އެންމެ ފަހުގެ

ޕާކިސްތާނުގައި ޔޫޓިޔުބް ބްލޮކް ކޮށްފި.


ވީޑިޔޯ ޝެއަރ ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ވެބްސައިޓް ޔޫޓީޔުބް ޕާކިސްތާނުގައި ބްލޮކް ކޮށްފިއެވެ. ޔޫޓިޔުބް ބްލޮކް ކުރަން ޖެހުނީ އެ ވެބްސައިޓްގައި އިސްލާމްދީނާ ޚިލާފް ވީޑިޔޯތައް އާންމު ކުރަމުން ދާތީ ކަމަށް ޕާކިސްތާނުގެ އޮފިޝަލުން ހާމަކުރައްވައެވެ. ޕާކިސްތާނުގެ މި އަމަލުގެ ސަބަބުން ޔޫޓިޔުބުން އަދި ވަކި އެއްޗެއް ބުނެފައިވާކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.

Friday, May 21, 2010 | Posted in , | އިތުރަށް ވިދާޅުވޭ »

ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލި ދާނެތީ ބިރުގަނޭތަ؟


ކޮންމެވެސް ކަމެއްދިމާވުމުގެ ސަބަބުން ކޮމްޕިޔުޓަރުގައިވާ ޑާޓާތައް ގެއްލުމަކީ ވަރަށް އާންމުކޮށް ދިމާވާކަމެކެވެ. ގިނަފަހަރަށް މިކަން ދިމާވަނީ ހާޑް ޑިސްކް ކްރޭޝް ވުމުންނެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަ އަލުން އެ ޑާޓާތައް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް ދާދި ކުޑަ ކުޑަ ކަމެއް ކޮށްލަނިކޮށް މި މައްސަލައަށް ހައްލެއް ލިބިދާނެއެވެ. ކޮމްޕިޔުޓަރިގައިވާ ޑާޓާތަކުގެ ބެކަޕެއް ހަދާލެވިދާނެއެވެ.

Saturday, May 08, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނީ ކިހިނެއް؟



ވިންޑޯޒް ބޭނުން ކުރާ ފަރާތްތަކުން ވިންޑޯޒްގައި އެމީހެއްގެ އެކައުންޓަށް އެމީހަކާއި ގުޅޭ ފޮޓޯއެއް ލާ އުޅުމަކީ މިޒަމާނުގައި ވަރަށް އާންމު ކަމެކެވެ. މިއީ ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް ބައެއް ފަރާތްތަކުން މިކަމަކީ އުނދަގޫ ކަމެއްގެ ގޮތުގައިވެސް ބުނެއުޅެއެވެ. ހާއްސަކޮށް ކޮމްޕިޔުޓަރަށް އެހާ ރައްޓެހިނޫން މީހުންނަށް މިކަމަކީ އެހާ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެހެން ކަމުން އަޅުގަނޑުގެ މި ލިޔުމުގައި މި ބަލާލަނީ ވިންޑޯޒް އެކައުންޓްގެ ފޮޓޯ ބަދަލު ކުރާނެ ގޮތަށެވެ. މިގޮތުން ވިންޑޯޒް އެކްސްޕީ، ވިސްޓާ އަދި ސެވަން ގައި މިކަން ކުރާނެ ގޮތަށް ބަލާލާނަމެވެ.

Monday, April 26, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ނޮކިޔާ ސީ3


މަޝްހޫރު މޯބައިލް ކުންފުނި ނޮކިޔާއިން އެންމެ ފަހުން ތަޢާރަފް ކުރި ފޯނަކީ ސީ3 އެވެ. މިއީ އެސް40 ފޯނެއްގައި QWERTY ކީބޯޑެއް ހިމަނައިގެން އެންމެ ފުރަތަމަ ނެރުނު ފޯނެވެ. މިފޯނު ބޮޑަށްވައްތަރީ ނޮކިޔާ އީ5 ކާއެވެ. ނަމަވެސް އީ5 އަށްވުރެ މިފޯނުގެ އަގުހެވެ. އަދި ހިމަނާފައި ވަނީ އެސް 40 އޮފަރޭޓިން ސިސްޓަމެކެވެ. މި ފޯނުގައި ހިމެނޭ މުހިންމު ބައެއް ފީޗާތަކަށް ބަލާލާ އިރު އެންމެ ފާހަގަ ކުރެވެނީ މަލްޓިޕަލް އީމެއިލް އެކައުންޓް ސަޕޯޓް ކުރާކަމެވެ. މިގޮތުން ޔާހޫ، ވިންޑޯޒް ލައިވް އަދި ޖީމެއިލްފާހަގަ ކޮށްލެވެއެވެ.

Wednesday, April 14, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ތްރީ ޑީ މޯބައިލް ފޯން ވަރަށް އަވަހަށް ބާޒާރަށް...


މޯބައިލް ފޯނުގެ މުޅިންއާ ޖީލެއްކަމަށްވާ ތްރީޑީ މޯބައިލް ފޯން މިއަހަރުގެ ފަހުކޮޅު ބާޒާރަށް ނެރެވޭވަރުވާނޭ ކަމަށް ޖަޕާންގެ މަޝްހޫރު އިލެކްޓްރިކް ކުންފުނި ޝާޕްއިން ބުނެފިއެވެ. ޝާޕުން އުފައްދާ ބާޒާރަށް މިނެރޭ ތްރީޑީ މޯބައިލް ފޯނަކީ ވަކި ހާއްސަ އައިނެއް ބޭނުންކުރަން ނުޖެހޭނެ ފޯނެއްކަމަށް އެފަރާތުން ދަނީ ބުނަމުންނެވެ. މި ހަފްތާ ބަންދާ ދިމާކޮށް ޝާޕުން ވަނީ އެފޯނު އާންމުންނަށް ދައްކާލާފައެވެ.

Saturday, April 10, 2010 | Posted in | އިތުރަށް ވިދާޅުވޭ »

މިހާތަނަށް އައި އިރު 450،000 އައިޕެޑް ވިކި 600،000 އައިބުކް ޑައުންލޯޑް ކޮށްފައިވޭ: ޖޮބްސް


އެޕަލްއިން 450،000 އައިޕެޑް ވިއްކައިފި ކަމަށާއި އަދި އައިޕެޑަށް ހާއްސަކޮށްގެން އުފައްދާފައިވާ އައިބުކުގެ 600،000 އައިބުކު ޑައުންލޯޑް ކޮށްފައިވާކަމަށް އެޕަލްގެ ޗީފް އެގްޒެކްޓިވް ސްޓީވް ޖޮބްސް ބުރާސްފަތި ދުވަހު ބުނެފިއެވެ.

Friday, April 09, 2010 | Posted in | އިތުރަށް ވިދާޅުވޭ »

އައިޕެޑެއް ގަތުމުގެ ކުރިން އެގެންޖެހޭ މުހިންމު 12 ކަމެއް.

އައިޕެޑްގެ ތަފާތު ވީޑިއޯތަށް ފެނިފައި ވުމަކީ އެކަށީގެންވާކަމެކެވެ. ފަހަރެއްގައި، އެފަދަ އިލެކްޓްރޯނިކް އާލާތްތަކަށް ލޯބި ކުރާ ފަރާތްތަށް އައިޕެޑް ގަތުމާއިމެދު ދެޚިޔާލެއްގައި ތިބުންވެސް ހަމަ އެކަށީގެންވެއެވެ. ވުމާއިއެކު، އެފަދަ މީހުންނަށް ކުޑަވަރެއްގެ އެހީއެއް ވެވިދާނެކަމަށް އުންމީދު ކުރާހާލު، މި ލިއުން އައިޕެޑެއް ގަތުމުގެ ކުރިން އެގެންޖެހޭ މުހިންމު 12 ކަމެއް ގެ މައްޗައް ބަލާލާނަމެވެ.
އައިޕެޑެއް ގަންނާނަންތަ ހަމަ؟ ދެން ކޮން ބޭނުމެއް އެއިން ހިފާނީ؟

Sunday, April 04, 2010 | Posted in | އިތުރަށް ވިދާޅުވޭ »

އެޕަލް ކުންފުނީގެ އައިޕެޑް ބާޒާރަށް ނެރެފި.

މީގެ އެތަށް ދުވަހެއް ކުރިން ފެށިގެން ގިނަބަޔަކު އިންތިޒާރު ކުރަމުންދާ އެޕަލް ކުންފުނީގެ ޓެބްލެޓް ޕީސީ އައި ޕެޑް އިއްޔެ ބާޒާރަށް ނެރެފިއެވެ. އައިޕެޑް ބާޒާރަށް ނެރުމާއެކީ އެމެރިކާގައި އިއްޔެވަނީ އައިޕެޑް ވިއްކަންފަށާފައެވެ.
އެޕަލްގެ ފިހާރަތަކުން އައިޕެޑް ވިއްކަން ފެށުމުގެ ކުރިންވެސް އެތަށްހާސް އޯޑަރެއް ލިބިފައިވާއިރު ފިހާރަތަކަށް ވެސް އެތަށް ހާސްބަޔަކު އިއްޔެ ގޮސް އައިޕެޑް ގަނެފައި ވެއެވެ.

Sunday, April 04, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ފޭސްބުކު: ދުނިޔޭގެ އެންމެ މަޝްހޫރު ސޯޝިއަލް ނެޓްވޯކް.

ދުނިޔޭގެ އެންމެ މަޝްހޫރު ސޯޝިއަލް ނެޓްވޯކަކީ ކޮބާހޭ އަހަލައިފިނަމަ ޖަވާބުގައި ބުނާނީ ފޭސްބުކްއެވެ. ޝައްކެއްވެސް ނެތެވެ. ފޭސްބުކަކީ ދުނިޔޭގެ އެންމެ މަޝްހޫރު ސޯޝިއަލް ނެޓްވޯކެވެ. ދުނިޔޭގެ އެތަށް ބަޔަކު ދަނީ ފޭސްބުކުގައި ރަޖިސްޓްރީކޮށް ފޭސްބުކުގެ ބޭނުން ކުރަމުންނެވެ. މިހާތަނަށް އައި އިރު ފޭސްބުކުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ އަދަދު 400 މިލިޔަނަށް ވުރެ ގިނައެވެ.

Tuesday, March 30, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ލެޕްޓޮޕްގެ ބެޓެރީ ގިނަދުވަހު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންތައް.

ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކީ މީހުންގެ ވިސްނުންވެސް މިއަދު މިވަނީ ބަދުވެފައެވެ. މިގޮތުން ޓެކްނޮލޮޖީއަށް ބަލާއިރު އިންސާނުންގެ ވިސްނުން ބަދަލު ވެފައިމިވަނީ މީގެ ކުރިން ހީވެސް ނުކުރާހާ ބޮޑަށެވެ. އެންމެ ފުރަތަމަ ގެންގުޅުނު ބޮޑެތި ފޮށިގަނޑުލީ ކޮމްޕިޔުޓަރުތައް ފްލެޓް ސްކްރީނަށް ބަދަލުވެ އެންމެ ފަހުން މިއަދު މިވަނީ ކުޑަކުޑަ ލެޕްޓޮޕަކަށް ބަދަލުވެފައެވެ. ގިނަމީހުން ލެޕްޓޮޕް ބޭނުން ކުރަނީ ކުޑަވެފައި ގެންގުޅެން ފަސޭހަވީމައެވެ. ބޭނުންތާކަށް ހިފައިގެން ދާން ވީއެވެ. ބޮޑެތި ކޮމްޕިޔުޓަރުން ކުރެވޭ ބޭނުންތައްއެއިން ކުރެވެއެވެ.

Thursday, March 25, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ފޮޓޯ ގްރެބާރ: ފޭސްބުކުގައިވާ ފޮޓޯތައް ފަސޭހައިން ޑައުންލޯޑް ކުރެވިދާނެ ސޮފްޓްވެއާއެއް.

ފޭސްބުކުގައިވާ އެންމެ ހިތްގައިމު އެއް ފީޗާއަކީ ފޮޓޯއަލްބަމް ހަދާލެވުމެވެ. ބޭނުންވަރަކަށް އެ އަލްބަމަކަށް ފޮޓޯ އަޕްލޯޑްކޮށް ރަހުމަތްތެރިންނާ ޝެއާރ ކުރަންވީއެވެ. ހަމަ މިއާ އެކު އަޕްލޯޑް ކުރާ ފޮޓޯއަށް ފޭސްބުކުގެ ރަހުމަތްތެރިން ޓެގްވެސް ކުރަން ވީއެވެ. މިފަދަ އެތަށް ކަންތައްތަކެއް ފޭސްބުކުގައި ހިމެނިފައި ވާކަމީ އާއްމުންގެ މެދުގައި ފޭސްބުކު އެހާ މަގުބޫލު ވުމުގެ ސިއްރޭވެސް ބުނެވިދާނެއެވެ.

Sunday, March 21, 2010 | Posted in | އިތުރަށް ވިދާޅުވޭ »

އެންމެ ގިނަ ދުވަސް ވީ 15 ޑޮޓް ކޮމް ޑޮމެއިން.

މިމަހުގެ 15 ވަނަ ދުވަސް ފާހަގަ ކުރެވުނީ އިންޓަރނެޓް ވެބް އެޑްރެސް ޑޮޓްކޮމްއަށް 25 އަހަރު ފުރުނު ދުވަހުގެ ގޮތުގައެވެ. އެންމެ ފުރަތަމަ އިންޓަރނެޓް އެޑްރެހެއްގެ ފަހަތަށް ޑޮޓް ކޮމް ބޭނުންކުރެވުނީ 1985 ވަނަ އަހަރުއެވެ. މިލިޔުމުގައި މި ބަލާލަނީ ދުނިޔޭގައި އެންމެ ގިނަ ދުވަސްވީ 15 ޑޮޓްކޮމް ޑޮމެއިން ތަކަށެވެ.

Thursday, March 18, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ޓްވީޓާ 10 ބިލިޔަން ޓްވީޓް އާ ދިމާލަށް...


ސޯޝިއަލް ނެޓްވޯކްގައި ކުރިހޯދުމަށް ޓްވީޓާއިން ކުރާ މަސައްކަތަށް ކުރިއެރުން ލިބެމުން ދާ ކަމުގެ ނިޝާންތައް ފެންނަށް ފަށައިފިއެވެ. ޓްވީޓާއިން މިހާރު ވަނީ އެމީހުން ގެ 10 ބިލިޔަން ޓްވީޓް އާ ދިމާލަށް މިސްރާބު ޖަހާފައެވެ. ދިރާސާ ކުރާ ފަރާތް ތަކުން ހާމަ ކުރާ ގޮތުގައި މިއީ ޓްވީޓާއަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.
ޓެކް ބްލޮގްތަކުގައި ލިޔެފައި ވާގޮތުން ޓްވީޓާގެ 10 ބިލިޔަން ޓްވީޓް ހަމަ ކުރުމަށް ދެން ބޭނުންވާނީ އެއް ދުވަހެވެ. ނުވަތަ އެއަށް ވުރެ ކުޑަ ވަގުތު ކޮޅެކެވެ. ޓްވީޓާއިން ހާމަ ކުރާ ގޮތުގައި ދުވާލެއްގެ މައްޗަށް ޓްވީޓާ ގައި 50 މިލިޔަން ޓްވީޓް ކުރެއެވެ.

Thursday, March 04, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ގޫގުލް ކްރޯމް ބްރައުޒާ މާކެޓްގައި ކުރިއަށް ޖެހިލައިފި.



ޝައްކެއްނެތްގޮތުގައި ގޫގުލް ކްރޯމް އަކީ މިހާރު އެންމެ ކުރިއަރަމުން އަންނަ އެއް ބްރައުޒާއެވެ. ހުސްވި ފެބްރުއަރީ މަހުގެ ބްރައުޒާ މާކެޓުގެ ތަފާސް ހިސާބު ތަކަށް ބަލައިލުމުން މިކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ.

Tuesday, March 02, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ޔޫޓިޔުބުން އައި.އީ 6 ކަށް ސަޕޯޓް ދިނުން ހުއްޓާލަނީ.



މިހާރު އިންޓަރނެޓް އެކްސްޕްލޯރާ 6 ވެފާވަނީ ޑިވެލޮޕް ކުރާމީހުންނާއި ވެބްސައިޓް ތައް ހިންގާ ފަރާތްތަކުގެ ބޮލުގަ ރިހުމަކަށެވެ. ސަބަބެއްކަމަކަށް އެފަރާތް ތަކުން ބުނަނީ މަދުން ނަމަވެސް ބައެއްފަރާތް ތަކުން އެފަދަ ރައްކާތެރި ނޫން ބްރައުޒާތައް ބޭނުން ކުރުމެވެ. ނަތީޖާ އަކަށް ވަނީ ބޭނުން ކުރާ ފަރާތް ތަކަށާއި، ޑިވެލޮޕް ކުރާ އަދި ވެބްސައިޓްތައް ހިންގާ ފަރާތް ތަކަށް ހެކަރުންގެ ފަރާތުން ނުރައްކަލާ ކުރިމަތި ލާން ޖެހުމެވެ.

Friday, February 26, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ހިލޭ ލިބޭ ބައެއް އެންޓި ވައިރަސް ސޮފްޓްވެއަރ.

އެންޓި ވައިރަހަކީ ކޮމްޕިޔުޓަރެއް އެންމެ ފުރިހަމައަށް އަދި އެންމެ ރައްކާތެރިކޮށް ހިންގުމަށް ވަރަށް މުހިންމު އެއްޗެކެވެ. މިހާރަކަށް އައިސް ތަފާތު ވައްތަރުގެ ވައިރަސްތަކާއި ސްޕައިވެއަރތަށް މިދަނީ އިތުރުވަމުންނެވެ. ހަމަ މިއާ އެއްވަރަށް އެންޓިވައިރަސް ސޮފްޓްވެއަރ ތައްވެސް މިދަނީ ދުވަހުން ދުވަހަށް ތަރަށްގީ ކުރެވި ކުރި އަރަމުންނެވެ. އަދި އަލަށް އުފައްދާ އެންޓި ވައިރަސް ސޮފްޓްވެއަރ ތައްވެސް މަދެއްނޫނެވެ. ނަމަވެސް ފާހަގަ ކޮށްލަންޖެހޭ ކަމަކީ މިފަދަ ގިނަ ސޮފްޓްވެއާރ ތަކަކީ ބޮޑުއަގުގައި ގަންނަންޖެހޭ ސޮފްޓްވެއާރ ތަކެއްކަމެވެ. އެހެން ކަމުން މި ލިޔުމުގައި އަލިއަޅުވާލެވޭތޯ މިބަލަނީ ހިލޭލިބޭ ބައެއް އެންޓިވައިރަސް ސޮފްޓްވެއަރ ތަކަށެވެ.

Tuesday, February 23, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ފަޔާފޮކްސް ގެ އާ ވާޝަން 3.5.8

މޮޒިއްލާއިން ފަޔާފޮކްސް ގެ އާ ވާޝަން 3.5.8 ރިލީސްކޮށްފިއެވެ. މި ވާޝަންގައި ވަރަށްގިނަ މައްސަލަ ތަކެށް ހައްލުކޮށްފައި ވާނޭކަމަށް މޮޒިއްލާއިން މައުލޫމާތު ދެއްވައެވެ. މިގޮތުން ކުރީގެ ވާޝަނަށްވުރެ މި ވާޝަންގައި ސެކިޔުރިޓީ ވަރުގަދަ ވާނެކަމަށްވެއެވެ.

Thursday, February 18, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ވިންޑޯޒް ސެވަންގެ ސްޓާޓް ބަޓަންގެ ސްޓައިލް ބަދަލު ކޮށްލަން ބޭނުންފުޅުތޯ؟



ވިންޑޯޒް ސެވަންގެ ސްޓާޓް ބަޓަންގެ ސްޓައިލް ބަދަލު ކޮށްލަން ބޭނުން ފުޅުތޯ؟ އެހެން ކަމަށް ވާނަމަ އަވަހަށް މި ސޮފްޓްވެއާރ އިންސްޓޯލް ކޮށްލައްވާ! ވިންޑޯޒް ސެވަން ސްޓާޓް ބަޓަން ޗޭންޖާއަކީ ވަރަށް ފަސޭހަ ކަމާއެކީ މިކަން ކޮށްލެވިދާނެ ސޮފްޓްވެއާއެއް! މިކަން ކުރުމަށް އެންމެ ފުރަތަމަ މި ސޮފްޓްވެއާ ޑައުންލޯޑް ކޮށްލައްވާ!

Friday, February 12, 2010 | Posted in | އިތުރަށް ވިދާޅުވޭ »

2009 ވަނަ އަހަރު އިންޓަރނެޓް ބޭނުން ކުރެވިފައިވާ ގޮތަށް ބަލައިލުމެއް.



ޕަބްލިޝް ކުރީ: އެޑްމިން
ލިޔުނީ:ދި-ބުރުނު

އިންޓަރނެޓްގެ ސަބަބުން އަހަރެމެން މުއާސަލާތު ކުރާގޮތް މިއަދު މިވަނީ ވަރަށް ބޮޑުތަން ބަދަލު ވެފައެވެ. ކޮންމެ ދުވަހަކު އެތައްބަޔަކާ ބައްދަލުވެ ، އެމީހުންގެ ވާހަކަތައް އަހަރެމެންނާ ހިއްސާކޮށް، އަދި އަހަރެމެންގެ ވާހަކަތައް އެމީހުންނާ ހިއްސާކުރުމުގައި އިންޓަނެޓް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އެހެން ކަމުން އުފެދޭ ސުވާލަކީ 2009 ވަނަ އަހަރު އިންޓަރނެޓް ބޭނުން ކުރެވިފައިވަނީ ކޮންގޮތަކަށް ބާވައެވެ؟

Wednesday, February 03, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ވިންޑޯޒް ސެވަން އަކީ އެންމެ ހަލުއިކަމާއެކީ ވިކޭ އޮޕަރޭޓިން ސިސްޓަމް – މައިކްރޯސޮފްޓް.


ދި-ބުރުނު
ވިންޑޯޒް ސެވަން މާކެޓަށް ނެރުނުތާ އަދި މާގިނަ ދުވަސް ތަކެއް ނުވެއެވެ. ނަމަވެސް މައިކްރޯސޮފްޓްއިން ހާމަ ކުރަގޮތުގައި ވިންޑޯޒް ސެވަން އަކީ ވިންޑޯޒް އޮޕަރޭޓިން ސިސްޓަމްގެ ތާރީހަށް ބަލާއިރު އެންމެ ހަލުއި ކަމާއެކީ ވިކޭ އޮޕަރޭޓިން ސިސްޓަމެވެ. ވިންޑޯޒް ސެވަން ރިލީސް ކުރި ފުރަތަމަ ހަފްތާގައިވެސް ، ވިސްޓާ އަށް ވުރެ އެތައްގުނައެއް ވަނީ ކުރި ހޯދާފައެވެ.

Monday, January 11, 2010 | Posted in | އިތުރަށް ވިދާޅުވޭ »

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް