ކަނބުލޮ (10)
Friday, May 07, 2010 | Posted in ވާހަކަ | އިތުރަށް ވިދާޅުވޭ »
ކަނބުލޮ(9)

Saturday, April 17, 2010 | Posted in ވާހަކަ | އިތުރަށް ވިދާޅުވޭ »
އުދުހިފައި އައި ދޫންޏަށް ވާން މަސައްކަތް ކުރާށެވެ!

Sunday, April 11, 2010 | Posted in ވާހަކަ | އިތުރަށް ވިދާޅުވޭ »
ކަނބުލޮ(8)
ތުނޑިޔާ އަރާ ހަމަވުމާއެކީ ހުރިހާ އެންމެންނަށް އެއްފަހަރާ ހުއްޓެވިއްޖެއެވެ. އެމީހުންނަށް ފެނުނީ ގަބޫލުކުރަން ދަތި މަންޒަރެކެވެ. ތުނޑިމަތީގައި ނަނު ހިފައިގެން މަސްބާނަން އެހުރީ އަސްލަމެވެ. އަސްލަމް ނާންނާނަމޭ ބުނެ މަޑުކުރީއެވެ. އެކަމަކު މިހާރު އެހުރީ ތުނޑިމަތީ މަސްބާނާށެވެ. އޭނާ އެތަނަށް އެހާ އަވަހަށް އައީ ކިހިނެއް ހެއްޔެވެ؟ އެންމެ އަވަހަށް އާދެވޭ މަގުން އަހަރެމެން މިއައީއެވެ. އެނޫން ގޮތަކަށް އެހާ އަވަހަށް ފަސޭހަކަމާއެކީ އެތާކަށް ނާދެވޭނެއެވެ. އެންމެންގެ ހިތުގައިވެސް މިކަހަލަ ތަފާތު ސުވާލުތަކާއި ހިޔާލުތަށް އުފެދެންފެށިއެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އަސްލަމްކަމަށް ނިންމާފައި އެމީހުން އެދިމާއަށް ހިނގައިގަތެވެ. އެއާއެކީ އެހިސާބުގައި ގޮވަމުންދިޔަ ދޫނިތަކުގެ ގޮވުން ބާރުވެގެންދިޔައެވެ. ދޫނިތަކުގެ ގޮވުމާއެކީ ޒަމީރުގެ ހިނގުން މަޑުކޮށްލިއެވެ. ފަހަތް ފަހަތަށް ޖެހެން ފެށިއެވެ. އޭނާއަށް ކޮންމެވެސް އެއްޗެއް ވިސްނުނީ ކަންނޭގެއެވެ.Saturday, April 10, 2010 | Posted in ވާހަކަ | އިތުރަށް ވިދާޅުވޭ »
ކަނބުލޮ (7)
Monday, April 05, 2010 | Posted in ވާހަކަ | އިތުރަށް ވިދާޅުވޭ »
ކަނބުލޮ (5)
Tuesday, March 23, 2010 | Posted in ވާހަކަ | އިތުރަށް ވިދާޅުވޭ »
ކަނބުލޮ (4)
Monday, March 15, 2010 | Posted in ވާހަކަ | އިތުރަށް ވިދާޅުވޭ »
އަމިއްލައަށް މަރުވުމަކީ ހައްލެއްނޫނެވެ.
ހިތަށް އެރިގޮތަކަށް އުޅެން ވީއެވެ. ހިތަށް އެރިހާ ކަމެއް ކުރަން ވީއެވެ. ފަހުން އަތުވެދާނެ ދުވަހެއް އޮތް ކަމަކަށް އަހަރެން ގަބޫލެއްނުކުރަމެވެ. އަދި ކިއެއް ހެއްޔެވެ؟
Friday, March 12, 2010 | Posted in ވާހަކަ | އިތުރަށް ވިދާޅުވޭ »
ކަނބުލޮ (3)

"ހަލޯ!" އަސްލަމް ފޯނުނަގާ ވާހަކަ ދައްކަން ފެށިއެވެ.
"ދަރިފުޅާ އަސްލަމް ކިހިނެއްތަ؟" އެކޮޅުން އަސްލަމްގެ މަންމަ ވާހަކަ ދެއްކިއެވެ.
"
Friday, March 05, 2010 | Posted in ވާހަކަ | އިތުރަށް ވިދާޅުވޭ »
ކަނބުލޮ (2)

އެމީހުން ހިނގަމުން ދިޔަ މަގުގެ އެއްފަރާތުގައި އެއޮތީ ޒަމީރުއެވެ. ޒަމީރުގެ ފުރާނަ ނެތް މަސްގަނޑެވެ. ބަލާ ބެލުމަށް ހީވަނީ އެނާ ވަނީ ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި ހެންނެވެ.
Saturday, February 27, 2010 | Posted in ވާހަކަ | އިތުރަށް ވިދާޅުވޭ »
ކަނބުލޮ
އަސްލަމް ގެ އާއިލާ އިންޑިޔާއަށް ބަދަލުވިފަހުން އަސްލަމް ރާއްޖެ އައި މީ ފުރަތަމަ ފަހަރެވެ.
Monday, February 22, 2010 | Posted in ވާހަކަ | އިތުރަށް ވިދާޅުވޭ »
އެއްވެސް މީހަކީ އެންމެ އުފަލުގައި އުޅޭ މީހެއްނޫނެވެ.

Tuesday, February 16, 2010 | Posted in ވާހަކަ | އިތުރަށް ވިދާޅުވޭ »
ނިމުމެއް ނެތް ލޯބި
އަހްމަދު އަމީން
"އަހަންނަށް މިކަންތައް ލައިގަތީ ކީއްވެތަ؟ ... އަހަރެންގެ މަންމައަކަށް ކަލޭވީކީއްވެތަ؟ ... އަހަރެން އެތައް ދުވަހަކު ބުނެފީމެއްނު ކަލޭގެ އެހީއެއް އަހަރެން ބޭނުމެއް ނޫނޭ... ކީއްވެތަ އަހަރެން ފަހަތުން ނުނެއްޓިގެން ތިއުޅެނީ...؟ ކަލޭގެސަބަބުން އަހަންނަށް ރައްދުވަނީ މަލާމާތް... ހުސް މަލާމާތް... ހެޔޮނުވާނެ އަހަރެން ދޫކޮށްލަބަލަ! "
އަހަރެންނަށް ހޭލެވުނުއިރު އޮތީ އެނދުގައެވެ. އެއީ ހުވަފެނެކެވެ. އެކަމަކު ޙަޤީޤަތުގައިވެސް
އަހަރެންގެ ހިތުގައި މަންމައަށްޓަކައި ވަނީ މިކަހަލަ ޖުމްލަތަކެކެވެ. ބޭރު ކުރަން ނުކެރެނީއެވެ. އަހަރެންގެ ދިރިއުޅުމުގެ ގިނަދުވަސްތައް ފެށިފައި ހުންނާނީ މިކަހަލަ ގޮތަކަށެވެ. ހުވަފެނަކުންނެވެ. ވާނީވެސް އެހެންތާއެވެ. މަންމަ ދެކެ ރުޅިއައިސްގެން ހުރެ އެނދަށް އެރީމާ އެކަހަލަ ހުވަފެން ނުފެނި ނުދާނެ ނޫންހެއްޔެވެ؟ އެންމެ ކުޑައިރުވެސް އަހަރެން މަންމަ ދެކެ ވަރަށް ރުޅިއާދެއެވެ. މަންމަޔާ ހަތަރު ކަޅި ހަމަކޮށްލެވޭ ދުވަހެއް ވިއްޔާ އެދުވަސް އެއްކޮށް ޚަރާބުވީއެވެ. އެއީ އެހާވެސް އަހަރެން ދެކޭ ހިތްނުވާ މޫނެކެވެ. އަހަރެންގެ ރައްޓެހި ކުދިން އެކުދިންގެ މަންމަދެކެ ވަރަށް ލޯބިވާކަން އެނގެއެވެ. އެކަމަކު އަހަންނަށް އެކަން އެގޮތަށް ކުރެވޭކަށް ނެތެވެ. މައްސަލައަކީ އެންމެ ކަމެކެވެ. މަންމަގެ ސަބަބުން އަހަރެންގެ ރައްޓެހި ކުދިން އަހަންނަށް މަލާމާތް ކުރާތީއެވެ. އެހެން ކަމުން އަހަރެންދާ އެއްވެސް ތާކަށް އަހަންނާއެކު މަންމަ ދާކަށް އަހަރެން ޤަބޫލެއް ނޫނެވެ. އަދި އަހަރެން އުޅޭތާކަށް މަންމަ ދިއުން ވެސް އަހަރެން ނޭދެއެވެ. " ދަރިފުޅާ ބެލްޓް ނާޅައެއްނު ތިޔައީ " އަހަރެން ސްކޫލް ކައިރީ ހުއްޓާ ފުރަގަހުން މަންމަގެ އަޑު އިވުނެވެ. އަހަންނަށް ރުޅިވެރި ނަޒަރަކުން އެނބުރި މަންމައާ ދިމާއަށް ބަލާލެވުނެވެ. މަންމަ އިސްދަށަށް ޖަހައިގެން ބެލްޓް ދިއްކޮށްލިއެވެ. އަހަރެން ފާޑަކަށް ބެލްޓް ޖަހައިގަތީމެވެ. މަންމަ އެނބުރި ހިނގައިގަތެވެ. ވަރަށް ދެރަވެ ހުރެއެވެ. އަހަރެން ފަސްއެނބުރި ބަލައިވެސް ނުލާ ގޮސް ސްކޫލު ތެރެއަށް ވަނީމެވެ.
" ޝިޔާންޓޭ މަންމަތަ އެއީ؟ " ރައްޓެހި ކުއްޖަކު ބުންޏެވެ. " ނޫން... ޝިޔާންޓޭ މާމަ އެއީ " އެހެން ކުއްޖަކު ޖަވާބު ދިނެވެ. " މާމަގެ އެއްލޯ މާކަނާކަލޯ ބޯލީތަ؟ " ހުރިހާ ކުދިން އެއްފަހަރާ ހޭންފެށިއެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނަމެވެ. އަހަރެން ބުނާނެ އެއްޗެއް ނުވެސް ނެތީއެވެ. އެއީ އަހަރެންގެ މަންމައެވެ. އެއްލޯ ނެތް މަންމައެވެ.
" ކިތައް ދުވަހު މަންމަ ގާތު ބުނާނީ ސްކޫލް ކައިރިއަށް ނުދާށޭ " އަހަރެން ގެއަށް އައިސް ހިތްހަމަ ނުޖެހިފައި ހުރެ ބުނީމެވެ. "
ދަރިފުޅު.... ބެލްޓް... " މަންމައަށް ބުނެވުނެވެ. " އަބަދުވެސް މަންމަ ކަންތައް ކުރާނީ އެހެން " އަހަރެން ރުޅި މޫނަކާއެކު ކާން އިށީނީމެވެ. "
މަންމަ ދިޔައީ ދަރިފުޅަށް ރަނގަޅަކަށް " މަންމަގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. އެކަމަކު އަހަރެންގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. "
ކޮންމެވެސް އެއްޗެކޭ ކިޔައިގެން މަގޭ ފަހަތުން ދާންވެގެން... މިކަމުން ދުވަހަކު ސަލާމަތެއްވެސް ނުވި " އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ކުޑަކުޑަ އެތިކޮޅެއް ކާލައިގެން ހިނގައިގަތީމެވެ. " ދަރިފުޅު ހާދަ މަދުން ތިކެއީ؟ " މަންމަ އަހަރެން ދާން ހެދީމާ ބުނެލިއެވެ. އަހަރެން އިވޭ ކަމަށްވެސް ހަދާ ނުލައި ދިޔައީމެވެ. ދިޔަ މަގުމަތީގައި ނޭނގޭ ކަމަށް ހަދާފައި މަންމަ ކިއްލި ހަދަން
ގެންގުޅުނު ފޯއްއެތި ބަންޑުން ކޮށްލީމެވެ. އެއީ އަހަރުމެންގެ ޢާއިލާ ދިރިއުޅުމަށް ކުރާ މަސައްކަތެވެ. ބައްޕައެއް ނެތެވެ. ބައްޕަ ވީ ހިސާބެއްވެސް ނޭނގެއެވެ. އަހަރެން ހަނދާން ހުންނަން ފެށީއްސުރެ ދުވަހަކުވެސް ބައްޕަ ނުދެކެމެވެ. އަހަރަމެން ކައިބޮއި އުޅެނީ މަންމަ ކުރާ ކުދިކުދި މަސައްކަތުންނެވެ. ދުވަހަކުވެސް ސްކޫލަށް ބޭނުންވާ އެއްޗެއް ނުލިބިގެން އުޅޭކަށް ނުޖެހެއެވެ. މަންމަ އެއެއްޗެއް ހޯދައި
ދޭނެއެވެ. ބަނޑުހައިވެފަ ހުންނާކަށް ނުޖެހެއެވެ. އެންމެ ފެންވަރުގެ ކެއުން ނޫނަކަސް ކާން ހުންނަ އެއްޗެހި ނުބައެއް ނޫނެވެ. މިހުރިހާ ކަމެއް މިހެން
ހުންނައިރުވެސް މަންމަދެކެ އަހަރެންނަށް ރުޅިއާދެއެވެ. އެންމެ ސަބަބަކަށްޓަކައެވެ. މަންމަގެ އެއްލޯ ނެތީމައެވެ. މަންމައާ ވަކިވެވޭނެނަމަ މިހާރުވެސް އުޅުނީހީ ވަކިންނެވެ. ދުވަހަކުވެސް ފެންނަ ހިސާބަށް ނުވެސް އައީމުއެވެ.
މެންދަމުން އަލިވެ ދޭއްޖެހީއެވެ. އަހަންނަށް އޮވެވުނީ އެނދުގައި ފުރޮޅި ފުރޮޅިއެވެ. ނިދި އަހަންނާ ވަރަށް ދުރުހެން ހީވެއެވެ. ނިދީގެ އެއްވެސް އަސަރެއް އަހަރެންގެ ކިބައަކު ނެތެވެ. ވިސްނެނީ ހަމަ މަންމަގެ އުނދަގުލުން ސަލާމަތް ވެވޭނެ ގޮތަކާ ދޭތެރޭގައެވެ. އެންމެ ފަހުން އަހަރެން އެނދުން ތެދުވެގެން ބަދިގެއާ ދިމާއަށް ހިނގައިގަތީމެވެ. ފެންބޮވައިގަނެގެންނެވެ. އަހަރެން ގޮސް ކާކޮޓަރީގެ ދޮރާ ހިސާބަށް އެރިއިރު މީހަކު ގިސްލަ ގިސްލާފައި ރޯއަޑު އިވެއެވެ. އެއީ މަންމައެވެ. މަންމަ އިނީ ކާމޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެއެވެ. މަންމަ އިނީ މިއަދުވީ ކަންތަކާ ދެރަވެފަކަން އަހަންނަށް ޔަޤީން ވިއެވެ. އެކަމަކު އަހަރެން އަޅައެއް ނުލަމެވެ. އަހަރެން ގޮސް އައިސް އަލަމާރީ ހުޅުވާލާފައި ފެންފުޅިއެއް ނަގައިގެން ފެންތައްޓެއް ބޯލީމެވެ. އަދި މަންމައާ ދިމާއަށް ބަލައިލީމެވެ. މަންމަ މޫނު ފޮހެލުމަށްފަހު ހިނިތުންވެލިއެވެ. އަހަރެން ވަރަށް އަވަހަށް އެތަނުން ނިކުމެ ހިނގައިގަތީމެވެ. " ދަރިފުޅާ " މަންމަ ގޮވާލިއެވެ. އަހަރެން އަޑު އިވޭކަމަށްވެސް ހަދާނުލާ ގޮސް ކޮޓަރިއަށް ވަނީމެވެ. ކޮޓަރިއަށް ވަދެވުނު އިރު އަހަރެން ހުރީ ރުޅިއައިސް ރަތްވެފައެވެ. ހިތައް އެރިއެވެ. " އެދައިތަ އެއުޅެނީ ކިހިނެތް ވެގެން ހެއްޔެވެ؟ މަގޭ ރުހުން ހޯދަން ހާދަ ވަރެއް އެބަވެއެވެ. އެކަމަކު އަހަރެން އޭނާދެކެ ނަފުރަތު ކުރަމެވެ. އަހަރެންގެ ރުހުން ދުވަހަކުވެސް އޭނާއަކަށް ނުލިބޭނެއެވެ. "
ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެންގެ ސްކޫލް ދައުރު ނިމި، އަހަންނަށް ސްކޮލާޝިޕެއް ލިބުނެވެ. އެދުވަސްހާ އަހަރެން އުފާވީ ދުވަހެއް އަހަރެންގެ ޙަޔާތުގައި ނާދެއެވެ. އަހަރެން ބޮޑަށް އުފާވީ ކިޔަވަންދާން ފުރުޞަތު ލިބުނީމައެއް ނޫނެވެ. މަންމައާ ދުރަށް ދެވޭތީއެވެ. ދަތުރަށް ތައްޔާރުވާން ހުރިހާ ކަމެއް ކޮށްދިނީވެސް މަންމަ އެވެ. ބޭނުން ހުރިހާ އެއްޗެއް ހޯދައިދިނެވެ. އެކަމަކު އަހަރެން ނުކުމެގެން ދަމުން މަންމައާ ސަލާންކޮށް ނުލިތާނގަ ބަލާވެސް ނުލަމެވެ. އެކަމަކު އެއީ އެންމެ ކުޑައިރުއްސުރެ އަހަރެން ގެންގުޅެ މިވަރުކުރި އަހަރެންގެ އުފަން މަންމައެވެ.
އަހަރެން ޓެކްސީއަށް އަރާ ޓެކްސީ ނައްޓާލީމާ މަންމަގެ ލޮލުން ކަރުނަ ހިލުނެވެ. އަހަންނަށް އެމަންޒަރު ޓެކްސީގެ ލޯގަނޑުން ފެނުނެވެ. ޓެކްސީ ގޮސް އޮބާލަން ހެދުމުން އަހަރެން ފަހަތައް އެނބުރި ބަލާލީމެވެ. އޭރު މަންމަ ހުރީ ވަދާޢުގެ
ސަލާމަށް އަތް ހިއްލާލައިގެންނެވެ. ހިނިތުންވެފައެވެ. އަހަރެން މޮޅުމީހަކަށް ވުންއެއީ މަންމަގެ އުއްމީދެވެ.
ކިޔަވަން ގޮސްއުޅުނުއިރު ފުރަތަމަ ކޮޅު މަންމަގެ މަތިން ވަރަށް ހަނދާންވިއެވެ. އެކަނި ކަންތައްތައް ކުރަން ޖެހުމުން މަންމަގެ ރަނގަޅުކަން ހިތައް އެރިއެވެ. އެކަމަކު ފަހުން ވިސްނުނީ އެއީ ރަނގަޅު ނޫނަސް ކޮންމެހެން ކޮށްދޭން ޖެހޭ ކަންތައް ވީމަ ކޮށްދިނީ ކަމަށެވެ. އެހާހިސާބުން ކުރިން ވެސް މަންމައާ މެދު ދެކެމުން އައި ގޮަތަށް އަހަރެންގެ ނަޒަރު ބަދަލުވިއެވެ. އެހެން ކަމުން މަންމަ މަތިން އެއްކޮށް ހަނދާން ނައްތާލަން މަސައްކަތް ކުރީމެވެ. ދެވަނަ ފަހަރަށް ދެކެން ބޭނުންވެސް ނުވަނީއެވެ. މަންމައާ ވަކިން އުޅެން ފެށުމުން އަހަންނަށް އެއްވެސް ރައްޓެއްސެއްގެ ފަރާތުން
މަލާމާތެއް ރައްދެއް ނުވެއެވެ. އެހެންކަމުން އަހަރެން ނިންމީ ކުރިން ދިމާވި ހުރިހާ ކަމަކީވެސް މަންމަގެ ސަބަބުން ދިމާވި ކަންތައް ކަމުގައެވެ. އަހަންނަށް އަހަރެންގެ ސިކުނޑި ޅަކަމެއް ނުވިސްނުނެވެ. އެކަމަކު އަހަރެން ދެކޭ ގޮތުގައި އަހަންނަށްވުރެ ވިސްނޭ މީހެއްވެސް ނެތެވެ. އެހެން ގޮތަކަށް ބުނަންޏާ އަހަންނަށް އަހަރެން ފެނިއްޖެއެވެ. އަހަރެން މީހަކަށް ހަދައިދިނީ ކާކުކަން ހަނދާން ނެތިއްޖެއެވެ.
ކިޔަވާ ނިމިގެން އަހަރެން މާލެއައީ މީހަކާވެސް އިނދެގެންނެވެ. އެއީ އަހަރެންނާ އެއްކޮށް ކިޔަވަން އުޅުނު ދިވެހި ކުއްޖެކެވެ. އޭރު އަހަރެންނަށް ދަރިޔަކުވެސް ލިބިއްޖެއެވެ. އަހަރެން މާލެ އައިކަން މަންމައަށް ނުވެސް އެނގެއެވެ. އަހަރެން ކިޔަވަން ދިޔަފަހުން އަހަރެން ދުނިޔޭގައި އުޅޭކަމެއްވެސް މަންމައަށް އަންގާނުލަމެވެ. އެއީވެސް މަންމަ އަހަރެން މަތިން ހަނދާން ނެތޭތޯއެވެ. އެކަމަކު މަޔަކަށް އަމިއްލަ ދަރިއަކު ހަނދާން
ނައްތާ ނުލެވޭނެކަންވެސް އަހަންނަށް ނޭނގުނެވެ. އަހަރެން މާލެއައިސް އަމިއްލަ ފައިމައްޗަށް ތެދުވެ އުފަލުގައި އުޅުނީމެވެ. ލޯބިވާ އަނބިމީހާއާ ދަރިފުޅާއެކީއެވެ. އަހަރެންގެ އަންހެނުން އަބަދުވެސް އަހަރެންގެ ޢާއިލާގެ އިތުރު މީހަކު ނުހުންނަނީތޯ ސުވާލު ކުރެއެވެ. ކޮންމެ ފަހަރަކުވެސް އަހަރެން ހަދަނީ ދޮގެވެ. " ޝިޔާމް ޢާއިލާގެ ހަމަ އެއްވެސް މީހަކު ދުނިޔޭގަ ނެތީތޯ؟ " ދުވަސްތަކަކަށް ފަހު ނަޝީ އަހަންނާ ސުވާލުކުރިއެވެ.
އެސުވާލުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެސުވާލު އަޑުނީވޭތާ ގިނަ ދުވަސް ވީމައެވެ. މަންމަ މަތިން ހަނދާންވެސް ވިއެވެ. އެކަމަކު އެކަން އަންގާކަށް ބޭނުމެއް ނުވިއެވެ. މަންމަގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް އަސަރެއް ކޮށްފާނެތީއެވެ. މަންމަގެ ސަބަބުން އަހަރެންގެ އަނބިމީހާއާއި ދަރިފުޅު އަހަންނާ ވަކިވެދާނެތީއެވެ. އަހަރެން ދެކޭ ގޮތުގައި މަންމައަކީ އެހާވެސް ސުންޕާ މީހެކެވެ. " އާނ... ހުރިނަމަ މިހާދުވަސް ވާއިރު
ފެނިފައެއްނު ހުންނާނީ " އަހަރެންގެ އާދައިގެ މަތިން ދޮގު ހެދީމެވެ. އެހެން ކަމުން ނަޝީވެސް އެވާހަކަ ހުއްޓާލިއެވެ.
އަހަރެންގެ ކުޑަކުޑަ ޢާއިލާ ހެނދުނުގެ ނާސްތާއަށް އިންސާފު ކުރަން ތިއްބާ މީހަކު އައިސް ދޮރުގައި ޓަކި ޖަހާލިއެވެ. ކުޑަކުޑަ ޝަފާ ދުވެފައި ގޮސް ދޮރުހުޅުވާލިއެވެ. އަދި ދިޔަ ވަރަށްވުރެ ބާރަށް ދުވެފައި އައިސް އަހަރެންގެ އުނގަށް ވަނެވެ. " ކިހިނެތްވީ ދަރިފުޅާ؟ " އަހަރެން ސުވާލުކުރީމެވެ. ޝަފާ ބޯހިއްލާވެސް ނުލިއެވެ. އަހަރެން ދަރިފުޅު ނަޝީއާ ހަވާލުކޮށްފަ ދޮރާ ދިމާއަށް ދިޔައީމެވެ. ބޭރުގައި އިން މުސްކުޅި މީހާ ފެނިފަ އަހަރެންގެ މުޅި ދުނިޔެއަށް ބިންހެލުމެއް އައިހެން ހީވިއެވެ. އަހަރެންގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ކުރީގެ ހަނދާންތައް އާވާން ފެށިއެވެ. " ކީއްކުރާ މީހެއް... ކީއްކުރަން މިގޭ ދޮރުގަ ޓަކި ޖަހަނީ... ކަލޭމެން އެހެން މީހުނަށް ނުފެންނަ ހިސާބުގަ އުޅެބަލަ... މީސްމީހުންގެ
ޅަދަރިން ބިރުގެންނުވީމާ ކަލޭމެން ވަރަށް ހިތްހަމަޖެހޭތަ؟ ... އަދިވެސް ބަލަން ހުންނަނީތަ؟ ... ދާންއުޅޭ މިތަނުން... " އަހަރެން ހިތަށް އައި ހުރިހާ
އެއްޗެއް ކިޔާލީމެވެ. އެއީ އަހަރެންގެ މަންމަކަން އެނގިހުރެއެވެ. ނަޝީއަށް ހުރިހާ ކަމެއް ފަޅާ އަރާފާނެތީއެވެ. " މާފުކުރައްވާ....! އަޅުގަނޑަށް ނުބައި އެޑްރެހެއް ލިބިފައި އޮތީމަ ވީގޮތް! " މަންމަ ވަރަށް ދެރަވެފަހުރެ މާފަށް އެދުނެވެ. އަހަރެން ވަރަށް ބާރަށް ދޮރުލެއްޕީމެވެ.
" އެކަހަލަމީހުން ބުނާނީ އެހެން...! އެމީހުން އަބަދުވެސް ތިބޭނީ އޮޅިފަ! " އަހަރެން އައިސް އިށީނީމެވެ. " އެދެން އެވަރުކަމެއްތަ؟ ވެދާނެއެއްނު ހަމަ އަސްލުގަވެސް އެމީހާއަށް އޮޅުނީ ކަމަށް " ނަޝީ ބުންޏެވެ. " އޮޅިގެނެއް ނޫން...! ހަމަ ހުންނަ ނުލަފާ ކަމުން! އެމީހުންގެ ޢާއިލާގެ ބަޔަކުވެސް ނުތިބެނީތަ އެކަހަލަ މީހުން ގޭގަ ބައިތިއްބަން!! " އަމިއްލަ ނަފުސަށް އެއްޗިހި ކިޔޭއިރުވެސް އަހަންނަށް ނޭނގުނެވެ. " ދެން އެކަން ހަނދާން
ނައްތާލަބަލަ..........! އެކަން އެނިމުނީނު؟ " ނަޝީ އެންމެ ފަހުން ބުންޏެވެ.
އެރޭ ނިދަން އެނދަށް އަރާފަވެސް އަހަންނަށް ވިސްނުނީ އެކަމާއެވެ. އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އަނެއްކާ މަންމަގެ އުނދަގޫ ފެށުނީ ބާވައެވެ؟ އަހަރެން ހީކުރީ މިހާ ދުވަސްވީއިރު ދުނިޔޭގައި ނުވެސް ހުންނާނެ ކަމަށެވެ. " ކޮންކަމަކާ ތިވިސްނަނީ؟ " ނަޝީ އަހަންނާ ސުވާލު ކުރިއެވެ. " ނޫން ނުވިސްނަން! " އަހަންނަށް ބުނެވުނެވެ. " މިއަދު ވީކަންތަކާތަ " " އަދިވެސް އެކަމާ ހިތްހަމަ ނުޖެހިފަތަ؟ އެވެސް
އިންސާނެކޭ...! އޭނަ ގަސްދުގަ ޝަފާ ބިރުގެންނެވީ ނޫނެއްނު؟ " ނަޝީގެ ވިސްނުމާ އަހަރެންގެ ވިސްނުމާ ވަރަށް ތަފާތެވެ. ވާނިވެސް އެހެންނެވެ. ނަޝީއަކަށް އެކައްޗެއްވެސް ނޭނގެއެވެ. " އެކަމަކާ ނުވިސްނަމޭ " އަހަރެން އަނެއް ފަރާތަށް އެނބުރުނީމެވެ. " އެކަމަކު ދަވަހަކުވެސް ޝިޔާމް އުޅުނުގޮތެއް ނޫން ތީކީ " ނަޝީއަށް ކަމެއް ފާހަނގަ ކުރެވިއްޖެކަން އަހަންނަށް އެނގުނެވެ. އަހަރެން ހަމަ ޖެހިލެވޭތޯ ބެލީމެވެ. " ހިނގާ ނިދަމާ... މާދަން އޮފީހަށެވެސް ދާންޖެހެއެއްނު " އަހަރެން ބުނީމެވެ.
ހެނދުނު އޮފީހުގަ އިންއިރުވެސް އަހަރެން ހަމައެއް ނުޖެހެއެވެ. ހުންނަނީ ބޮލަށް އުނދަގޫ ވެފައެވެ. އެދައިތަ ފެނިއްޖެއްޔާ ކުރިންވެސް އަހަރެންގެ ރުޅި ގަދަވެއެވެ. މިހާރު މިއޮތީ އަނެއްކާވެސް އެދުވަސް އައިއްސައެވެ. އޮފީހުގަ އަހަންނަށް ރަނގަޅަކަށް އެއްކަމެއްވެސް ނުކުރެވުނެވެ. މާޒީގެ ހަނދާންތައް އަހަންނަށް އުނދަގޫ ކުރަމުން ދިޔައެވެ. އެހެން އިންދާ އަހަންނަށް އެޑްރެސްކޮށްފަ އޮތް ސިޓީއެއް އަހަރެންގެ ސެކްރެޓަރީ
ގެނެސްދިނެވެ. އަހަރެން އެސިޓީ ހުޅުވާފަ ކިޔަން ފެށީމެވެ.
"
އެންމެ ލޯބިވާ ދަރިފުޅަށް މަންމަ ހެޔޮދުޢާ އަބަދުވެސް ވާނީ ދަރިފުޅާއެކުގައެވެ. މިހިތުގައި ދަރިފުޅަށްޓަކައި އެއްވެސް ބުރަކަމެއް ނެތެވެ. ދުވަހަކު ނުވެސް އޮންނާނެއެވެ. ތީހަމަ މިމަންމަގެ ލެޔެވެ. ދަރިފުޅު މަންމަދެކެ ތިހާ ރުޅި އަންނަނީ ދަރިފުޅަށް ނުވިސްނޭތީކަން މަންމައަށް އެނގެއެވެ. "
އެހާ ހިސާބަށް ކިޔާފައި ސިޓީ ވީދާލަންވެސް ހިތަށް އެރިއެވެ. އުނދަގޫ ކުރާނެ އާގޮތެއް ފެނުނީއޭ ހިތަށް އަރާފައެވެ. އަހަރެންގެ ހިތް ދުވަހަކުވެސް އެދައިތަޔަށް ހެވެއް ނުވާނެޔޭ ހިތަށް އެރިއެވެ. އަހަރެން ސިޓީ ގުޅަކޮށްފަ ވަށިގަނޑަށް ލީމެވެ. " ސިޓީ ގެނައިމީހާ އެބައިން ބޭރުގަ... ސިޓީގެ ޖަވާބެއް ލިބޭނީ ކޮންއިރަކުންތޯ ބަލާފަޔޯ ދާނީ؟ " އަހަރެންގެ ސެކްރެޓަރީ އައިސް ބުންޏެވެ. " އެހީއެއް ދެވެން ނެތޭ ބުނޭ
" އަހަރެން ބުނީމެވެ. ސިޓީގަ އޮތީ ކީކޭކަމެއްވެސް ނޭނގި ހުރެއެވެ. ސެކްރެޓަރީ ދިއުމުން އަހަންނަށް ވަރަށް ބާރަށް މޭޒުމަތީ ޖަހާލެވުނެވެ. އަހަރެން ރުޅި އައިއްސަ ހުރެ ނަޝީ އަށް ގުޅީމެވެ. " ނަޝީ ބުނާނެ އެކަމާ ނުވިސްނާށޭ... އެއީ މަގޭ ފަހަތުން އަޅައިގެން އުޅޭ މީހަކޭ... މިއަދު އަނެއްކާ ފާޑެއްގެ ސިޓީއެއް ހިފައިގެން އޮފީހަށްވެސް އައިއްސި " އަހަރެން ބުނީމެވެ. " ކީކޭ ސިޓީގަ އޮތީ؟ "
ނަޝީ ކުރީ އެހެން ސުވާލެކެވެ. " އަހަރެން ނުކިޔަން... ޑަސްބިނަށް ލައިފިން " އަހަރެން ވަރަށް ފަރުވާ ކުޑަ ގޮތަކަށް ބުނީމެވެ. " އަނހާ...
ކިހިނެތް އެނގޭނީ... ކޮންމެފަދަ ވާހަކައެއްވެސް އޮވެދާނެ... އަޅެ ކިޔާލަބަލަ " ނަޝީ އެދުނެވެ. " މަށެއް ނޫޅެން... ކޮންމެވެސް ލާރިގަނޑެއް
ބޭނުންވެގެން ކަމަށް އެވާނީ " އަހަރެން ފޯނު ބޭއްވީމެވެ. އަދި ގޮޑީގައި ހަމަ ޖެހިލީމެވެ. އެކަމަކު އަހަންނަކަށް އަސްލު ހަމައެއް ނުޖެހެވުނެވެ. އަހަރެންވަށިގަނޑުން އެސިޓީ ނަގާ އަނެއްކާވެސް ކިޔަން ފެށީމެވެ.
"އެންމެ ލޯބިވާ ދަރިފުޅަށް މަންމަ ހެޔޮދުޢާ އަބަދުވެސް ވާނީ ދަރިފުޅާއެކުގައެވެ. މިހިތުގައި ދަރިފުޅަށްޓަކައި އެއްވެސް ބުރަކަމެއް ނެތެވެ. ދުވަހަކު ނުވެސް އޮންނާނެއެވެ. ތީހަމަ މިމަންމަގެ ލެޔެވެ. ދަރިފުޅު މަންމަދެކެ ތިހާ ރުޅި އަންނަނީ ދަރިފުޅަށް ނުވިސްނޭތީކަން މަންމައަށް އެނގެއެވެ. ދަރިފުޅު މަންމައާ ވަކިވެގެން ދިޔަފަހުން މަންމައަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. ތިރުޅި މޫނާއެކީ ވެސް ދަރިފުޅު މަންމަގާތު އުޅެން މިހިތް އަބަދުވެސް އެދެއެވެ. ކޮންމެ ނަމާދެއްގެ ފަހުގައި ދަރިފުޅަށް ހެޔޮ ރަޙުމަތް ލެއްވުން އެދި ދުޢާ ކުރަމެވެ. އެނބުރި މިނިކަމެތި މަންމައާ ހިސާބަށް އާދޭތޯ ދުޢާ ކުރަމެވެ. މާތްﷲ އަހަރެންގެ ދުޢާ އިޖާބަ ކުރައްވައިފިއެވެ. އަހަރެންގެ ތިދަރިފުޅަކީ މިހާރު މިމާލޭގައި ނެތްވަރުގެ މުއްސަނދި ވިޔަފާރި ވެރިއެކެވެ. އެކަމަކު ދަރިފުޅުގެ ފައިސާއިން އެންމެ ލޯ ލާރިއެއްވެސް މިމަންމަ ބޭނުމެއް ނޫނެވެ. ދަރިފުޅާ ދަރިފުޅުގެ ޢާއިލާ އުފަލުގަ އުޅުނީމަ މަންމައަށް އެނިމުނީއެވެ. އަދި ބުނަން ހެއްޔެވެ؟ މިމަންމަގެ މާމަދަރިފުޅު ވަރަށް ލޯތްބެވެ. އެއީ ހަމަ ދަރިފުޅުގެ ބައްޕަގެ މޫނެވެ. ފިރިހެން ކުއްޖެއްނަމަ ވަރަށް ބޮޑަށް ވައްތަރުވީހެވެ. ދަރިފުޅަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. މާމައަކަށް ވުމުގެ އުފާ މިމަންމައަށް އިޙްސާސް ކޮށްދިނީތީއެވެ.
ދަރިފުޅާއެވެ.
މަންމަގެ މިސިޓީގެ މަޤްޞަދަކީ އެއްގޮތަކަށްވެސް ދަރިފުޅުގެ ކިބައިން ކަންތައް ތަކަކަށް އެދުމެއް ނޫނެވެ. ދަރިފުޅަށް އުނދަގޫ ތަކެއް ކުރުމެއްވެސް ނޫނެވެ. ދަރިފުޅުގެ އަގުހުރި ވަގުތު މިސިޓީ ކިޔަން ބޭކާރުކޮށްލުމެއްވެސް ނޫނެވެ. މަންމަ މިދުނިޔެ ދޫކޮށް ދިއުމުގެ ކުރިން ހުރިހާ ޙަޤީޤަތެއް ދަރިފުޅަށް އެންގުމެވެ.
އާނއެކެވެ.
މިމަންމަގެ ހުންނަނީ އެންމެ ލޮލެކެވެ. އެކަމާ މިމަންމަ އެއްގޮތަކަށް ވެސް ދެރައެއް ނުވެއެވެ. ކީއްވެކަން ދަރިފުޅަށް އެނގޭ ހެއްޔެވެ؟ މަންމަ އެންމެ ލޯބިވާ ދަރިފުޅަށް ދުނިޔެ ފެނުނީ މިމަންމަގެ ލޮލުންނެވެ. ދަރިފުޅުގެ ވާތުލޮލަކީ މިމަންމަގެ މަދު ލޮލެވެ. ދަރިފުޅު ކުޑައިރު ހިނގި އެކްސިޑެންޓެއްގަ ދަރިފުޅުގެ ބައްޕަ މިދުނިޔެއާ ވަކިވީއެވެ. އެޙާދިޘާގަ ދަރިފުޅުގެ ވާތުލޯވެސް ދަރިފުޅަށް ގެއްލުނީއެވެ. އޭރު އަހަރުމެންނަކީ ފުދިގެން އުޅުނު ތަނަވަސް ބަޔަކީމެވެ. ދަރިފުޅުގެ ލޯބަދަލުކުރަން ކުރި އޮޕަރޭޝަނަށް އަހަރެންގެ އަތުގަ ހުރި ހުރިހާ ލާރިއެއް ޚަރަދު ވީއެވެ. ދަރިފުޅާއެވެ. އެހެންމީހުން މަންމައާ ދިމާއަށް އެއްލޯ ނެތޭ ބުންޏަސް، ދަރިފުޅާ ދިމާއަށް އެހެން ބުނާ އަޑުއަހަން މިމަންމައަކަށް ކުޅަދާނައެއް ނުވާނެއެވެ. އެންމެ ލޮލަކާ އެކީ ދަރިފުޅު ބޮޑުވާތަން ދެކޭނެހާ ހިތްވަރެއްވެސް މިމަންމައަށް ނުލިބޭނެއެވެ. މަންމަ މިގޮތަށް ނިންމީ އެހެންވެއެވެ. މަންމަ ހަޑި މީހަކަށް ހުތުރު
މީހަކަށްވީ އެއްލޯ ނެތީމައެވެ. އެކަމަކު ދަރިފުޅު މޮޅުމީހަކަށް ރީތިމީހަކަށްވީ މިމަންމަގެ ލޮލާއެކުއެވެ.
ދަރިފުޅާއެވެ.
މަންމަ ދަރިފުޅުމަތިން ވަރަށް ހަނދާންވެއެވެ. ދަރިފުޅުދެކެ އިންތިހާއަށް ލޯބިވެސް ވެއެވެ. ދަރިފުޅާ ވަކިން މިހޭދަކުރި ފަސް އަހަރު މަންމަ އުޅުނު ހިތްދަތި ޙާލުދެނެވޮޑިގެންވަނީ ހަމައެކަނި މާތްﷲ އެވެ. ގިނަ ރޭރޭ އިރު އަރަނީ ދަރިފުޅުގެ ހަނދާނުގައި ނުނިދި ހޭލާ އޮތްވައެވެ. ބައެއް ރޭރޭ ހިތްފުރާ ކަރުނަ އަޅާ ރޮމެވެ. އެކަމަކު ތިދަރިފުޅާ ނުލާ މިހިތަށް އެއްވެސް ހަމަ ޖެހުމެއް ނުލިބެއެވެ. އަބަދުވެސް ކޮންމެވެސް ދުވަހަކުން ދަރިފުޅު ފެންނާނެ ކަމުގެ ފޮނި އުއްމީދު ކުރެވެއެވެ. މިހުރިހާ ކަމެއް އެނގި ހުރެވެސް ދަރިފުޅު މަންމަދެކެ ރުޅި އަންނަންޏާ މަންމައަށް ފަރުވާލެއް ނެތެވެ. އެކަމަކު މަންމަގެ އެދުމެއް އެބައޮތެވެ. އެއްދުވަހަކުން ދަރިފުޅުގެ ކުޑަކުޑަ ޢާއިލާ ގޮވައިގެން މަންމައަށް ޒިޔާރަތް ކޮށްލާނެ ކަމުގެ އުއްމީދު ކުރަމެވެ. ދަރިފުޅުގެ ކުޑައިރުގެ ގެޔަށެވެ. އޭރުން މަންމަގެ ހުރިހާ އެދުމެއް ފުރިހަމަ ވީއެވެ. ދަރިފުޅުދެކެ އަބަދުވެސް ލޯބިވާ - މަންމަ - "
ސިޓީ ކިޔާ ނިމުނު އިރު އަހަރެންގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. އަހަރެންމީ ކިހާ ގޯސް މީހެއްކަން އިޙްސާސް ކުރެވުނެވެ. އެމަންމަގެ ދަރިއަކަށް އަހަރެންވީތީ އުފާ ކުރީމެވެ. މަންމަ ކިހާ ކެތްތެރި ހެއްޔެވެ؟ އެކަމަކު އަހަންނަށް އެއްލޯ ދިންގޮތަށް ކެތްތެރިވާން ދަސްކޮށް ނުދިނީ ކީއްވެހެއްޔެވެ؟ އެއީ މަންމަ އަހަރެން ދެކެ ލޯބިވާ ވަރުންނެވެ. ދުވަހަކުވެސް ބުރަބަހެއް އަހަންނާ ދިމާއަށް ނުބުނެއެވެ. އެކަމަކު އަހަރެން އެމަންމައާ ދިމާއަށް ނުކިޔާ އެއްޗެއް ނެތެވެ. ހިލޭ މީހަކަށްވެސް ނުކިޔާނެ އެއްޗެހިވެސް ކީމެވެ. ނުވިތާކަށް އަހަންނަށް ނުފެންނަ ހިސާބަށް ދޭތޯ އަބަދާ އަބަދު ދުޢާ ކުރީމެވެ.
އޮފީހުން ގެއަށް އައިސް ކޮޓަރިއަށް ވަދެ އަހަރެން އެނދުގައި އޮށޯތީމެވެ. ހަދާނެ އެއްވެސް ގޮތެއް އަހަންނަކަށް ނުވިސްނުނެވެ. މަންމަގެ ކުރިމައްޗަށް ދާނެހާ ހިތްވަރެއް އަހަރެންގެ ނެތެވެ. " ކިހިނެތް ވެފަ ތިއޮތީ؟ ... ކާންހެދިފައޭ ހުރީ... ހިނގާ ކާން " ނަޝީ އައިސް އަހަރެންގެ ގާތުގައި އެނދުގައި އިށީނެވެ. " ނަޝީ އަހަންނަށް މާފުކުރޭ " އަހަންނަށް ބުނެވުނީ އެހާ ހިސާބަށެވެ. އަހަރެންގެ ރުއިންގަނޑު
ފަޅައިގެން ދިޔައެވެ. " ކޮން މާފެއް....؟ ކިހިނެތްވީ؟ " ވާނުވާ ނޭނގި ހުރެ ނަޝީ ސުވާލު ކުރަމުން ގެންދިޔައެވެ. " އަހަންނަކީ ވަރަށް ގޯސް މީހެއް... ވަރަށް ނުލަފާ މީހެއް " އަހަރެން އަމިއްލަ ނަފްސު ކުށްވެރި ކުރީމެވެ. " ވީގޮތެއް ބުނެބަލަ؟ " ނަޝީ ސުވާލު ކުރިއެވެ. " އެދުވަހު މިގެއަށް އައި އަހަރެންގެ މަންމަ... އަހަރެން ނަޝީއަށް ދޮގު ހެދީ " އަހަރެން އެސިޓީ ނަޝީއަށް ދިއްކޮށްލީމެވެ. ނަޝީ ސިޓީ ކިޔަން ފެށިއެވެ. ސިޓީގެ ވަކި ހިސާބަކަށް ދިޔައިރު ނަޝީގެ ލޮލުންވެސް ކަރުނަ ހިލުނެވެ. އަހަރެން ހަދާނެ ގޮތް ހުސްވެފަ އެނދުމަތީ އޮތީމެވެ. " އަދިވެސް ތިހެން އޮންނަނީތަ؟ ދެންވެސް މަންމަ ހޯދަން ދޭބަލަ " ނަޝީވެސް ހުރީ ރުޅި އައިސްފައެވެ. " އާނ ކިޔާ... ބޭނުން އެއްޗެއް މަށާ ދިމާއަށް ކިޔާ... ކޮންމެ އެއްޗެކޭ ކިޔަސް ކީއްވެތޯވެސް ނާހާނަން... ކީއްވެތޯ އެހުމުގެ ޙައްޤެއް އަހަންނަކަށް ނެތް " އަހަރެން ބުނީމެވެ. ނަޝީ އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެދޭން ފެށިއެވެ. " އަހަރެން ރުޅިއަކުން ބުނި އެއްޗެއް ނޫން އެއީ " ނަޝީ އަހަރެން ހަމަޖައްސަން މަސައްކަތް ކުރިއެވެ. " ބައްޕައަށް ފޯނެއް " ކުޑަކުޑަ ޝަފާ ގޮވާލިއެވެ. އަހަރެން ކޮޓަރީގެ ފޯނު ނެގީމެވެ. " މީ އައި.ޖީ.އެމް ހޮސްޕިޓަލުން... ޝިޔާމްތޯ؟ ... ޝިޔާމްގެ މަންމަ ހޮސްޕިޓަލްގަ އެޑްމިޓްކޮށްފި... ޝިޔާމަށް އަންގަދޭށޭ ބުނެގެން މިގުޅީ " އެކޮޅުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. " އާނ މިދަނީ " އަހަންނަށް ބުނެވުނެވެ. އަވަސް އަވަހަށް ތައްޔާރުވެގެން ހޮސްޕިޓަލަށް ދިޔައީމެވެ. އޭރު މަންމަގެ ޙާލު ތަންކޮޅެއް ރަނގަޅު ވެއްޖެއެވެ. މުސްކުޅި ކަމާއެކު ލިބެމުން ދިޔަ ހިތްދަތި ކަމަށް ކެތް ނުކުރެވިގެން ކުއްލި ޝޮކެއް ލިބުނީއެވެ. އަހަރެން ގޮސް މަންމަގާތު އެނދުގައި އިށީނީމެވެ. މަންމަ
އަހަންނާ ދިމާއަށް ބަލާލަމުން ހީލިއެވެ. އަހަރެންގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. މަންމަގެ ރޫޖެހިފައިވާ ދެއަތުން އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެދޭން ފެށިއެވެ. އަހަރެން މަންމަގެ އަތުގައި ހިފާ އަހަރެންގެ މޭގައި ޖައްސާލީމެވެ. އަދި އެދެއަތުގައި މަޑުމަޑުން ފިރުމަމުން ބޮސްދޭން ފެށީމެވެ. " މަންމާ އަހަންނަށް މާފުކުރޭ " އަހަންނަށް ބުނެވުނެވެ. " އަހަންނަށް މަންމައާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް... ވަރަށް އިހާނެތިކޮށް! އަހަންނަށް މާފް " މަންމަ އަހަރެންގެ އަނގަމަތީގައި މަންމަގެ އަތް އެޅިއެވެ. އަދި މަޑުމަޑުން ދެފަރާތަށް ބޯ ހަލުވާލަމުން ހީލިއެވެ. މަންމަގެ މޫނުމަތިން ދުވަހަކުވެސް ނުފެންނަހާ އުފާވެރިކަން އެދުވަހު އަހަންނަށް ފެނުނެވެ. އަހަރެން ޝަފާ ގެނެސް މަންމަ ގާތު އެނދުގައި ބޭންދީމެވެ. މަންމަ ޝަފާގެ ގައިގާ ބައްދާލިއެވެ. އަދި އެމަންޖެގެ މޫނުގައި ބޮސްދެމުން ގެންދިޔައެވެ. ތަންކޮޅެއް ދުރުގައި އެމަންޒަރު ބަލަން ހުރި އިރު ނަޝީގެ ލޮލުންވެސް ކަރުނަ ފައިބައެވެ. އަހަރެން ނަޝީ ގާތަށް ގެނެސް އަތުގައި ހިފާ ބާރަށް ފިތާލީމެވެ. އަދި ނަޝީގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެދިނީމެވެ. " އަހަންނަށް މާފުކުރޭ ނަޝީ! " އަހަންނަށް ރޮމުން ބުނެވުނެވެ. ނަޝީ މަޑުމަޑުން އަހަރެންގެ ބުރަކަށީގައި
ފިރުމާލިއެވެ.
ކީރިތި ޤުރުއާނުގައި لله صبحانه وتعالى ވަޙީ ކުރައްވާފައި ވެއެވެ.
وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَآ أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً
كَرِيمًا - سورة الإسراء
23 -
" އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! ( އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ! ) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެދެމީހުންނަށް ބަސްބުނާށެވެ. "
وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا - سورة الإسراء
24 –
" އަދި އޯގާވެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ! "
ރަސޫލު لله صلى لله عليه وسلم އާއި ޞަޙާބިއްޔަ ބޭކަލަކު ސުވާލު ކުރެއްވިއެވެ.
"يا رسول الله من أحق الناس بحسن صحابتي، قال: أمك، قال: ثم من، قال: أمك، قال: ثم من، قال: أمك، قال: ثم من، قال أبوك"
رواه البخـاري (5514) ومسـلم
(4621)
" އޭ ﷲގެ ރަސޫލާއެވެ. ތިމަން އެމީހަކަށް އެންމެ ހެޔޮކޮށް ހިތުމަށް ޙައްޤުކަން ބޮޑީ ކާކު ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ތިބާގެ
މަންމައެވެ. ދެންވެސް އެއްސެވިއެވެ. ދެން ކާކުތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ތިބާގެ މަންމައެވެ. ދެންވެސް
އެއްސެވިއެވެ. ދެން ކާކުތޯއެވެ؟ އެކަލޭގެފާނު ޙަދީޡް ކުރެއްވިއެވެ. ތިބާގެ މަންމައެވެ. ދެންވެސް އެއްސެވިއެވެ. ދެން ކާކުތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ތިބާގެ ބައްޕައެވެ".
Sunday, January 24, 2010 | Posted in ވާހަކަ | އިތުރަށް ވިދާޅުވޭ »
ހުކުރު އަޅާފައި ދިޔަ ދަތުރު

ބޮޑު ޗުއްޓީގެ ދުވަސް ވަރުކަމުން އަހަރެންނާއި އަހަރެންގެ ރައްޓެހިން ޗުއްޓީގައި ކުރާނޭ ވަރަށް ގިނަ ކަންތައް ތަކެއްރޭވީމެވެ. މިގޮތުން އެންމެ މުހިންމު އަދި އެންމެ ހާއްސަ ކަމަކަށް އޮތީ ފަޅު ރަށަކަށް ދަތުރު ދިއުމެވެ. ހުރިހާ އެންމެން މަޝްވަރާ ކުރުމަށްފަހު ދަތުރު ދާނެ ދުވަހަކަށް ހަމަޖެހުނީ ޖެހިގެން އަންނަ ހުކުރު ދުވަހެވެ.
ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެވެ. އަހަރެންނާއި އަހަރެންގެ ރައްޓެހިން ތައްޔާރު ވަމުން ދިޔައީ ދަތުރު ދިއުމަށްޓަކައެވެ. ދަތުރަށް ބޭނުންވާނޭ ހުރިހާ އެއްޗެއް ދޯންޏަށް އެރުވުމުގެ މަސައްކަތް ވަރަށް ފޯރިޔާއެކު ކުރިއަށް ދިޔައެވެ. ރޭވިފައި އޮތީ ހެނދުނު 6 ޖަހާއިރު ނައްޓާލާ ގޮތަށެވެ. ނަމަވެސް 6 ޖެހި އިރުވެސް ނައްޓާލެވޭ ގޮތެއް ނުވިއެވެ. ދަތުރުގެ އެންމެ މުހިންމު އެކަކު އަދިވެސް ބަނދަރަކަށް ނުނިކުމެއެވެ. އެއީ ފަރުހާދުއެވެ.
ފަރުހާދަކީ އަހަރެންގެ ރައްޓެހިންގެތެރޭގައި އަދި އަހަރެމެންގެ ގުރޫޕުގައި ހުރި އެންމެ ރަނގަޅު ކުއްޖާއެވެ. އޭނާ ބަރާބަރަށް ނަމާދު ކުރެއެވެ. ރަސޫލާގެ ސުންނަތަށް ތަބާވެ އެގޮތައް އަމަލު ކުރުމަކީ އޭނާގެ އެންމެ ހާއްސަ އެއް ސިފައެވެ. އަހަރެމެން ކުރާ ގޯސް ކަންތައްތަކަށް އޭނާ ނަފުރަތު ކުރެއެވެ. އަދި އެފަދަ ގޯސް ކަންތައްތައް ނުކުރުމަށް އަހަރެމެންނަށް އޭނާ ނަސޭހަތް ދެއެވެ. ހާއްސަކޮށް ދޮގު ނުހެދުމަށް އަބަދުވެސް އޭނާ އަހަރެމެން ކައިރީ ބުނަމުން ދެއެވެ. ސަމާސާއަކަށް ނަމަވެސް ދޮގެއް ނުހެދުމަށެވެ. މި ދަތުރުގައި އޭނާ ބައިވެރި ނުވަނީ އަހަރެމެންގެ އަމަލުތައް ހުންނަގޮތުން ކަމަށް ފަހަރުގައި ވެދާނެއެވެ.
ކޮންމެއަކަސް ފަރުހާދުގެ ހަބަރެއް ނުވުމުން އަހަރެމެން އޭނާއަށް ފޯނު ކުރީމެވެ. އޭނާ ބުނީ ދަތުރު ނުދާނެ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ބުނީ ހުކުރު އަޅާފައި ދާން ޖެހޭތީއެވެ. އަދި އަހަރެމެންގެ އަމަލުތައް ހުންނަގޮތުން އޭނާ ހިތްހަމަ ނުޖެހެނީ ކަމަށެވެ. އަހަރެމެން އެ ރަށަށްގޮސް ކޮންމެފަދަ އަމަލެއްވެސް ކޮށްފާނެ ކަމަށް އޭނާބުންޏެވެ. ފަރުހާދުގެ މި ޖަވާބަށް އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ކުދިން މަލާމާތްކޮށް ހީހެދިއެވެ. އެއްބަޔަކު ބުނީ ފަރުހާދަކީ ފިނޑިއެއްކަމުގައެވެ. އަނެއްބަޔަކު ބުނީ ފަރުހާދު އެހުރީ ހާބީ ވެފާކަމުގައެވެ. އޭނާއަށް ރަށުގެ މުދިމުކަން ދޭންވީކަމުގައެވެ.
ރަށުން ދޯނި ނައްޓާލައިފީމެވެ. ކަނޑުމަޑު މޫސުން ރީތި ދުވަހެކެވެ. ދާން ހަމަޖެހިފައިވާ ރަށަކީ ފުދޭވަރަކަށް ދުރު ރަށެއްކަމުން ކަނޑުމަތީގައި ވަރަށްގިނަ އިރު ހޭދަކުރަންޖެހުނެވެ. އެހެންވެ ދޯނި މަތީގައި ސަކަރާތްޖަހާ މަޖާކުރުން އޮތެވެ. ބެރުޖެހުމާއި ލަވަ ކިޔުމެވެ.
ގާތް ގަނޑަކަށް 2 ގަޑި އިރެއްހާއިރު ދަތުރު ކުރުމަށްފަހު އަހަރެމެން ގެ ދަތުރުގެ މަންޒިލަށް ވާސިލް ވެވިއްޖެއެވެ. ރަށަށް ފޭބުމަށްފަހު ފުރަތަމަ އޮތީ ހެނދުނުގެ ސައި ބުއިމެވެ. އެއަށްފަހު ތަފާތު ކުޅިވަރުތައް ކުޅުން އޮތެވެ. ފުޓްބޯޅަ އާއި ވޮލީއެވެ. އަދިވެސް އެހެނިހެން ކުޅިވަރުތަކެވެ. ކުޅިވަރުތަކުގެ ތެރޭގައި ފޯރިގަދަ ކަމުން ވަގުތު ދިޔަ ނުދިޔަ ގޮތެއްވެސް ނޭނގުނެވެ. ގަޑި ބަލާލި އިރު މެންދުރު އަނބުރާ 2 ޖަހަނީއެވެ. ހުކުރު ވަގުތު ދިޔަ އިރުވެސް އަހަރެމެން ތިބީ ފޯރީގައި ކުޅޭށެވެ.
ކުޅިވަރުތައް ކުޅެ ނިންމާލުމަށްފަހު އޮތީ މެންދުރުގެ ކެއުމެވެ. ކާންތިބެގެން އެންމެން އެންމެނަށް ތަފާތު ވާހަކަތައް ދެއްކިއެވެ. މިގޮތުން އަހަރެމެންގެ ތެރޭގައި އިން އަހުމަދު ކިޔާ ކުއްޖަކު ހިޔާލެއް ދިނެވެ. އޭނާ ދިން ހިޔާލަކީ ކޯސްޓްގާޑަށް ގުޅާފައި އަހަރެމެންގެ ދޯނި ކަނޑު ގަދަ ވެގެން އަޑިޔަށް ދާވާހަކަ ބުނުމެވެ. " ކާކު ތިވާހަކަ ގަބޫލު ކުރާނީ؟ މިހާރުވެސް މޫސުން މި އޮތީ ވަރަށް ރީތިކޮށް، އެހެން ނޫނަސް އަހަރެންގެ ބައްޕަގެ މި އޮޑި އަޑިޔަށް ދާކަށެއް ނުކެރޭނެ. މި ދޯނި އަޑިޔަށްދާވަރުގެ ރާޅެއް ކަނޑުގަ ނުވެސް ނެތެއްނު." އަހަރެން ބުނީމެވެ. އަހަރެންގެ މިވާހަކަ އެމީހުން ގަބޫލެއް ނުކުރިއެވެ. އަދި އެންމެފަހުން ކޯސްޓްގާޑަށް ގުޅާފައި އެހެން ބުންޏެވެ. އެމީހުން އެކަން ކުރީ ސަމާސާއަކަށެވެ. މަޖަލަކަށެވެ.
އެންމެފަހުން ދަތުރު ނިންމާލާފައި ރަށަށް ދާ ގަޑި ޖެހިއްޖެއެވެ. އޭރު އިރު އޮއްސެނީއެވެ. އެރަށުން ދޯނި ނައްޓާލިތާ މާގިނަ އިރު ތަކެއްނުވެ މޫސުން ގޯސްވެ ކަނޑު ގަދަވާން ފަށައިފިއެވެ. ބޯ ކެރިއާއި އެކީ ގަދަ ވައި އަތުވެއްޖެއެވެ. ދެވޭ ނުދެވޭ ދިމާލެއް ނޭނގެއެވެ. ދޯނި ދިޔަވާންވެސް ފަށައިފިއެވެ. އެއްބަޔަކު ބިރުން ތެޅި ފޮޅެނީއެވެ. އަނެއްބަޔަކު ބެލީ ދޯންޏަށް އަރަމުންދާ ދިޔަތައް ހިއްކޭތޯއެވެ. ނަމަވެސް އެކަން ކާމިޔާބެއްނުވިއެވެ. ދޯނީގައި ހުރި ޕަންޕުވެސް ހުރީ ހަލާކު ވެފައެވެ. އަހަރެން ކުއްލިއަކަށް ހަނދާންވީ މެންދުރު ކާންތިބެފައި ދެއްކި ވާހަކަތަކުގެ މަތިންނެވެ. މި ހިޔާލު އައުމުން އަހަރެން މަސައްކަތް ފެށީ ކޯސްޓްގާޑަށް ގުޅާށެވެ. ފޯނު ހިފައިގެން އެހެން އިންދާ ކޮންމެވެސް އެއްޗަކުން އަހަރެންގެ ބޮލުގައި ޖެހުނުހެން ހީވިއެވެ. ދެން ވީ ނުވީއެއް ނޭނގުނެވެ. ހޭ އެރި އިރު އޮތީ ރަށު ހޮސްޕިޓަލްގައެވެ. ކައިރީގައި މަންމަ އާއި ބައްޕަ އަދި ޑަކްޓަރު ހުއްޓެވެ. ޑަކްޓަރު ބުނީ ހޮނުގެ ސަބަބުން އަހަރެންގެ ފައި ވާގި ނެތިފައިވާކަމުގައެވެ. އަދި އެކަން ރަނގަޅު ނުކުރެވޭނެކަމުގައެވެ. ދެން އިތުރު މައްސަލައެއް ނެތްކަމުގައިވެސް ޑަކްޓަރު ބުންޏެވެ. އަހަރެން ވަރަށް ދެރަވިއެވެ.
ޑަކްޓަރު ދިއުމާއި އެކީ އެތަނަށް ވަދެގެން އައީ ސިފައިންގެ މީހެކެވެ. ސިފައިންގެ މީހާ އަހަރެންނަށް ކަން ހިނގިގޮތް ކިޔާދިނެވެ. އޭނާ ބުނި ގޮތުގައި އަހަރެމެންގެ ދޯންޏަށް ހޮނު އެޅީއެވެ. އެވަގުތު ކޯސްޓްގާޑްގެ ލޯންޗް އޮތީ އަހަރެމެންގެ ދޯންޏާއި ދާދި ކައިރީގާ ކަމުން، އަހަރެމެންގެ ދޯންޏަށް ހޮނު އެޅި މަންޒަރު ވަރަށް ކައިރިން އެމީހުން ދުށްކަމަށް އޭނާ ބުންޏެވެ. " ހޮނު އަޅާ ދޯނި އެކީ ހަލާކުވީ. އަދި ހޮނު އެޅުމުގެ ތެރޭގައި ބައެއްކުދިން ވަނީ ފިހިގެން މަރުވެފަ. އަނެއްބައި ކުދިން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ" އޭނާ ކިޔައި ދިނެވެ. އަދި ސަލާމަތްވީ އަހަރެން އެކަނި ކަމުގައިވެސް ބުންޏެވެ.
އަހަރެން ގެއަށް ފޮނުވާލީ އޭގެ އަނެއްދުވަހު ހެނދުނެވެ. ގެއަށް ދިޔަ މަގުމަތީގައި ފަރުހާދުއާ ދިމާވިއެވެ. އޭނާ އަހަރެންނާއި ވަރަށް ގިނަ ވާހަކަ ދެއްކި އެވެ. އަދި ވަރަށް ގިނަ ނަސޭހަތްދިނެވެ. އަހަރެން ކަންހިނގި ހުރިހާ ގޮތެއް ފަރުހާދަށް ކިޔައިދިނީމެވެ. އެދުވަހަށް ފަހު އަހަރެން އަޒުމް ކަނޑައެޅީމެވެ. ގޯސްގޮތަކަށް ނޫޅުމަށެވެ. ބަރާބަރަށް ނަމާދުކޮށް ރަސޫލާގެ ސުންނަތައްއުޅުމަށެވެ. އަހަރެމެންގެ ދަތުރަށް މިފަހަރު މިހެން މިވީ ހުކުރު އަޅާފައި ދިއުމުންކަން އަހަރެން ގަބޫލު ކުރަމެވެ. މި ދަތުރުގެ ހަނދާނެއް އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. ހުކުރު އަޅާފައި ދަތުރު ދާ ކޮންމެ ފަހަރަކު ކަމެއް ނުވެދާނެއެވެ. ނަމަވެސް ކަމެއް ވާނީކީ ބުނެފައެއް ނޫނެވެ. ވިސްނާށެވެ. ﷲ އާއި ރަސޫލާގެ އަމުރުފުޅުތަކަށް ކިޔަމަންވާށެވެ.
Wednesday, December 30, 2009 | Posted in ވާހަކަ | އިތުރަށް ވިދާޅުވޭ »
ކޫލް ބޮކްސް

ރަށުގެ ފުޓުބޯޅަ ޓީމުގެ ކެއިން ބުއިމާއި، ސިއްހީ ކަންތައްތައްވެސް ބެލެހެއްޓެމުންދަނީ ރަށުގެ އެންމެ މަތީ ފެންވަރުގައެވެ. ލައިގެން ކާނެ އެއްޗިހި ހޯދުން ވަނީ މަސްދޯނި ފަހަރުގެ މައްޗައް ބަހާލެވިފައެވެ. ސިއްހީ ފަރުވާގެ ކަންތައްތަކުގައި " ސެންޓަރުމީހާ" ގެ އިތުރަށް ރުއްގަލުބޭހާއި ރާއްޖެބަލީގެ ބެސްފަރުވާ ކުރުމަށް ކުޅަދާނަ ހަކީމަކު ޖާމިނުވެގެން ތިއްބެވެ. ޓީމުގެ " ސެކިޔުރިޓީ" އާއި ހަވާލުވެލެއްވީ ރަށުގެ އެންމެންގެ ލޯތްބާއި ގަބޫލުވުން ލިބިފައިވާ މުސްކުޅި މުދިންބެއެވެ.
ޓީމުގެ ފަރިތަކުރުންތައް ފަރިތަކަމާއެކު ކުރިއަށް ދެއެވެ. ފަރިތަކުރުން އޮންނަ ކޮންމެ ދުވަހަކު ރަށުގެ ފައި އިނދޭ ފުރައިން ފެށިގެން " كلهم أجمعين" އޮންނަނީ ދަނދު ދޮށަށް ހާޒިރުވެފައެވެ. އޭރު ކޮންމެވެސް ގެއެއްގެ ބޮޑުއަށި މަތީގައި ނިމޭގަޑީގެ ސައި، ކުޅި ބޯކިބާ ބިސްގަނޑު ކަވާބު ތަށިތަށީގައި އެތުރެމުން ދާނެއެވެ.
މިކަމުގައި އެންމެ އިސްކޮށް، ނަގަކިޔަން ހުންނަނީ ރަށުގެ ތަރައްގީގެ ކޮންމެ ކަމެއްގައިވެސް އެންމެ އަޑުހަރުކޮށް އުޅޭ މާވަހަރުދޯނީގެ ކެޔޮޅު ސަމަދެވެ. ކާބަފައިންގެ ތަރިކައިން އޭނާއަށް ވާރުތަވީ ހަމައެކަނި އޮޑިދޯނި ފަހަރާއި ވިޔަފާރީގެ މުއްސނދިކަމެއްނޫނެވެ. ރަށުވާދަޔާއި އުފަން ފަސްގަނޑަށް ލޯބި ކުރުމުގެ ރޫހަކީވެސް ވާރުތައިން އޭނާއަށް ލިބުނު ތަރިކައެކެވެ. ރަށަށް ހިދުމަތެއްކުރުމަށް ފުރުސަތު ލިބިއްޖެ ކޮންމެހިނދެއްގައި ތިޔަކަންވާނީ މަށަށޭކިޔާ އޭނާއަށް ފުންމައިގެން ދެވެނީ އެހެންވެގެންނެވެ.
މާދަމާ އަކީ މުބާރާތުގައި ރަށުޓީމު ފުރަތަމަމެޗު ކުޅޭދުވަހެވެ. މުޅިރަށުތެރެހީވަނީ ދިހަރޯދަ ޢީދަށް ތައްޔާރުވާހެންނެވެ. ބޮޑަށްއޮތީ ގެގޭގައި ޒިކުރު މާލޫދު ކިޔުމާއި ވިދުރު ސަލަވާތް ކިޔެވުމެވެ. ޅަފުރައިގެ ކުދިން ބައެއް ފޮތިގަނޑުގަނޑުގައި ތަފާތު އުންމީދީ ޢިބާރާތްތައް ލިޔެ މަގުމަތީގައި ދަމާ އުޅެއެވެ.
މިރޭގެ އެންމެ ހާއްސަކަމަކަށްއޮތީ ރަށު މާލޫދު ހަރުގޭގައި އޮތް ރައްޔިތުންގެ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ރަށުގެ ފުޓްބޯޅަ ޓީމުގެ މެންބަރުންވެސް ބައިވެރިވިއެވެ. މާލެގައި ކިޔަވަންގޮސްތިބި ބައެއްކުދިންވެސް މިވަގުތު ރަށުގައި އައިސް އުޅޭތީ އެގެތެރެއިން ބައެއްކުދިންވެސް ބައިވެރި ވިއެވެ. ހާއްސަކޮށް މި ޓީމުގެ ކޯޗަކީ އެފަދަ ކުއްޖަކު މެދުވެރިވެގެން މާލެއިން ހޯދާފައިވާ ކޯޗަކަށްވާތީ އެކުއްޖާވެސް މިރެގެ ބައްދަލުވުމުގެ ތަންކޮޅެއް އިސް ސަފުން އެބަފެނެއެވެ.
ބައްދަލުވުން ފެށިއްޖެއެވެ. ވާހަކަ ދެކެވެނީ މާދަމާގެ ކަންތައްތައް ބަހައްޓަންވީ ގޮތުގެ މައްޗަށެވެ. މެޗަކަށްޓަކައި ވާންޖެހޭ ތައްޔާރީ ތަކުގެ މައްޗަށެވެ. ހޯދަންޖެހޭ ތަކެތީގެ ތެރެއިން އަލަށް އިވުނު ނަމަކީ ކޫލް ބޮކްސް އެއްގެ ނަމެވެ. ކޫލް ބޮކްސް އެއް ލިބިދާނެތޯ ދެފިކުރެއްގެ މަތީގައި އިނދެ އެއްކަލަ ޒުވާނާ އަހާލިއެވެ. މާލޭން އައިސް އިން ޒުވާނާގެ މި ޚިޔާލަށް ފުންމައިގެންގޮސް މިފަހަރުވެސް ތެދުވީ އެއްކަލަ ކެޔޮޅެވެ. " ކަލޯ ހީކުރާ ގޮތް ދޯ! ތިޔަ ހޯދަންވާ އެއްޗެއްގެ ނަންބުނޭ. ހެޔޮ ވިލަތެއް ނޫން ކޮންމެ ތަނެއްގައި ހަދާފައި ހުރި އެއްޗަކަސް. ބިންކޮނެ އާނު ކަނޑައިގެން ނަމަވެސް ތިޔައެއްޗެއް ދަމާ ނެރެ އަތުޖައްސާނަން." ކެޔޮޅުބޭގެ މި ޖޯޝީ ބަސްތަކަށް މުޅި ތަން ގުގުމައިގެން ދިޔައެވެ. ހީވަނީ މިވެސް އަނެއްބައިގެ ގޯލަށް ވައްދާލެވުނު ލަނޑެއް ހެންނެވެ.
އަސުރުން ފައިބައި އިރުކޮޅެއްވީތަނާ ކެޔޮޅު ހޯދަން އެގެއަށް ގޮސް ކުއްޖަކު ވަދެއްޖެއެވެ. ކޯޗު ބުނެގެން އެއްކަލަ ކޫލް ބޮކްސްގެ ޚަބަރު ބަލައިލާން ދިޔަ ކުއްޖެކެވެ. ކެޔޮޅުބެ އަހާނ! އެއްކަލަ ގޮލައި ހޯދަންދޯއޭ ބުނެ މަޑުކޮއްލަން އިޝާރާތް ކޮށްފައި ގޮސްވަނީ ބަނޑަހަގެޔަށެވެ. އިރުގަނޑަކު އުޅެފައި ނިކުމެ ބޮލުގައި އަތް އުނގުޅަން ހުރެފައި ، އާނ! އެނގިއްޖޭ ކިޔާފައި ހަރުގަންނަވާފައި ބޭރަށް ނިކުމެ އަތިރިޔާވީ ފަރާތަށް އެބަހަރަގެން ދެއެވެ. އެވާނީ އެ ސޮރުމެން މަސައްކަތްކުރާ، މިއޮއް ފަޅުރަށުގައޭ ކިޔަމުންނެވެ. ބައްތެލީގައި އެރަށްގޮސް އެހިފައިގެން އެބަ އަންނަމޭ ގޮވަމުންނެވެ. ފިކުރު ބޮޑު ނުކުރާށެވެ! އެންމެ ދޮޅަހަކަށް މިނެޓެވެ!
މެޗު ފެށިއްޖެއެވެ! ކެޔޮޅުބޭ ދައްކައެއް ނުލައެވެ! ދަނޑަށް ގެންނަންޖެހޭ ފިނި ކުރި ފެންފުޅިތަކާއި، ގުލްކޯޒްއެޅި ކުރުނބާ ފަންޏާއި، ގަނޑުފެން ޕެކެޓްތައް ހުރީ ރަށުގައި ހުރި ހަމައެކަނި ފުރިޖް ކަމަށްވާ ރައްޔިތުންގެ އިންޖީނުގޭ ފުރިޖް ގައެވެ.
ހީކުރި ވަރށް ވުރެ ނަސީބު މާރަނގަޅެވެ. ވީލް ބަރޯއެއް ހިފައިގެން މިކޮޅަށް ބޫން ކަނޑަނިކޮށް މިހާރު މަގުކޮޅުން އެ ފެންނަނީ ކެޔޮޅު ސަމަދެވެ. އިންޖީނުގެއާ ހަމައަށް މަޑުނުކޮށް އިންޖީނުގެ ފަސްދީ ދަނޑާ ދިމާއަށް އޭނާ މެކުހަށް ޖަހާފައި އެހުރީ ކީއްވެ ބާވައެވެ.؟
މިހާރު ދަނޑާ އަރާ ހަމަވެއްޖެއެވެ. މުޅިމީހާ ހުރީ ވަރުބަލި ވެފައެވެ. ލަހިވެ މަތިނޭވަޔަށް ވެފައެވެ. އާއްމުކޮށް އަންނަ ސިނގު ރުޅިގަނޑުގެ ކަނި މޫނު މަތިން ބުރަބުރައެވެ. ރުޅިއައީ ރަށުމީހުން ދެކެއެއްނޫނެވެ. އޭނާގެ އެންމެ ދޮށީ ދަރިފުޅު ދެކެއެވެ. މިފަދަ ބޮޑު ދުވަހެއްގައި އެފަދަ ބޭނުންތެރި އެއްޗެއް އެކުދިން މަސައްކަތް ކުރާ ފަޅު ރަށުގައި ބެއްޓީތީއެވެ.
އޭނާ އެއައި ބާރު މިނުގައި އައިސް ވީލްބަރޯއިން އަތް ދޫކޮށްލުމުން ބަރޯގެ ދެފައިގެ ކޮޅު ބިމަށް ހެރިގަތް ޑަނގަ ޑަނގަ އަޑާ އެކު ކޯޗާ ދިމާޔަށް ބުންޏެވެ. " އަނ! މިއޮތީ ތިޔަ އެއްޗަކީ! އަހަރެމެން އަތުގައި އެއްޗެހި ނެތިއެއް ނުދާނެ" އޭރު އޭނާ ގެނައި ފޮށީގެ އުޅަށްގަނޑުގައި ހިފާ ކޯޗާ ދިމާޔަށް ދިއްކޮށްގެން ހުއްޓެވެ. " އާނ.. ކީކޭ ކެޔޮޅުބޭ؟ " ކޯޗް ހައިރާން ކަމާއެކު ސުވާލު ކުރިއެވެ. " ރޭގައި ހޯދަން ބުނި އެތި މި އޮތީއޭ...."
މެޗަކާ މެޗެކެވެ. މުޅިހިސާބުގަނޑުގެ އެންމެންގެ ލޯ މިހާރު ހުއްޓިފައި އެހުރީ މިދިމާއަށެވެ. ކެޔޮޅާއި ކޯޗާ ދިމާއަށެވެ. ކޫލް ބޮކްސް އެއް ބޭނުންވާނެ ކަމަށް ރޭގައި ހިޔާލު ފާޅު ކުރި ޒުވާނާ އާ ދިމާޔަށްވެސް މެއެވެ.
މިހާރު ކޮންމެ މީހަކުވެސް ވަނީ ހައިރާން ކަންމަތީގައެވެ. އަނގަ ފަޅައިލާފައި ފުލް ޕްރެޝަރުގައި ނިކުންނަން ވަރުދައްކަމުންދާ ގަދަ ހިނިގަނޑު އޮބަހެއްޓޭތޯ ހިތްމަތްކުރުން މަތީގައެވެ.
ތެދެކެވެ. ކޫލް ބޮކްސް އަކީ އަދި މުޅި އެރަށްވެސް ހަމަ މުޅިން އާނަމެކެވެ. އާ އެއްޗެކެވެ. ކެޔޮޅުބެއަށް ފަރިތަ އޭނާ ދަންނަ ނަމާ މިނަން މާ ވައްތަރީއެވެ. އޭނާ ދަންނަނީ އޮޑީ އިންޖީނު ހެދުމުގެ މަސައްކަތުގައި ގެންގުޅޭ އެއްޗެއްގެ ނަމެވެ. އޭނާ ހީކުރީ އޭގެ ވާހަކަ ކޯޗު ބުނީ ކަމަށެވެ. އެ އެއްޗަކީ ކޫލް ބޮކްސް އެއް ނޫނެވެ. އެއީ ކޮން އެއްޗެއްތޯ ރަނގަޅަށް އޮޅުން ފިލުވާލުމަށްޓަކައި "ކޫލް ބޮކްސް" މިނަމުގެ ފެށޭ އަކުރު ޓަވިޔަންޏަކަށް ބަދަލު ކޮށްލާށެވެ...އާދެ! ކެޔޮޅު ސަމަދު ފަކީރު ކަނޑުފަތައިގެން މިގެނައީ "ޓޫލް ބޮކްސް" އެކެވެ. އުމުރުން ދުވަސްވެ ލޯބޯ ކޮށިވީމާ ކެޔޮޅުބެއަށް ކުޑަ އޮޅުމެއް އެރީތާއެވެ.
ދި-ބުރުނު ގެ ނޯޓް: މިއީ 2006 ވަނަ އަހަރު މައުހަދުގެ ގްރޭޑް 11 ގެ ދަރިވަރުންގެ ދިވެހި އިމްތިހާނުގެ ދޭހައަށް ހުށައަޅާފައިވާ ލިޔުމެކެވެ. މި ލިޔުން ތިޔަބޭފުޅުންނާ ހިއްސާ ކޮއްލުމުގެ ގޮތުން މި ބްލޮގް ގައި ހިމަނާލީއެވެ.
Thursday, December 24, 2009 | Posted in ވާހަކަ | އިތުރަށް ވިދާޅުވޭ »
ވިސްނުމެއްނެތި ކޮށްފި ކަމަކުން... (2)

ދި-ބުރުނު
އެއާރޕޯޓުން ނިމިގެން އަހަރެން ހުންނަން ހަމަޖެހިފައިވާ އެޕާޓްމަންޓަށް ދެވުނުއިރު އިރުއޮއްސެނީއެވެ. އެޕާޓްމަންޓަށްގޮސް ފެންވަރައިލައިގެން އެނދުގައި ޖައްސާލީ ލިބިފައިވާ ވަރުބަލިކަން ފިލުވާލުމަށްޓަކައެވެ. އެނދުގައި ޖައްސަލިތާ މާގިނައިރުތަކެއްނުވަނީސް އަރާމު ނިދީގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ. ހޭލެވުނީ އަނެއްދުވަހުގެ ހެދުނު 9 ޖެހިފަހުންނެވެ. ތެދުވެ ފެންވަރާލާ ތާޒާވެލުމަށްފަހުދިޔައީ ރެސްޓޯރެންޓަކަށް ހެނދުނުގެ ސައިބޯށެވެ.
އެމާހައުލު ވީ އަހަންނަށް ވަރަށް އާތަނަކަށެވެ. ދަންނަ މީހަކު އުޅެނީކީ ނޫނެވެ. އެހެންވެ ކޮންމެވެސް ވަރަކަށް ފޫހިވާގޮތް ވިއެވެ. މަންމައާއި ބައްޕަ އަދި ރައްޓެހިންގެ މަތިން ހަނދާންވާން ފެށިއެވެ. އަދި އެނބުރި ރާއްޖެދާން ހިތައްއެރިއެވެ. ނަމަވެސް މަންމައާއި ބައްޕަ އެވަރުން ފޮނުވުމުން އަނބުރާލާ ރާއްޖެގޮސްފިނަމަ އެމީހުންވާނޭ ދެރަ ހިތައްއަރާފައި ކެތްކޮއްލައިގެން ހުރީއެވެ. ހެނދުނުގެ ސައިބޮއެނިމިގެން އަހަރެން އަވަސްވެގަތީ ކޮންމެވެސް ގޮތަކުން މަންމަމެންގެ ހާލުއަހުވާލު ބަލާލުމަށް މަންމަމެންނަށް ގުޅާލުމަށެވެ. އިރަދަކުރެއްވީތީ އެންމެންގެ ހާލުވެސް ރަނގަޅެވެ.
އޭގެ ދެދުވަސްފަހެވެ. އަހަރެން ކޮލެޖަށް ދާންފަށައިފީމެވެ. އެތަނުން އަހަރެންނަށް ފެނުނީ ވަރަށް ތަފާތު މަންޒަރުތަކެކެވެ. އަހަރެން އެމަންޒަރު ތަކަށް ނަފުރަތުކުރާ މަންޒަރުތަކެކެވެ. އަންހެންކުދިންނާ ފިރެހެންކުދިން ގައިގޯޅިވެ އުޅޭތަން ފެނުމުން އަހަރެން އެހާ ހިތްހަމައެއް ނުޖެހުނެވެ. އަދި ނިވާކަން ކުޑަހެދުމުގައި އަންހެންކުދިން އުޅޭތަން ބެލުމަކީ އަހަރެން ކުރާހިތްވާ ކަމަކަށް ނުވެއެވެ. އަހަރެންނަކީ އިސްލަމެއްކަމާއި އެފަދަ ގޮތްގޮތަށް އުޅުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއްކަން އަހަރެންނަށް ރަނގަޅަށް އިގެއެވެ.
ދުވަސްތައްފާއިތުވަމުން ދެއެވެ. މަޑުމަޑުން އަހަރެންވެސް ކޮލެޖްގެ ތެރެއަށް ފަރިތަވެ ތަފާތު ރައްޓެހިންތަށް ލިބެމުން ދިޔައެވެ. ރަނގަޅުރައްޓެހިންނާއި ގޯސްތައްޓެހިންނެވެ. އަދި އެންމެ ފަހުން އެމީހުންގެ އެއުޅުން އަހަރެންނަށް ކަމުދާން ފެށިއެވެ. އެމީހުން ކުރާ ފާހިޝްއަމަލުތައް އަހަރެންވެސް ކުރަންފަށައިފީމެވެ. އެމީހުން ބުނަމުން ދިޔައީ އެއީ ފެޝަންކަމުގައެވެ. އެކަހަލަ ކަންތައްތައްނުކޮއް ތިބޭނީ ނުކެރޭ ފިނޑިންކަމުގައެވެ. އެހެންވެ އަހަރެންވެސް އަހަރެންގެ ކެރޭކަން ދައްކާލަންބޭނުންވީއެވެ. އެންމެ ފަހުންގޮސް އަހަރެންނަކީ އަހަރެމެންގެ ކޮލެޖްގައިހުރި އެކަހަލަ ކަންތައްތައް ކުރަން އެންމެ މޮޅުމީހާ ކަމުގައި ވެއްޖެއެވެ. ކޮލެޖްގެ ހުރިހަ އަންހެންކުދިންވެސް ބޭނުންވަނީ މިހާރު އަހަރެންނެވެ. އެހެންވެ ކޮންމެ އަންހެން ކުއްޖަކު ބުންޏަސް އަހަރެން އެކަމެއް އެކަމެއް އެކުއްޖަކަށް ފުއްދާދީ އެކުދިންގެ ފަރާތުން އުފާ ހާސިލް ކުރަމެވެ. ބައެއްފަހަރު އަހަރެންގެ އެޕާޓްމަންޓަށް ކުދިން ގެނެސްގެންނެވެ. އަނެއްބައިފަހަރު ކޮލެޖްތެރޭގައެވެ. އެތަންތާގައި އެއީ މާބޮޑުކަމެއްނޫނެވެ.
ދުވަސްތައް ހަފްތާތަކަށް، ހަފްތާތަށް މަސްތަކަށް، މަސްތައް އަހަރުތަކަށް ބަދަލުވަމުން ދެއެވެ. މިހާރު އަހަރެން އެއްވެސް ވަރަކަށް މަންމަމެން މަތިން ހަދާނެއްނުވެއެވެ. އަހަރެންގެ އިސްލާމްކަމެއްވެސް މިހާރަކު އަހަރެންގެ ކިބައަކު ނެތެވެ. ނަމާދެއް ނުކުރަމެވެ. ނުވިތާކަށް އަހަރެން އުޅެނީ ކްރިސްޓިއަންދީނުގެ މީހުން އުޅޭހެންނެވެ. އަދި ރާއްޖެދާކަށްވެސް ބޭނުމެއްނުވެއެވެ. އަހަރެން ބޭނުންވަނީ މިތާގައި މި އަރާމު ތަކުގެ ތެރޭގައި އަބަދާއި އަބަދު ދިރިއުޅޭށެވެ. ނަމަވެސް ކަންތައްތައް ހިނގާނީ މާތްﷲ ތަގުދީރު ކުރައްވާފައިވާ ގޮތުގެ މަތިންނެވެ.
ކުއްލިއަކަށް އަހަރެން ބަލިވެއްޖެއެވެ. ހަށިގަނޑުގައި ވޭންއަޅާވަރުން ކެތްނުކުރެވިގެން އެންމެފަހުން ޑަކްޓަރަށް ދެއްކީމެވެ. ޑަކްޓަރު އެންގީ ޓެސްޓްތަކެއް ހެދުމަށެވެ. ޓެސްޓްތަކުގެ ނަތީޖާ ލިބުނު ވަގުތު އަހަންނަށް ހީވީ ދުނިޔެ ކުދިކުދިވެގެން ދިޔަހެންނެވެ. ޓެސްޓްތަކުގެ ނަތީޖާއިން ދެއްކީ އަހަރެންނަށް އެއިޑްސް ޖެހިފައިވާކަމަށެވެ. އަހަންނަށް ހަދާނެގޮތް ހުސްވިއެވެ. އަހަރެން އެކަނިވެރިވިއެވެ. އެދުވަހުން ފެށިގެން އަހަރެންނާއި އެކީ ކޮލެޖްގައި އުޅުނު ރައްޓެހިންވެސް ގެއްލި ދުނިޔެއަށް ގިނަވިއެވެ. އެންމެފަހުން މަންމައާއި ބައްޕަގެ މަތިން ހަނދާންވާން ފެށިއެވެ. އަހަރެންގެ މާޒީގެ ހަނދާންތައް އާވާން ފެށިއެވެ. އިސްލާހުވާން ބޭނުންވިއެވެ. ނަމަވެސް މިހާރު މިވަނީ ވަގުތު ފާއިތުވެފައެވެ.
އަހަރެން ނިންމީ ވަގުތުން ރާއްޖެދާށެވެ. މަންމައައި ބައްޕަގެ ކައިރީގައި އަހަރެންގެ ހަޔާތުގެ އެންމެ ފަހު ވަގުތުތައް ހޭދަކުރަން އަހަރެން ބޭނުންވިއެވެ. ރަށަށް ދިއުމުން އަހަރެންނަށް ލިބުނީ އަދި ކުރިއަށް ވުރެ މާބޮޑު ހިތާމައެކެވެ. މަންމައާއި ބައްޕަ ވަނީ އެކަމާ ހިތާމަ ކޮށްކޮށް މިދުނިޔެ ދޫކޮއްފައެވެ. މިއީ ހަމަ އަހަރެން ކުރި ކުށުގެ ޝަޒާއެވެ. މިއީ ވިސްނުމެއްނެތި ކުރާ ކަންނަމުގެ ނިމުން އަންނަގޮތެވެ. ޝާއިރުވެސް ވިދާޅުވަނީ މިހެންނެވެ.
ވިސްނުމެއްނެތި ކޮއްފިކަމަކުން އެންމެފަހަރަކު ދޭހުގާ
ގިސްލަމުން ހިތި ކަރުނަ އޮއްސަން ޖެހިދެޔޭ އުމުރަށް މުޅިން.
Wednesday, December 16, 2009 | Posted in ވާހަކަ | އިތުރަށް ވިދާޅުވޭ »
ވިސްނުމެއްނެތި ކޮށްފި ކަމަކުން (1)...
އެއީ މީގެ އެތައް އަހެރެއް ކުރިއެވެ. އަހަރެންނަކީ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރި ކަމުން އަހަރެން ބޮޑުވަމުން އައީ މަންމައާއި ބައްޕަގެ ލޯބި ބަރާބަރަށް ލިބެމުންނެވެ. މަންމަ އާއި ބައްޕައަކީ ދީނަށް ލޯބި ކުރާ ދެމީހުން ކަމުން އެމީހުންގެ ފަރާތުން ދީނަށް ލޯބި ކުރުމާއި ރިވެތި އާދަތައް ދަސްވިއެވެ. ރިވެތި އަޚްލަގަކީ ކޮބައިކަން އެމީހުން އަހަންނަށް އުނގަނއި ދިނެވެ. ގަޑިން ގަޑިއަށް ބަރާބަރަށް ނަމާދު ކުރުމަކީ އަހަރެން އޭރު އެންމެ އިސްކަމެއްދީގެކުރާ އެއްކަންތަކެވެ. އެއްވެސް ގޮތަކުން ނަމަވެސް ނަމާދެއް ނުކޮއް ހުރެވިއްޖެ ނަމަ އަހަރެންގެ ހިތައް އެއްވެސް ވަރެއްގެ ހަމަޖެހުމެއް ނުލިބެއެވެ. ހާއްސަކޮއް މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރެވިއްޖެ ނަމަ އަހަރެންގެ ހިތައް ހުންނަނީ ނުތަނަވަސްކަން ވެރިވެފައެވެ.
ގަޑިނުޖެހި ސްކޫލަށް ދިއުމާއި ސްކޫލުންދޭ ފިލާވަޅުތައް ބަރާބަރަށް ނިންމުމާއި މިފަދަ ކަންނަމަކީވެސް އަހަރެންގެ ހަޔާތުގައި އޭރު މުހިންމު ކަންނަމެވެ. ކޮންމެ ފަހަރަކު ކުލާހުން އެއްވަނަ ހޯދަން ކުރާ ބުރަ މަސައްކަތްތައް އަދިވެސް އަހަރެން ހަނދާން އެބަހުއްޓެވެ. އަދި އެއްވަނަ ލިބުމުން މަންމައާއި ބައްޕަގެ މޫނު މަތިން އެ ފެންނަ ހިނިތުންވުން މިއަދުވެސް އަހަރެންނަށް ސިފަވާކަހަލައެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. އެގޮތުން މިއަދަކީ ރަށުން ލިބެން ހުރި އެންމެމަތީ ތައުލީމް ހާސިލުކުރުމަށްފަހު ރާއްޖެއިން ބޭރަށް ތައުލީމުހާސިލު ކުރުމަށް ފުރާ ދުވަހެވެ. މިއަދަކީ އަހަރެންގެ ހަޔާތުގައި އައި އުފާވެރި އަދި ހިތާމަވެރި ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ހިތާމަވެރި ދުވަހަކަށްވީ މައިންބަފައިންނާއި އަމިއްލަ ވަޒަންދޫކޮއް އެހެންތާކަށް ދާންޖެހޭތީއެވެ. އުފާވަނީ އިތުރަށް ކިޔެވުމުގެ ފުރުސަތު އެހެން ގައުމަކުން ނަމަވެސް ލިބުނީތީއެވެ.
ބޯޓް ފުރާގަޑި ކައިރިވުމާއި އެކީ މަންމަ އާއި ބައްޕައަށް އެންމެ ފަހުގެ ސަލާމްކުރުމަށްފަހު ބޯޓަށް އަރަން ހިނގައިގަތީމެވެ. ހިތާއި ދެކޮޅަށެވެ. އޭރުވެސް މަންމަ އާއި ބައްޕަ ކަޅިޖަހާ ނުލާ އަހަރެންނާ ދިމާލަށް ބަލަން ހުއްޓެވެ. އެމީހުންގެ ލޯބިވާ ދަރިފުޅު އެމީހުންނާއި ދުރަށް ދާތީ ކުރާ ހިތާމަ އެމީހުންގެ މޫނުމަތިން ފެންނަން ހުއްޓެވެ.
Monday, December 07, 2009 | Posted in ވާހަކަ | އިތުރަށް ވިދާޅުވޭ »
ﷲ އަށް ޓަކައެވެ.
އަހަރެން މަސްޖިދުލް ޙަރާމް އިން ނުކުމެގެން ދިޔައިރު އެތަނުގައި ސަލާން ޖަހާ މީހަކު ހުއްޓެވެ. ހަމަ އެ ވަޤުތު މުއްސަނދި މީހަކު އޭނާގެ އަގުބޮޑު ކާރަށް އެރުމަށްޓަކައި މަގު ހުރަސްކޮށްލިއެވެ.
Thursday, November 19, 2009 | Posted in ވާހަކަ, ދީން | އިތުރަށް ވިދާޅުވޭ »







