އެންމެ ފަހުގެ

|

ޒިންމާއިން ރެކުން ! ޕީޕީޕީ


މިއަދުގެ ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ޒިންމާއިން ރެކެން އާގޮތެއް ހޯދައިފިއެވެ. އެއީ ޕީޕީޕީ އެވެ. ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތެއްގެ އަގުބޮޑުކުރަން ނުވަތަ ހުއްޓާލަން ބޭނުންކުރަން އެންމެ ފުރިހަމަ ނިޒާމަކީ ޕީޕީޕީ އެވެ.



ރައީސް ނަޝީދު ވެރިކަމަށް އަންނަންއުޅުނު އިރު އެންމެއަޑު ގަދަކޮށް ދެއްކި އެއްވާހަކައަކީ މައުމޫނުގެ ދައުރުގައި އިސްލާމްދީނަށް މިޤައުމުގައި އެއްވެސް ޤަދަރެއް ދީފައި ނެތްވާހަކައެވެ. ރައްޔިތުންނަށް މިއެޖެންޑާ ވިއްކައިގެން ރިޔާސީ އިންތިޚާބް ކާމިޔާބު ކޮށްފިއެވެ. އަދި މިސަރުކާރަކީ އިސްލާމްދީނަށް މާލޯބި ކުރާބައެއްކަމަށް ރައްޔިތުންނަށް ދައްކަންވެގެން، ހިތާދެކޮޅަށްނަމަވެސް ކޮންމެދުވަހަކަ މެންދުރު ނަމާދު ވަޤުތު ހުރިހާ މީހުން މިސްކިތަށްދާގަޑީގައި ދީނީ ދަރުސެއް ދައްކަން ފެއްޓިއެވެ. ދައުރުފެށިގެން ކުރީކޮޅު ކޮންމެދުވަހަކު އާދަރުސެއް ދައްކައެވެ. ނަމަވެސް ވެރިކަމުގެ ހަފޮޅުން އެތެރޭގައި ރަގަޅަށް ފައިހަރުލީމަ އެކަން އެގޮތަށް ކުރުން ހުއްޓާލައިފިއެވެ. މިހާރު ދައްކަނީ އަބަދުވެސް ދައްކާ އެއްދަރުސް ތަކެކެވެ. މައުމޫނުދައުރުގެ ހުކުރު ޚުޠުބާތަކެކޭ އެއްވެސް ތަފާތެއްނެތެވެ. ކަމަކަށް ކަމެއް ކޮށްލަނީއެވެ.

ދިވެހިސަރުކާރުގެ ޓީވީއިން މިކަންހުއްޓާލަންޖެހި މަޅިއަކީ " މޯލްޑިވްސް ނޭޝަނަލް ބޮރޯޑް ކާސްޓިން ކޯޕަރޭޝަން " ގެ ނަމުގައި ކުންފުންޏެއް ހެދީއެވެ. ޕްރައިވެޓް ކުންފުންޏެކޯލައެވެ. އެކަމަކު ކުންފުނީގައި ލިޔެކިއުމަށް ބޭނުންކުރާ ފަންސުރުން ފެށިގެން ސްޓޯޑިއޯގައި ބޭނުންކުރާ ކެމެރާއަށްދަންދެކަށް އެއީ ދިވެހިރައްޔިތުންގެ ފައިސާއިން ހޯދާފައިވާ އެއްޗިއްސެވެ. ވީއިރު އެތަކެތި ކުއްޔަށްދީގެން ނުވަތަ ވިއްކައިގެންވިއަސް ލިބޭ އާމްދަނީ އަކީ ދިވެހިރައްޔިތުންގެ އެއްޗެކެވެ. ވީއިރު ޕްރައިވެޓް ކުންފުންޏެކޭ ކިޔާފައި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ނުދީ ދައްކާނެ ބަހަނާއެއް ނޯންނާނެއެވެ. ޓީވީއެމް އިން ދުވާލަކު ހަތަރުފަސް ގަޑި މާތްﷲ ނަހީ ކުރައްވާފައިވާ މަންޒަރާ އަޑުދެއްކޭއިރު އިސްލާމްދީނުގެ ދަރުސެއް ދެއްކުން މިވަނީ ބޮޑުކަމަކަށްވެފައެވެ. ޔޫތުޓީވީގެ ނަމުގައި ފާހިޝްކަންތަކަށް މަގުފަހިކުރުމަށް ވަކި ޗެނަލެއް ހެދިއިރު ދީނީޗެނަލެއް ހެދޭގޮތެއް ނުވިއެވެ. "އިސްލާމީ ދިރިއުޅުން" ކިޔާ ޕްރޮގްރާމެއް، ހަފްތާއަކު އެއްޕްރޮގްރާމް ދައްކަނީ އިސްލާމިކް މިނިސްޓްރީން ފައިސާ ދީގެންނެވެ. ނަމަވެސް ހަފްތާއަކު ހަދުވަހު، ދެޖިންސް އެއްކޮށް ނަށާލަވަކިޔާ މަންޒަރު ދައްކާ ޕްރޮގްރާމެއް "މެންދުރުފަސް" ގެ ނަމުގައި ދައްކަނީ ކޮންމިނިސްޓްރީ އަކުން ފައިސާދީގެންބާވައެވެ. ނޫނީ އެޕްރޮގްރާމް ދައްކަންވީމައި އެއީ ޕްރައިވެޓް ކުންފުންޏަކަށް ނުވަނީ ކަމަށްވެސް ވެދާނެއެވެ.
ނޫނީ ޕްރައިވެޓް ކުންފުނިތަކަށް ގެއްލުންވަނީ ހަމައެކަނި އިސްލާމްދިނުގެ ޕްރޮގްރާމްތައް ދެއްކުމުންކަމަށްވެސް ވެދާނެއެވެ.

މުރާސިލް އިބްނު އަލީގެ ލިޔުމަކުން....

ޕޯސްޓް ކުރީ dhi-burunu ތާރީޚް Tuesday, April 06, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

0 ޚިޔާލު ލިބިފައިވޭ "ޒިންމާއިން ރެކުން ! ޕީޕީޕީ"

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް