އެންމެ ފަހުގެ

|

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ބިލްގޭޓްސް އަށް ގެއްލިއްޖެ.

މީގެ ދުވަސްތަކެއް ކުރިން ދުނިޔޭގެ އެންމެ މުއްސަނދި ފިރެހެނާގެ މަގާމު ހިފަހައްޓަމުންއައި ބިލްގޭޓްސްއަށް އޭނަގެ މަގާމު ގެއްލިއްޖެއެވެ. މިއާއެކީ މި މަގާމު ލިބެނީ މެކްސިކަން ޓެލެކޮމް ޓައިކޫންގެ އެންމެ އިސްވެރިޔާ ކާލޯސް ސްލިމް އަށެވެ. އޭނާއަށް މި މަގާމު ލިބެނީ އޭނާގެ މާލިއްޔަތުގައި 53.5 ބިލިޔަން ޑޮލަރު  ހުރުމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުން ބިލްގޭޓްސް އަށް ލިބެނީ ދެވަނައެވެ. ބިލްގޭޓްސް އަށް ލިބެނީ 53 ބިލިޔަން ޑޮލަރެވެ. އަދި ތިންވަނައިގައި އުޅެނީ ވެރަން ބުފެޓްއެވެ. އޭނާއަށް ލިބެނީ 47 ބިލިޔަން ޑޮލަރެވެ.
މި ހަބަރާއެކީ ބިލްގޭޓްސްއަށް ވަނީ އޭނާގެ ކުރީގެ މަގާމު ބޭނުންނަމަ އިތުރަށް މަސައްކަތް ކުރަން ޖެހިފައެވެ. ފަހަރުގައި މައިކްރޯސޮފްޓުން މިއަހަރުގެ ތެރޭގައި ނެރޭ އުފެއްދުން ތަކުގެ ސަބަބުން މިކަމުގައި ކުރިއެރުމެއް ލިބިދާނެ ކަމަށް ގިނަބަޔަކު ދެކެއެވެ. މިގޮތުން މިއަހަރުގެ ތެރޭގައި މައިކްރޯސޮފްޓް އޮފީސް 2010 އާއި ވިންޑޯޒް ސެވަން ފޯނު ބާޒާރަށް ނެރުމަށް ވަނީ ހަމަ ޖެހިފައެވެ.

ޕޯސްޓް ކުރީ dhi-burunu ތާރީޚް Thursday, March 11, 2010. މިލިޔުން ހިމެމެނޭނީ . ވިދާޅުވަމުން ތިޔަ ގެންދަވާ ލިޔުމަށް އިސްތިރާކު ކުރައްވާ! އާރު.އެސް.އެސް..

1 ޚިޔާލު ލިބިފައިވޭ. "ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ބިލްގޭޓްސް އަށް ގެއްލިއްޖެ."

މިލިޔުމަށް ހިޔާލު ފާޅު ކުރައްވާ!

Blog Archive

އެންމެ ފަހުގެ ހިޔާލުތައް

އެންމެ ފަހުގެ ލިޔުންތައް