މުރާސިލް ޑޮޓްކޮމް އަނެއްކާވެސް މެދުކެނޑިފައި.
ދި-ބުރުނު
މީގެ ދުވަސްތަކެއްކުރިން އުފެދުނު މުރާސިލް ޑޮޓްކޮމް އަކީ މިހާތަނަށް ދިވެހިބަހުން ހެދި ވެބްސައިޓް ތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ވެބްސައިޓެވެ. މުރާސިލްގެ ސަބަބުން އެތައްލިޔުންތެރިންތަކެއް ވަނީ އުފެދިފައެވެ. ބޭނުންތެރި އެތައް މަޢުލޫމާތެއް ދަނީ ލިބެމުންނެވެ. ފަހުގެ ހަބަރުތައް ފަސޭހަކަމާއި އެކީ ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ކިޔާލެވޭނެ މަގު މުރާސިލް އިން ވަނީ ފަހިކޮށްދީފައެވެ.
ނަމަވެސް ފަހަކަށް އައިސް މުރާސިލަށް މިވަނީ ގިނަ މައްސަލަތަކެއް ދިމަވެފައެވެ. ޕޭޖް ލޯޑު ވުމުގެ މައްސަލަތަކެވެ. އަޕްޑޭޓް ނުވުމެވެ. މިފަދަ އެތައް މައްސަލައެކެވެ.
މުރާސިލް އަޕްގްރޭޑް ކުރުމަށް މެދު ކަނޑާލުމަށްފަހު އަލުން ފެއްޓިތާ އަދި މިވީ ކުޑަ ދުވަސްކޮޅެކެވެ. މިހާ އަވަހަށް އަނެއްކާވެސް މިވަނީ މެދުކެނޑުމެއް އަތުވެފައެވެ. މުރާސިލްގެ ހޯމްޕޭޖްގައިވާ ލިޔުމުގައި ވާގޮތުން މުރާސިލްގެ ސާވާއަށް ވަނީ އެކިފަރާތްތަކުން ގެއްލުންތަކެއް ދީފައެވެ. މިފަދަ ކަންކަމަކީ މިނިވަން ނޫސްވެރިކަމާ ފުށޫއަރާ ކަމަކަށް ވާތިވެ އަޅުގަނޑުމެން އެކަން ކުއްވެރި ކުރަމެވެ.
އަޅުގަނޑުމެންގެ އެދުމަކީ މުރާސިލް ވިހާވެސް އަވަހަކަށް އަޅުގަނޑުމެންނާއި ހަމައަށް ގެނެސް ދިނުމެވެ. މުރާސިލަށް އަދަށް ވުރެ ފަހި މާދަމައެއް މިންވަރު ކުރެއްވުމެވެ.