އެންމެ ފަހުގެ

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް


ލިޔުނީ: އަލް އިސްލާޙް
މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ. ލާދީނީ ކަންކަމަށް ލޯބި ކުރުމާ އިސްލާމްދީނަށް ނަފުރަތު ކުރުމަކީ މިސަރުކާރުގެ ވައުދެކޭ މިހާރު ހީވާކަހަލައެވެ. މިހިރަ މިހިރަ ވާހަކަތަކަކީ ފަހަރުގައި ތިޔަބޭފުޅުންނަށް އާ ވާހަކައަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް ކިޔަމުން ކުރިއަށް ގެންދާށެވެ.

Sunday, May 16, 2010 | Posted in , | އިތުރަށް ވިދާޅުވޭ »

އެއްވެސް ބަޔަކު މިމާތްވެގެންވާ އިސްލާމް ދީނާއި ކުޅެލުމުގެ ފުރުޞަތެއް ނުދޭނަން – އައްޝައިޚް އިލްޔާސް ޙުސައިން


މި ސަރުކާރު ގެނައުމުގައި ޢަދާލަތު ޕާރޓީއިން ވަނީ ވަރަށް އިސް ދައުރެއް އަދާ ކޮށްފައެވެ. ދިވެހި ރައްޔަތުން މުޙަންމަދު ނަޝީދު އާއި ވެރިކަން ޙަވާލު ކުރީ ޢަދާލަތު ޕާރޓީ ވެސް ކޯލިޝަން ގައި ހިމެނޭތީއެވެ. ދީނީ ކަންތައް ރަގަޅުމަގުން ބަލަހައްޓަމުން ގެންދިއުމުގެ މުހިންމު މަސްއޫލިއްޔަތު ޢަދާލަތު ޕާރޓީއާއި ޖާމިނު ކޮށްފައެވެ. ނަމަވެސް މި ބޮޑު ޙަގީގަތް މިހާރު ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން ހަނދާން ނެތިއްޖެ ކަމުގެ ހެކިތައް ފެންނަން ފަށައިފި ކަމުގައި ޢަދާލަތު ޕާރޓީގެ ޢިލްމުވެރިންގެ މަޖލީހުގެ ނާއިބު ރައީސް އަދި އެބޭފުޅެއްގެ އަސަރުގަދަ ތަގުރީރުތަކަށް މުޅި ދިވެހިރާއްޖޭގެ ކަންކޮޅުތަކުން ޝައުގުވެރިވާ ޢިލްމުވެރިޔާ އައްޝައިޚު އިލްޔާސް ޙުސޭން ވިދާޅުވެއްޖެއެވެ.

Monday, April 19, 2010 | Posted in , | އިތުރަށް ވިދާޅުވޭ »

މިކަންކަމާ ވިސްނާލީމުހެއްޔެވެ؟


ދުނިޔޭގެ އެކި ހިސާބުތަކަށް ނަޒަރު ހިންގާލައިފިނަމަ ފެންނާނީ ގުދުރަތީ އެކި މުސީބާތްތަށް ކުރިމަތިވެފައިވާތަނެވެ. ބިންހެލުމާއި ފެންބޮޑުވުމެވެ. ތޫފާންތަކެވެ. ވާރޭނުވެހި ހަނަފަސްކަން ތަހައްމަލު ކުރަންޖެހޭ ގައުމުތައްވެސް މަދެއްނޫނެވެ. މިއީ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަން ބާވައެވެ؟ ނޫނީ މިއީ އަހަރެމެން އިންސާނުންގެ އުޅުން ހުރިގޮތުގެ ސަބަބުން ﷲ ސުބުހާނަހޫ ވަތަޢާލާ ފޮނުއްވާ ކޯފާ ބާވައެވެ؟ މިއީ ހަމަ ކޮންމެ ހެންވެސް ވިސްނާލަންވެއްޖެ ކަންކަމެވެ.

Thursday, April 15, 2010 | Posted in , | އިތުރަށް ވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގެ އެހެން ގައުމު ތަކުގެ އާބާދީއަށްވުރެ އެތަށް ގުނައެއް މިގައުމުގެ އާބަދީ ކުޑައެވެ. ވާހަކަ ދައްކަނީ އަމިއްލަ ދިވެހި ބަހުންނެވެ. ދީނަކީ އިސްލާމް ދީނެވެ.

Thursday, March 18, 2010 | Posted in , | އިތުރަށް ވިދާޅުވޭ »

ތަރަށްޤީއަކީ ވަކި ބައެއްގެ ހައްޤެއް ހެއްޔެވެ؟


މިއަދުގެ މި ދުނިޔެ މިދަނީ އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރާ ތަރަށްގީ ވަމުންނެވެ. މިގޮތުން އަހަރެމެންގެ މި ދިވެހިރާއްޖެވެސް މިދަނީ ތަރަށްގީގެ ރޭހުގައި ތަފާތު ކާމިޔާބީތަކެއް ހޯދަމުންނެވެ. ނަމަވެސް އަހަރެމެންގެ ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް ނަޒަރު ހިންގާލުމުން ތަރަށްގީގެ ކުލަވަރުތައް ފެންނަނީ ބައެއް ދިމަ ދިމާލުންނޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ.

Saturday, February 13, 2010 | Posted in | އިތުރަށް ވިދާޅުވޭ »

މިއީ ވާ ހެޔޮ ސަރުކާރެއް!


ޕޯސްޓް ކުރީ: އެޑްމިން
ދިވެހިރާއްޖޭގެ މިހާރުގެ މި ސަރުކާރަކީ ވާ ވަރުގަދަ ސަރުކާރެކެވެ. މި އާ ސަރުކާރު ވެރިކަމާ ހަވާލުވިތާ އަހަރަކާއި، ދުވަސްކޮޅެއް މިވަނީ ފާއިތުވެގެން ގޮސްފައެވެ. މިހާހިސާބަށް އައި އިރު މި މީހުންނަށް ޤައުމު އާރާސްތު ކުރުމަށް ކުރެވުނު މަދު ކަމެއް މެނުވީނެތެވެ. އެއާ ހިލާފަށް ޤައުމު ހަލާކު ކުރުމަށް މި މީހުން މިތިބީ ފޫގަޅައިގެންނެވެ. މި މީހުންނޭ އަޅުގަނޑު މިތާ މި މާނަ ކުރަނީ އެމް.ޑީ.ޕީ ގެ މިއޮށް ވަރުގަދަ ސަރުކާރެވެ.

Friday, February 05, 2010 | Posted in | އިތުރަށް ވިދާޅުވޭ »

DRP އަށް

އެންޓި މައުމޫން އަދި އައްނި

ޑީ.އާރް.ޕީ އަށް. ނުހަނު އިހްތިރާމާއެކު ދަންނަވަމެވެ. ތިޔަ ބޭފުޅުންގެ ލޮބުވެތި މައުމޫންގެ 30 އަހަރު ވީ ދިގު ވެރިކަމުގައި ކޮށްފައިވާ ނުރަނގަޅު ކަންތައް ރައްޔިތުންގެ ލޮލަށް ފޮރުވަން ނޫޅޭށެވެ. އެ30 އަހަރުގައި އިސްލާމްދީނަށް ކުރި ފުރައްސާރަ ތަކާއި އެދީން އެމަނިކުފާނު ބޭނުންވާގޮތަށް ބަދަލުކުރަން ކުރި މަސައްކަތް ރައްޔިތުންގެ ލޮލަށް ފޮރުވަން ނޫޅޭށެވެ. ޤުރުޢާނުގެ އާޔަތް ތަކާއި އިސްލާމްދީނުގެ ޝިޢާރު ތަކައް ކުރި މަލާމާތް ފޮރުވަން ނޫޅޭށެވެ. ދަންނަވަންތޯއެވެ؟ ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް އަހަރުމެން މިތިބީ ހަމަ ހޭގައެވެ. ރައީސް ނަޝީދު އަބަދަށް ހަމަ ހޭގަ ތިބެން ނުޖެހޭނެޔޭ ދެންނެވުމުން ތިބޭފުޅުން ހީކުރެއްވީ އަހަރުމެންތިބީ މަސްތުގެ ތެރޭގައި ކަމަށް ތޯއެވެ. އެހެނެއް ނޫނެވެ. އަހަރުމެން މިތިބީ ހަމަ ހޭގައެވެ. އެހެން ހީފުޅުވެސް ނުކުރައްވާށެވެ.

Saturday, December 19, 2009 | Posted in | އިތުރަށް ވިދާޅުވޭ »

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް