އެންމެ ފަހުގެ

|

ހެކު ދޮންބަފާ


ކަންކަން ހަޖަމް ކުރުމާއި ، ތިމާ ހިތް ނޭދޭ ކަންކަމަށް އާބަސް ބުނުމާއި ، ތިމާ ތާޢީދު ނުކުރާ ރައުޔުތައް ހާމަކުރާއިރު ހަމަހިމޭނުން އިނުމަކީ އާދަމުގެ ދަރީންގެ ތެރެއިން ވަރަށް މަދުބަޔަކަށް ނޫނީ ވާނޭކަމެއް ނޫނެވެ. މިއީ ބައެއްފަހަރު އެމީހުންގެ ބަލިފަޔަށްވެސް ވެދެއެވެ.

ކިޔަމުން ކުރިއަށްދާށެވެ. ވެގެން ޢުޅޭގޮތެއް އެނގޭނީ އޭރުންތާއެވެ.

މީގެ ދުވަސްކޮޅެއް ކުރިއެވެ. އޭރު ބުލޮގުތަކާއި ލާދީނީ ސައިޓްތަކުގައި ދެކެވެނީ ފިރިހެންކުޅީގެ ވާހަކައާއި ، ޑާވިންސް ތަކުރުފާނުގެ ވާހަކައާއި ، އެގޯތި ރާމާމަކުނު ދޮންބެގެ ވާހަކައާއި އަދިވެސް މިނޫނަށް މިފަދަ ތާކުންތާކު ނުޖެހޭ އިސްލާމްދީނާ ޚިލާފު ވާހަކަތަކާއި ޚިޔާލީ ފޮލާގެ ވާހަކައެވެ. މިބައިމީހުންގެ ހަރަކާތްތައް 'ކުރިއަރާފއި' ވާ މިންވަރަކީ ، މިފަދަ ބުލޮގް ތަކާއި ސައިޓް ތަކަށް ވަދެލައިފި ކޮންމެ މީހަކަށްމެ ހީވާނީ ، މުޅި އޮޑީގައި ހަސަނުގެ ދެފައި އޮންނަހެން ، މުޅި އިންޓަނެޓް ހިފާފައިވާބަޔަކީ މިބައިމީހުންހެނެވެ.
ލާދީނީ ލިޔުންތަކާއި ގޮވެލިތައް މިހައި ގިނަވެފައިވަނިކޮށް ، ދީނަށް ލޯބިކުރާ ބަޔަކަށް މިކަން ބޮޑުކަމަކަށްވެ ، މި ލާދީނީ ކަނޑީގެ ކުރިމަތީ އައްޑަނަބެހެއްޓުމަށް ނިންމައި ، މިކަމާއިދިކޮޅު ހަރަކާތްތައް ފަށައިގަތީ އެހަކައްދުވަހެވެ. ނަމަވެސް މިހާއަވަހަށް މިއިވުނީ ދިރުވާލި ގޮހޮރުގަނޑު ވެނުގެ އަނގައިން ބޭރަށް ނެރުނުވާހަކައެވެ. ވާނީވެސް އެހެންތާއެވެ. ދޮންބަފާ މެނަށްވެސް ކެތްވާނީ ވަކިވަރަކަށްތާއެވެ.

މިހާރުމިބައިމީހުން ކުރަންފަށާފައިމިވަނީ ވަރަށްވެސް ފިނޑި ޢަމަލެކެވެ. އެއީ ދީނީ މަޝްހޫރު ބްލޮގުތައް ހެކް ކުރުމުގެ ފިނޑި ޢަމަލެވެ.
އޭ ހެކް ދޮންބަފާއެވެ. ކަލޭމެނަށް އަހަރެމެންގެ ގޮތް އަދި ނޭންގެނީ އެވެ. މުސްލިމުންނަކީ އެބައިމީހުން ދީނަށްޓަކައި ކުރާކަންތަކުގައި ، އަގެއް ފައިސާއެއް އުޖޫރައެއް ބޭނުންވާ ބައެއްނޫނެވެ. އަދި އެބައިމީހުންނަކީ ދުނިޔަވީ މަޝްހޫރުކަމަށް ނުވަތަ ބައެއްގެ އަނގައިން ނުކުންނާނެ ހުޝާމަދީ ބަސްތަކަކަށް ޓަކައި އެކަންކުރާ ބައެއްވެސްނޫނެވެ. އެމީހުން ކުރާކޮންމެކަމެއްވެސް ކުރާނީ ނިކަންކެރިހުރެ ދީނަށްޓަކައެވެ. ﷲ سبحا نه وتعا لى ގެ ޙަޟްރަތުން ޘަވާބަށްއެދިއެވެ.

އޭ ހެކް ދޮންބަފާއެވެ. ކަލޭމެންގެ ތިޢަމަލަކީ ވަރަށްވެސް ފިނޑި ޢަމަލެކެވެ. އެހެނީ މަދު ބަޔަކު ކަލޭމެންނާ ދިކޮޅަށް ދަނޑިބުރިތަކެއް ހިފައިގެން ނުކުތް ހިނދު ކަލޭމެން ތިޔަނުކުތީ (ކަލޭމެން ހިތުން) ޓޭންކަރު ތަކާއެކީ އެވެ. ދީނީ ލިޔުންތަކާއި ގޮވުންތައް ގިނަވާންފެށުމުން ތިޔަހަތިޔާރުގައި ތިޔަ ހިފީ ކަލޭމެންގެ ކޮންޕިއިޓަރުގެ ކީބޯޑްގެ އެފް އަކުރު ނެއްޓުނީ ހެއްޔެވެ؟. ހެކް ދޮންބަފާއެވެ. ކަލޭމެނަށް އަހުރެން ޔަޤީންކޮށްދެމެވެ. ކަލޭމެން ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް ﷲ އިރާދަކުރެއްވިއްޔާ އަހުރެމެނެއް ނުހުއްޓުވޭނެއެވެ. ކަލޭކިތަންމެ މޮޅަސް ދުވަމުންދާ މަހެއްގެ ނަގުލަކު ނުހިފޭއްޓޭނެއެވެ.

އެއްކުރާށެވެ. އެއްކުރާށެވެ. ކަލޭގެ އެކުވެރީންނާއި ސަހަރޯވެރީން އެކުރާށެވެ. ކަލޭގެންގުޅޭ ފިރިހެން ޖާރިޔާވެސް ގެންނާށެވެ. ކަލޭ ޔަށްހޯދުނުބައެއްގެ އެހީ ހޯދާށެވެ. ނަމަވެސް ބުނަންހެއްޔެވެ. ޙައްޤުގެ ކުރިމަޓީ ބާޠިލަކީ ރެވިއޮއްޓަރެއްގެ ބަރުދަބްވެސް ހުރި އެއްޗެއްނޫނެވެ. ﷲ سبحا نه وتعا لى ގެ ވަޙީ ބަސްފުޅު އަޑުއަހާށެވެ. އެއިލާހު ވަޙީ ކުރެއްވިއެވެ. وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ إِنَّ الْبَاطِلَ كَانَ زَهُوقًا . މާނައީ: " އަދި ކަލޭގެފާނު ވިދާޅުވާށެވެ. ޙައްޤު އަތުވެއްގެއެވެ. އަދި ބާޠިލުގޮތް ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން ބާޠިލަކީ ނެތިފިލައިދަނިވި އެއްޗެއްކަމުގައި ވިއެވެ."

ބަލަމިހިރި މޮޔަޔާއެވެ. ކަލެއަކަށް ނޭންގޭހެވެ.. ދުނިޔޭގެތާރީޚްގައި އިސްލާމްދީނާ ދެކޮޅުވެރިވެގަތް މީހުންތައް ވަނީ ނިކަމެތި ގޮތުގައި މިދުނިޔެ ދޫކޮށްފައެވެ. ސަލްމާން ރުޝްދީއާއި ، އެރިއަކް ޝެރޯން މިހާރުކޮބައިހެއްޔެވެ... އެއުލޭ ބުޝް ވެސް ، އިސްލާމް ދީނަށްހުތުރު އަރުވާނަމޭ ހިތައި ޓްރޭޑް ސެންޓަރު ގޮށްވާލުމުން އިސްލާމް ދީނަށް ވަންނަ މީހުންވީ މަދު ހެއްޔެވެ؟
ހެކް ދޮންބަފާއެވެ. ކަލޭމެންގެ ޢަދަދު ކިތަނމެ ގިނަކަމުގައި ވިޔަސް ފަރުވާލެއްނެތެވެ. އެހެނީ ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ.
كَمْ مِنْ فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةً بِإِذْنِ اللَّهِ وَاللَّهُ مَعَ الصَّابِرِينَ
މާނައީ : " ކިތައް ކިތައް މަދު ޖަމާޢަތް ، ﷲ ގެ އިޒްނަފުޅާ އެކު ، ގިނަ ޖަމާޢަތުގެ މައްޗަށް ގަދަވެގެންފައިވޭހެއްޔެވެ؟. އަދި ﷲ ވޮޑިގެންވަނީ ކެތްތެތީންނާއެކުގައެވެ."

އޭ ހެކް ދޮންބަފާއެވެ. ކަލޭގެ ތިޔަ ޢަމަލު ހުއްޓާލުމަށް އަހުރެން ހަރުކަށި ޢިބާރާތުން ގޮވާލަމެވެ. ހިތްވަރެއްހުރިޔާ ނިކަން މިނާ ނާޅިން މިނާބަލާށެވެ. ތިޔަކަހަލަ ފިނޑި ޢަމަލިތައް ނުކުރާށެވެ. އޭރުން މޮޅުވަނީ ކޮންބައެކަން އެނގިދާނެއެވެ.
މިއުޅެނީ ހާސްވެގެން ހަދާނެ ނުހަދާނެ ގޮތެއްނޭންގިގެނޭ އެއްގޮތަކަށްވެސް ހީނިކުރާށެވެ. ދިރޭމަސް ފެނުންނެގީމަ މަރަށް ތެޅޭހެން ތެޅިފޮޅެންވީ ކީވެހޭ ، ﷲ سبحا نه وتعا لى އެއިލާހްގެ ފޮތުގައި ވަޙީ ކުރައްވާފައި އެއޮތީ އެވެ.
يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ
މާނައީ : " އެއުރެން އެދެނީ ، އެއުރެންގެ އަނގަތަކުންފުމެ ﷲ ގެ ނޫރުފުޅު ނިއްވާލުމަށެވެ. (ނަމަވެސް) ﷲ އެކަލާނގެ ނޫރުފުޅު ފުރިހަމަ ކުރައްވާނެތެވެ. ކާފިރުން ނުރުހުނު ކަމުގައި ވިޔަސް ވެހެވެ."

ޕޯސްޓް ކުރީ dhiburunu.. ތާރީޚް Monday, May 10, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

5 ޚިޔާލު ލިބިފައިވޭ "ހެކު ދޮންބަފާ"

  1. Masha Allah. v.salhi liyume.
    mikahala fidi amalu thae huttaaluma hack dhon bafaa ae alhugandu madumaithiri kamaaeku minivan kamaa eku harukashi ibaaraathun govaalaanan.

    Hack Dhon bafaa,
    You can hack as many Blogs and e-mails u want. but We say u hack one 10 will come. so stop this unethical behaviour. you will never win.
    Falsehood cant fight with truth. falsehood will perish infront of Truth

  2. here are some suggestions for securing your site:

    use long passwords with numbers and characters.

    do not make public your personal information and links in facebook etc cos hackers will use those info to guess what you might use for password.

    try using linux instead of windows cos most hackers and hacking tools are written for windows.

    if using windows then atleast use firefox browser instead of microsoft internet explorer browser cos its the most flawed one.

    if you are using windows xp then upgrade to windows7 as soon as possible cos xp v insecure now.

    install anti virus software and a firewall software if its not already included with anti-virus software.

    do not download unknown anti-virus and other such software which claims to remove trojans, root-kits etc..cos they maybe doing exactly the opposite of what they claim.

    remember hackers are not particularly brilliant people. they just take advantage of our ignorance and try to project an image of intelligent people.

  3. އޮބިނޯވެ! ވަރަށް ފައްކާ!
    އޭ ދިބުރުނު ޑޫޑް! މަތީގައިވާ "މި ބްލޮގްގައި ތިޔަބޭފުޅުންނަށް ކަމުނުދާކަމެއް ފާހަގަ ކުރެވޭނަމަ ކޮމެންޓަކުން ނުވަތަ މެއިލްއަކުން އަންގާލަ ދިނުން އެދެމެވެ. ޝުކުރިއްޔާ! dhiburunu@gmail.com"

    މި ވިޖެޓް ލިންކެއްނަމަވެސް ލިބިދާނެތޯ؟ ޝުކުރިއްޔާ!

  4. ކިޔުންތެރިން ފާޅު ކުރަމުންދާ ހިޔާލުތަކަށް ޝޫކުރިއްޔާ!

  5. Heskiyafa gadha gola eh =p Mi blog ves down vaane v avaha=p me hack bafaa ge hack dhari =p lol miothy heki

    http://i49.tinypic.com/2ns5rag.jpg

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް