އެންމެ ފަހުގެ

|

ފޮތް ކިޔުން - ފަރުވާއެއް


ކިޔުންތެރިކަމަކީ ފަރުވާއެއްކަން ގައިމެވެ. ފޮތް ކިއުން ނުވަތަ ކިއުންތެރިކަމުގެ މަގްބޫލްކަން އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ކުރިއާ ޚިލަފަށް ވަރަށް ބޮޑުތަން އިތުރުވެ ކުރިއަރާފައެވެ. ދިރިއުޅުގައި ދިމާވާ ގޮންޖެހުން ތަކާ ކުރިމަތި ލުންތަކަށް ހައްލެއް ހޯދާލުމަށް ނުވަތަ ސިކުޑިއަށާ ހިތަށް ލުޔެއް ހޯދާލުމަށް ބޭނުން ކުރެވެމުންދާ އައްޑަނަ އަކަށް ވެސް މަޝްހޫރު ލިއުންތެރިއެއްގެ ފޮތެއް ނުވަތަ އެފަދަ މަޖައްލާއެއްގެ ބޭނުން ކޮށްލުމަކީ ޒަމާނީ ހެޔޮބަދަލަކަށް ވަނީ ވެފައެވެ.

ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަންކަމަކީ އެހެން މީހުނާ ހިއްސާ ކުރުން މާ ފަސޭހަ ކަންކަމަށް ނުވެއެވެ. މިއީ ހާއްސަކޮށް އަންހެން ބޭކަބަލުންނަށް ކުރިމަތިވާ މައްސަލައަކަށް ވަނި ވެފައެވެ. ކޮންމެވެސް ސަބަބަކާ ހުރެ ހިތުގައިވާ ސުވާލުތަކެއް، އިހްސާސް ތަކެއް ނުވަތަ ޝުއޫރު ތަކެއް ވިޔަސް އެހެން މީހަކާ ހިއްސާ ކުރަން ޖެހިލުން ވެވެއެވެ. އަދި މިފަދަ ކަންކަމުގައި މަޝްވަރާ ލަފާ ނެތި ގޮތެއް ނިންމުމުގައި ނެރެވޭ “END RESULT” ނުވަތަ އާޚިރު ނަތީޖާ އަކީ ފަހުން ހިތާމަ ކުރަން ޖެހިދާނެ ފަދަ ނިންމުމަކަށް ވެގެންވެސް ހިގައިދެއެވެ. މިއާ ޚިލާފަށް މިސާލަކަށް؛ ދަތި އުދަގޫ ކަމެއް، ތަހައްމަލު ކުރަން ދަތި ހިތާމައެއް، ބަލިވެ އިނުމުން އަމަލުތައް ބަހައްޓަންވީ ގޮތްތައް، ދިރިއުޅުމުގެ ވައްޓަފާޅި، ޒަވާޖީ ހަޔާތް ނުވަތަ މިނޫންވެސް މިފަދަ ޚިޔާލާއި މަޝްވަރާ ހޯދުން މުހިއްމު ކޮންމެ ކަމެއްގައިވެސް އެކަމާ ގުޅޭ މައުލޫމާތު ލިބިދެނިވި އާޓިކަލް އެއް ނުވަތަ މަޝްހޫރު ލިޔުންތެރއިއެއްގެ ފޮތެއްކިޔާލުމުން ކަންކަން ކުރަންވީ އެދެވޭ ގޮތް ނުވަތަ މައްސަލައިގެ އެއްމެ އެދެވޭ ހައްލު ފެނިގެންދެއެވެ. ދިރިއުޅުން ބިނާވެފައިވަނީ ތިމާގެ ވަށައިގެންވާ މީހުންނާ ގުޅި ލާމެހިފާކަން ހަނދާންކޮށްދެއެވެ. އެމީހުންގެ ހިޔާލާ ވިސްނުމާ ފިކުރަކީވެސް ތިމާގެ ދިރިއުޅުގެ ކިހާ މުހިއްމު ހިއްސާ އެއްކަން ދަނެގަނެވެއެވެ. ވަށައިގެންވާ މާޙައުލު އަލުން ބައްޓަން ކޮށްލުމަށް ކުރެވިދާނެ ކަންތައްތައްފަދަ ފައިދާ ކުރަނިވި މައުލޫމާތު ތަކަކީ ދިރިހުރުމަށް ކެއުން ބުއިން އަދި ނޭވާލުން ބޭނުންވާ ފަދައިން ބޭނުންވާނެ އަސާސީ ކަންކަމެވެ. ވިސްނުމެވެ.

ތިރީގައި އަޅުގަނޑު މިހިމަނާލަނީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ކުރިމަތިލާންޖެހިދާނެފަދަ ހާލަތްތަކުގެ މިސާލުކޮޅެކެވެ.

1 -އަހަރެން 12 އަހަރު ރައްޓެހިވެގެން އުޅުނު ކުއްޖާއާ ވަކިވާން ޖެހުނީ ކައިވެންޏަށް ހަފްތާއަކަށް ވެފައިވަނިކޮށް އޭނާ އަހަންނަށް ބޭވަފާތެރިވުމުން..މިހާރު އަހަރެން މިވަނީ އެކަނިވެރިވެ މުސްތަގްބަލާމެދު އުއްމީދު ގެއްލި، އަލުން އެހެން މީހަކާ ގުޅި ދިރިއުޅުމެއް ފެށުމުގެ ހިޔާލު ގެއްލިފަ..އަހަރެންގެ ހިތްވަރު އަލުން އަނބުރާ ލިބޭނީ ކިހިނެއް؟؟

2- އަހަރެން މިވަނީ މި ދިރިއުޅުން މަތިން ފޫހިވެފަ..ބައެއް ފަހަރު ފިލައިގެން ކޮންމެވެސް ދުރު އެހެން ގައުމަކަށް ދިއުމާމެދު ހިޔާލުކުރެވޭ. މާނައަކީ އޭރުން ހުރިހާ އެއްޗެއް ބީވުންކަމަށް ވެދާނެބާ؟ އަދި މިއީ ހައްލެއްބާ؟

3- އަހަރެންގެ ކައިވެންޏަށް 17 އަހަރު ފާއިތުވެގެންދިޔައިރު ކައިވެންޏަށް ވަނީ 2 ކުދިން ލިބި ކުދިން ބޮޑެތިވެ، ރަގަޅު އަދި ގޯސް ވަގުތު ތަކެއްދެކިފައެވެ، ނަމަވެސް މިހާތަނަށް އައި އިރު އަހަރުމެން ދެމީހުންގެ ދެމެދުގައި ވާހަކަ ދައްކާނެ އެއްވެސް މައުޟޫއެއް ނޯވެއެވެ. ދައްކާނެ އެއްވެސް ވާހަކައެއް ނުހުރެއެވެ. އަދި ދުރުގައި ހޭދަ ކުރެވޭ ވަގުތު ވަނީ ގިނަވެފައެވެ. މިގުޅުން އަލުން ރަގަޅު ކުރެވިދާނެބާ؟

އާދެ... މި ފަދަ ކަންކަމަކީ އަމިއްލަ އަމިއްލަ އަށް ހައްލު ކޮށްލަން ވަރަށް އުދަގޫ ކަންކަމެވެ. މިފަދަ ކޮންމެ ހާލަތެއްގައިވެސް އިސްވެދެންނެވުނުހެން އެކަމަކާ ގުޅޭ އަގުހުރި މައުލޫމަތު ލިބިދެނިވި ފޮތެއް ނުވަތަ އެފަދަ އާޓިކަލް އެއް ކިޔާލާ އޭގައިއެވާ ގޮތްތަކާއި ޚުދު ތިމާގެ ދިރިއުޅުމާ އަޅާ ކިޔާލާ އޭގެން ކޮންކޮން ކަންކަމަކުންތޯ ތިމާގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ މައްސަލައެއް ނުވަތަ ހައްލު ހޯދަން ބޭނުންވެފައިވާ ކޮންކޮން ކަމަކަށްތޯ ފައިދާ ކުރާނީ ބަލާ ހޯދި ދާނެއެވެ. ކިއުންތެރިކަމަކީ ކަންކަމަށް ތިމާގެ ލޯހުޅުވި ވިސްނުން ތަރައްގީކޮށްދެނިވި އެއް ވަސީލަތްވެސް މެއެވެ.

ޖަޒީރާ ޑެއިލީ އިން ނަގާފައި- -

ޕޯސްޓް ކުރީ dhiburunu.. ތާރީޚް Sunday, May 09, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

2 ޚިޔާލު ލިބިފައިވޭ "ފޮތް ކިޔުން - ފަރުވާއެއް"

  1. ރަނގަޅު ލިޔުމެއްކަމަށް ފެނޭ! މިފަދަ ލިޔުންތައް ގިނައިން ގެނެސްދިނުންއެދެން

  2. v salhi liyumeh..:)

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް