ހަބަރު

“ފިތުނައިގެ ހުޅުގަނޑު”ގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސްއިން ދަރުސެއް ބާއްވަނީ

“ފިތުނައިގެ ހުޅުގަނޑު” މިމަޢުލޫއަށް ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އިން ހާމަކުރައްވައިފިއެ...

26 Oct 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »
ދީން

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއ...

26 Jun 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)

" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެން...

30 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ

ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބ...

27 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...

ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދ...

21 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ވީޑީޔޯ

ތެދު ބުނުމަށް ވަޢުދުވި މީހާ.

އެއްދުވަހަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ތިމަންނައަކީ ވަރަށް ގިނަ ގޯސް...

09 Jun 2010 / 2 ހިޔާލު / އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް

ލިޔުނީ: އަލް އިސްލާޙް މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ....

16 May 2010 / 1 ހިޔާލު / އިތުރަށް ވިދާޅުވޭ »

ރިޕޯޓް

ފޮތް ކިޔުން - ފަރުވާއެއް

ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް...

09 May 2010 / 2 ހިޔާލު / އިތުރަށް »

އަދުލް އިންސާފް ކޮބައިތޯއެވެ؟

މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބަ...

29 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގ...

18 Mar 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގ...

16 Jan 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ޓެކްނޮލޮޖީ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.

ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެ...

21 May 2010 / 0 ހިޔާލު / އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟

ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ...

08 May 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟

ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކ...

26 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

ނޮކިޔާ ސީ3

މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެނ...

14 Apr 2010 / 0 ހިޔާލު / އިތުރަށްވިދާޅުވޭ »

އެހެނިހެން

|

ކަނބުލޮ (10)


އާދުވަހަކަށް އިރު އެރުމާއެކީ ރަށުތެރެއިން ފެނިގެން ދިޔައީ އީދު ދުވަހުގެ އުފާވެރިކަމެވެ. ކޮންމެ އަހަރެއްގެ ވެސް ބޮޑު އީދުގައި މިރަށުގައި ވަރަށް ފޯރިޔާއެކީ ތަފާތު ކުޅިވަރުތައް ކުޅުން އޮވެއެވެ. މިގޮތުން މި އީދުގައިވެސް ވަރަށް ގިނަ ކުޅިވަރުތައް ވަނީ ރޭވިފައެވެ. މީގައި ހިމެނޭ ބައެއް ކުޅިވަރުތަކުގެ ތެރޭގައި ބައިބަލާ، ވާދެމުން ،ފުޓްބޯޅަ، ބަށި އަދި ސްޓޭޖް ޝޯއެއްވެސް ބޭއްވުމަށް ވަނީ ހަމަ ޖެހިފައެވެ.


އަސްލަމަށް ހޭލެވުނީ އޭނާގެ ބޮޑުބޭބެ ގޮވަން ފެށުމުންނެވެ. އޭނާ ގަޑި އަށް ބަލާލިއެވެ. އޭރުގަޑިން ހެނދުނު ހައެއް ޖަހާ ބޮޑުވެއްޖެއެވެ. އަސްލަމް ތެދުވެ އެނދުމަތީ އިށީނދެލިއެވެ. އަދި މި ދުވަހާ ދޭތެރޭ ވިސްނާލިއެވެ. މިއަދަކީ އަސްލަމްގެ ހަނދާނުގަވެސް ރާއްޖޭގައި ހުރެގެން އީދު ދުވަހެއް ފާހަގަކުރާ ފުރަތަމަ ފަހަރެވެ. އެހެންވެ އޭނާއަށް ކުރެވެމުން ދިޔައީ ވަރަށް ތަފާތު އިހުސާސް ތަކެކެވެ.

އަސްލަމް އަވަސް އަވަހަށް ފާހާނައަށް ވަދެ ފެން ވަރާލައިގެން މިސްރާބުޖެހީ މިސްކިތާ ދިމާއަށެވެ. އީދު ނަމާދަށް ދިއުމަށްޓަކާ މީހުންތައް އީދުނަމާދަށް ދާތަން މަގުތައް މަތިން ފެންނަމުން ދިޔައެވެ. އަދި އޭގެ އިތުރުން އީދު ދުވަހުގެ ތަފާތު ޝުޢޫރުތައް ފާޅުކުރުމުގެ ގޮތުން ދަމާފައިވާ ތަފާތު ބެނާތައް އަސްލަމްގެ ލޮލުގައި އަޅައި ގަންނަމުން ދިޔައެވެ. މިފަދަ މަންޒަރުތައް ފެނުމުން ކޮންމެ އަހަރެއްގެ އީދުގައިވެސް ރަށުގައި ހުރެވޭނެ ނަމައޭ އަސްލަމްގެ ހިތައް އަރަމުން ދިޔައެވެ.

އީދުނަމާދަށްފަހު އީދު ބޯކިބާ ކާން ގޭގެއަށް ދިޔުމަކީ މިރަށުގެ އާދައެކެވެ. މިގޮތުން އަސްލަމްވެސް އީދު ނަމާދުން އައިސް ޒަމީރުއާއެކީ ގޭގެއަށް އީދު ބޯކިބާ ކާން ދިޔައެވެ. މިހެން ހިނގަމުން ގޮސް ވަކި ހިސާބަކުން ޒަމިރު ގެއްލިއްޖެއެވެ. އަސްލަމް ހޯދަ ހޯދާވެސް ޒަމީރެއް ނުފެނުނެވެ. އެކަމާ އަސްލަމް ވަރަށް ހައިރާން ވިއެވެ. " އެ ޒަމީރު އެވަނީ އަޅެ ކޮންތާކަށްތަ؟ ގުޅީމަ ފޯނެއްވެސް ނަގަނީކީ ނޫން" މިފަދަ ހިޔާލެއްގައި ހުއްޓާ ކުއްލިއަކަށް އަސްލަމްގެ ގައިގައި އައިސް ޖެހުނީ ފެން ކޮތަޅެކެވެ. ފެން ކޮތަޅު އައި ދިމާއަށް އަސްލަމް ބަލާލިއެވެ. ކުރިމަތީގައި ހުރީ ރީތި އަންހެން ކުއްޖެކެވެ. އެންމެ ފުރަތަމަ ބަލާލުމުންވެސް އަސްލަމަށް އެކުއްޖާ ދެކެ ލޯބި ވެވުނު ކަހަލައެވެ. އަސްލަމްގެ ހިތުން އެކުއްޖާއަށް ޓަކާ ޖާގައެއް ދެވިއްޖެކަހަލައެވެ. އެފަދަ ރީތި އަންހެން ކުއްޖެއް މީގެ ކުރިން އެރަށުން އަސްލަމް ނުދެކެއެވެ. އެހެންވެ އެކުއްޖާއާ ދިމާއަށް ބަލަހައްޓައިގެން އެތައް އިރަކު އަސްލަމަށް ހުރެވުނެވެ.
" އޭ.. ކޮން ހިޔާލެއްގަ؟ " އަސްލަމަށް އޭނާގެ ހިޔާލީ ދުނިޔެއިން ނިކުމެވުނީ ޒަމީރު އައިސް އޭނާގެ ބުރަކަށިގައި ތަޅައި ގަތުމުންނެވެ. އޭރު އެތާ އަސްލަމާއި ޒަމިރު ފިޔަވާ އެހެން އެއްވެސް މީހަކު ނެތެވެ. އަދި އެކުއްޖާ އެއްލި ފެންކޮތަޅު ޖެހުނުތަނުގައި އެއްވެސް ތެތްކަމެއް ނެތެވެ. އެތަން ހުރީ ހިކިފައެވެ. މިކަމާ އަސްލަމް ވަރަށް ހައިރާން ވިއެވެ. އެހާ އަވަހަށް އެތަން ހިކުނީ ކިހިނެއް ހެއްޔެވެ؟ " މި މި މި ވަކި ހިޔާލެއްގައެއްނޫން... ޒަމީރު ދިޔަތަނެއް ނޭނގިގެން އެކަމާ މި ވިސްނަނީ... ކޮން ތާކަށްތަ ތި ދިޔައީ؟ ހާދަ ވަރަކަށް ގުޅައިފީމޭ. ކީއްވެތަ ފޯނު ނުނެގީ؟" އަސްލަމް ވަގުތުން ވާހަކަ ބަދަލު ކޮށްލިއެވެ.

"އަހަރެންތަ ތާކަށް މިދިޔައީ؟ އަސްލަމެއްނޫންތަ ތިއުޅެނީ މި ފަޅުގެތައް ކައިރިއަށް އައިސްގެން. މިތާ ކީއްތަ ތިކުރަނީ؟" އެސަރަހައްދާ ދޭތެރޭ އަސްލަމަށް ވިސްނާ ލެވުނީ ޒަމީރު އެހެން ބުނީމައެވެ. އެކަމަކު.. އެކަމަކު އަހަރެން އައީ ޒަމިރުއާ އެކީ އަދި އަހަރެން މީގެ ކުރިން ހުރީވެސް މި ފަޅުގެތައް ތެރެއަކުވެސް ނޫން... އަސްލަމް ހިތާ ހިތާ ބުނަމުން ދިޔައެވެ. " މިދެން ހަމަ މިހިސާބު ބަލާލަން ޖައްސާލީ. މީހުން ކިޔާ މިހިސާބަށް އަންނާކަށް ނުވާނޭ.. އެހެންވެ ހިތައްއެރީ ހަމަ ޖައްސާލާނީއޭ..." އަސްލަމް ގަސްތުގައި ދޮގު ހެދިއެވެ. " އަހަރެން ގެއަށްވަދެފަ އެއްޗިހި ބަދަލު ކޮށްލައިގެން އަންނާނަމޭ ބުނެފަ ދެން އައި އިރަކު އަސްލަމެއް ނެތް. އެތަންމިތަން ހޯދަމުން ދަނިކޮށް ހިތަށް އެރީ މިތާ ވެދާނެޔޭ. ރޭގަ އަސްލަމް މިތަނަށް އަންނަ ވާހަކަ ދެއްކީމަ، އެހެންވެ މިދިމިމާލަށް އައީ އަސްލަމް އުޅޭތޯ ބަލާލަން." ޒަމީރު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައިއެވެ. އަސްލަމް ހަމަ އެއްވެސް އެއްޗެއް ނުބުނެ ހައިރާން ކަމާ އެކީ ޒަމީރަށް ބަލަން ހުއްޓެވެ. ވާނީވެސް އެހެންތާއެވެ. އީދު ބޯކިބާ ކާންދާން ގެއިން ނިކުތީ ހަމަ ދެމީހުން އެކީގައެވެ. އެކަމު ޒަމިރު އެބުނަނީ އަސްލަމާ އެކީ ނާންނަ ވާހަކައެވެ.
"ކީއްވެފަ ތިހުންނަނީ ފާޑަކަށް؟" އަސްލަމް ފާޑަކަށް ހުންނަތަން ފެނިފައި ޒަމީރު ސުވާލު ކުރިއެވެ. "އަހަރެން މިހުރީ ވާނުވާ ނޭނގިފަ" އަސްލަމް ޖަވާބު ދިނެވެ. " ވާނުވާ ނޭނގިފައޭ؟" ޒަމީރު މިހެން އެހުމުން އެންމެ ފަހުން އަސްލަމް ކަންތައް ވީގޮތް ޒަމީރުއަށް ކިޔާދިނެވެ. އެ އަންހެން ކުއްޖާގެ ވާހަކަޔާ ފެންކޮތަޅުގެ ވާހަކަވެސް ކިޔާދިނެވެ.

" ދެންވެސް ހިނގާ އަވަހަށް ގެއަށް ދާން" މިހެން ބުނެފައި ދެމީހުން އެކީ ގެއާ ދިމާލަށް ހިނގައިގަތެވެ. ނަމަވެސް ވަކި ހިސާބަކަށް ގޮސްފައި އަސްލަމް ހުއްޓުނެވެ. " ކހިނެއްވީ؟" އަސްލަމް ހުއްޓުމުން ޒަމީރު ސުވާލު ކުރިއެވެ. "އެހެރީ އަހަރެން ބުނި ކުއްޖާ." އަސްލަމް އަތުން އިޝާރާތް ކުރަމުން ޖަވާބު ދިނެވެ. ޒަމީރު އެދިމާއަށް ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންވެ ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަން ޒަމީރަށް އެނގުނެވެ.

=ނނިމޭ=
ލިޔުނީ: ޑީބީ

ކުރީގެ ބައިތައް:
1، 2، 3، 4، 5، 6، 7، 8، 9

ޕޯސްޓް ކުރީ dhi-burunu ތާރީޚް Friday, May 07, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ކަނބުލޮ (10)"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive