އެންމެ ފަހުގެ

ފޮތް ކިޔުން - ފަރުވާއެއް


ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް ވަރަށް ބޮޑުތަން އިތުރުވެ ކުރިއަރާފައެވެ. ދިރިއުޅުގައި ދިމާވާ ގޮންޖެހުން ތަކާ ކުރިމަތި ލުންތަކަށް ހައްލެއް ހޯދާލުމަށް ނުވަތަ ސިކުޑިއަށާ ހިތަށް ލުޔެއް ހޯދާލުމަށް ބޭނުން ކުރެވެމުންދާ އައްޑަނަ އަކަށް ވެސް މަޝްހޫރު ލިއުންތެރިއެއްގެ ފޮތެއް ނުވަތަ އެފަދަ މަޖައްލާއެއްގެ ބޭނުން ކޮށްލުމަކީ ޒަމާނީ ހެޔޮބަދަލަކަށް ވަނީ ވެފައެވެ.

Sunday, May 09, 2010 | Posted in | އިތުރަށް ވިދާޅުވޭ »

އަދުލް އިންސާފް ކޮބައިތޯއެވެ؟


މިއީ 100 ޕަސަންޓް މުސްލިމް ގައުމެކެވެ. އެހެންކަމައް ވާނަމަ މިގައުމުގައި އަދުލްއިންސާފު އޮންނަންޖެހޭނެއެވެ. މިގައުމުގެ އަދުލު އިންސާފް ކޮބައިތޯއެވެ. އަދުލު އިންސާފޭ މިކިޔާއެތި އޮތީ ނިދާފައިތޯއެވެ؟ ނުވަތަ މަރުވީތޯއެވެ؟ ނިކަން މިސުވާލުތަކަށް ކެރިގެން ޖަވާބު ދެއްވަބައްލަވާށެވެ.

Monday, March 29, 2010 | Posted in | އިތުރަށް ވިދާޅުވޭ »

މި ޤައުމު ހަލާކު ވެއްޖެޔޭ....

މިއީ ދިވެހިރާއްޖެއެވެ. އާއެކެވެ. ދިވެހިރާއްޖެޔޭ މި ކިޔަނީ އިންޑިޔާ ކަނޑުގައި ވާ ކުޑަ ކުޑަ ޖަޒީރާއަކަށެވެ. އަބަދީގެ ގޮތުން ބަލާ ނަމަ ދުނިޔޭގެ އެހެން ގައުމު ތަކުގެ އާބާދީއަށްވުރެ އެތަށް ގުނައެއް މިގައުމުގެ އާބަދީ ކުޑައެވެ. ވާހަކަ ދައްކަނީ އަމިއްލަ ދިވެހި ބަހުންނެވެ. ދީނަކީ އިސްލާމް ދީނެވެ.

Thursday, March 18, 2010 | Posted in , | އިތުރަށް ވިދާޅުވޭ »

އަހަރެމެން ނިދަނީ ކީއްކުރަން؟

ލިޔުނީ: ޖަވިޔަނި

އަހަރެމެން ނިދަނީ ކީއްކުރަންހެއްޔެވެ؟ މިއީ ސައިންސްވެރިންގެ މެދުގައިވެސް ކުރެވެމުން އަންނަ ސުވާލެކެވެ. ނަމަވެސް މި ސުވާލުގެ ފުރިހަމަ ޖަވާބެއް އެއްވެސް މީހަކަށް ހޯދިފައެއް ނުވެއެވެ. ބައެއްމީހުން ގަބޫލު ކުރާގޮތުގައި ނިދަނީ ހަށިގަނޑަށް އަރާމުކަން ހޯދައިދިނުމުގެ ގޮތުންނެވެ. ދުވާލު ހަތަރުދަމު މަސައްކަތުގައި އުޅެފައި އައިސް ރޭގަނޑު ނިދާލުމުގެ ސަބަބުން ހަށިގަނޑަށް ފަސޭހަ ތަކެއް ލިބިދެއެވެ.

Saturday, January 16, 2010 | Posted in | އިތުރަށް ވިދާޅުވޭ »

1 ޑިސެމްބަރ ދުނިޔޭގެ އެއިޑްސް ދުވަސް.


މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަހެވެ. މިއަހަރުގެ އެއިޑްސް ދުވަސް އަޅުގަނޑުމެންނާއި މި ބައްދަލު ކުރަނީ އަޅުގަނޑުމެންގެ ތެރެއަށް ސްވައިންފްލޫ ފެތުރެމުންދާ ދުވަސްވަރެއްގައެވެ. އެހެންކަމުން ސްވައިން ފްލޫއިން ރައްކާތެރިވުމަށް އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.

Tuesday, December 01, 2009 | Posted in | އިތުރަށް ވިދާޅުވޭ »

މުއްސަނދި ލަސްވެގާސްގެ ހިތްދަތި ދިރިއުޅުން

ވަރަށް ހަމަޖެހިގެން ދިރިއުޅޭ ދެމަފިރިންކަމަށްވާ ސްޓީވެންއާއި ކެތަރިންގެ އިންތިޒާމްތައް ރަނގަޅު ގެއެއް އެމެރިކާގެ އެންމެ ތަރައްޤީ އެއް ޝަހަރުކަމުގައިވާ ލަސްވެގާސްގައި ހުރެއެވެ.

އެމީހުންގެ ގޭގައި ރަނގަޅުބަދިގެއަކާއި ނިދާކޮޓަރިއެއް ހުންނައިރު އެކޮޓަރީގައި ޑަބަލްބެޑަކާއި ހެދުންއަޅުވާ ހަރެއްގެ އިތުރުން ފޮތްހަރުގަނޑުވެސް ހުރެއެވެ. އަދި އެމީހުން އާމްދަނީ ހޯދަނީ ދުނިޔޭގެ އެންމެ ބޮޑެތި ކެސީނޯ (ޖުވާކުޅޭތަންތަން)ތަކުގެ ތެރެއިން ކެސީނޯއަކުންނެވެ. މިއީ ލަސްވެގާސްގެ ބޮޑުކެސީނޯއެއްގެ ކައިރީގައި ދިރިއުޅޭ ސްޓީވެންއާއި ކެތަރިން އެމީހުންގެ ދިރިއުޅުމުގެ ވާހަކަ ދަސަންގެ ނޫސްވެރިންނަށް ކިޔައިދީފައިވާ ގޮތެވެ.

Saturday, November 28, 2009 | Posted in | އިތުރަށް ވިދާޅުވޭ »

ޑިމޮކްރަސީގެ އިންސާފުވެރިކަން


ޑިމޮކްރަސީގެ ޗެމްޕިއަނުންކަމަށްވާ އެމެރިކާއާއި އިނގިރޭސިވިލާތުން އަޅުގަނޑުމެންގެ ރާއްޖެއަށް އިމްޕޯޓުކޮށްގެން މިއުޅޭ ޑިމޮކްރަސީގެ ޢަދުލު އިންސާފުވެރިކަން ހުރި މިންވަރު ނިކަންފަހެ ބައްލަވާލައްވަބަލާށެވެ. އެއްވެސްމީހަކު ކުށްކުރާކަމަކަށް ނުވެއެވެ.

Wednesday, November 11, 2009 | Posted in | އިތުރަށް ވިދާޅުވޭ »

ނޮވެމްބަރ 3 – ނަސްރުގެ ދުވަސް



ނޮވެމްބަރ 3 ،1988 ގެ ހަމަލައަށް 21 އަހަރު ފުރުނީއެވެ. މި އުދުވާނީ ހަމަލައަކީ ފަހުގެ ތާރީހުގައި ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި އުދުވާނީ ހަމަލާއެވެ. މި ނުރައްކާތެރި އުދުވާނީ ހަމަލައަކީ ސްރީލަންކާގެ ތަމަޅަ ޓެރަރިސްޓް ޖަމާއަތަކާއި، ދިވެހި ޚާއިނުންގެ ބަޔަކު ގުޅިގެން ރާއްޖެއަށް ކުރިމަތި ކުރުވި ހަމަލާއެކެވެ. މިކަމުގެ ނުރައްކާތެރިކަން ކިތައްމެހާވެސް ބޮޑެވެ.

Tuesday, November 03, 2009 | Posted in | އިތުރަށް ވިދާޅުވޭ »

މަށަށް މަވަރުގެ މީހަކު ނުހުންނާނެއެވެ



މީވަރަށް ގިނަ ބޭފޫޅުންނަށް ހީވާގޮތެކެވެ. ކޮންމެ މީހަކަށްވެސް އެމީހަކުވަރެއް ނުހުންނާނެއެވެ. އަޅުގަނޑުމެންނަށް މިގޮތަށް މިވިސްނެނީ، މިގޮތަށް މިޤަބޫލު ކުރެވެނީ ކީއްވެތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލަބަލާށެވެ. އޭރުން މިކަމަށް ކޮންމެވެސް ޖަވާބެއް ލިބިދާނެއެވެ. އަދި މިސުވާލު މިގޮތަށް ރައްޓެއްސަކާ ކޮށްލަބަލާށެވެ. އެރަޙްމަތްތެރިޔާ ދެނީ ކޮންޖަވާބެއްތޯ ބަލާށެވެ.

Sunday, November 01, 2009 | Posted in | އިތުރަށް ވިދާޅުވޭ »

ދުނިޔެ ދުށް އެންމެ ފުރަތަމަ ދެރިކޯޑު ދިވެހި ރާއްޖޭގައި



ޙުސައިން ރަޝީދު އަޙްމަދު
ދުނިޔޭގެ ތާރީޚަކީ އަބަދުހެން ކުލަ ބަދަލުކުރަމުން އަންނަ އެއްޗެކެވެ. ޞަފްޙާ އައުކުރުމަކީ ދުނިޔޭގެ އާދައެކެވެ. ރާއްޖޭގެ ތާރީޚަށް ވެސް ގެނައީ އެކަހަލަ ކުލައެކެވެ. ބައެއް ފަހަރު މިހެން ދިމާވަނީ ތާރީޚުގެ ޞަފްޙާއަށް އަރާ މީހެއްގެ ސަބަބުންނެވެ.

ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއެވެ. އަލްއަމީރު އަލްމަރްޙޫމު މުޙައްމަދު އަމީނު ދީދީއެވެ.

Thursday, October 29, 2009 | Posted in | އިތުރަށް ވިދާޅުވޭ »

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް