އެންމެ ފަހުގެ

އައްޝައިޚް ޢަބްދުލް ޢަޒީޒު ބިން ބާޒު (رحمه الله) -- - 1330 ހ. – 1420ހ. އަށް


ތަރުޖަމާ: އަޚް ޢަބްދުލް މަތީން މިކްޔާލް (جزاه الله خير)

ނަންފުޅު: عبد العزيز بن عبد الله بن عبد الرحمن بن محمد بن عبد الله آل باز (ޢަބްދުލް ޢަޒީޒް ބިން ޢަބްދުﷲ ބިން ޢަބްދުއްރަޙްމާން ބިން މުޙައްމަދު ބިން ޢަބްދު ﷲ އާލް ބާޒް)

އުފަންވެވަޑައިގަތުން: 12 ޛުލްޙިއްޖާ 1330ހ. (1909މ.) ޢަރަބި ޖަޒީރާގެ ރަށެއްކަމުގައިވާ ރިޔާޟް އަށެވެ.

ނިޔާވުން: 27 މުޙައްރަމް 1420ހ. (13 މޭ 1999މ.) ވީ ބުރާސްފަތި ދުވަހު، ރިޔާޟް ގައެވެ.

ޢުމުރުފުޅު: 89 އަހަރެވެ.

Friday, July 02, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ޙައުލާ ބިންތް އަލްއަޒްވަރު


ޙައުލާ އަކީ، ބަނީ އަސަދު ވަންހައިގެ ބޮޑުންގެ ތެރެއިން އެކަކުގެ ދަރިކަނބަލެކެވެ. އަދި އެކަމަނާގެ ޢާއިލާ ވަނީ އިސްލާމް ދީނުގެ އެންމެ ކުރީ ކޮޅުގައި އެދީން ޤަބޫލުކޮށްފައެވެ. އެކަމަނާގެ ބައްޕަގެ ނަމަކީ މާލިކް ނޫންނަމަ ޠާރިޤް ބިން އަވްސް އެވެ. އަދި ކުންޔާއަކީ އަލް-އަޒްވަރުއެވެ. އެކަމަނާގެ ބޭބެ، ޛިރާރް އަކީ ހަނގުރާމަވެރިއެއް އަދި އެވަންހައިގެ ޅެންވެރިޔާވެސް މެއެވެ. އަދި އޭނާއަކީ ވިސްނުން ތޫނުކަމަށް މަޝްހޫރު މީހެކެވެ. ޛިރާރް އޭނާގެ ކޮއްކޮ، ޙައުލާ ދެކެ ވާލޯތްބާއި އެކަމަނާގެ ޤާބިލް ކަމާއިމެދު ޔަޤީންކަން ބަހައްޓާ މިންވަރަކީ ޢަޖައިބު ކުރުވަނިވި ފަދަ މިންވަރެކެވެ. އަދި މިދެބެއިންގެ ގާތް މިންވަރަކީ، ޛިރާރް ދާ ކޮންމެ ތަނަކަށް އެކަމަނާ އޭނާއާއިއެކު ވުމެވެ. ޛިރާރް ، އެކަމަނާއަށް ކަނޑީގެ ހުރިހާ އުކުޅުތައް ދަސްކޮށްދިނެވެ. އެހެން ކަމުން އެކަމަނާ ވެގެން ދިޔައީ ފުރިހަމަ ހަނގުރާމަވެރިއަކަށެވެ. މީގެ އިތުރުން ޙައުލާ ވަނީ ޅެންވެރިކަމުން ވެސް ފުރިހަމައަށް ޢިލްމު ލިބިވަޑައިގެންފައެވެ. ހަމުގެ ކުލަ ކަޅު، އިސްކޮޅުން ދިގު އަދި ހަށިނގަޑުން ހިކި ޙައުލާ އަކީ ރީތި އަންހެން ކަނބަލެކެވެ.

Wednesday, April 14, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ޑރ.ޒާކިރު ނައިކް

ޒާކިރު ޢަބްދުލްކަރީމް ނައިކް ނުވަތަ އެންމެން ދަންނަ ނަމުންނަމަ ޒާކިރު ނައިކް އުފަން ވެފައި ވަނީ 18 އޮކްޓޯބަރ 1965 ވަނަ އަހަރު އިންޑިޔާގެ މުމްބާއީއަށެވެ.

ޒާކިރުގެ ތައުލީމީ ހަޔާތް ފަށާފައިވަނީ މުމްބާއީގެ ހައިސްކޫލެއް ކަމައްވާ (އައި.ސީ.އެސް.އީ) އިންނެވެ.

Thursday, March 11, 2010 | Posted in | އިތުރަށް ވިދާޅުވޭ »

މުހައްމަދު صلي الله عليه وسلم

މުޙައްމަދުގެފާނަކީ (ޢަރަބިބަހުން: محمد) މުސްލިމުންގެ ގާތުގައި ﷲ ގެ ރަސޫލެކެވެ. ނަބީކަން ޚަތިމް ކުރެއްވި ކަލޭގެފަނެވެ. ހުޅަނގުގެ ތާރީޚު ޢިލްމުވެރިންގެ ގާތުގައި އެކަލޭގެފާނަކީ އިސްލާމީ ތާރީޚުގެ ބާނީއެވެ.

Saturday, February 20, 2010 | Posted in | އިތުރަށް ވިދާޅުވޭ »

ޚަލީފާ ހާރޫނުއްރަޝީދު (170 – 193ހ)


އަބޫޖަޢުފަރު ހާރޫނުއްރަޝީދު އުފަންވެ ވަޑައިގަތީ ހިޖްރައިން 145 ވަނަ އަހަރުއެވެ. އެމަނިކުފާނުގެ މަންމާފުޅަކީ އުއްމު ވަލަދެވެ. އޭނާގެ ނަމަކީ الخيزران އެވެ. ހާރޫނުއްރަޝީދު ތަރުބިއްޔަތު ލިބިވަޑައިގަތީ ޝަޙްޞިއްޔަތު ވަރުގަދަ ކެރޭ ހީވާގި ދީލަތި ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނުގެ ބައްޕާފުޅު އެމަނިކުފާނު މައްސަލަތަކުގެ ތެރެއަށް ފޮނުއްވައެވެ. އެގޮތުން ހިޖުރައިން 163 ވަނައަހަރު الصائفة ގެ އަމީރަކަށް ފޮނުއްވިއެވެ.

Friday, February 05, 2010 | Posted in | އިތުރަށް ވިދާޅުވޭ »

حَكِيْمُ أَبُونَصْرُ مُحَمَّد اَلْفَارَابِي 238/950



އަޙްމަދު ފަހުމީ

ތަޢާރުފު

ފާރާބީ އަކީ، ދުނިޔޭގައި އުފެދުނު ވިސްނުން ތޫނު، ފުރިހަމަ، މޮޅު، ހަތަރު މީހުންގެ ތެރެއިން އެކަކު ކަމުގައި ބެލެވެ އެވެ. އޭނާ އަކީ، ޖުމްލަކޮށް ހުރިހައި ދާއިރާއަކަށް ވެސް މޮޅު ބޭފުޅެކެވެ. މީނާގެ ފުރިހަމަ ނަމްފުޅަކީ، أبو نصر محمد بن محمد بن أوزلغ بن طرخان އެވެ.

ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު

އަބޫ ނަޞްރު ފާރާބީ އަކީ، ވަރުގަދަ ސިކުނޑީގެ ވެރި ބޮޑު މުފައްކިރު އަދި ސައިންސު ދާނެވެ.

Tuesday, December 29, 2009 | Posted in | އިތުރަށް ވިދާޅުވޭ »

أَبُو جَعْفَرُ مُحَمَّدُ بْنِ مُوسَي شَاكِرُ



ތަޢާރުފު
މުޙައްމަދު ބިން މޫސާ އަކީ، ފަލަކީ ޢިލްމާ ފަލްސަފާއާ ހިސާބު ޢިލްމާ އަސްދުއްވުން ތެރިކަމަށް ވެސް ކުޅަދާނަ ބޭފުޅެކެވެ.

ޢިލްމީ ޙަޔާތާއި ތަޢުލީމާއި ތަރުބިއްޔަތު

އަބޫޖަޢުފަރު މުހައްމަދު ބިން މޫސާ ޝާކިރަކީ، ބައިތުލް ޙިކްމަތުގައި ތަޢުލީމާއި ތަރުބިއްޔަތު ލިބިވަޑައިގެންނެވި ތިންބެއިން ކުރެ އެކެކެވެ. އެހެންކަމުން ވަރަށް ފުރިހަމައަށް އޭނާއަށް ތަޢުލީމާއި ތަރުބިއްޔަތު ލިބިވަޑައިގަތެވެ. ޢިލްމަށް އޭނާ ހުރި ޝައުޤުވެރިކަމުގެ ބޮޑުކަމުން އެމަގުގައި ވަރަށްގިނަ ޢަދަދަކަށް ފައިސާ ވެސް ޚަރަދު ކުރައްވަމުން ގެންދެވިއެވެ. އޭނާގެ އެކުވެރިން ކަމުގައި އިޚްތިޔާރު ކުރެއްވީ، ހެޔޮލަފާ ރަނގަޅު މީހުންނެވެ. އެހެންކަމުން އޭނާ އަކީ، ރަނގަޅު ރަށްވެއްސަކަށް ވެވަޑައިގެންނެވި އެވެ.

އޭނާގެ ކާބަފައިންގެ މަސައްކަތަކީ، އަސް ދުއްވުމެވެ. އެހެންކަމުން އޭނާއަކީ ވެސް މި ފަންނުގައި ކުޅަދާނަ ބޭފުޅަކަށް ވެވަޑައިގަތެވެ. އޭނާ ހަނގުރާމައިގައި ވެސް ބައިވެރިވެ ވަޑައިގެންފައި ވެ އެވެ.

މީނާ، ބަޣުދާދުގައި، ދެވަނަ ސައެންސު އެކަޑަމީއެއްގެ ބިންގާ އެޅުއްވި އެވެ.

ޢިލްމީ ޚިދުމަތްތައް

މުޙައްމަދު ބިން މޫސާ، ވަރަށްގިނަ ޢިލްމީ ޚިދުމަތްތައް ކުރައްވާފައި ވެއެވެ. އެއްކަމަކަށް ފާހަގަ ކުރެވެނީ، އޭނާ އުފެއްދެވި ޢިލްމީ އިދާރާއެވެ. މިތަނުގެ ޚަރަދު ބަރަދު ބެލެހެއްޓެވީވެސް އޭނާއެވެ. އޭނާ ވަރަށްގިނަ ޤާބިލް ބޭފުޅުން އެއްކުރެއްވިއެވެ. އަދި ވަރަށްގިނަ ޢިލްމީ ފޮތްތައް ޢަރަބިބަހަށް ތަރުޖަމާ ކުރެއްވި އެވެ.

އޭނާއަކީ، ހިސާބު ޢިލްމުގެ ވެސް މާހިރެކެވެ. ވިސްނަވައި، ފިކުރު ކުރެއްވުމަށްފަހު ދެ މިންވަރެއްގެ ދެމެދުގައި މުތަނާސިބު ދެ މިންވަރު ހޯދާނެ މަގު އީޖާދު ކުރެއްވި އެވެ. އޭގެ ސަބަބުން ހިސާބު ޢިލްމަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބުނެވެ.

މުޙައްމަދު ބިން މޫސާ އަކީ، ކީމިޔާވީ ތަރާޒޫ އެއް އީޖާދުކުރެއްވި އެވެ. މިއަދު ކެމިކަލް ބެލެންސު - chemicall balance ގެ ނަމުން މަޝްހޫރު ތަރާޒޫއަކީ، މުޙައްމަދު ބިން މޫސާ ޝާކިރުގެ އުފެއްދެވުމެކެވެ. މި ތަރާޒޫ އިން ކިތަންމެ މަދު މިންވަރެއް ވެސް ހަމައަށް ކިރައިލެވެ އެވެ. މި ތަރާޒޫ އަކީ، ހީރާ އާއި ޖަވާހިރާއި އަގުބޮޑު ބޭސް ކިރުމަށް ތައްޔާރު ކުރެވިފައިވާ ތަރާޒޫ އެކެވެ. މިއަދުވެސް ދުނިޔޭގައި ސައެންސު ލެބޯޓްރީ ތަކުގައި ބޭނުން ކުރެވެނީ މި ތަރާޒޫ އެވެ.



Tuesday, December 22, 2009 | Posted in | އިތުރަށް ވިދާޅުވޭ »

مُحَمَّدُبْنِ مُوسَي اَلْخُوَارِزَمِي





ތަޢާރުފު

މުޙައްމަދު ބުނި މޫސާ އަކީ، ހިސާބު ޢިލްމުގެ މަޝްހޫރު ޢާލިމު އަދި އަލްޖެބްރާގެ މޫޖިދު ވެސް މެ އެވެ.

مُحَمَّدُبْنِ مُوسَي اَلْخُوَارِزَمِي، بَيْتُ الْحِكْمَة އަށް ހުށައެޅުއްވި އާޓިކަލްގެ ފުރިހަމަ ކަމުން، بَيْتُ الْحِكْمَة (ސައެންސު އެކަޑަމީ) ގެ މެމްބަރުކަން އޭނާއަށް ލިބިވަޑައި ގަތެވެ.

Tuesday, December 08, 2009 | Posted in | އިތުރަށް ވިދާޅުވޭ »

ޖޯޖް ވޮޝިންގޓަން





ޖޯޖް ވޮޝިންގޓަން މަޝްހޫރު ވެފައިވަނީ އެމެރިކާގެ ބާނީ ގެ ގޮތުގައެވެ. އަދި އެމެރިކާގެ ބައްޕަގެ ގޮތުގައެވެ. 22 ފެބުރުއަރީ 1732 ގައި އުފަންވެ ވަޑައިގަތް ޖޯޖް ވޮޝިންގޓަން އަކީ އިގިރޭސިންނާއި ދެކޮޅަށް މީލާދީން 1775ން 1783 އަށް

ހިންގި އެމެރިކާގެ އިންގިލާބީ ހަގުރާމައިގައި އެމެރިކާގެ ކޮންޓިނެންޓަލް އާރމީންނަށް ކާމިޔާބު ހޯއްދަވައި އެމެރިކާ މިނިވަންކުރެއްވި މޭސްތިރި އެވެ.

Monday, November 23, 2009 | Posted in | އިތުރަށް ވިދާޅުވޭ »

އުސާމާ ބިން ލާދިން



މިލިޔުމަކީ މި ބްލޮގްގެ ކިޔުންތެރިޔަކު ފޮނުވާފައިވާ ލިޔުމެކެވެ.
ލިޔުނީ: ޖަވިޔަނި
ތަޢާރަފް:
އުސާމާ ބިން ލާދިން ނުވަތަ އުސާމާ ބިން އަވަދް ބިންލާދިން ނިސްބަތްވަނީ ސައޫދީ އަރަބިޔާގެ ބިން ލާދިން އާއިލާއަށެވެ. އުސާމާ ބިން ލާދިން އުފަންވެފާ ވަނީ 1957 ވަނަ އަހަރުގެ މާރޗް މަހުގެ 10 ވަނަ ދުވަހު ސައުދީ އަރަބިޔާގެ ވެރިރަށް ރިޔާޟް އަށެވެ.

Friday, October 30, 2009 | Posted in | އިތުރަށް ވިދާޅުވޭ »

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް