އެންމެ ފަހުގެ

އަދާލަތުޕާޓީގެ ނޫސްބަޔާން

بسم الله الرحمن الرحيم

ޢަދާލަތު ޕާޓީ

މާލެ، ދިވެހި ރާއްޖެ

ނޫސް ބަޔާން

އަވަސް ސަމާލުކަމަކަށް އެދެން:

މިއަދު، ހުކުރު ދުވަހުގެ ރޭ، މާފަންނު ސްޓޭޑިއަމުގައި އޮތް އިންޑިޔާގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ޑރ. ޒާކިރު ނައިކުގެ ދީނީ ދަރުސުގެ ތެރޭގައި ސުވާލު ކުރުމަށް ލިބުނު ފުރުޞަތުގައި ރާއްޖޭގެ ޒުވާނަކު ތިމަންނާއަކީ މުސްލިމް ބައްޕައަކާ މައްމައަކަށް ލިބިފައި ހުރި، ދިވެހި ދަރިއެއް ކަމަށާއި ތިމަންނަ އިސްލާމް ދީން ޤަބޫލު ނުކުރާ ކަމުގައި އިޢުލާންކޮށް އިސްލާމް ދީނަށް ގޮންޖަހައި، ރާއްޖޭގެ ޤާނޫނު އަސާސީ މުގުރާލައި، މިރާއްޖޭގައި ޒަމާނުއްސުރެން އޮތް އާދަކާދައާއި އިސްލާމީ އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލައި، އެގެނައި ހުތުރު ޢަމަލަކީ ޢަދާލަތު ޕާޓީން އިންތިހާއަށް ޙައިރާންވެ ދެރަވާ ކަމެއް ކަމުގައި ދަންނަވަމެވެ.

Saturday, May 29, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ޒަކޫމީ، ޖަބުލާނީ އަދި ވުވުޒެލާ


ދުނިޔޭގެ އެންމެ ބޮޑު އަދި ޝަރަފްވެރި ފުޓުބޯޅަ މުބާރާތް “ވޯލްޑްކަޕް” މިހާރު މިވަނީ ބޯމަތިވެފައެވެ. ދުނިޔޭގެ ކަންކޮޅުތަކަށް ވަނީ ފުޓުބޯޅައިގެ އީދު އައިސްފައެވެ. ސައުތު އެފްރިކާގައި މިފަހަރު ބޭއްވޭ ވޯލްޑްކަޕާއި އެކު އަހަރެމެންގެ ތެރެއަށްވެސްވަނީ ވަރަށް ތަފާތު މުޅިންއާ ބަސްތަކެއް ތައާރަފްވެފައެވެ. އެހެންކަމުން އަހަރެމެން ދުވަހުގެ މުއާމަލާތުގެ ތެރެއަށް މިހާރު ވަދެފައިވާ ތިން ބަހަކަށް ބަލައިލާނަމެވެ.

Friday, May 28, 2010 | Posted in | އިތުރަށް ވިދާޅުވޭ »

" މި ސައިޓް ވަނީ ހެކް ކޮށްފައި"


ލިޔުނީ: އަލީ އަހްސަން

މިއީ ފަހަކަށް އައިސް ވަރަށް ގިނަ ވެބްސައިޓްތަކުން ހުޅުވާލުމާއި އެކު ފެނިގެންދާ މެސެޖެކެވެ. ހާއްސަކޮށް އިސްލާމް ދީނުގެ ވާހަކަތައް ލިޔާ އަދި އިސްލާމް ދީނުގެ ޚިޔާލާތުގެ ވެބްސައިޓުތަކަށް މިފަދަ ‘ހަމަލާ’ތައް ދިނުން ގިނަވެފައިވާކަން ފާހަގަ ކުރެވެއެވެ. ‘ހެކަރުން’ގެ ހަމަލާތަކާއި ކުރިމަތިވެ އެތަކެއް ގެއްލުންތައް ކުރިމަތިވެފައިވާ ވެބްސައިޓުގައި ފަހަކަށް އައިސް ގިނަކަން ފާހަގަ ކުރެވެއެވެ. ބައެއް ސައިޓްތަކާއި އީމެއިލް ތައް ‘ކޮންމެވެސް މަޅިއެއް’ޖަހައިގެން އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް އެކިވަރުގެ ގެއްލުންދަނީ ދެމުންނެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ‘ކޮޅަށް’ ޖަހާފައިވާ ވެބްސައިޓްތައް އެންމެ ހިނދުކޮޅެއްގެ ތެރޭގައި ކަނޑާ ވައްޓާލަނީ އެއްވެސް ފިކުރެއްނެތިއެވެ.

Tuesday, May 25, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ދުނިޔެ އުފެދުނީ އިއްތިފާޤުން ހެއްޔެވެ؟؟؟ ނޫން!! ނޫން!! އެއްގޮތަކަށްވެސް އެއީ އިއްތިފާޤެއްނޫން...


ބައެއްމީހުން ދެކޭގޮތުގައި ދުނިޔެ އުފެދުނީ އިއްތިފާޤަކުންނެވެ. އެބައިމީހުންގެ ނަޒަރުގައި ދުނިޔެ އުފެއްދެވި ވަކި ފަރާތެއް ނުވެއެވެ. އެބަހީ ދުނިޔެ އުފެދުމާއި، ދުނިޔޭގައި ހިނގަމުންމިދާ މިލިޔަނުން މިލިޔަނުން ގުނައިލެވޭ ތަފާތު ކަންތައްތަކާއި ނިޒާމުތައް އިންތިޒާމުވެ، ހަމަޖެހި، ހިނގަމުންމިދާ ދިއުމަކީ ހަމަ އިއްތިފާޤެވެ. އެއްވެސް ބާރުގަދަ ޚާލިޤަކުގެ ބާރެއް ނޫނެވެ. ޝައްކެއްނެތެވެ! މިބާވަތުގެ މީހުންނަށް އަޅުގަނޑުމެން ކިޔައި އުޅެނީ އެއްވެސް ދީނެއް ޤަބޫލު ނުކުރާ މީހުންނެވެ. ނުވަތަ އިލްޙާދުގެ އަހުލުވެރިންނެވެ. ތަންކޮޅެއް ފޮނިގޮތަކަށް މިބާވަތުގެ މީހުންގެ ނަންވެސް ލިޔެލާނަމެވެ އާދޭހެވެ! ޒުވާނުންނަށް ދެނެގަތުން ފަސޭހަ ކުރުމަށްޓަކައެވެ. އެގޮތަކީ:-

Friday, May 21, 2010 | Posted in , | އިތުރަށް ވިދާޅުވޭ »

ހެކު ދޮންބަފާ


ކަންކަން ހަޖަމް ކުރުމާއި ، ތިމާ ހިތް ނޭދޭ ކަންކަމަށް އާބަސް ބުނުމާއި ، ތިމާ ތާޢީދު ނުކުރާ ރައުޔުތައް ހާމަކުރާއިރު ހަމަހިމޭނުން އިނުމަކީ އާދަމުގެ ދަރީންގެ ތެރެއިން ވަރަށް މަދުބަޔަކަށް ނޫނީ ވާނޭކަމެއް ނޫނެވެ. މިއީ ބައެއްފަހަރު އެމީހުންގެ ބަލިފަޔަށްވެސް ވެދެއެވެ.

ކިޔަމުން ކުރިއަށްދާށެވެ. ވެގެން ޢުޅޭގޮތެއް އެނގޭނީ އޭރުންތާއެވެ.

Monday, May 10, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ބްލޮގްތަކާއި ވެބްސައިޓްތައް ހެކް ކުރުން އިތުރުވަނީ...


އިއްޔެ 4 މެއި 2010 ވަނަދުވަސް އަހަރެމެންގެ މި ދިވެހިރާއްޖޭގައިވެސް ފާހަގަ ކުރީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ގޮތުގައެވެ. މިދުވަސްފާހަގަ ކުރުމުގެ ގޮތުން ބޮޑެތި ޖަލްސާތަކާއި ކެއުންތައް ބާއްވާ ހަދާފައިވެއެވެ. މިގޮތުން ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަމުން ދިވެހިރާއްޖޭގެ ރައީސް އަލްފާޟިލް މުހަންމަދު ނަޝީދު ވިދާޅުވެފައި ވަނީ މި ސަރުކާރުން މީޑިޔާއަށް ނުފޫޒު ނުފޯރުވާނެ ކަމުގައެވެ. ނަމަވެސް އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ ކަންތައްތައް ވަމުން މިދަނީ ހަމަ އެގޮތަށް ބާވައެވެ؟

Wednesday, May 05, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ކުށްވެރިންނަށްޓަކައި...

ލިޔުނީ: އަލްއަޚް މުޙައްމަދު ޝާފިޢު
ކުށްކުރާމީހުންނަށް އަދަބުދޭންޖެހެނީ އެކުރިކުށަށް ދެވަނަ ފަހަރަށް އެނބުރި ރުޖޫޢަވުމުން ސަލާމަތްކުރުމަށާއި ކުށުގެ ސަބަބުން މުޖްތަމަޢަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށެވެ.

ކުށްވެރިންނަށް ބައެއް ޤައުމުތަކުގައި ދޭ އަދަބުގެ މިސާލަކީ ސޮލިޓަރީ ކޮންފައިންމެންޓް (އެކަހެރިކޮށް ބަންދުކުރުން)، ޖަލަށްލުން، ޖޫރިމަނާކުރުން، އުމުރަށް ޖަލަށްލުން، މަރުގެ އަދަބު ދިނުން، މުޖްތަމަޢަށް ކޮންމެވެސް ޚިދުމަތެއް ކޮށްދިނުން މަޖުބޫރުކުރުވުން ފަދަ ކަންތައްތަކެވެ.

Friday, April 30, 2010 | Posted in , | އިތުރަށް ވިދާޅުވޭ »

މިކަންކަމާ ވިސްނާލީމުހެއްޔެވެ؟


ދުނިޔޭގެ އެކި ހިސާބުތަކަށް ނަޒަރު ހިންގާލައިފިނަމަ ފެންނާނީ ގުދުރަތީ އެކި މުސީބާތްތަށް ކުރިމަތިވެފައިވާތަނެވެ. ބިންހެލުމާއި ފެންބޮޑުވުމެވެ. ތޫފާންތަކެވެ. ވާރޭނުވެހި ހަނަފަސްކަން ތަހައްމަލު ކުރަންޖެހޭ ގައުމުތައްވެސް މަދެއްނޫނެވެ. މިއީ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަން ބާވައެވެ؟ ނޫނީ މިއީ އަހަރެމެން އިންސާނުންގެ އުޅުން ހުރިގޮތުގެ ސަބަބުން ﷲ ސުބުހާނަހޫ ވަތަޢާލާ ފޮނުއްވާ ކޯފާ ބާވައެވެ؟ މިއީ ހަމަ ކޮންމެ ހެންވެސް ވިސްނާލަންވެއްޖެ ކަންކަމެވެ.

Thursday, April 15, 2010 | Posted in , | އިތުރަށް ވިދާޅުވޭ »

އެއްއަހަރު ފުރުނީއެވެ.


މިއަދަކީ މި ބްލޮގްގެ އަހަރީ ދުވަހެވެ. ދި-ބުރުނު ބްލޮގަށް އެއްއަހަރު ފުރުނީއެވެ. މިދުވަހުގެ ތަހުނިޔާ ތިޔަ އެންމެހާ ލޮބުވެތި، އިއްޒަތްތެރި ކިޔުންތެރިންނަށް އަރިސްކުރަމެވެ. ތިބޭފުޅުންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ.

Sunday, April 11, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ޑރ. ޒާކިރު ނައިކް އަށް މަރުޙަބާ.


ޑރ. ޒާކިރު ނައިކް އަކީ މިހާރު ދުނިޔޭގައި ތިއްބެވި އެންމެ ފުސްނާބުއުސް ޢިލްމުވެރިންގެ ތެރެއިން ބޭފުޅެއް ކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. މެޑިކަލް ދާއިރާއިން ތަޢުލީމު ހާސިލް ކުރެއްވުމަށްފަހު، ޝެއިޚް އަޙްމަދު ދީދާތުގެ އަރިހުން ދަރިވަރުވެ ދީނީ ތަޢުލީމު އުގެނިވަޑައިގެން، ދީނަށްޓަކައި ނުކުތް ޑރ. ޒާކިރު ވަނީ އިސްލާމު ދީނަށްޓަކައި މިޒަމާނުގައި އެހެން ފަރާތަކުން ނުކުރާފަދަ ފާހަގަ ކޮއްލެވޭ ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައެވެ. އިސްލާމިކް ރިސާޗް ފައުންޑޭޝަނާއި، އިސްލާމިކް ޗެނަލް ޕީސްޓީވީއާއި އަދި އިންޓަނޭޝަނަލް އިސްލާމިކް ސްކޫލް އެކަނިވެސް މިކަމަށް ހެކިދެއެވެ.

Saturday, April 10, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ޒިންމާއިން ރެކުން ! ޕީޕީޕީ


މިއަދުގެ ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ޒިންމާއިން ރެކެން އާގޮތެއް ހޯދައިފިއެވެ. އެއީ ޕީޕީޕީ އެވެ. ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތެއްގެ އަގުބޮޑުކުރަން ނުވަތަ ހުއްޓާލަން ބޭނުންކުރަން އެންމެ ފުރިހަމަ ނިޒާމަކީ ޕީޕީޕީ އެވެ.

Tuesday, April 06, 2010 | Posted in | އިތުރަށް ވިދާޅުވޭ »

އިސްލާމިކް މިނިސްޓްރީ ނިދާފައި އޮތީ ކީއްވެގެންބާ؟


މިހާރު ދިވެހިރާއްޖޭގެ މީޑިޔާގއި އެންމެ ފޯރިއާއި އެކު ދެކެވޭ އެއްވާހަކައަކީ މަޝްހޫރު އާރް އެންޑްބީ ލަވަކިޔުންތެރިޔާ އޭކަންގެ ކޮންސެޓެއް ރާއްޖޭގައި ބާއްވަން އުޅޭ ވާހަކައެވެ. މީނާގެ މި ކޮންސެޓް ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހުނީ ކުރިން ކޮންސެޓް ބާއްވަން ހަމަޖެހިފައި އޮތް ސްރީލަންކާއިން އޭނާއަށް ވިސާނުދިނުމުގެ ސަބަބުން ކަމަށް ވެއެވެ. އޭނާއަށް ވިސާ ނުދިނީ އެމީހުންގެ ބުއްދާއަށް ހުތުރުވާގޮތަށް އެމީހުންގެ ދީނަށް ފުރަށްސާރަ ވާފަދަ މަންޒަރެއް އޭކަންގެ ލަވައެއްގައި ފެންނާތީއެވެ.

Tuesday, April 06, 2010 | Posted in , | އިތުރަށް ވިދާޅުވޭ »

އާތު އަވާރގައި ބައިވެރި ވަމާތޯއެވެ؟

އާތު އަވާގައި ބައިވެރިވެ ލައްވާ!
ތިމާވެށި ހިމާޔަތް ކުރައްވާ!

އާތު އަވާ އަކީ ވޯލްޑް ވައިލްޑް ލައިފް ފަންޑުން އިންތިޒާމް ކޮށްގެން 2007 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ހަރަކާތެކެވެ. މި ހަރަކާތުގެ ބޭނުމަކީ ތިމާވެއްޓަށް ލިބޭ ގެއްލުންތަށް ކުޑަކުރުމަށް ބާރުއެޅުމެވެ. މިގޮތުން މިހަރަކާތުގެ އެންމެ ބޮޑު މަޤުސަދަކީ އެއްގަޑިއިރު ( 60 މިނެޓް) އަށް ބޭނުން ނުކުރާ ކަރަންޓް ސާމާނު ނިއްވާލާފައި ބެހެއްޓުމަށް ބާރުއެޅުމެވެ.

Friday, March 26, 2010 | Posted in | އިތުރަށް ވިދާޅުވޭ »

އެއްވެސް ބަޔަކު މިވާހަކަ ނުދައްކަނީ ކީއްވެ؟

މަތީގައިވާ ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ ޑެންމާކްގައި ކޯމަސްމެރުމުގެ ފެސްޓިވަލެއްގައި ކޯމަސްތަކެއް މަރަމުންދާ މަންޒަރެވެ. މިއީ ކޮންމެ އަހަރަކު މި މީހުން މަޖަލަށް ހިންގަމުން ގެންދާ ކަމެކެވެ. ނަމަވެސް އަޅުގަނޑު މިކަން ސިފަ ކުރަނީ ދިރޭ ތަކެއްޗާ ދެކޮޅަށް ހިންގޭ "ޖަރީމާ" އެއްގެ ގޮތުގައެވެ. މިމީހުންގެ މި އަމަލުގެ ސަބަބުން އެތަށް ހާސް ކޯމަސްތަކެއް މަރުވެގެން ދާނޭ ކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ. އަދި މިކަމުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއްފޯރާނެކަމީ ޔަގީން ކަމެކެވެ.

Saturday, March 20, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ފޮޓޯޝޮޕް ބްރަޝް ހިލޭ ޑައުންލޯޑް ކުރަށްވާ!

ފޮޓޯ ޝޮޕްއަކީ ވަރަށް މަޝްހޫރު ސޮފްޓްވެއާއެކެވެ. މި ސޮފްޓް ވެއާރގެ އެހީގައި ފޮޓޯ އެޑިޓްކޮށް ،ތަފާތު ވައްތަރުގެ ޑިޒައިންތަށް ފަރުމާކުރުމުގެ އިތުރުން އެތަށްއެތަށް ކަންތަށްތަކެއް ކުރެވެއެވެ. ނަމަވެސް އެންމެ ފުރިހަމަ ގޮތުގައި ފޮޓޯޝޮޕް ބޭނުން ކުރުމަށް ބައެއްކަހަލަ ޓޫލްތަށް އަލުން އިންސްޓޯލް ކުރަންޖެހެއެވެ

. މިގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވޭ އެކަށްޗަކީ ފޮޓޯޝޮޕްގައި ބޭނުން ކުރެވޭ ބްރަޝް ތަކެވެ. އެހެންކަމުން މި ލިޔުމުގައި މި ބަލާލަނީ އެފަދަ ބްރަޝްތައް ހިލޭ ޑައުންލޯޑް ކުރެވިދާނެ ބައެއް ސައިޓް ތަކަށެވެ.

Wednesday, March 17, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ޝައިޚުލް އަޒްހަރުކަން ކުރައްވާފައިވާ ބައެއްބޭފުޅުން.

މިސްރުގެ އަޒްހަރު ޔުނިވާސިޓީ އަކީ ދުނިޔޭގައި އެންމެ ގިނަ ދުވަސްވީ ޔުނިވާސިޓީ ތަކުގެތެރޭގައި ހިމެނޭ ތަނެކެވެ. މި ލިޔުމުގައި އަޅުގަނޑު މި ބަލާލަނީ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީގައި ޝެއިޚުލް އަޒަހަރުކަން ކުރައްވާފައިވާ ބައެއް ބޭބޭފުޅުންނަށެވެ. އެންމެ ފަހުން ޝެއިޚުލް އަޒްހަރު ކަމުގައި ހުންނެވި ބޭފުޅާ

އަވަހާރަވީ ހަބަރު ލިބުނީ އިއްޔެ ( 10 މާޗް 2010 ) ގައެވެ. މިއަދާ ހަމައަށް އައި އިރު 49 ބޭފުޅަކު ޝެއިޚުލް އަޒްހަރުކަން ކުރައްވާފައިވާކަން އެނގެއެވެ.

Thursday, March 11, 2010 | Posted in | އިތުރަށް ވިދާޅުވޭ »

އިސްލާމް ދީނަށް ފުރަށްސާރަ ކުރާ މީހުނަށް.


މާތް ﷲ ކީރިތި ޤުރުއާނުގައި ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ މިފަދައިންނެވެ. " ހަމަކަށަވަރުން ﷲގެ ހަޟުރަތުގައި ދީނަކީ އިސްލާމް ދީނެވެ." މި ބަސްފުޅުން އަހަރެމެންނަށް އެނގިގެން ދަނީ މާތް ﷲގެ ހަޟުރަތުގައި ގަބޫލު ކުރެއްވޭނެ

ދީނަކީ ހަމައެކަނި އިސްލާމް ދީން ކަމެވެ. އެހެން ދީން ތަކެއް އެކަލާނގެ ގަބޫލު ނުކުރައްވާނެ ކަމެވެ.

Saturday, March 06, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ކޮބާ އޮންނާނެ ލަނޑެއްދީފާ...


ސޭޓް ގާދިރު ވަރަށް މޮޅު ކާރެއްގަނެގެން ދުއްވާލަން ނިކުތެވެ. އެ ދުވަހަކީ ތަންކޮޅެއް ވިއްސާރަވެސް ދުވަހެކެވެ. އަނެއްކާ ސޭޓް ގާދިރަކީ ކާރު ދުއްވަން އެހާ ފަރިތަ މީހެއްވެސް ނޫނެވެ. އަމީނީ މަގުން ލާފައި އަންނަނިކޮށްފެނުނީ ސާންޑު ސުލައިމާން ބައިސްކަލެއްގައި އަންނަ ތަނެވެ. ސުލައިމާނުގެ ވަރުގަދަ ހަށިގަނޑު ފެނި ސޭޓް ގާދިރު ތުރުތުރު އަޅައިގަތެވެ. ހަމަ އެއާއެކު އެދިޔަގޮތަށްގޮސް ސާންޑު ސުލައިމާނުގެ ބައިސްކަލުގައި ކާރުންޖެހި
އެކްސިޑެންޓް ވެއްޖެއެވެ.

Monday, February 22, 2010 | Posted in | އިތުރަށް ވިދާޅުވޭ »

މުރާސިލް ޑޮޓްކޮމް އަނެއްކާވެސް މެދުކެނޑިފައި.


ދި-ބުރުނު
މީގެ ދުވަސްތަކެއްކުރިން އުފެދުނު މުރާސިލް ޑޮޓްކޮމް އަކީ މިހާތަނަށް ދިވެހިބަހުން ހެދި ވެބްސައިޓް ތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ވެބްސައިޓެވެ. މުރާސިލްގެ ސަބަބުން އެތައްލިޔުންތެރިންތަކެއް ވަނީ އުފެދިފައެވެ. ބޭނުންތެރި އެތައް މަޢުލޫމާތެއް ދަނީ ލިބެމުންނެވެ. ފަހުގެ ހަބަރުތައް ފަސޭހަކަމާއި އެކީ ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ކިޔާލެވޭނެ މަގު މުރާސިލް އިން ވަނީ ފަހިކޮށްދީފައެވެ.
ނަމަވެސް ފަހަކަށް އައިސް މުރާސިލަށް މިވަނީ ގިނަ މައްސަލަތަކެއް ދިމަވެފައެވެ. ޕޭޖް ލޯޑު ވުމުގެ މައްސަލަތަކެވެ. އަޕްޑޭޓް ނުވުމެވެ. މިފަދަ އެތައް މައްސަލައެކެވެ.

Wednesday, February 10, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ދުނިޔޭގެ އެންމެ އުސް އިމާރާތްތައް -2-

ދި-ބުރުނު:
މީގެ ކުރިން ވާނީ ދުނިޔޭގެ އެންމެ އުސް 10 އިމާރާތާއި ބެހޭ މައުލޫމާތު ގެނެސް ދީފައެވެ. މި ލިޔުން މިފަށަނީ ދުނިޔޭގެ އުސް އިމާރާތް ތަކުގެ ލިސްޓުގައި 11 ވަނަ އަށް އެންމެ އުސް އިމާރާތުންނެވެ.
11- ޓްރަމްޕް އިންޓަރނޭޝަނަލް ހޮޓެލް، ޝިކާގޯ ޔޫއެސް:
މި އިމާރާތުގެ އުސްމިނަކީ 415 މީޓަރެވެ. އެއީ 1362 ފޫޓެވެ. މިއީ 96 ބުރީގެ އިމާރާތެކެވެ. މިތަން ބިނާ ކުރެވުނީ 2009 ވަނަ އަހަރެވެ.

Friday, January 15, 2010 | Posted in | އިތުރަށް ވިދާޅުވޭ »

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް