް ކުރައްވާ ޖަމްއިއްޔާތަކާއި އިސްލާމިކް މިނިސްޓަރީއާއި ދެމެދު އިތުރަށް ރުޅިވެރިކަން އުފެދޭގޮތަށް ބައެއް މީހުން ލިޔަމުން އެބަދެއެވެ. މި އިވެންޓާއި ގުޅުވައިގެން އެއްބަޔަކު އަނެއްބަޔަކުގެ މެދުގައި ދެކޮޅުވެރި ކަމުގެ ރޫޙެއް އުފެއްދުމަށެވެ. މަޤްސަދަކީ އާންމުން މި އިވެންޓަށް ނަފްރަތު ކުރުވުމެވެ. މިއިވެންޓްގެ ސަބަބުން އާންމުންނަށް ލިބިގެންދާނޭ ފައިދާއާއި މަންފާ ކުޑަކުރުމަށެވެ.

މިގޮތުން ދައްކަމުންދާ އެއްވާހަކައަކީ ޝެއިޚް އަބްދުއްރަޙީމް ގްރީން ގެނައުމަށް ޖަމިއްޔަތުއް ސަލަފުން އެދުމުން އޭރުގައި އެހުއްދަ ނުދެއްވާފައި ޑރ. ޒާކިރު ނައިކް އެއްވެސް ހުއްދައަކާއި ނުލާ ގެނައުމަށް އުޅޭވާހަކައެވެ. މިއީ ވަރަށް ބޮޑު އޮޅުވާލުމެކެވެ. ޙަޤީޤަތަކީ ޖަމިއްޔަތުއްސަލަފުން ރާއްޖެ ގެނައުމަށް މަސައްކަތް ކުރެއްވި ޝެއިޚް އަބްދުއްރަޙީމް ގްރީން ގެނައުމުގެ ހުއްދަ ވަނީ ދެއްވާފައެވެ. އަދި އެބޭފުޅުން ޝެއިޚް ގެނައުމަށް ޝެޑިއުލް ކޮއްފައިވައިވާ ތާރީޚަށް ޝެއިޚް ގެނައުމުގެ ތައްޔާރިތައް ދަނީވަމުންނެވެ. އެހެން ކަމުން ޑރ ޒާކިރު ނައިކްއަށްވެސް ރާއްޖޭގައި ތަޤްރީރު ކުރުމުގެ ހުއްދަ ދެއްވާފައިވަނީ ޝެއިޚް އަބްދުއްރަޙީމް ގްރީންއަށްވެސް ހުއްދަ ދެއްވި ޤަވާއިދުގެ ދަށުން ކަމުގައި ބެލެވެއެވެ.

އަދި މިކަމާގުޅުވާފައި ދެއްކޭ ޙަޤީގަތެއް ނެތް އަނެއް ވާހަކައަކީ، ޝެއިޚް އަބްދުއް ރަޙީމް ގްރީންއަށް ތަޤްރީރު ކުރުމުގެ ހުއްދަ ނުދެއްވައި، ޑރ ޒާކިރު ނައިކްގެ އަނބިކަބަލުންނަށާއި ދަރިކަލުންނަށްވެސް ތަޤްރީރު ކުރުމުގެ ހުއްދަ ދެއްވި ވާހަކައެވެ. މިކަމުގައި ވެސް އެންމެ ފުރަތަމަ އަޅުގަނޑުމެން ހަނދާން ކުރަންވީ ނުކުތާއަކީ ޝެއިޚް އަބްދުއްރަޙީމް ގްރީންއަށް ތަޤްރީރު ކުރުމުގެ ހުއްދަ ނުދޭވާހަކައަކީ ދޮގުވާހަކައެއް ކަމެވެ. ވީމާ އެކަމާއި މިކަމާއި ގުޅުވުމަކީ އޮޅުވާލުމެކެވެ.

އަޅުގަނޑުމެންގެ ތެރޭގައި ބައެއްމީހުން ހަދަހަދައިގެން ދައްކާ ފިތުނަވެރި ވާހަކަތަކީ އަޅުގަނޑުމެން މުސްލިމުން މިކަމަށް ވަރަށް ސަމާލުވެ ތިބެންޖެހޭ ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ. މުސްލިމުންގެ ތެރޭގައި އުޅޭ އެއްބަޔަކު އަނެއްބަޔަކު ފިތުނަވެރި ކުރުވައި އެއްބަޔަކު އަނެއްބަޔަކުގެ މެދުގައި ރުޅިވެރިކަން އުފައްދަން، އިސްލާމު ދީނުގެ އަދުއްވުން މަސައްކަތް ކުރަމުންދާކަން މިފަދަ ދަޑިވަޅުތަކުގައި އަޅުގަނޑުމެން ދަންނަން ޖެހެއެވެ. އެބައިމީހުންގެ ބޭނުމަކީ މުސްލިމުންގެ މެދުގައި ރުޅިވެރިކަމާއި ފިތުނަ ފަސާދަ އުފެއްދުމެވެ. އިސްލާމު ދީން ބަލިކަށިކޮށްލުމެވެ. ދީނީ ދައުވަތު ފެތުރިގެން ދިއުމަށް ހުރަސް އެޅުމެވެ. ވީމާ މިކަމަށް ހޭއަރައި މުސްލިމުން އެކަތިގަނޑަކަށްވެ ތިބުމަށް ގޮވާލަމެވެ.

ލިޔުނީ: އަލް އަޚް އިބްނި އިބްރާހީމް
raajjeislam.com

ޕޯސްޓް ކުރީ dhi-burunu ތާރީޚް Saturday, April 10, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ޑރ. ޒާކިރު ނައިކް އަށް މަރުޙަބާ."

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive