ޚަލީފާ ހާރޫނުއްރަޝީދު (170 – 193ހ)
އަބޫޖަޢުފަރު ހާރޫނުއްރަޝީދު އުފަންވެ ވަޑައިގަތީ ހިޖްރައިން 145 ވަނަ އަހަރުއެވެ. އެމަނިކުފާނުގެ މަންމާފުޅަކީ އުއްމު ވަލަދެވެ. އޭނާގެ ނަމަކީ الخيزران އެވެ. ހާރޫނުއްރަޝީދު ތަރުބިއްޔަތު ލިބިވަޑައިގަތީ ޝަޙްޞިއްޔަތު ވަރުގަދަ ކެރޭ ހީވާގި ދީލަތި ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނުގެ ބައްޕާފުޅު އެމަނިކުފާނު މައްސަލަތަކުގެ ތެރެއަށް ފޮނުއްވައެވެ. އެގޮތުން ހިޖުރައިން 163 ވަނައަހަރު الصائفة ގެ އަމީރަކަށް ފޮނުއްވިއެވެ.
އެއަށްފަހު ހިޖުރައިން 164ވަނައަހަރު އަލްމަޣްރިބަށާއި އަލްއަންބާރާއި އެފްރިކާ ސަރަހައްދަށް ވާލިޔަކަށް ފޮނުއްވިއެވެ. ހިޖުރައިން 166 ވަނައަހަރު އެމަނިކުފާނުގެ ބައްޕާފުޅު، އަލްހާދިއަށްފަހު އައްރަޝީދު ވަލީއަހްދުކަމުގައި ހަމަޖައްސެވިއެވެ. އަލްހާދީ އަވަހާރަވުމުން ހާރޫނުއްރަޝީދު ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 170 ވަނައަހަރުއެވެ.
ޝަޚުޞިއްޔަތާއި އަޚުލާޤު:
ހާރޫނުއްރަޝީދަކީ ޚަލީފާއިންގެ ތެރެއިން، އެންމެރަނގަޅު، އެންމެ ފަޞޭޙަތްތެރި އެންމެ ޢިލްމުވެރި، އެންމެ ދީލަތި އެއްޚަލީފާއެވެ. އެމަނިކުފާނު އެއްއަހަރު ޙައްޖުގެ އަޅުކަން އަދާކުރައްވައި، އަނެއްއަހަރު މާތްﷲގެ މަގުގައި ޖިހާދުކުރައްވައެވެ. ޚަލީފާކަމުގެ މުއްދަތުގައި ވަރަށް މަދު އަހަރަކު ފިޔަވައި އެމަނިކުފާނު ޢަމަލުކުރައްވާފައިވަނީ މިގޮތަށެވެ. ކޮންމެ ދުވަހަކު ސަތޭކަ ރަކްޢަތް ކުރައްވައެވެ. ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ހިންގަވާފައި ވަޑައިގެން އެމަތިވެރި އަޅުކަން އަދާކުރެއްވިއެވެ. އެމަނިކުފާނު ފިޔަވައި އެހެން ޚަލީފާއަކު ފައި މަގުގައި ޙައްޖުގެ އަޅުކަން އަދާކުރައްވާފައެއްނުވެއެވެ. ޚަލީފާ ހާރޫނުއްރަޝީދުގެ އަމަލުފުޅުތައްއެންމެ އެއްގޮތްވަނީ އަބޫޖަޢުފަރުލްމަންޞޫރުގެ ގޮތްކޮޅާއެވެ. އެހެން ނަމަވެސް ހާރޫނުއްރަޝީދު މުދާ ހޭދަކުރައްވައެވެ. ކުރިން އިޝާރާތްކުރިހެން ޚަލީފާއިންގެ ތެރޭގައި އެމަނިކުފާނު ފަދަ ދީލަތި ޚަލީފާއަކު މަދުވާނެއެވެ. އެމަނިކުފާނު އިޙްސާންތެރިންގެ އިޙްސާންތެރިކަމުގެ އަގުވަޒަންކުރައްވައެވެ. ޅެމާއި ޅެންވެރިންނަށް ލޯބިކުރައްވައެވެ. އަދި އަދަބާއި، ފިޤުހު ޢިލްމަށް ބުރަވެވަޑައިގެންނެވިއެވެ. ޢިލްމުވެރިންނާއިއެކު ވަރަށް ތަވާޟުޢުވެރިކޮށް މުޢާމަލާތް ކުރެއްވިއެވެ. ހަމައެއާއެކު އެމަނިކުފާނަކީ ކީރިތިކުރެއްވުން އަވަސް، ހިނިވަރުނަކުރެއްވުންވެސް އެހާއަވަސް ބޭފުޅެކެވެ.
ދައުލަތުގެ މަތިވެރިކަން:
ޚަލީފާ ހާރޫނުއްރަޝީދުގެ ދައުލަތަކީ، ދައުލަތްތަކުގެ ތެރެއިން އެންމެ ފުރިހަމަ، އެންމެ ފެންވަރުރަނގަޅު، ތަނަވަސް ހައިބަތުކަން ބޮޑު ދައުލަތެވެ. ޚަލީފާ ހާރޫނުއްރަޝީދުވަނީ ދުނިޔޭގެ ބޮޑުބައެއް އެމަނިކުފާނުގެ ބާރުފުޅުދަށަށް ގެންނަވާފައެވެ. ޢިލްމުވެރިންނާއި ޝާއިރުންނާއި، ފިޤުހުޢިލްމުވެރިންނާއި، ޤުއްރައުންނާއި، ޤާޟީންނާއި، ކުއްތާބުންނާއި، ނުދަމާއުން އެމަނިކުފާނުގެ ދަރުބާރަށް ޖަމަޢާވާ މިންވަރަށް އެހެން އެއްވެސް ޚަލީފާއެއްގެ ދަރުބާރަށް ޖަމާއެއްނުވެއެވެ. އެމަނިކުފާނު އެއިން ކޮންމެ މީހަކަށްވެސް ގާތްކަން ބަހައްޓަވައި މާތްކޮށް ހިތްތަވައެވެ. ހަމައެފަދައިން އެމަނިކުފާނަކީ އަދީބެކެވެ. ޝާއިރެކެވެ. އަޚްބާރުތައް ދިރާސާކުރައްވާ، އާޘާރުތަކާއި އަޝްޢާރުތައް ދެނެލައްވާ ޚަލީފާއެކެވެ.
ޚަލީފާ ހާރުނުއްރަޝީދުގެ ޒަމާނުގައި، ޖަލުމީހުންނަށް، އެމީހުންގެ ބޭނުންތައް ފުދޭ މިންވަރަށް ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ދެއްވުމަށް އަމުރުކުރެއްވިއެވެ. އަދި ހޫނު މޫސުމާއި، ފިނިމޫސުމުގައި ޖަލުމީހުނަށް ހެދުން ދެއްވައެވެ. ހާރޫނުއްރަޝީދުގެ ކުރިން އެމަނިކުފާނަށް ބައްޕާފުޅު އަލްހާދީވެސް ޖަލުމީހުންނަށް ހަދިޔާދެއްވައެވެ. ނަމަވެސް ހާރޫނުއްރަޝީދުވަނީ އެކަމަކީ ލާޒިމްކަމެއްކަމުގައި ހަމަޖައްސަވާފައެވެ. ހާރޫނުއްރަޝީދުގެ ޝުހުރަތު އެންމެ ބޮޑަށް އިތުރުވެގެން ދިޔަކަމަކީ ޢިލްމަށް އެމަނިކުފާނު ބެހެއްޓެވި އަހަމިއްޔަތެވެ. އަދި '' ބަޢިތުލްޙިކްމަތު '' އުފެއްދެވުމެވެ. އެތަނަކީ ޘަޤާފާތާއި، ފިކުރުގެ ގޮތުން އެޒަމާނުގައި އެންމެ ފާޅުކަންބޮޑު ދަންމަރެވެ. ޔޫރަޕަށް ޢިލްމުތައް ފެތުރިގެން ދިޔައީ ކުރިން މިޢިޝާރާތްކުރި ދަންމަރުގެ އަލީގައެވެ.
ހާރޫނުއްރަޝީދުގެ ޒަމާނުގައި ހިނގާފައިވާ މުހިންމުކަންތައްތައް:
ޚަލީފާ ހާރޫނުއްރަޝީދުގެ ޒަމާނުގައި ވަރަށްގިނަ ކަންތައްތަކެއް ހިނގައިގެން ދިޔައެވެ. އެހަރަކާތްތަކުގެ ތެރޭގައި ޙަވާރިޖުންގެ ޚަރަކާތްތަކާއި ، ރޫމީންނާ ހަނގުރާމަކުރެއްވުމާ އަދި މިނޫންވެސް އެތައްކަމެއް ފާހަގަކޮށްލެވެއެވެ.
ހާރޫނުއްރަޝީދުގެ ޒަމާނުގައި ޙަވާރިޖުންގެ ވަރަށް ވަރުގަދަ ރޯޅިއެއް، އެދައުލަތުގެ މައްޗަށް ޖެހިގެން ދިޔައެވެ. މި ثورة ގައި އެންމެ މުޙިއްމު ރޯލެއް ކުޅެފައިވަނީ އަލްވަލީދު ބިން ޠުރައިފެވެ. ޖުރައިން 178 ވަނައަހަރު ޖަޒީރާގައި އަލްވަލީދު ބިން ޠަރީފް އޭނާގެ ތުރަތުގެނައެވެ. އަދި އޭނާގެ ބާރުގަދަވެ މީސްތަކުން އޭނާއަށް ތަބަޢަވެގެން ދިޔައެވެ. ހާރޫނުއްރަޝީދު ފޮނުއްވި ވަރަށްގިނަ ލަޝްކަރުތައް އޭނާވަނީ ބަލިކޮށްލިއެވެ. އެހެންކަމުން ޚަލީފާ އޭނާގެ ބާރުކަނޑުއްވާލެއްވުމަށް ޚާއްޞަ ސަމާލުކަމެއްދެއްވިއެވެ. އެހެންކަމުން އެމަނިކުފާނުގެ ލަޝްކަރުގެ ފަހުލަވާނުންގެ ތެރެއިން ބަޠަލަކު ކަމުގައިވާ ޔަޒީދު ބިން މަޒީދު، އޭނާއާއި ހަނގުރާމައަށް ފޮނުއްވިއެވެ. އަލްވަލީދު ބިން ޠާރީފަކީ ޔަޒީދު ބިން މަޒީދުގެ ބޮޑުބޭބޭގެ ދަރިއެކެވެ. މިހަނގުރާމާއިގައި އަލްވަލީދު ބިން ޠަރީފް ޤަތުލުވެގެންދިޔައެވެ.
ޚުރާސާނުގެ އިންޤިލާބު:
ޚަލީފާ ހާރޫނުއްރަޝީދުގެ ޒަމާނުގައި ޚުރާސާނުގައި ވަރަށް އަނިޔާވެރި ދެކޮޅުވެރި ހަރަކާތްތަކެއް ފެށިގެންދިޔައެވެ. ޔަޙްޔާ ބިން ޚާލިދުގެ ރައުޔާއި އިދިކޮޅަށް ޚުރާސާނުގެ ވާލީއަކަށް ހާރޫނުއްރަޝީދު، ޢަލީ ބިން ޢިސާ ބިން ޢަލީ ބިން މާހާނު އައްޔަންކުރެއްވިއެވެ. އެހެން ނަމަވެސް މިވާލީ ރަށުގެ އަހުލުވެރިންނަށް އަނިޔާވެރިވެ އެމީހުންގެ މުދާތައް ފޭރި، އެއްވެސް އިންޞާފެއް ނެތި މީސްތަކުންގެ މުދާތައް އަތުލައި އޭނާއާއި ބެހޭގޮތުން ޝަކުވާކުރާ މީހުންނަށް އަނިޔާކޮށް ޤަތުލުކުރަންފެއްޓިއެވެ. އެކަމުގެ ޚަބަރުތައް ހާރޫނުއްރަޝީދަށް ލިބިވަޑައިގަންނަވަމުން ދިޔައެވެ. އަދި ޢަލީ ބިން ޢީސާ އޭނާގެ ޝަކުވާ ކުރާމީހުން ބިރުގެންނެވުމުގެ ގޮތުން ޚަލީފާ ހާރޫނުއްރަޝީދު އޭނާދެކެ ބިރުގަންނަކަމަށްވެސް ބުންޏެވެ. އަދި އޭނާ ކިޔަމަންތެރިކަން ޝަރުތުކޮށްފައި އޮތީ އޭނާގެ ވިލާޔަތުގެ އެއްވެސްކަމަކާ ހާރޫނުއްރަޝީދު ބެހިވަޑައިނުގަންނަވާ ގޮތަށް ކަމުގައިވެސް ބުންޏެވެ. ހާރުނުއްރަޝީދު އެކަމާ ކޯފާ އިސްކުރައްވައި ޚުދު އެމަނިކުފާނު އޭނާއާއި ހަނަގުރާމައަށް ވަޑައިގަތުމުން އެމަނިކުފާނާއި الري ގައި ބައްދަލުކޮށް އޭނާގެ ކިޔަމަންތެރިކަން އަދާކޮށް އައްރަޝީދަށް ތަފާތު ކުލަތަކުގެ ހަދިޔާތަކުން ވެދުންކުރިއެވެ. އަދި ހަމައެފަދައިން ދައުލަތުގެ ބޮޑުންނަށްވެސް ހަދިޔާތައްދީ ހެދިއެވެ. އައްރަޝީދު ހިތްޕުޅު އޭނާއޢަިމެދު ހަމަޖެހުމުން ޚުރާސާނަށް ދެވަނަފަހަރަށް ރުޖޫޢަވިއެވެ.
އެއަށްފަހު ޚަލީފާއަށް އޭނާގެ ޝަކުވާ ހުށައެޅި މީހުންގެ ކިބައިން ވަރަށްއަނިޔާވެރިގޮތަކަށް ބަދަލުހިފިއެވެ. މިފަދަ ހަލަބޮލި ދުވަސްވަރު ޢަލީ ބިން ޢިސާއާއި ދެކޮޅަށް ރާފިޢު ބިން ލައިޘް ބިން ނަޞްރު ބިން ޔަސާރު ތެދުވުމަށް ޚުރާސާނުގެ ވަރަށްގިނަ އަހްލުވެރިން އޭނާއަށް ތާއީދުކުރިއެވެ. ޙާލަތުގެ މައްޗަށް ވިސްނާވަޑައިގެން ޢަލީ ބިން ޢީސާ މަޤާމުން ޢަޛުލުކުރެއްވުމަކީ ކޮންމެހެން ބޭނުން ކަމެއްކަމަށް ފެނިވަޑައިގެން އޭނާ ހައްޔަރުކުރެއްވުމަށް ވަރަށްބޮޑު ލަޝްކަރެއްގެ މައްޗަށް ވެރިކުރައްވައި هرثمة بن أعين ހާރޫނުއްރަޝީދު ފޮނުއްވިއެވެ. އެހެންނަމަވެސް هرثمة بن أعين އަކަށް ރާފިޢު ގެ އެޙަރަކާތް ތައް ހުއްޓުވޭގޮތެއް ނުވިއެވެ. އެއީ ރައްޔިތުންގެ ވަރަށްބޮޑު ތާއީދެއް އޭނާއަށް އޮތުމުގެ ސަބަބުންނެވެ. އެހެންކަމުން ޚުދު ޚަލީފާ އޭނާއާއި ހަނގުރާމައަށް ނިކުމެވަޑައިގެން، އެޙަރަކާތް ހުއްޓުވިއެވެ.
ހާރޫނުއްރަޝިދުގެ ވަޒީރުންނާއި ދައުލަތުގެ ބޮޑުން:
ހާރޫނުއްރަޝީދުގެ ދަޢުލަތުގެ އެންމެ މުހިއްމު މަޤާމުތަކެއް އަދާކުރި އަލްބަރާމިކާ އިންނެވެ. ދަޢުލަތުގެ ހުރިހާ ކަމެއްގެ މަރްޖިޢަކީ އެމީހުންނެވެ. އަލްބަރާމިކާއިންގެ ބާރުކަނޑުވާލެއްވުމަށްފަހު ހާރޫނުއްރަޝީދު އެމަނުކިފާނުގެ ވަޒީރުކަމުގެ މަޤާމު އަލްފަޟްލު ބިން ރަބީޢުއަށް ދެއްވިއެވެ.
ހާރޫނުއްރަޝީދުގެ ދައުލަތުގެ މަތީ މަޤާމުތަކުގައި ތިބި މީހުންގެ ނަންތައް ބަޔާންކުރަމުން އަލްޙަތީބުލް ބަޣްދާދީ ބަޔާންކުރައްވާފައިވެއެވެ. އެމަނިކުފާނުގެ ޤާޟީއަކީ އަބޫ ޔޫސުފެވެ. ޝާޢިރަކީ މަރްވާން ބިން އަބީ ޚަފްޞަވެ. އެމަނިކުފާނުގެ ނަދީމަކީ އަލްއައްބާސް ބިން މުޙައްމަދެވެ. އެމަނިކުފާނުގެ ޙާޖިބަކީ އަލްފަޟްލު ބިން ރަބީޢުއެވެ. އެމަނިކުފާނުގެ މުޣައްނީއަކީ އިބްރާހީމުލް މަޥްސިލީއެވެ.
ހާރޫނުއްރަޝީދު އަވަހާރަވުން:
ކުރިން އިޝާރާތްކުރިހެން ހާރޫނުއްރަޝީދު ޚުރާސާނުގައި އުފެދުނު އިންޤިލާބެއް ހުއްޓެވުމަށްޓަކައި އެތަނަށް ވަޑައިގެންނެވިއެވެ. ބަޣްދާދުގެ ކަންތައްތައް އެމަނިކުފާނުގެ ޙަވާލުކުރައްވާފައިވަނީ ދަރިކަލުން އަލްއަމީނުއާއެވެ. އެމަނިކުފާނަށް ދަޢުލަތުގެ ކަންތައްތަކުގައި އެހީތެރިއެއްގެ ގޮތުން ބެހެއްޓެވީ ޔަޙްޔާ ބިން ސަލީމެވެ. ހާރޫނުއްރަޝީދުގެ އަރިއަހުގައި އެމަނިކުފާނުގެ ދަރިކަލުން އަލްމައުމޫނާއި ވަޒީރުލް ފަޟްލު ބިން އައްރަބީޢުއާއި އިސްމާޢީލް ބިން ޞުބައިޙުއާއި ދަޢުލަތުގެ ވަރަށްގިނަ ބޮޑުން ގެނަދެވިއެވެ. ހަމައެފަދައިން ވަރަށް ބޮޑު ލަޝްކަރަކާއި ޚިލާފާތުގެ އެންމެ މުޙިއްމު ސިފައިން އަރިހުގައި ގެންދެވިއެވެ. މިދަތުރފުޅުމަތީގައި އެމަނިކުފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގެން، ބަލިމާބޮޑުވުމުން އެމަނިކުފާނު ޠޫރަސްގައި މަޑުކުރެއްވުމަށްފަހު ދަރިކަލުން، އަލްމައުމޫނު ލަޝްކަރުގެ މައްޗަށް ވެރިކުރެއްވުމަށްފަހު އެމަނިކުފާނުގެ މުއައްދިބު އަލްފަޟްލު ބިން ސަހުލު އެމަނިކުފާނުގެ އަރިހުގައި ފޮނުއްވިއެވެ. ހާރޫނުއްރަޝީދާއި އެމަނިކުފާނުގެ ވަޒީރު އަލްފަޟްލު ބިން އައްރަބީޢު ބައެއް ސިފައިންނާއި މުދަލާއެކު ޠޫރިސްގައި މަޑުކުރެއްވިއެވެ.
ހާރޫނުއްރަޝީދަށް އެމަނިކުފާނުގެ އަލަޖުލުކައިރިވެއްޖެކަން އެނގިވަޑައިގެންނެވުމުން އެމަނިކުފާނު އަވަހާރަވެއްޖެނަމަ ދަރިކަލުން އަލްމައުމޫންއާއި ބައްދަލުކުރެއްވުމަށް އަލްފަޟްލު ބިން އައްރަބީޢުއަށް ވަޞިއްޔަތް ކުރެއްވިއެވެ.
ޚަލީފާ ހާރޫނުއްރަޝީދު އަވަހާރަވީ ހިޖުރައިން 193 ވަނައަހަރު އެމަނިކުފާނު ޢުމުރުފުޅުން 44 އަހަރާއި ދުވަސްކޮޅެވެ.