އެންމެ ފަހުގެ

|

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟


ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ ހާޑް ޑިސްކް ކްރޭޝް ވުމުންނެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަ އަލުން އެ ޑާޓާތައް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް ދާދި ކުޑަ ކުޑަ ކަމެއް ކޮށްލަނިކޮށް މި މައްސަލައަށް ހައްލެއް ލިބިދާނެއެވެ. ކޮމްޕިޔުޓަރިގައިވާ ޑާޓާތަކުގެ ބެކަޕެއް ހަދާލެވިދާނެއެވެ.
މިގޮތުން މިލިޔުމުގައި މި އަލިއަޅުވާލަނީ އިންޓަނެޓްގައި ލިބެން ހުރި މިފަދަ ބައެއް ޓޫލްސްތަކަށެވެ. މި ޓޫލްސް ތަކުގެ އެހީގައި ހަމަ އެކަނި ހެދޭނީކީ ބެކަޕެއް ނޫނެވެ. ފަހުން އެ އެއްޗިހި ދުނިޔޭގެ ކޮންމެ ހިސާބަކު ހުރެގެން ވެސް ބޭނުން ކުރެވިދާނެއެވެ.


މި އީ ވިންޑޯޒް، ލިނަކްސް، މެކް އޯއެސް އަދި އޯޕަން ސޮލާރިސް ގައި ބޭނުން ކުރެވިދާނެ ސޮފްޓްވެއާއެކެވެ. އަދި މިއީ ޔޫސާރ ފްރެންޑްލީ ސޮފްޓްވެއާރ އެއްވެސް މެއެވެ. މި ސޮފްޓްވެއާރ ޑައުންލޯޑް ކޮށްގެން އޮފްލައިންކޮށްވެސް ބެކަޕް ހެއްދޭނެއެވެ. އަދި އޮންލައިން ވުމުން އޮޓެމެޓިކުން ޑާޓާތައް ސާވާއަށް ސިންކް ކުރާނެއެވެ.

މިއީ ވިންޑޯޒް އަދި މެކަށް ހާއްސަ ޓޫލެކެވެ. މީގެ ބޭސިކް ޕެކޭޖެއް 2 ޖީބީއާއެކު ހިލޭ ލިބެއެވެ. މީގައި އެންމެ ހާއްސަކަމަކީ އޮޓަމެޓިކް ބެކަޕް ހެދޭކަމެވެ. މި ސޮފްޓްވެއާރ ތިޔަބޭފުޅުންގެ ކޮމްޕިޔުޓަރަށް އިންސްޓޯލް ކުރެއްވުމުން އޮޓަމެޓިކުން ޑާޓާތައް ބެކަޕް ހެދެމުން ދާނެއެވެ.

މިއީ ވަރަށް ގިނަ ބަޔަކަށް ކަމުދާ ވަރަށް ގިނަ ބަޔަކު ސަޕޯޓް ކުރާ ޓޫލްއެކެވެ. މިއީވެސް ހަމަ މޮޒީ ފަދަ ޓޫލްއެކެވެ. ބޭނުންކުރެވެނީ ވިންޑޯޒް، ލިނަކްސް އަދި މެކްގައެވެ. މީގެ ބޭސިކް ޕެކޭޖެއްގައި 2 ޖީބީ ހިލޭ އޮންލައިން ބެކަޕް ހެދެއެވެ. މީގައި އެންމެ ހާއްސަތަންކޮޅަކީ ޑްރޮޕް ބޮކްސްއަށް ސައިން އިން ވާ ކޮންމެ ފަހަރަކު އެހެން މީހުންހުންނަށް ދައުވަތު ދިނުމަށް ލިންކެއް ލިބެއެވެ. މި ލިންކް ބޭނުންކޮށްގެން ތިޔައިން ބޭފުޅެއްގެ ރަހުމަތްތެރިއަކު ޑްރޮޕް ބޮކްސްއަށް ސައިން އަޕް ވެއްޖެނަމަ އިތުރު ސްޓޯރޭޖް ލިބެއެވެ.

ޖަންގަލް ޑިސްކަކީ ކުރިން ދެންނެވި ޓޫލްތަކާ ތަފާތު އެއްޗެކެވެ. މިގޮތުން މިއީ ހިލޭ ބޭނުން ކުރެވޭ އެއްޗެއް ނޫނެވެ. މިއީ ފީ ދައްކަން ޖެހޭ ސިސްޓަމެކެވެ. އެކައުންޓަށް މަހަކު 2 ޑޮލަރު ދައްކަން ޖެހެއެވެ. އަދި މީގެ އިތުރުން ޑާޓާގެ ކޮންމެ ޖީބީއަކަށް ފީދައްކަން ޖެހެއެވެ. މިގޮތުން ސްޓޯރޭޖަށް 0.15 ޑޮލަރު، އަޕްލޯޑަށް 0.10 ޑޮލަރު އަދި ޑައުންލޯޑަށް 0.17 ޑޮލަރެވެ.

އަޅުގަނޑު އުންމީދު ކުރަނީ މިގެނެސްދިން ހަތަރު ޓޫލްސްއަކީ ތިޔަބޭފުޅުންނަށް ކަމުދާނެ އަދި އެއިން ތިޔަބޭފުޅުންނަށް ފައިދާ ތަކެއް ކުރާނެ އެއްޗަކަށް ވާނެކަމަށެވެ. ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލިދާނެކަމަށް ހީވާނަމަ އަވަހަށް މިތަނުން ޓޫލްއެއް އިހްތިޔާރު ކުރައްވާށެވެ.

ޕޯސްޓް ކުރީ dhi-burunu ތާރީޚް Saturday, May 08, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް