ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ކަނބުލޮ (7)

"އަސްލަމެއް ނައެއްނު! ހިނގާ އަހަރެމެން ނައްޓަލަމާ." ޝިފާންގެ ބިޓު ނުހާ ބުނެލިއެވެ. "އާނ. މިހާރު ލައްކައިރު ތިބެވިއްޖެއްނު. އަނެއްކާ ފޯނުވެސް ނަގަނީކި ނޫން." ޝިފާންވެސް ނުހާއާއި އެއްބައިވެލިއެވެ. "އެކަމަކު ތިހެން ހަދައިގެން އަސްލަމް ކީކޭ ހިތަށް އަރާނީ؟" މިހެން ބުނެލާފައި ޒަމީރު އަނެއްކާވެސް އަސްލަމްގެ ފޯނަށް ގުޅާލިއެވެ. ބަރާބަރަށް ފޯނު ރިންގުވެއެވެ. އެކަމަކު ފޯނެއް ނުނަގައެވެ. "ދެން ތިހާ ދެރަވަންޏާ ޒަމީރު ދާން ވީނު އަސްލަމްމެންގެއަށް އޭނަ ހޯދަން" ފޫހި ރާގަކަށް ސަނާ ބުނެލިއެވެ. ސަނާއަކީ ނިހާންގެ ބިޓެވެ.
މިފަދަ ޒުވާބު ތަކެއްގައި ތިއްބާ ބޮޑު މަގުގެ ކޮޅުން އަސްލަމް ދުވެފައި އަންނާތީ ފެނިއްޖެއެވެ. އަސްލަމް ފެނުމުން އެންމެންނަށްވެސް ހަމަޖެހުމެއް ލިބުނެވެ. އަދި އަވަސް އަވަހަށް ދޯންޏަށް އެރިއެވެ.

" އޭ! ވަރަށް ބޮޑަށް ސޮރީ އިނގޭ ލަސްވީމަ." އެހިސާބަށް އަރާހަމަވަމުން އަސްލަމް އެމީހުން ގާތު މާފަށްއެދުނެވެ. އަދި ކަންތައް ވީގޮތް އެމީހުންނަށް ކިޔައިދިނެވެ. އަސްލަމް އެރުމާ އެކީ ދޯނި ނައްޓާލައިފިއެވެ.

"އަނެއްކާވެސް އެއްކަލަ ކަހަލަ ކަމެއްދޯ! މަ އޭރުވެސް ބުނީމެއްނު އެކުއްޖާ އެއުޅެނީ އަސްލަމާ އަޅައިގަނެގެންނޭ" ދިމާ ކޮށްލުމުގެ ގޮތުން ނިހާން ބުނެލިއެވެ. ނިހާން މިހެން ބުނުމުން ދޯނީގައި ތިބި އެންމެން ހޭން ފެށިއެވެ. " ނަސީބެއްނު ފޯނު ގެއްލުނު އިރު އަސްލަމް ނުގެއްލުނުކަން. އެހެން ނަމަ މިއަދު ދަތުރު ނުގޮސް ޖެހޭނީ އަސްލަމް ހޯދަން ކަންނޭގެ" އަޒްމީ މިހެން ބުނީ މަޖަލަކަށެވެ. ނަމަވެސް އެމީހުންގެ މިފަދަ ދިމާކުރުން ތަކުން އަސްލަމް ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހޭކަން އޭނާގެ މޫނުމަތިން ފެންނަމުން ދިޔައެވެ.

ދޯނިމަތިގައި އެހެންމީހުން ލަވަކިޔާ މަޖާކޮށް ސަކަރާތް ޖަހަމުން ދާއިރު އަސްލަމްއިނީ އެންމެނާ ވަކިން ކޮންމެވެސް ކަމަކާވިސްނާށެވެ. އޭނާ ވިސްނަމުން ދަނީ އޭނާއަށް ދިމާވަމުންދާ ކަންތައްތައްތަކާ ދޭތެރޭގައެވެ. އެމީހުންގާތު އެކަހަލަ ވާހަކަތައް ދެއްކުމުން އެމީހުން އެކަން ގަބޫލު ނުކުރާތީ އަސްލަމް ހައިރާންވެއެވެ. ޖިންނިންނަކީ އުޅޭ އެއްޗެއްކަމެއް އެމީހުން ގެތެރެއިން އަސްލަމް ނޫނީ ގަބޫލެއް ނުކުރެއެވެ.

"އަސްލަމް" އަސްލަމް ސިއްސައިގެން ދިޔައީ ކޮންމެވެސް މީހަކު އޭނާގެ ނަމުން ގޮވާލުމުންނެވެ. އޭނާ ވަށައިގެން ހޯދާލިއެވެ. އެހެން މީހުން ހަމަ ކުރިން ތިބިގޮތަށް ސަކަރާތްޖަހަން ތިއްބެވެ. އޭގެން މީހަކު އަސްލަމަށް ގޮވިހެނެއް ހިޔެއްނުވެއެވެ. އެހެން ވިއްޔާ ދެން އަހަރެންނަށް އެ ގޮވީ ކާކު؟ އަސްލަމް ހިތާ ހިތާ ކިޔާލިއެވެ.

ރަށުގެ ގޮނޑުދަށަށް ދޯނި ކައިރިކޮށްލުމާ އެކީ ހުރިހާއެންމެންވެސް ދޯނިންފައިބައިފިއެވެ. އަދި ގެނައި ހުރިހާއެއްޗެއް ބޭލިއެވެ. ދޯނީގެ ކެޕްޓަންކައިރީ އެމީހުން ގުޅާލީމާ މާދަން އެމީހުން ބަލާ އަންނާށޭ ބުނެފައި ހުރިހާ އެއްޗެއް ހިފައިގެން އެމީހުން އެރީ އެއްގަމަށެވެ. އެއްޗިހިތަށް ބެހެއްޓީ އެރަށުގައި ދަތުރު އަންނަމީހުން ތިބެން ހަދާފައި ހުންނަ ފާޑެއްގެ ގެއެއްކަހަލަ ތަނެއްގައެވެ.

ދުވަހުގެ ވަގުތުތައް ފާއިތުވަމުން ދެއެވެ. ދަތުރުގައި މައިގަނޑު ކަމަކަށް އޮތީ ކުޅިވަރު ކުޅުމާއި މަޖާ ކުރުމެވެ. އަސްލަމްވެސް އެމީހުންނާ އެކީ ކުޅިވަރުތަކުގައި ބައިވެރިވިއެވެ. ހުރިހާ މީހުންވެސް ކުޅިވަރާ މަޖަލުގައި ވަގުތުތައް ހޭދަކުރަމުން ދަނިކޮށް އިރުއޮށްސިއްޖެއެވެ. ރަށުތެރެއަށް ވެރިވެފައި ވަނީ ފަޅުކަމާއި އަނދިރި ކަމެވެ. ބިރުވެރިކަމާއި ނާމާން ކަމެވެ. ނަމަވެސް މިހުރިހާ ކަމެއް މިހެން ހުރި އިރުވެސް އެމީހުންގެ ދަތުރުގެ ފޯރިއަކަށް ކުޑަވެސް އުނިކަމެއް ނާދެއެވެ. ރޭގަނޑު ވީވީ ހެން ހައްތަހާ ވީ ފޯރިގަދައެވެ.

"އޭ! މަބުނީ ހިނގާ ދަމާ މަސްބާނަން. ވަރަށް ފައްކާ މަސްގަންނާނެ އެކޮޅު ތުނޑި މަތިން." ޝިފާނު ހިޔާލެއް ފާޅު ކުރިއެވެ. " އާނ. ތީ ރަނގަޅު ކަމެއް. ހިނގާ ދަމާ! އަހަރެމެންވެސް ދާނަން." ޝިފާންއާއި އެއްބައި ވެލަމުން ނިހާން އެހެން ބުނީ ވަރަށް ދާހިތުންނެވެ. އަދި ދެން ތިބި މީހުންވެސް ދާން އެއްބައި ވެލިއެވެ. " އަހަރެން ނުދާނަން" އަސްލަމް ނިންމީ މަސްބާނަން ނުދާ ގޮތަށެވެ. " ބިރުގަންނަނީ ދޯ!" އަސްލަމް ނުދާން ނިންމުމުން އެމީހުން ދިމާކޮށްލިއެވެ.


އަސްލަމް ފިޔަވާ އެހެންމީހުން މިސްރާބު ޖެހީ ތުނޑިއާ ދިމާއަށެވެ. މަޑު ހިނގުމެއްގައި އެމީހުން ހިނގަމުން ދިޔައިރު އެހިސާބުން ދޫނިތަކެއް ގޮވާއަޑުއިވެއެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހަކު އެކަމާ މާބޮޑު އަޅާލުމެއް ނުބަހައްޓައެވެ. އެމީހުންގެ ހިތުގައި މަސްބޭނުމުގެ ޝައުގުވެރިކަމެވެ. ތުނޑިއާއި އެމީހުން ތިބޭހިސާބާ މާ ދުރު ނޫންކަމުން އިސާހިތަކު އެހިސާބަށް ދެވިއްޖެއެވެ. އޭރުވެސް އެ ދޫނިތައް ގޮވާނަގައެވެ. ތުނޑިއާ އަރާ ހަމަވުމާ އެކީ ހުރިހާ އެންމެންނަށް އެއްފަހަރާ ހުއްޓެވިއްޖެއެވެ. އެމީހުންނަށް ފެނުނީ ގަބޫލު ކުރަން ދަތި މަންޒަރެކެވެ.
=ނިނިމޭ=
ލިޔުނީ:ޑި.ބީ

ކުރީގެ ބައިތައް: 1، 2، 3، 4، 5، 6

ޕޯސްޓް ކުރީ dhi-burunu ތާރީޚް Monday, April 05, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ކަނބުލޮ (7)"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive