އެންމެ ފަހުގެ

އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހެޖެވެ.

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ
 
ގިނަބަޔަކަށް ވިސްނިފައި އޮތްނަނީ، އިސްލާމް ދިނަކީ ހަމައެކަނި ޢިބާދާތުގެ ކަންތައްތަކާއި ޢާއިލީ ކަންކަމުގައި ޢަމަލު ކުރުމަށް އައިސްފައިވާ ގޮތްކަމަށެވެ. ވެރިކަން ހިންގުމުގައިޔާއި ދިރިއުޅުމުގެ މައިދާނުގައި ޢަމަލުކުރުމަށް އިސްލާމް ދީނުގައި ވަކި ގޮތްތަކެއް ކަނޑައެޅިފައިވާ ކަމެއް، މުސްލިމުންގެ ތެރެއިން ވަރަށްގިނަ ބަޔަކު ނުދަނެއެވެ. އަދި އެނގުނު ކަމުގައިވީނަމަވެސް، މުސްލިމުން އެގޮތްތަކަށް ތަބާވާންޖެހޭނޭ ކަމެއްވެސް ގިނަބަޔަކަށް ޤަބޫލެއް ނުކުރެވެއެވެ.

Saturday, June 26, 2010 | Posted in | އިތުރަށް ވިދާޅުވޭ »

މާތްﷲ ގެ ކުޅަދުންވަންތަކަން.(1)


" އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ. އެކަލާނގެއީ އެންމެހާތަކެތި ހައްދަވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
މާތްﷲ އީ ހުރިހާކަމަކަށް އެންމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ކުޅަދުން ވަންތަކަމުގެ ހެކިތައް ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލި ކަމުގައިވިޔަސް މިހިރަގެން ދަނީ ފެންނަމުންނެވެ. މި ލިޔުމުގައި މި ބަލާލަނީ އެފަދަ ބައެއްކަންކަމަށެވެ.

Sunday, May 30, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ސުވަރުގެ ވަންތަވެރިންގެ ދަރަޖަ


ފާޠިރުސޫރަތުގެ 32 އަދި 33 މިދެއާޔަތުގެ މާނައާމެދު ވިސްނާލާއިރު ހާމަވެގެންދަނީ ސުވަރުގެ ވަނުމުގެ ނަސީބު ﷲ ތަޢާލާދެއްވާނެ މުއުމިނުންނަކީ އެބައިމީހުންގެ އީމާންކަމާއި ތަޤުވާވެރިކަމާއި ކިޔަމަންތެރިކަމުގައި ތަފާތު ދަރަޖަތަކެއްވާނެ ބަޔެއްކަމެވެ. އެދެއާޔަތުގެ މާނައިގައިވެއެވެ.

Thursday, May 27, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...


ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދުނިޔެ އުފެދުމާއި، ދުނިޔޭގައި ހިނގަމުންމިދާ މިލިޔަނުން މިލިޔަނުން ގުނައިލެވޭ ތަފާތު ކަންތައްތަކާއި ނިޒާމުތައް އިންތިޒާމުވެ، ހަމަޖެހި، ހިނގަމުންމިދާ ދިއުމަކީ ހަމަ އިއްތިފާޤެވެ. އެއްވެސް ބާރުގަދަ ޚާލިޤަކުގެ ބާރެއް ނޫނެވެ. ޝައްކެއްނެތެވެ! މިބާވަތުގެ މީހުންނަށް އަޅުގަނޑުމެން ކިޔައި އުޅެނީ އެއްވެސް ދީނެއް ޤަބޫލު ނުކުރާ މީހުންނެވެ. ނުވަތަ އިލްޙާދުގެ އަހުލުވެރިންނެވެ. ތަންކޮޅެއް ފޮނިގޮތަކަށް މިބާވަތުގެ މީހުންގެ ނަންވެސް ލިޔެލާނަމެވެ އާދޭހެވެ! ޒުވާނުންނަށް ދެނެގަތުން ފަސޭހަ ކުރުމަށްޓަކައެވެ. އެގޮތަކީ:-

Friday, May 21, 2010 | Posted in , | އިތުރަށް ވިދާޅުވޭ »

ޖިންނިއަކާއި އެކު ދެކެވުނު ވާހަކަތަކެއް!


އަހަރެމެން ކީރިތި ޤުރުއާނާއި ނަބިއްޔާ (صلى الله عليه وسلم) ގެ ސުންނަތް ކިޔާ އެޤަބޫލު ކުރަމެވެ. އަހަރެމެންނަށް އޭގައި ބަޔާންކުރެވިފައިވާ ކަންތައްތައް ފެނި ހެކި ނުވެވުނު ކަމުގައިވިޔަސް އަހަރެމެން އެއްވެސް ޝައްކަކާއި ނުލާ އެޤަބޫލު ކުރަމެވެ. ބައެއް ފަހަރު ﷲ ގެ ރަޙްމަތް ފުޅުން އަހަރުމެންނަށް، މިފަދަ ކަންތައްތައް ދެކި އަޑު އެހުމުގެ ނަސީބުލިބެއެވެ. އޭގެ ސަބަބުން އަހަރެމެންގެ ހިތުގެ ޘާބިތުކަން އިތުރުވާފަދަ ކަންތައްތަކެވެ. މިފަދަ ނިޢްމަތަކަށް އަހަރެމެން ﷲ ތަޢާލާއަށް ޙަމްދުކުރަމެވެ. މިހެންކަމުން އަހަރެންނަށް ދިމާވި މިޙާދިޘާ ތިއަޚުންނާއި އުޚްތުންނާއި އެކު ޙިއްޞާ ކޮށްލާނަމެވެ. މިއީ ތިޔަ އަޚުންނާއި އުޚްތުންގެ އީމާންތެރިކަން އިތުރުކޮށްދޭނެ ފަދަ ހަދިޔާއެއްކަމަށް ވާނެކަމުގައި އުއްމީދު ކުރާ ޙާލުގައެވެ.

Wednesday, May 19, 2010 | Posted in | އިތުރަށް ވިދާޅުވޭ »

މިސަރުކާރުގެ ލާދީނީ ޕްރޮޕެގެންޑާއިން ތަންކޮޅެއް


ލިޔުނީ: އަލް އިސްލާޙް
މިސަރުކާރަކީ ކިހާވަރެއްގެ ސަރުކާރެއްކަން ހަމަހޭގައި ހުރި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް މިހިރަ ދަނީ ފެންނަމުންނެވެ. ލާދީނީ ކަންކަމަށް ލޯބި ކުރުމާ އިސްލާމްދީނަށް ނަފުރަތު ކުރުމަކީ މިސަރުކާރުގެ ވައުދެކޭ މިހާރު ހީވާކަހަލައެވެ. މިހިރަ މިހިރަ ވާހަކަތަކަކީ ފަހަރުގައި ތިޔަބޭފުޅުންނަށް އާ ވާހަކައަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް ކިޔަމުން ކުރިއަށް ގެންދާށެވެ.

Sunday, May 16, 2010 | Posted in , | އިތުރަށް ވިދާޅުވޭ »

ޟުޙާ ނަމާދު


ޟުޙާ ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވިކަމަށް ޘާބިތުވާ ނަމާދެކެވެ. ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާ ވެގެންވެއެވެ. (كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي الضُّحَى أَرْبَعًا ، وَيَزِيدُ مَا شَاءَ اللَّهُ) މާނައަކީ: " ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޟުޙާ ނަމާދުގެ ހަތަރު ރަކްޢަތް ކުރައްވައެވެ. އަދި ބައެއްފަހަރު އިތުރުވެސް ކުރައްވައެވެ".

Friday, May 14, 2010 | Posted in | އިތުރަށް ވިދާޅުވޭ »

"ދެރަ ނުވާށެވެ!"


ޝައިޚް އިލްޔާސްގެ ޚާއްސަ ދަރުސެއް ކާނިވާ ސްޓޭޖްގައި

7 މެއި 2010 ވާ ހުކުރު ދުވަހުގެރޭ 8:45 ގައި އަލިމަސް ކާނިވާ ސްޓޭޖުގައި ޢަދާލަތު ޕާޓީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ވަރަށް ޚާއްސަ ދަރުސެއް އޮންނާނެއެވެ. މިދަރުސް އަޑުއެއްސެވުމަށްޓަކައި ވީހާގިނަ ދިވެހި ރައްޔިތުން ޙާޟީރުވެ ވަޑައިގެންނެވުމަކީ ޢަދާލަތު ޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ. ދަރުސްގެ މައުޟޫއަކީ " ދެރަ ނުވާށެވެ!"
 މިފަދަ ދަރުސްތަކަކީ އެއިން އެތަކެއް ފިލާވަޅުތަކެއް އަޅުގަނޑުމެންނަށް ލިބިދޭ ދަރުސްތަކެކެވެ. ރާއްޖޭގެ ދީނީ އިލްމުވެރިން ކުރާ މިފަދަ ބުރަ މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލައްވާށިއެވެ. އާމީން!

Thursday, May 06, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ކުށްވެރިންނަށްޓަކައި...

ލިޔުނީ: އަލްއަޚް މުޙައްމަދު ޝާފިޢު
ކުށްކުރާމީހުންނަށް އަދަބުދޭންޖެހެނީ އެކުރިކުށަށް ދެވަނަ ފަހަރަށް އެނބުރި ރުޖޫޢަވުމުން ސަލާމަތްކުރުމަށާއި ކުށުގެ ސަބަބުން މުޖްތަމަޢަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށެވެ.

ކުށްވެރިންނަށް ބައެއް ޤައުމުތަކުގައި ދޭ އަދަބުގެ މިސާލަކީ ސޮލިޓަރީ ކޮންފައިންމެންޓް (އެކަހެރިކޮށް ބަންދުކުރުން)، ޖަލަށްލުން، ޖޫރިމަނާކުރުން، އުމުރަށް ޖަލަށްލުން، މަރުގެ އަދަބު ދިނުން، މުޖްތަމަޢަށް ކޮންމެވެސް ޚިދުމަތެއް ކޮށްދިނުން މަޖުބޫރުކުރުވުން ފަދަ ކަންތައްތަކެވެ.

Friday, April 30, 2010 | Posted in , | އިތުރަށް ވިދާޅުވޭ »

ދީނީ ޢިލްމުގެ މާތްކަން



އިސްލާމްދީނުގައި ޝަރުޢީ ޢިލްމަކީ ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާފައިވާ ޢިލްމެކެވެ. އަދި އެއީ އެހާމެ މަތީ މަޤާމެއް ދެއްވާފައިވާ ޢިލްމެކެވެ. ﷲ ތަޢާލާ ވަނީ އެޢިލްމު އުނގެނުމަށް ބާރުއަޅުއްވާފައެވެ. އެޢިލްމުގެ އަހުލުވެރިން އެހެންމީހުންގެ މައްޗަށް މާތްކުރައްވާފައެވެ. އަދި އެޢިލްމު އުނގެނުންވަނީ އެންމެ މާތް އަދި ﷲ އާ ކުއްތަންކުރުވަނިވި ހެޔޮކަންތައްތަކުގެ ތެރޭގައި ލައްވާފައެވެ. އަދި ސުވަރުގެއަށް ދިޔުމުގެވެސް އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ލައްވާފައެވެ. އެއީ މިޢިލްމަކީ އަދި މިޢިލްމު އުނގެނުމުގައި ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަނެވި، އެއިލާހުގެ އަމުރުފުޅުތަކާއި ނަހީފުޅުތައް ދެނެގަނެވި މިދީން ޤާއިމްކުރެވޭތީއެވެ.

Saturday, April 24, 2010 | Posted in | އިތުރަށް ވިދާޅުވޭ »

އެއްވެސް ބަޔަކު މިމާތްވެގެންވާ އިސްލާމް ދީނާއި ކުޅެލުމުގެ ފުރުޞަތެއް ނުދޭނަން – އައްޝައިޚް އިލްޔާސް ޙުސައިން


މި ސަރުކާރު ގެނައުމުގައި ޢަދާލަތު ޕާރޓީއިން ވަނީ ވަރަށް އިސް ދައުރެއް އަދާ ކޮށްފައެވެ. ދިވެހި ރައްޔަތުން މުޙަންމަދު ނަޝީދު އާއި ވެރިކަން ޙަވާލު ކުރީ ޢަދާލަތު ޕާރޓީ ވެސް ކޯލިޝަން ގައި ހިމެނޭތީއެވެ. ދީނީ ކަންތައް ރަގަޅުމަގުން ބަލަހައްޓަމުން ގެންދިއުމުގެ މުހިންމު މަސްއޫލިއްޔަތު ޢަދާލަތު ޕާރޓީއާއި ޖާމިނު ކޮށްފައެވެ. ނަމަވެސް މި ބޮޑު ޙަގީގަތް މިހާރު ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން ހަނދާން ނެތިއްޖެ ކަމުގެ ހެކިތައް ފެންނަން ފަށައިފި ކަމުގައި ޢަދާލަތު ޕާރޓީގެ ޢިލްމުވެރިންގެ މަޖލީހުގެ ނާއިބު ރައީސް އަދި އެބޭފުޅެއްގެ އަސަރުގަދަ ތަގުރީރުތަކަށް މުޅި ދިވެހިރާއްޖޭގެ ކަންކޮޅުތަކުން ޝައުގުވެރިވާ ޢިލްމުވެރިޔާ އައްޝައިޚު އިލްޔާސް ޙުސޭން ވިދާޅުވެއްޖެއެވެ.

Monday, April 19, 2010 | Posted in , | އިތުރަށް ވިދާޅުވޭ »

އިސްލާމިކް މިނިސްޓްރީ ނިދާފައި އޮތީ ކީއްވެގެންބާ؟


މިހާރު ދިވެހިރާއްޖޭގެ މީޑިޔާގއި އެންމެ ފޯރިއާއި އެކު ދެކެވޭ އެއްވާހަކައަކީ މަޝްހޫރު އާރް އެންޑްބީ ލަވަކިޔުންތެރިޔާ އޭކަންގެ ކޮންސެޓެއް ރާއްޖޭގައި ބާއްވަން އުޅޭ ވާހަކައެވެ. މީނާގެ މި ކޮންސެޓް ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހުނީ ކުރިން ކޮންސެޓް ބާއްވަން ހަމަޖެހިފައި އޮތް ސްރީލަންކާއިން އޭނާއަށް ވިސާނުދިނުމުގެ ސަބަބުން ކަމަށް ވެއެވެ. އޭނާއަށް ވިސާ ނުދިނީ އެމީހުންގެ ބުއްދާއަށް ހުތުރުވާގޮތަށް އެމީހުންގެ ދީނަށް ފުރަށްސާރަ ވާފަދަ މަންޒަރެއް އޭކަންގެ ލަވައެއްގައި ފެންނާތީއެވެ.

Tuesday, April 06, 2010 | Posted in , | އިތުރަށް ވިދާޅުވޭ »

އިސްލާމްދީނުގައި މައިންބަފައިންނަށް ދެވިފައިވާ ޤަދަރު

الْحَمْدُ لِلَّهِ الَّذِيْ أَمَرَنَا بِبِرِّ الْأُمَّهَاتِ، وَجَعَلَنَا مِنْ خَيْرِ أُمَّةٍ أُخْرِجَتْ لِلنَّاسِ، وَصَلَّى اللَّهُ وَسَلَّمَ عَلَى مَنْ خَتَمَ اللَّهُ بِهِ الرِّسَالَاتِ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الْحِسَابِ، أَمَّا بَعْد:-

އެއްދުވަހަކު، ސަލަފުންގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ ޙައިވާ ބިން ޝުރައިޙު ދަރިވަރުންނަށް ކިޔަވައިދެއްވުމަށްޓަކާ މިސްކިތުގައި ހުންނަވަނިކޮށް މަންމަ ގޮވާލެއްވިއެވެ. އަދި ވިދާޅުވިއެވެ. "ދަރިފުޅާ، ކުކުޅުތަކަށް ކާންދޭން އާދޭ!" އަޅުގަނޑުމެންނަމަ މިފަދަ ޙާލަތެއްގައި ކަންތައް ކުރާނީ ކިހިނެއްތޯއެވެ؟

Saturday, April 03, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ކާމިޔާބު ލިބޭނީ އޭރުންނެވެ.

އޭ އެންމެހާ ލޮބިވެތި މުސްލިމް އަޚުންނާއި އުޚުތުންނޭވެ. ތިޔަބައިމީހުން މި ދުނިޔެއަށް ފޮނުއްވުނީ ކީއްކުރަން ކަމާމެދު ތިޔަބައިމީހުން އެންމެ ފަހަރަކު ނަމަވެސް ވިސްނާލީމުހެއްޔެވެ؟ ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާ ދޭތެރޭ އެންމެ ފަހަރަކުވެސް އަޅެ ވިސްނާ ފިކުރުކޮށްލިންހެއްޔެވެ؟

Wednesday, March 31, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ނަރަކަ އެދިގޮވަނީ އެމީހުންނަށް!؟!؟

ލިޔުނީ: އަލީ އަހްސަން އިހްސާން
ރައީސް ނަޝީދު ރާއްޖޭގެ ރައްޔިތުންނާއި މުހާތަބުކޮށް ކޮންމެ ހުކުރު ދުވަހަކު ދެމުންދާ ހިތާބުތަކުގެ ތެރެއިން އެންމެ ފަހުގެ ހިތާބު ވެގެން ދިޔައީ ގިނަ ބައެއްގެ މެދުގައި ރައީސް ނަޝީދުއާއި މެދު ހިތްހަމަ ނުޖެހުން އިތުރުވެގެން ދިޔަ ސަބަބަކަށެވެ.

Tuesday, March 30, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ހަލާކުވެ ދިޔަ ބައެއް އުންމަތް ތަކާއި އެބައިމީހުން ހަލާކުވެދިޔަ ސަބަބު.

ﷲ ތަޢާލާގެ އޯގާ ވަންތަ ކަމުން އެކަލާނގެ އަޅުތަކުންގެ ގާތަށް ރަސޫލުން ފޮނުއްވިއެވެ. އަދި އެބައިމީހުން އުޅެންވީމަގު އެބޭކަލުން އެބައިމީހުންނަށް ދެއްކެވިއެވެ. ނަމަވެސް އޭގެ ތެރެއިން އީމާންވީ މަދު ބައެކެވެ. ކާފަރުވެ ﷲ ގެ އާޔަތްތަކަށް މަލާމާތްކޮށް ފުރައްސާރަކުރި މީހުންނަށް އެކަލާނގެ ގަދަފަދަވެގެން ވާ އަޛާބު ފޮނުއްވިއެވެ. އެފަދަ އުންމަތް ތަކުގެ ވާހަކަ ކީރިތި ގުރުއާނުގައި ވަނީ ބަޔާން ކޮށްދެއްވާފައެވެ. އެއީ އެވާހަކަ ތަކުން އަހަރެމެން އިބުރަތް ހާސިލް ކުރުމަށްޓަކައެވެ.

Sunday, March 28, 2010 | Posted in | އިތުރަށް ވިދާޅުވޭ »

މަރުވުމަށް ފަހު.....

ދުނިޔެވީ ޙަޔާތުގައި އެކި މީހުން އެކި މަސައްކަތުގައި މަޝްޢޫލުވެ އުޅެއެވެ. އެފަދަ ކަންކަން ކުރުމުގައި ދެންވެދާނޭ ގޮތަކާއިމެދު އެމީހުން ނުހަނު ބޮޑަށް ވިސްނައެވެ. އެކަމުން ތިމާއަށް ލިބޭނީ ފައިދާތޯއެވެ؟ ނުވަތަ ގެއްލުންތޯއެވެ؟ އެއީ އެކަމުން އެމީހަކަށް އެންމެ ފައިދާހުރި ގޮތް ޚިޔާރުކޮށް،
އެމީހަކަށް އެންމެ ގެއްލުން ހުރިމަގުން ރައްކާތެރިވެ ހުރުމަށްޓަކައެވެ. ޝައްކެއްނެތެވެ. ކައްވަޅަކީ އެތަނުން ރައްކާތެރިވުން އެންމެ ޙައްޤުކަން ބޮޑު ތަނެވެ. ސަބަބަކީ އެއީ އާޚިރަތުގެ އެންމެ ފުރަތަމަ މަންޒިލު ކަމުގައިވުމެވެ. އެތަނުން ސަލާމަތްވެއްޖެނަމަ ދެން އޭގެ ފަހުގައިވާ
ކަންތައްތައް މާ ލުއިފަސޭހަވާނެކަމަށާއި އެތަނުން ސަލާމަތް ނުވެއްޖެނަމަ ދެން އޭގެފަހުގައިވާ ކަންތައްތައް މާ ގަދަފަދަވެފައި ބުރަބޮޑުވާނެކަމަށް އަންގަވާފައިވެއެވެ.

Saturday, March 20, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ނަމާދުގެ މާތްކަމާއި އެއިން ލިބޭ ފައިދާ

1. ނަމާދަކީ ޝަހާދަތުގެ ދެކަލިމައަށް ފަހު އެންމެ މާތް ހެޔޮޢަމަލެވެ. ﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނި މަސްޢޫދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހުން ރިވާ ކުރައްވާފައިވެއެވެ : { قال : سألت رسول الله صلى الله عليه وسلم : أي العمل أفضل ؟ قال : " الصلاة لوقتها " قلت : ثم أي ؟ قال : " بر الوالدين " قال : قلت : ثم أي ؟ قال : " الجهاد في سبيل الله " } :

Sunday, March 14, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ލަވައާއި މިޔުޒިކްއަކީ ….


ތިމާގެ ހަވާނަފްސާއި އެއްގޮތަށް، އެއްވެސް ދަލީލެއްގެ މައްޗަށް ބިނާނުކޮށް ދީނުގައި ހުއްދައް ކަމެއް ޙަރާމްކުރުން، ނުވަތަ ޙަރާމްކަމެއް ހުއްދައްކުރުން މިއީ އެއްވެސް މީހެއްގެ މައްޗަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَلاَ تَقُولُواْ لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَذَا حَلاَلٌ وَهَذَا حَرَامٌ لِّتَفْتَرُواْ عَلَى اللّهِ الْكَذِبَ) (النحل:116) މާނައީ: "މާތް ﷲއާއިމެދެ، ދޮގުތައް އުފައްދައިގެން ހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ސިފަކޮށްދައްކާ ދޮގުތަކާއިމެދެ، މިއީ ޙަލާލު އެއްޗެކޭ، މިއީ ޙަރާމްއެއްޗެއްކޭ،(ނުވަތަ ކަމެކޭ) މިހެން ކިޔައި ނުއުޅޫށެވެ! "

Wednesday, March 03, 2010 | Posted in | އިތުރަށް ވިދާޅުވޭ »

މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުމަށް ހުއްދަ ނުދިނުމަށް ސަރުކާރުން ނިންމަވައިފި

 


އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޙުމަދު އިނާޒް ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަނުދޭގޮތަށް ނިންމެވީ އިސްލާމިކް އެފެއާރޒް މިނިސްޓްރީ އާއި ސަރަުކާރުގެ ކަމާބެހޭ އެހެން ވުޒާރާތަކާއެކު ކުރި މަޝްވަރާތަކަކަށް ފަހުކަމަށެވެ. ނަމަވެސް ރަލުގެ ޤަވާއިދަށް އެހެން އިސްލާޙް ތަކެއް ގެނެސް އެއަށްފަހު އެ ޤަވާއިދަށް ޢަމަލުކުރައްވާނެކަމަށް އިނާޒް ވިދާޅުވިއެވެ.

Sunday, February 28, 2010 | Posted in , | އިތުރަށް ވިދާޅުވޭ »

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް