މުސްލިމް އަންހެން ދަރިއެއްގެ ފަރާތުން ޔަހޫދީ މަންމައާއި ބައްޕައަށް ސިޓީއެއް.
ދި-ބުރުނު
ލޯބިވާ މަންމައާއި ބައްޕަ އަށް.
ހެޔޮދުޢާ ސަލާމް.
އަހަރެންގެ ހަޔާތަށް މިހާ ބޮޑު ބަދަލެއް ގެންނަން މިޖެހުނީ ކީއްވެގެންކަން މަންމައާއި ބައްޕައަށް އަހަރެން ކިޔައި ދޭނީ ކިހިނެއްހެއްޔެވެ؟ އަދި މި ހުރިހާ ވާހަކަތަކެއް އެއްފަހަރާ އަހަރެން ކިޔައިދިނުމުން މަންމައާއި ބައްޕަ މިވާހަކަތައް އަޑުއަހާ، މިވާހަކަތައް ޤަބޫލު ކުރާނީ ފަހެ ކިހިނެއްހެއްޔެވެ؟
އަހަރެން ހަނދާން ހުންނަން ފެށީއްސުރެ އަހަރެންނަކީ ޔަހޫދީންގެ ދީން އެންމެ ފުރިހަމައަށް ޤަބޫލު ކުރާ މީހެއްނޫނެވެ. މިކަމުގައި ވަރަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ތިޔައީ އެންމެ ހައްގު ދީންކަމަށްވާނަމަ، ސައިތާނާއަށް އަޅުކަން ކޮށް ސީދާވެގެންވާ ފަރާތަށް އަޅުކަން ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އީސާގެ ފާނަކީ މާތްﷲ ގެ ދަރިކަލަށް ވީ ކީއްވެގެން ހެއްޔެވެ؟ އަދި ބައިބަލްގެ އެތަށް އަދަދުތަކެއް ( ވާޝަންތަކެއް) އުފެދިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟
އަހަރެންގެ ކިޔެވުމުގެ މަތީ ތަޢުލީމުގެ މަރުހަލާގައި ރިސާޗް ތަކެއް ހަދަންޖެހުނެވެ. މި ރިސާޗް ހެދުމުގެ ތެރޭގައި އަހަރެންގެ ވަރަށްގިނަ މުސްލިމް ރައްޓެހިންނާ ދިމާވިއެވެ. އެއީ ރަމަޟާން މަހުގެތެރޭގައެވެ. އެހެންކަމުން އެދުވަސްވަރުގައި މުސްލިމުންގެ ކަންތައްތައް ހުންނަގޮތް ބަލާ އޮޅުންފިލުވީމެވެ. އެމީހުންގެ ދީނާއި ބެހޭ މައުލޫމާތު ހޯދީމެވެ. އެއީ ވަރަށް ފުރިހަމަ ދީނެކެވެ.
އިސްލާމްދީން އަހަރެންނަށް ވަރަށް ގިނަ ކަންތައްތައް އޮޅުންފިލުވައިދިނެވެ. ތެދު ތެދަށް ބުނާނަމަ ބުނެވޭނީ އިތުރަށް އަހަރެން އޮޅުން ފިލުވަން ބޭނުންވީއޭ އެވެ. މިގޮތުން އިސްލާމް ދީނާއި ބެހޭ ފޮތްތައްގަނެ ކިޔަން ފެށީމެވެ. އެފޮތްތަކުގެ އެހީގައި އިތުރަށް އިސްލާމްދީނާއި ބެހޭ މައުލޫމާތު އަހަންނަށް ލިބުނެވެ. މިހާހިސާބަށް ދިޔައިރުވެސް އަހަރެން ވަކި ގޮތެއް ނުނިންމަމެވެ. ( މިބުނީ އިސްލާމްދީން އިހްތިޔާރު ނުކުރާ ވާހަކައެވެ.) ނަމަވެސް ފޮތްތަށް ކިޔުމައިގެން ކުރިއަށް ދިޔައީމެވެ. އަދި އިސްލާމްދީނާއި ބޮޑަށް ގަޔާވީމެވެ.
އިސްލާމްދީން އަހަރެންގެ ހިއްސުތައް ހޭލައްވާލަދިނެވެ. ހަމައެކަނި މާތްﷲ އަށް އަހަރެމެން އަޅުކަން ކުރަމެވެ. އަހަރެމެން މަދަދުއެދެނީ އެކަލާނގެ ހަޟުރަތުންނެވެ. މާތް ﷲގެ ކަލާމްފުޅު ކަމުގައިވާ ޤުރުއާނާއި މެދު ވިސްނާލަ ބަލާށެވެ. މިއަދާ ހަމައަށް އައި އިރުވެސް އެފޮތަކަށް ބަދަލެއް އައިސްފައެއްނުވެއެވެ. އެކި ބަސްބަހުން އެފޮތުގެ ތަރުޖަމާތައް ލިޔެވިފައިވެއެވެ. ނަމަވެސް ތަފާތު އަދަދުތަކެއް ( ވާޝަންތަކެއް) ނުހުންނާނެއެވެ. މީގެ އެތައް ހާސް އަހަރެއް ކުރިން ބާވާލެއްވުނު އެފޮތުގައި ބަޔާން ވެގެންވާ ސައިންޓިފިކް ހަގީގަތްތައް ނިކަން ދެކޭށެވެ. އެ ހަގީގަތްތައް އިންސާނުންނަށް މި ހޯދުނީ ދާދި މިދާކަށް ދުވަހު ނޫންހެއްޔެވެ؟ އިންސާނާ އޭނާގެ މައިމީހާގެ ބަނޑުގައި ގަރުބަގަންނަގޮތުގެ ވާހަކަ ގުރުއާނުގައި ވަނީ އެތައްހާސް އަހަރެއް ކުރިން ބަޔާން ކުރައްވާފައެވެ. ނަމަވެސް މިއަދުގެ ސައިންޓިސްޓުންނަށް މިކަން ހޯދުމަށް އެތައް އަހަރެއް ނެގިއެވެ. މި ފޮތަށް އަހަރެމެން އިހުތިރާމް ކުރަމެވެ. މިފޮތަށް އަހަރެން ކުރާ އިހުތިރާމް ދޫކޮށްލާނީ ކިހިނެއްހެއްޔެވެ؟ މިފޮތުގައި މިވަނީ ޓެކްނޮލޮޖީގެ ހަގީގަތްތަށް ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. ދުވާލާއި ރޭގަނޑު ދައުރުވަމުންދާގޮތެވެ. ފެންތިށްކަނުން އިންސާނާ އުފެއްދެވިގޮތެވެ. މިއަދުގެ ސައިންސްގެ އެހީގައި އިންސާނާ އުފެދިފައިވަނީ ސެލްތަކަކުންކަން ސާބިތުވެއެވެ. ހަތް އުޑުގެ ވާހަކެއެވެ. ދުނިޔެ އުފެދުމުގެ ވާހަކަ ތަކާއި ދުނިޔޭގެ މި ޕްލެޓްތައް ނުވަތަ ފަށަލަތަކާއި ބެހޭ ވާހަކަތަކެވެ. އަދިވެސް މީގެ އިތުރުން ސައިންސްގެ ތަފާތު ވާހަކަށް ކީރިތި ޤުރުއާނުގައި ވަނީ ބަޔާންކޮށްދެއްވާފައެވެ.
ރަސޫލުންގެ ވާހަކަ ތަކަކީވެސް އަހަރެން އިސްލާމްދީން ގަބޫލު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމެކެވެ. އީސާގެ ފާނާއި މޫސާގެ ފާނެވެ. ދާއޫދުގެ ފާނާއި އިބްރާހީމްގެ ފާނެވެ. އަދި އެންމެ ފަހުގެ ނަބިއްޔާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމްއެވެ. ހުރިހާ ރަސޫލު ބޭކަލުންނަށް އީމާންވާން ޖެހޭނެކަން އިސްލާމްދީން އަހަރެމެންނަށް އޮޅުންފިލުވައިދެއެވެ.
އޭ ލޯބިވާ މަންމަ އާއި ބައްޕާއެވެ!
އަހަރެން އިސްލާމްދީން ގަބޫލު ކުރި ސަބަބުން ކިޔައިދޭން މަސައްކަތް ކުރީ ކިތައްފަހަރުހެއްޔެވެ؟ އިސްލާމްދީނާއި ބެހޭގޮތުން އެތައް ވާހަކަތަކެއް އަހަކެން މަންމަ މެންނަށް ކިޔައިދީފާނަމެވެ. އެއްވެސް ފޫހިކަމެއްނެތިއެވެ.
ލޯބިވާ މަންމަ އާއި ބައްޕަ އާއެވެ! އަޑުއަހާށެވެ.
އަހަރެން ކުރިއަށްވުރެބޮޑަށް މުސްލިމުންނާއި އޮންނަ ގުޅުން ވަރުގަދަކުރީމެވެ.އެމީހުންގެ ފަރާތުން އަހަންނަށް އޯގަތެރިކަމާއި އަޅާލުން ލިބުނެވެ. އެމީހުން އަހަރެންނަށް އިސްލާމްދީނާއި ބެހޭ ސާފު، ތެދު މައުލޫމާތު ފޯރުކޮށްދިނެވެ.
= ނުނިމޭ =

މީގެ ދެވަނަ ބަޔަށް އިންތިޒާރު ކުރަން! ވ ރިތި ވަހަކައެއް
dhevana bai shaaiukurevynee kn irakun tho?
insha alla v avahah